Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުކޮރޯނާވައިރަސް (ކޮވިޑް-19)

ކޮވިޑް-19: ދުނިޔޭގެ ފުޓްބޯޅަ ހުއްޓުމަކަށް

ޔޫރަޕުގެ ލީގުތަކުގައި ކުޅޭ ބައެއް ކުޅުންތެރިން ވަނީ މި ބައްޔަށް ޕޮޒިޓިވްވެފައި

އަތޫފް އާތިފް
އަތޫފް އާތިފް | 14 މާރިޗު 2020 | ހޮނިހިރު 10:28
ޓޮޕް ފައިވް ލީގުގެ މެޗުތަކުގެ ތެރެއިން

ޓޮޕް ފައިވް ލީގުގެ މެޗުތަކުގެ ތެރެއިން

ޑިސެމްބަރު މަހުގެ ފަހުކޮޅު ދުނިޔެ ސިއްސުވާލީ ޗައިނާގެ ވުހާން ސިޓީން ފެނުނު ކޮރޯނާވައިރަސް (ކޮވިޑް-19) އިންނެވެ. ވަރުގަދަ ޗައިނާއަށް ލޮޅުމެއް އަރުވާލާ ކޮވިޑް-19 ގެ ސަބަބުން އެގައުމުގެ ވުހާން ސިޓީ އެއްކޮށް ހުއްޓުވާލިއެވެ. ކޮންމެއަކަސް ދައްކަން މިއުޅެނީ ކޮވިޑް-19 ގެ ސަބަބުން ޗައިނާއަށްވި ގެއްލުމުގެ ވާހަކައެއް ނޫނެވެ. ދުނިޔޭގެ އެންމެ ގިނަ ބަޔަކު ފޯރިނަގާ ކުޅިވަރު ފުޓުބޯޅައަށް ކޮވިޑް-19 ގެ ސަބަބުން ލިބުނު ގެއްލުންތަކުގެ ވާހަކައެވެ. ފުޓުބޯޅަ މިއިން ދުވަހަކުވެސް ނުވެއްޓޭވަރުގެ އަނދަވަޅަކަށް ވައްޓާލި ވާހަކައެވެ. ކުޑަ ގޮތައްކަށް ބުނާނަމަ މުޅި ފުޓުބޯޅަ ހުއްޓުމަކަށް ގެނުވި ވާހަކައެވެ.

ފުޓުބޯޅައިގެ އެންމެ ނަން މަޝްހޫރު ސަރަހައްދުތަކުގެ ލީގުތައް މިހާރު ވަނީ މެދު ކަނޑާލާފައެވެ. އެގޮތުން ޕްރިމިއަރ ލީގާއި، އިޓާލިއަން ލީގާއި، ސްޕެނިޝް ލީގާއި، ފްރެންޗް ލީގުގެ އިތުރުން ޖަރުމަން ލީގުގެ މެޗުތައް ވަނީ މެދުކަނޑާލާފައެވެ. މީގެއިތުރުން ޔޫރަޕުގެ އެންމެ ބޮޑު ދެ މުބާރާތް ކަމަށްވާ ޔުއެފާ ޗެމްޕިއަންސް ލީގާއި، ޔުއެފާ ޔޫރޮޕާ ލީގު ވަނީ ފަސްކޮށްފައެވެ.

ކްލަބުތަކަށް މާލީ ގޮތުން ބޮޑެތި ގެއްލުންތަކެއް ކުރިމަތިވެފައިވާ ކަމަށް ކްލަބުތަކުން ބުނަމުން އަންނައިރު، ޔޫރަޕުގެ ކްލަބުތަކަކީ ވިޔަފާރި އުސޫލުން ހިންގަމުންދާ ކްލަބުތަކެކެވެ. އެ ކްލަބުތަކުން ފައިސާ ހޯދާ ގޮތްތަކަށް ބަލާއިރު މެޗުބަލަން ދަނޑަށްވަންނަ ސަޕޯޓަރުންނަށް ޓިކެޓު ވިއްކައިގެންނާއި ޖާޒީ ވިއްކުން ހިމެނެއެވެ.

ދުނިޔޭގެ ފުޓުބޯޅައިގެ މައި އިދާރާ ފީފާއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ކޮވިޑް-19 ގެ ސަބަބުން ކުރިން ބާއްވާން ރާވާފައި ހުރި ބޮޑެތި މުބާރާތްތައް ނުބޭއްވިދާނެ ކަމަށާއި މެޗުތައް ކުޅުމަށްވުރެ ކުޅުންތެރިންގެ ސިއްހަތު މުހިންމު ކަމަށެވެ.

ކޮވިޑް-19 ގެ ސަބަބުން ބައެއް ކްލަބުތަކުގެ ކުޅުންތެރިންނާއި އޮފިޝަލުން މިހާރު ވަނީ ކަރަންޓީނު ކުރެވިފައެވެ. އެގޮތުން ޔުވެންޓަސްގެ ހުރިހާ ކުޅުންތެރިންނާއި އޮފިޝަލުން ކަރަންޓީނު ކުރީ އެ ޓީމުގެ ޑިފެންޑަރ ޑެނިއެލް ރުގާނީ ކޮވިޑް-19 އަށް ޕޮޒިޓިވް ވުމުންނެވެ. ރުގާނީ ޕޮޒިޓިވް ވުމުގެ ކުރިން އެ ކްލަބުގެ 23 އަހަރުން ދަށުގެ ޓީމު ވަނީ ކަރަންޓީނު ކޮށްފައެވެ. އިޓާލިއަން ލީގުން ކޮވިޑް-19 އަށް ޕޮޒިޓިވްވި ދެވަނަ ކުޅުންތެރިޔަކީ ސަމްޕްޑޯރިއާގެ ފޯވާޑް މަނޯލޯ ގަބިއަޑިނީ އެވެ. އުމުރުން 28 އަހަރުގެ ގަބިއަޑިނީ ކޮވިޑް-19 އަށް ޕޮޒިޓިވްވިކަން ސަމްޕްޑޯރިއާއިން ވަނީ ކަށަވަރުކޮށްދީފައެވެ.

އިޓާލިއަން ލީގުގެ އިތުރުން އިނގިރޭސިވިލާތުގެ ޓީމުތައް ވެސް ވަނީ ކޮވިޑް-19 ގެ ބިރާ ކުރިމަތިލާން ޖެހިފައެވެ. އެގޮތުން ލެސްޓާ ސިޓީގެ ތިން ކުޅުންތެރިން ސެލްފް އައިސޮލޭޝަނަށް ވަނީ ގޮސްފައެވެ. ލެސްޓާގެ ކޯޗު ބްރެންޑަން ރޮޖާސް ބުނީ މި ތިން ކުޅުންތެރިން ސެލްފް އައިސޮލޭޝަނަށް ދިޔައީ ކޮވިޑް-19 ގެ އަލާމަތްތައް ފެނުމާއި ގުޅިގެން ކަމަށެވެ. ލެސްޓާގެ ކުޅުންތެރިންގެ އިތުރުން ވާދަވެރި މެންޗެސްޓާ ސިޓީގެ ޑިފެންޑަރު ބެންޖިމިން މެންޑީ ވެސް ވަނީ ސެލްފް އައިސޮލޭޝަނަށް ގޮސްފައެވެ. މެންޑީ ސެލްފް އައިސޮލޭޝަނަށް ދިޔައީ އޭނާގެ އާއިލާ މެމްބަރެއްގެ ފަރާތުން ކޮވިޑް-19 ގެ އަލާމަތްތައް ފެނުމާއި ގުޅިގެންނެވެ.

އިނގިރޭސި މީޑިއާތައް ބުރާސްފަތި ދުވަހުގެރޭ ސިއްސުވާލީ އާސެނަލްގެ ކޯޗު މިކޭލް އާޓެޓާ ކޮވިޑް-19 އަށް ޕޮޒިޓިވްވި ހަބަރާއިއެކުގައެވެ. އާޓެޓާ ކޮވިޑް-19 އަށް ޕޮޒިޓިވްވުމާއިއެކު އާސެނަލް ކުޅުންތެރިންނާއި އޮފިޝަލުން މިހާރު ވަނީ ކަރަންޓީނުކޮށްފައެވެ. އާޓެޓާގެ އިތުރުން އިނގިރޭސި ކްލަބު ޗެލްސީގެ ފޯވާޑް ކަލުމް ހަޑްސަން-އޮޑޯއި ވެސް ވަނީ ކޮވިޑް-19 އަށް ޕޮޒިޓިވްވެފައެވެ. މި ކަން ޗެލްސީއިން ވަނީ ކަށަވަރުކޮށްދީފައެވެ.

ކޮވިޑް-19 ޖެހުނު މީހުންގެ އަދަދު 145،673 ކަށް އަރައިފައިވާއިރު މި ބަލީގައި 5436 މީހުން ވަނީ މަރުވެފައެވެ. ދުނިޔޭގެ ގިނަ ގައުމުތަކުން ކޮރޯނާވައިރަސް (ކޮވިޑް-19) މިހާރު ފެނިފައިވާއިރު، ގިނަ ގައުމުތަކުން އަންނަނީ ސަލާމަތީ ފިޔަވަޅުތައް ވަރުގަދަ ކުރަމުންނެވެ.

އިތުރަށް ކިޔާލަން

08 އެޕްރީލު 2017

އަހަރެންނަކީ ދުނިޔޭގެ އެންމެ މޮޅު މިޑްފިލްޑަރެއް ނޫން: ކަންޓޭ

08 އެޕްރީލު 2017
އަހަރެންނަކީ ދުނިޔޭގެ އެންމެ މޮޅު މިޑްފިލްޑަރެއް ނޫން: ކަންޓޭ
06 އެޕްރީލު 2017

ދުނިޔޭގެ ޓޭބަލް ޓެނިސް ދުވަސް މިއަހަރުވެސް ރާއްޖޭގައި ފާހަގަކޮށްފި

06 އެޕްރީލު 2017
ދުނިޔޭގެ ޓޭބަލް ޓެނިސް ދުވަސް މިއަހަރުވެސް ރާއްޖޭގައި ފާހަގަކޮށްފި
03 އެޕްރީލު 2017

މިއާމީ އޯޕެންއަށް ފަހު ޖޮހޭނާގެ އަމާޒް ދުނިޔޭގެ އެއްވަނަ ކުޅުންތެރިއާއަށް ވުމަށް

03 އެޕްރީލު 2017
މިއާމީ އޯޕެންއަށް ފަހު ޖޮހޭނާގެ އަމާޒް ދުނިޔޭގެ އެއްވަނަ ކުޅުންތެރިއާއަށް ވުމަށް
14 މާރިޗު 2017

އެޗްވަންއެންވަން ފެތުރޭތީ ކުޅިވަރުގެ ހަރަކާތް ހުއްޓުމަކަށް ގެނެސްފި

14 މާރިޗު 2017
އެޗްވަންއެންވަން ފެތުރޭތީ ކުޅިވަރުގެ ހަރަކާތް ހުއްޓުމަކަށް ގެނެސްފި
13 މާރިޗު 2017

އެފްއޭކަޕް ފުޓްބޯޅަ މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި

13 މާރިޗު 2017
އެފްއޭކަޕް ފުޓްބޯޅަ މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި
10 ފެބުރުއަރީ 2017

ފުޓްބޯޅަ ސީޒަނަށް ތައްޔާރުވުމަށް ނިއު ރޭޑިއަންޓް ހއ ކެލައަށް

10 ފެބުރުއަރީ 2017
ފުޓްބޯޅަ ސީޒަނަށް ތައްޔާރުވުމަށް ނިއު ރޭޑިއަންޓް ހއ ކެލައަށް
08 ފެބުރުއަރީ 2017

އައްޑޫގައި ފުރަތަމަ ފަހަރަށް އަންހެން ފުޓްބޯޅަ ޓީމެއް އިފްތިތާޙްކޮށްފި

08 ފެބުރުއަރީ 2017
އައްޑޫގައި ފުރަތަމަ ފަހަރަށް އަންހެން ފުޓްބޯޅަ ޓީމެއް އިފްތިތާޙްކޮށްފި
02 ފެބުރުއަރީ 2017

ގާނާގެ ރެކޯޑާ އެއްވަރުކޮށް، މިސްރުން އެފްރިކާ ބައްރު ފުޓްބޯޅަ މުބާރާތުގެ ފައިނަލަށް

02 ފެބުރުއަރީ 2017
ގާނާގެ ރެކޯޑާ އެއްވަރުކޮށް، މިސްރުން އެފްރިކާ ބައްރު ފުޓްބޯޅަ މުބާރާތުގެ ފައިނަލަށް
30 ޖެނުއަރީ 2017

ދެބެންގެ ލަޑުތަކުން ގާނާ އެފްރިކާ ބައްރުގެ ފުޓްބޯޅަ މުބާރާތުގެ ސެމީއަށް

30 ޖެނުއަރީ 2017
ދެބެންގެ ލަޑުތަކުން ގާނާ އެފްރިކާ ބައްރުގެ ފުޓްބޯޅަ މުބާރާތުގެ ސެމީއަށް
22 ޖެނުއަރީ 2017

ދިވެހި ފުޓްބޯޅަ އަށް ފުރަތަމަ ފަހަރަށް ކުލަބް ލައިސަންސް ދެނީ

22 ޖެނުއަރީ 2017
ދިވެހި ފުޓްބޯޅަ އަށް ފުރަތަމަ ފަހަރަށް ކުލަބް ލައިސަންސް ދެނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު