Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޔުއެފާ ޗެމްޕިއަންސް ލީގު

ލެއިޕްޒީގް އަތްދަށުވެ ޓޮޓެންހަމް މުބާރާތުން ކަޓައިފި

މި މެޗު ލެއިޕްޒީގުން ކާމިޔާބުކުރީ 3-0 ގެ ނަތީޖާއަކުން

އަތޫފް އާތިފް
އަތޫފް އާތިފް | 11 މާރިޗު 2020 | ބުދަ 07:13
ލެއިޕްޒީގް އާއި ޓޮޓެންހަމް ބައްދަލުކުރި މެޗުގެ ތެރެއިން

ލެއިޕްޒީގް އާއި ޓޮޓެންހަމް ބައްދަލުކުރި މެޗުގެ ތެރެއިން

ޔުއެފާ ޗެމްޕިއަންސް ލީގުގައި ޖަރުމަންގެ އާރުބީ ލެއިޕްޒީގުން އެންމެ ފަހުގެ ރަނަރަޕް ޓޮޓެންހަމް ހޮޓްސްޕާސް ބަލިކޮށް ފުރަތަމަ ފަހަރަށް ކުއާޓާ ފައިނަލަށް ދަތުރު ކޮށްފިއެވެ.

ލެއިޕްޒީގުގެ ދަނޑުގައި ކުޅުނު މި މެޗު އެޓީމުން ކާމިޔާބުކުރީ 3-0 ގެ ނަތީޖާއަކުންނެވެ. އެ ޓީމު ކުއާޓާ ފައިނަލަށް ދަތުރުކުރީ 4-0 ގެ އެގްރިގޭޓް ނަތީޖާއިން ކުރި ހޯދައިގެންނެވެ. ފުރަތަމަ ލެގުގައި ލެއިޕްޒީގުން ވަނީ ޓޮޓެންހަމްގެ ދަނޑުގައި 1-0 ގެ ނަތީޖާއަކުން އެޓީމު ބަލިކޮށްފައެވެ.

އަނިޔާގެ ގިނަ މައްސަލަތަކެއް ކުރިމަތިވެފައިވާ ޓޮޓެންހަމްގެ ފޯވާޑެއްގެ ގޮތުގައި އަންގާރަ ދުވަހުގެރޭ ކުޅުނު މެޗުގައި ކުޅުނީ މިޑްފިލްޑަރު ޑެލި އަލީ އެވެ. ފޯވާޑް ހެރީ ކޭން އާއި ސޮން ހެއުން-މިން އަށް ވަނީ އަނިޔާވެފައެވެ.

އަންގާރަ ދުވަހުގެރޭ ލެއިޕްޒީގަށް ދެ ލަނޑު ޖަހައިދިނީ އުމުރުން 20 އަހަރުގެ މާސެލް ސަބިޓްޒާ އެވެ. އޭނާ ޖެހި ދެ ލަނޑު ހުއްޓުވުމަށް ޓޮޓެންހަމްގެ ގޯލްކީޕަރު ހޫގޯ ލޮރިސް އަށް މާބޮޑު މަސައްކަތެއް ނުކުރެވުނެވެ. ދެން ލެއިޕްޒީގަށް ލަނޑު ޖަހައިދިނީ ބެންޗުން ކުޅެން އެރި އެމިލް ފޯސްބާގް އެވެ.

މެޗަށްފަހު ވާހަކަ ދައްކަމުން ޓޮޓެންހަމްގެ ކޯޗު ހޯސޭ މޮރީނިއޯ ބުނީ މެޗަށް ނުކުތީ ދެވަނަ ބުރަށް ދެވޭނެ ކަމުގެ އަޒުމުގައި ކަމަށާއި ނަމަވެސް މި މެޗުގައި ވެސް ފެނިގެންދިޔައީ ފުރަތަމަ މެޗުގައި ވެސް ކުޅުންތެރިންގެ ފަރާތުން ފެނުނު ގޯސްތައް ކަމަށެވެ. މީގެ އިތުރުން މޮރީނިއޯ ބުނީ މިވަގުތު ޓޮޓެންހަމް އޮތީ ވަރަށް އުނދަގޫ ހާލަތެއްގައި ކަމަށާއި، އެއާއި ހިލާފަށް ލައިޕްޒިންގ ގެ ކުޅުން ޓޮޓެންހަމް އަށް ވުރެ ހާސްގުނަ ވަރުގަދަ ކަމަށާއި އެހެން ކަމުން މި މޮޅު އެޓީމަށް ހައްގު ކަމަށެވެ.

އިތުރަށް ކިޔާލަން

19 މާރިޗު 2017

މިއާމީ އޯޕެން ޓެނިސް މުބާރާތުން މުރޭ ވަކިވެއްޖެ

19 މާރިޗު 2017
މިއާމީ އޯޕެން ޓެނިސް މުބާރާތުން މުރޭ ވަކިވެއްޖެ
27 ފެބުރުއަރީ 2017

ކޭންގެ ހެޓްރިކާއެކު ޓޮޓެންހަމް ޓޭބަލްގެ ދެވަނައަށް

27 ފެބުރުއަރީ 2017
ކޭންގެ ހެޓްރިކާއެކު ޓޮޓެންހަމް ޓޭބަލްގެ ދެވަނައަށް
20 ފެބުރުއަރީ 2017

އެފްއޭކަޕް: ޔުނައިޓެޑް އަދި ޓޮޓެންހަމް ވެސް ސަލާމަތްވެ ކުއާޓާ އަށް

20 ފެބުރުއަރީ 2017
އެފްއޭކަޕް: ޔުނައިޓެޑް އަދި ޓޮޓެންހަމް ވެސް ސަލާމަތްވެ ކުއާޓާ އަށް
12 ފެބުރުއަރީ 2017

ޕްރިމިއާ ލީގު: އާސެނަލް އަދި ޔުނައިޓެޑް މޮޅުވިއިރު، ލިވަޕޫލް އަތުން ޓޮޓެންހަމް ބަލިވެއްޖެ

12 ފެބުރުއަރީ 2017
ޕްރިމިއާ ލީގު: އާސެނަލް އަދި ޔުނައިޓެޑް މޮޅުވިއިރު، ލިވަޕޫލް އަތުން ޓޮޓެންހަމް ބަލިވެއްޖެ
05 ފެބުރުއަރީ 2017

ޕްރިމިއާ ލީގު: ކޭންގެ ލަނޑުން ޓޮޓެންހަމް ސަލާމަތްވިއިރު، ލިވަޕޫލް ބަލިވެއްޖެ

05 ފެބުރުއަރީ 2017
ޕްރިމިއާ ލީގު: ކޭންގެ ލަނޑުން ޓޮޓެންހަމް ސަލާމަތްވިއިރު، ލިވަޕޫލް ބަލިވެއްޖެ
23 ޖެނުއަރީ 2017

ޓޮޓެންހަމް އާއި ސިޓީ އެއްވަރުވިއިރު ޔުނައިޓެޑް ސަލާމަތްވީ ކިރިޔާ

23 ޖެނުއަރީ 2017
ޓޮޓެންހަމް އާއި ސިޓީ އެއްވަރުވިއިރު ޔުނައިޓެޑް ސަލާމަތްވީ ކިރިޔާ
15 ޖެނުއަރީ 2017

ކޭންގެ ހެޓްރިކާއެކީ ޓޮޓެންހަމް ލީގުގެ ދެވަނައަށް

15 ޖެނުއަރީ 2017
ކޭންގެ ހެޓްރިކާއެކީ ޓޮޓެންހަމް ލީގުގެ ދެވަނައަށް
06 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ޑެލެ އަލީގެ ދެ ލަނޑުން ޓޮޓެންހަމް އިން ޗެލްސީގެ އުންމީދުތައް ފެނަށް ދުއްވާލައިފި

06 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ޑެލެ އަލީގެ ދެ ލަނޑުން ޓޮޓެންހަމް އިން ޗެލްސީގެ އުންމީދުތައް ފެނަށް ދުއްވާލައިފި
04 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ކޭން އާއި ޑެލެއަލީގެ ލަނޑުތަކުން ވަޓްފޯޑްގެ މައްޗަށް ޓޮޓެންހަމް ކުރިހޯދައިފި

04 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ކޭން އާއި ޑެލެއަލީގެ ލަނޑުތަކުން ވަޓްފޯޑްގެ މައްޗަށް ޓޮޓެންހަމް ކުރިހޯދައިފި
04 ޖެނުއަރީ 2017

އިސްކޯ ހޯދުމާ ގާތަށް ޓޮޓެންހަމް ޖެހިލައިފި

04 ޖެނުއަރީ 2017
އިސްކޯ ހޯދުމާ ގާތަށް ޓޮޓެންހަމް ޖެހިލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު