Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެކޮވިޑް-19

ޗައިނާގެ އެހީއަށް ސަރުކާރުން ނޫނެކޭ ބުނިކަމަށް ވިދާޅުވެ ޝިޔާމް އިތުރުފުޅުހައްދަވައިފި

12 މާރިޗު 2020 | ބުރާސްފަތި 16:17

ޗައިނާގެ އެހީއަށް ސަރުކާރުން ނޫނެކޭ ބުނިތޯ އެހުމުން ޗައިނާ އެމްބެސެޑަރު ވިދާޅުވީ ނޫނެކޭ

އަމަން ހަލީމް
އަމަން ހަލީމް | 12 މާރިޗު 2020 | ބުރާސްފަތި 16:17
ނައިފަރު ދާއިރާގެ މެމްބަރު އަދި ޕީޕީއެމްގެ ނައިބު ރައީސް އަހުމަދު ޝިޔާމް

ނައިފަރު ދާއިރާގެ މެމްބަރު އަދި ޕީޕީއެމްގެ ނައިބު ރައީސް އަހުމަދު ޝިޔާމް | ރައްޔިތުންގެ މަޖިލިސް

ކޮވިޑް-19 އާ ގުޅިގެން ދިވެހި ސަރުކާރަށް އެހީވެދިނުމުގެ ގޮތުން ޗައިނާއިން ފޯރުކޮށްދޭން އުޅުނު އެހީއަށް، ސަރުކާރުން ނޫނެކޭ ބުނި ކަމަށް ވިދާޅުވެ ނައިފަރު ދާއިރާގެ މެމްބަރު އަދި ޕީޕީއެމްގެ ނައިބު ރައީސް އަހުމަދު ޝިޔާމް އިތުރުފުޅު ހެއްދެވިކަން ހާމަވެއްޖެއެވެ.

ބުރާސްފަތި ދުވަހު ޝިޔާމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ޗައިނާއިން އެ ގައުމުގެ ރެސްޕިރޭޓަރީ ފިޒީޝަނުންނާއި ޕަލްމޮނޮލިޖިސްޓުން ހިމެނޭ ޓީމަކާއެކު މެޑިކަލް ސަޕްލައި ފޯރުކޮށްދޭން ޗައިނާ ސަރުކާރުން ހުށައެޅުމުން ސަރުކާރުން "ރިޖެކްޓް" ކޮށްފައިވާ ކަމަށެވެ. އަދި އެހެން ކަންކުރެއްވި ސަބަބު އޮޅުންފިލުވައިދެއްވަން ރައީސް ސޯލިހު އަރިހުން އެދިވަޑައިގަތެވެ.

Advertisement - newsAdvertisement

މިކަމާއި ގުޅިގެން އެމްޑީޕީގެ ބައެއް މަޖިލިސް މެމްބަރުންނާއި އެ ޕާޓީއަށް ތާއިދުކުރައްވާ ބައެއް ފަރާތްތަކުން ވަނީ ޝިޔާމް އިތުރުފުޅު ހައްދަވާ ކަމަށް ވިދާޅުވެ ޓްވީޓްކޮށްފައެވެ. އަދި މިޒާތު ދޮގު މައުލޫމާތު މިފަދަ ހައްސާސް ދަނޑިވަޅެއްގައި ރައްޔިތުންނާ ހިއްސާކުރުމަކީ ދަށު ދަރަޖައިގެ އަމަލެއްގެ ގޮތުގައި ސިފަކުރައްވާފައިވެއެވެ.

މިކަން އޮޅުންފިލުއްވައިދެއްވުމަށް ޗައިނާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އަރިހުން ބައެއް ފަރާތްތަކުން އެދިވަޑައިގަތެވެ. ދިވެހި ސަރުކާރުން ޗައިނާގެ ހުށައެޅުމަކަށް ނޫނެކޭ ބުނެފައިވޭތޯ މީހަކު ކުރި ސުވާލަކަށް ޖަވާބުދެއްވަމުން އެމްބަސެޑަރ ޒަންގް ވިދާޅުވީ ނޫނެކޭއެވެ.

ޗައިނާ އެމްބެސެޑަރު ވިދާޅުވީ، ރާއްޖެއަށް އެހީ ފޯރުކޮށްދިނުމުގެ މަޝްވަރާތައް ދިވެހި ސަރުކާރާއެކު ކުރިޔަށްދާ ކަމަށެވެ. އަދި ޗައިނާ އާއި ރާއްޖޭގެ ހާލަތާ ގުޅިގެން، ރާއްޖޭގެ ކެބިނެޓުގައި ހިމެނިވަޑައިގަންނަވާ ވަޒީރުންނާއެކު ގާތުން މުއާމަލާތް ކުރެވެމުންދާ ކަމަށް ވިދާޅުވިއެވެ.

ދެ ގައުމުން ގުޅިގެން މަސައްކަތް ކުރެވޭނެ ދާއިރާތައް ބަލަމުންދާ ކަމަށާއި، ރާއްޖޭގެ ހާލަތާމެދު ހަމްދަރުދީވާ ހާލު ދިވެހިންގެ ފަރާތުން ލިބެމުންދާ ތާއިދުގެ ބަލައިގަންނަ ކަމަށް ޒަންގް ވިދާޅުވިއެވެ.

ރާއްޖެއިންވެސް ވަނީ ޗައިނާއަށް ދިމާވި ބަލިމަޑުކަމުގެ ހާލަތާއި ގުޅިގެން އެހީ ވެދީފައެވެ. އެގޮތުން ދިވެހި ސަރުކާރުން ވަނީ ޗައިނާގެ ރައްޔިތުންނަށް އެއް މިލިއަން މަސް ދަޅު ހަދިޔާކޮށްފައެވެ.

ކޮވިޑް-19 ފުރަތަމަ ފެނުނު ގައުމު ކަމުގައިވާ ޗައިނާއިން ވަނީ މި ބަލި ކޮންޓްރޯލް ކުރުމުގައި ވަނީ ބޮޑެތި ކުރިއެރުންތަކެއް ހޯދާފައެވެ. ދުނިޔޭގެ ސިއްހަތު ޖަމިއްޔާ، ޑަބްލިޔުއެޗްއޯއިން ވެސް ވަނީ ޗައިނާ ސަރުކާރުން ކުރި މަސައްކަތަށް ތައުރީފުކޮށްފައެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

3

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

4

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

5

ސީރިއާގެ ކުރީގެ ރައީސް ބައްޝާރުލް އަސަދު އާއި އޭނާގެ އަރިސް އާތިފް ނަޖީބު މަރާލަން ހުކުމްކޮށްފި

އިތުރަށް ކިޔާލަން

22 ޖެނުއަރީ 2017

ސަރުކާރުން މަސައްކަތްކުރަނީ ވައްކަން ކުރުމަކީ ހުއްދަކަމަކަށް ހެދުމަށް: ރޮޒައިނާ

22 ޖެނުއަރީ 2017
ސަރުކާރުން މަސައްކަތްކުރަނީ ވައްކަން ކުރުމަކީ ހުއްދަކަމަކަށް ހެދުމަށް: ރޮޒައިނާ
22 ޖެނުއަރީ 2017

ރައްޔިތުންނަށް އޮޅުވާލުމަށް ސަރުކާރުން ބޮޑެތި ޒަރީމާތަކެއް ހިންގާ: ޝިފާޒް

22 ޖެނުއަރީ 2017
ރައްޔިތުންނަށް އޮޅުވާލުމަށް ސަރުކާރުން ބޮޑެތި ޒަރީމާތަކެއް ހިންގާ: ޝިފާޒް
16 ޖެނުއަރީ 2017

ސަރުކާރުން ޕްރޮޖެކްޓްތައް ހިންގަނީ ތިން ގުނަ އަގު ބޮޑުކޮށް: އާޒިމް

16 ޖެނުއަރީ 2017
ސަރުކާރުން ޕްރޮޖެކްޓްތައް ހިންގަނީ ތިން ގުނަ އަގު ބޮޑުކޮށް: އާޒިމް
16 ޖެނުއަރީ 2017

ކޮންމެ ދުވަހަކު އިވެނީ ރައީސް ޔާމީންގެ ސަރުކާރުން ހިންގާ ޖަރީމާތަކުގެ ވާހަކަ: ޝިފާޒު

16 ޖެނުއަރީ 2017
ކޮންމެ ދުވަހަކު އިވެނީ ރައީސް ޔާމީންގެ ސަރުކާރުން ހިންގާ ޖަރީމާތަކުގެ ވާހަކަ: ޝިފާޒު
15 ޖެނުއަރީ 2017

ސަރުކާރުންދޭ ލޯން ގެރެންޓީއަކީ ރޭވިގެންކުރާ ބޮޑު ޖަރީމާއެއް: ޑރ. ޖަމީލް

15 ޖެނުއަރީ 2017
ސަރުކާރުންދޭ ލޯން ގެރެންޓީއަކީ ރޭވިގެންކުރާ ބޮޑު ޖަރީމާއެއް: ޑރ. ޖަމީލް
15 ޖެނުއަރީ 2017

ތިން ބިލިއަން ރުފިޔާގެ ލޯނެއް ނަގަން ސަން ސިޔާމަށް ސަރުކާރުން ގެރެންޓީ ދެނީ!

15 ޖެނުއަރީ 2017
ތިން ބިލިއަން ރުފިޔާގެ ލޯނެއް ނަގަން ސަން ސިޔާމަށް ސަރުކާރުން ގެރެންޓީ ދެނީ!
14 ޖެނުއަރީ 2017

ދީން ނިކަމެތިކޮށްލަން ސަރުކާރުން މަސައްކަތްކުރޭ: އާޒިމް

14 ޖެނުއަރީ 2017
ދީން ނިކަމެތިކޮށްލަން ސަރުކާރުން މަސައްކަތްކުރޭ: އާޒިމް
13 ޖެނުއަރީ 2017

ލޯކަލް ކައުންސިލް އިންތިހާބެއް ހޯދުމުގެ މަސައްކަތް ކުރަންޖެހެނީ ސަރުކާރުން އާއްމު އުސޫލުތަކުން ބޭރުވުމުން: ހަސަން ލަތީފު

13 ޖެނުއަރީ 2017
ލޯކަލް ކައުންސިލް އިންތިހާބެއް ހޯދުމުގެ މަސައްކަތް ކުރަންޖެހެނީ ސަރުކާރުން އާއްމު އުސޫލުތަކުން ބޭރުވުމުން: ހަސަން ލަތީފު
11 ޖެނުއަރީ 2017

ރައީސް ޔާމީނަށް ނޫނެކޭ ބުނުމަށް އެމްޑީޕީގެ ކެންޑިޑޭޓުންނާއެކު މަސައްކަތް ކުރާނަން: އެމްޔޫއޯ

11 ޖެނުއަރީ 2017
ރައީސް ޔާމީނަށް ނޫނެކޭ ބުނުމަށް އެމްޑީޕީގެ ކެންޑިޑޭޓުންނާއެކު މަސައްކަތް ކުރާނަން: އެމްޔޫއޯ
06 ޖެނުއަރީ 2017

ފެނަށްޖެހޭ ރަށްރަށަށް ސަރުކާރުން ބޯފެން ފޯރުކޮށްދިނުމުގެ މަސައްކަތަށް ބަދަލު ގެނެސްފި

06 ޖެނުއަރީ 2017
ފެނަށްޖެހޭ ރަށްރަށަށް ސަރުކާރުން ބޯފެން ފޯރުކޮށްދިނުމުގެ މަސައްކަތަށް ބަދަލު ގެނެސްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް