Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެކޮވިޑް-19

ކޮވިޑް-19 ފެތުރުނަ ނުދިނުމަށް ގެސްޓްހައުސްތަކުން ސަމާލުކަމެއް ދިނުމަށް އެދެފި

11 މާރިޗު 2020 | ބުދަ 02:10

ސަރުކާރުން އަޅަމުންދާ ފިޔަވަޅުތަކަށް ވަނީ ތައުރީފް ކޮށްފައި

އަލީ ސަމާޚް
އަލީ ސަމާޚް | 11 މާރިޗު 2020 | ބުދަ 02:10
ގެސްޓްހައުސް އެސޯސިއޭޝަން އޮފް މޯލްޑިވްސްއިން ބޭއްވި ބައްދަލުވުމެއްގެ ތެރެއިން

ގެސްޓްހައުސް އެސޯސިއޭޝަން އޮފް މޯލްޑިވްސްއިން ބޭއްވި ބައްދަލުވުމެއްގެ ތެރެއިން

ކޮވިޑް-19 ގެ ހަ ކޭސްއެއް ރާއްޖެއިން ފެނިފައިވާއިރު، އެ ވައިރަސް އިތުރަށް ފެތުރުނަ ނުދިނުމަށްޓަކައި ގެސްޓްހައުސްތައް ހިންގާ ފަރާތްތަކުން ހާއްސަ ސަމާލުކަމެއް ދިނުމަށް ގެސްޓް ހައުސް އެސޯސިއޭޝަން އޮފްދަ މޯލްޑިވްސް އިން އެދެފިއެވެ.

އެ އެސޯސިއޭޝަނުން ބުދަ ދުވަހު އާއްމުކޮށްފައިވާ ބަޔާނެއްގައި ވަނީ، ކޮވިޑް-19 ފެތުރެން ފަށާފައިވާ މި ދަނޑިވަޅުގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހު އާއި ޓޫރިޒަމް މިނިސްޓްރީއާއި ދައުލަތުގެ މުއައްސަސާތަކުން ވައިރަހާ ދެކޮޅަށް ކުރަމުންދާ މަސައްކަތްތަށް ފާހަގަކޮށް އެ ފަރާތްތަކަށް ޝުކުރު އަދާކޮށްފައެވެ.

Advertisement - newsAdvertisement

އެގޮތުން، ކޮވިޑް-19 ގެ އަލާމާތްތައް ފެންނަ ފަރާތްތައް ކަރަންޓިން ކުރުމާއި ފަރުވާދެވޭނެ އިންތިޒާމުތައް ހަމަޖެއްސުމުގެ ގޮތުން ބ.އަތޮޅު ފަރުކޮޅުފުށީގައި ގާއިމް ކުރެވުނު ކަރަންޓީން ފެސިލިޓީ އާއި ކ.އަތޮޅު ވިލިވަރުގައި، އެންމެ 10 ދުވަސްތެރޭގައި ޓޫރިޒަމް ޓްރަސްޓް ފަންޑް އިން ހަރަދު ކޮށްގެން 30 ކޮޓަރިގެ ކަރަންޓީން ފެސިލިޓީއެއް ގާއިމު ކުރެވިފައިވާކަން ފާހަގަ ކޮށްފައެވެ.

ގެސްޓް ހައުސް އެސޯސިއޭޝަނުން ބުނީ، މި ނާޒުކު ދަނޑިވަޅުގައި ގެސްޓް ހައުސްތަކަށް ބޭނުންވާ އެހީތެރިކަމަށް ސަރުކާރުގެ އިދާރާތަކުގެ ފުރިހަމަ އެއްބާރުލުން ބޭނުންވާ ކަމަށެވެ. އޭގެ ތެރޭގައި، ޓޫރިޒަމް މިނިސްޓްރީއަށް ގެސްޓް ހައުސްތަކުން ދުވަހުން ދުވަހަށް ފޮނުވަންޖެހޭ މައުލޫމާތުތައް ލިބޭކަން ކަށަވަރު ކުރުމާއި، މައުލޫމާތު ފޮނުވަންޖެހޭ އީމެއިލް ތަކަށް ލިބޭ މެއިލްތަކަށް ދުވަހުން ދުވަހަށް އިޖާބަ ދިނުމާއި، ގުޅުން ކަނޑައަޅާފައިވާ ނަމްބަރުތަކާއި ހޮޓްލައިންތަކަށް ވަގުތުން ވަގުތަށް އިޖާބަދިނުން ހިމެނޭ ކަމަށެވެ.

އަދި އޭގެ އިތުރުން، ކޮވިޑް-19 އިތުރަށް ފެތުރުނަ ނުދިނުމަށްޓަކައި ގެސްޓްހައުސްތައް ހިންގާ ފަރާތްތަކުންހާއްސަ ސަމާލުކަމެއް ދިނުމަށް މި އެސޯސިއޭޝަންގެ ފަރާތުން ވަނީ އެދިފައެވެ. ސަރުކާރުގެ އިދާރާތަކުން ދެމުންގެންދާ އިރުޝާދުތަކަށް ފުރިހަމައަށް އަމަލުކުރުމާއި، އަންގަމުންދާ އެންގުންތަކަށް އެންމެ ފުރިހަމައަށް އިޖާބަދިނުމަށްވެސް އެ އެސޯސިއޭޝަނުން ވަނީ އެދިފައެވެ.

ކޮވިޑް-19 އަށް ރާއްޖެއިން ޕޮޒިޓިވްވެފައިވަނީ ހަ ބިދޭސީންނެވެ. އެ މީހުންނަށް ފަރުވާދެމުންދާ ކަމަށާއި، އެމީހުންގެ ހާލު ރަނގަޅު ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ވަނީ ބުނެފައެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

3

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

4

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

5

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

އިތުރަށް ކިޔާލަން

19 ޖެނުއަރީ 2019

ކޯލިޝަން ރޫޅުނަ ނުދިނުމަށް މައުމޫން ގޮވާލައްވައިފި

19 ޖެނުއަރީ 2019
ކޯލިޝަން ރޫޅުނަ ނުދިނުމަށް މައުމޫން ގޮވާލައްވައިފި
15 ޖެނުއަރީ 2019

ކޮރަޕްޝަނަށް ފުރުސަތު ނުދިނުމަށް ޚާއްސަ މަސައްކަތްތަކެއް ކުރާނެ: ސީއީއޯ ޝާހިދު

15 ޖެނުއަރީ 2019
ކޮރަޕްޝަނަށް ފުރުސަތު ނުދިނުމަށް ޚާއްސަ މަސައްކަތްތަކެއް ކުރާނެ: ސީއީއޯ ޝާހިދު
21 ޑިސެމްބަރު 2018

ރައްޔިތުންނަށް އޮޅޭ ގޮތަށް މައުލޫމާތު ފޯރުކޮށް ނުދިނުމަށް މިނިސްޓަރ އަސްލަމް އިލްތިމާސް ކުރައްވައިފި

21 ޑިސެމްބަރު 2018
ރައްޔިތުންނަށް އޮޅޭ ގޮތަށް މައުލޫމާތު ފޯރުކޮށް ނުދިނުމަށް މިނިސްޓަރ އަސްލަމް އިލްތިމާސް ކުރައްވައިފި
13 ޑިސެމްބަރު 2018

ދެ ސަފީރަކަށް ރުހުން ނުދިނުމަށް ކޮމެޓީން ފާސްކޮށްފި

13 ޑިސެމްބަރު 2018
ދެ ސަފީރަކަށް ރުހުން ނުދިނުމަށް ކޮމެޓީން ފާސްކޮށްފި
27 އޮކްޓޯބަރު 2018

އަދީބު ފިލުމަށް ފުރުސަތު ނުދިނުމަށް ރިލްވާންގެ އާއިލާ އިން އެދެފި

27 އޮކްޓޯބަރު 2018
އަދީބު ފިލުމަށް ފުރުސަތު ނުދިނުމަށް ރިލްވާންގެ އާއިލާ އިން އެދެފި
27 ސެޕްޓެމްބަރު 2017

ފްލެޓްތަކުގެ މައުލޫމާތު ކޮމެޓީ މެންބަރުންނަށް ނުދިނުމަށް ރިޔާޒް ރަޝީދު ވަނީ އަންގާފައި: ރޮޒައިނާ

27 ސެޕްޓެމްބަރު 2017
ފްލެޓްތަކުގެ މައުލޫމާތު ކޮމެޓީ މެންބަރުންނަށް ނުދިނުމަށް ރިޔާޒް ރަޝީދު ވަނީ އަންގާފައި: ރޮޒައިނާ
26 ސެޕްޓެމްބަރު 2017

ވިލިނގިލީގައި ރައީސް ޔާމީނާ ދެކޮޅަށް އިހްތިޖާޖުކުރިޔަ ނުދިނުމަށް ފަޅުގައި ހުރި ދޯނިފަހަރު ނަގައި ދަމާފައިވާ ދިދަތައް ވެސް ނަގަނީ

26 ސެޕްޓެމްބަރު 2017
ވިލިނގިލީގައި ރައީސް ޔާމީނާ ދެކޮޅަށް އިހްތިޖާޖުކުރިޔަ ނުދިނުމަށް ފަޅުގައި ހުރި ދޯނިފަހަރު ނަގައި ދަމާފައިވާ ދިދަތައް ވެސް ނަގަނީ
16 މެއި 2017

ލާމަރުކަޒީ ނިޒާމު ފުނޑުފުނޑުކޮށްލުމަށް ސަރުކާރަށް ދޫ ނުދިނުމަށް ސިޓީ ކައުންސިލަރުންގެ ކިބައިން ރައީސް ނަޝީދު އެދިވަޑައިގެންފި

16 މެއި 2017
ލާމަރުކަޒީ ނިޒާމު ފުނޑުފުނޑުކޮށްލުމަށް ސަރުކާރަށް ދޫ ނުދިނުމަށް ސިޓީ ކައުންސިލަރުންގެ ކިބައިން ރައީސް ނަޝީދު އެދިވަޑައިގެންފި
13 މެއި 2017

ޕޭ ލީވްގައި ތިބޭ މުވައްޒަފުންނަށް ރޯދަ އިނާޔަތް ނުދިނުމަށް ފުރަތަމަ ފަހަރަށް ނިންމައިފި

13 މެއި 2017
ޕޭ ލީވްގައި ތިބޭ މުވައްޒަފުންނަށް ރޯދަ އިނާޔަތް ނުދިނުމަށް ފުރަތަމަ ފަހަރަށް ނިންމައިފި
03 މެއި 2017

ނުފޫޒުތަކަށް ދޫނުދިނުމަށް ރައީސް ނަޝީދު ނޫސްވެރިންނަށް ގޮވާލައްވައިފި

03 މެއި 2017
ނުފޫޒުތަކަށް ދޫނުދިނުމަށް ރައީސް ނަޝީދު ނޫސްވެރިންނަށް ގޮވާލައްވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް