Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެނޫސްވެރިޔާ ރިލްވާން

އަދީބު ފިލުމަށް ފުރުސަތު ނުދިނުމަށް ރިލްވާންގެ އާއިލާ އިން އެދެފި

27 އޮކްޓޯބަރު 2018 | ހޮނިހިރު 08:24

އަދީބަކީ ރިލްވާންގެ މައްސަލައިގައި ސުވާލުކޮށް ތަހުގީގު ކުރަން ޖެހޭ ބޭފުޅެއް ކަމަށް އާއިލާ އިން ދެކޭ

އަޒްލިފާ އަބްދުﷲ
އަޒްލިފާ އަބްދުﷲ | 27 އޮކްޓޯބަރު 2018 | ހޮނިހިރު 08:24
ރިލްވާން އަށް ވީގޮތެއް ހޯދުމަށް ބޭއްވި ހިނގާލުމެއްގެ ތެރެއިން

ރިލްވާން އަށް ވީގޮތެއް ހޯދުމަށް ބޭއްވި ހިނގާލުމެއްގެ ތެރެއިން

ކުރީގެ ނާއިބު ރައީސް އަޙްމަދު އަދީބު ޖަލުގައި ބަންދުކޮށްފައި ވަނިކޮށް ލޮލަށް ބޭސްކުރުމަށްޓަކައި ދިވެހިރާއްޖެ އިން ބޭރަށް ދަތުރުކުރުމަށް ހުއްދަ ދޭންޖެހޭ ކަމަށް އިދިކޮޅު ލީޑަރުން ހިމެނޭ ގޮތުން ގޮވާލަމުން ދިއުމަކީ ކަންބޮޑުވާ، އަދި ނުރުހޭ ކަމެއް ކަމަށް ގެއްލިފައިވާ ނޫސްވެރިޔާ އަހުމަދު ރިލްވާން އަބްދުﷲގެ އާއިލާއިން ބުނެފިއެވެ.

ރިލްވާންގެ އާއިލާ އިން ނެރެފައިވާ ނޫސް ބަޔާނެއްގައި ބުނެފައި ވަނީ އަދީބަކީ، ރިލްވާން ގަދަކަމުން ގެއްލުވާލާފައިވާ މައްސަލައިގައި ސުވާލުކޮށް ތަޙްޤީޤު ކުރަންޖެހޭ މީހެއް ކަމުގައި އެ އާއިލާ އިން ދެކޭ ކަމަށެވެ.

Advertisement - newsAdvertisement

މީގެ ކުރިން ވެސް ހާމަވެފައިވާ ބައެއް މައުލޫމާތަށް ބަލާއިރު، ރިލްވާން ވަގަށް ނެގުމުގައި ބައިވެރިވީ މީހުން ކަމުގައި ބެލެވޭ ބަޔަކާ އަޙްމަދު އަދީބާ ގުޅުންތަކެއް ވާކަމަށް ފެންނަ ކަމަށާއި އެހެން ކަމުން މައްސަލައިގެ ތަޙްޤީޤު އަލުން ކުރާއިރު ކުރެވޭ ސުވާލަށް އަދީބު ފިލުމަކީ އެކަށީގެންވާ ކަމެއް ކަމުގައި ދެކޭ ކަމަށް ރިލްވާންގެ އާއިލާ އިން ބުނެއެވެ.

މީގެ އިތުރުން އަދީބަކީ، މުޅި ދިވެހިރާއްޖެއަށް ގެއްލުން ލިބުނު ބޮޑެތި ޚިޔާނާތުގެ މައްސަލަތަކުގައި ހިމެނޭ މީހެއް ކަމަށް ތުހުމަތު ކުރެވޭ މީހެއް ކަމުގައި ވާތީ ރާއްޖެއިން ބޭރަށް ދަތުރުކުރުމުގެ ހުއްދަ ދީފި ނަމަ ދިވެހިރާއްޖެއަށް އެނބުރި ނައިސް ފިލައިގެން ދިއުމަކީ އެކަށީގެންވާ ކަމެއް ކަމުގައި އެ އާއިލާއިން ދެކޭ ކަމަށް ބަޔާނުގައި ވެއެވެ.

ބަންދުގައި ބައިތިއްބާފައިވާ ޤައިދީންގެ ތެރެއިން ކޮންމެ މީހަކީ ވެސް އެކަށީގެންވާ ބޭސްފަރުވާ، ލަސްނުކޮށް ލިބޭނޭ އިންތިޒާމު ދައުލަތުން ހަމަޖައްސައިދޭންޖެހޭނެ ބައެއް ކަމަށާއި އެގޮތުން މިހާތަނަށް ބޭސްފަރުވާ ދިނުން ލަސްކޮށްފައި ހުރި ކޮންމެ ޤައިދީއަކަށް އެފަދަ ފަރުވާ އަވަސްކޮށްދިނުމަށް ދައުލަތުގެ ކަމާ ބެހޭ ފަރާތްތަކަށް ވަނީ ގޮވާލާފައެވެ.

ޤައިދީންނަށް ހަމަހަމަ ގޮތުގައި ސިއްޙީ ފަރުވާ ދެވޭނޭ ނިޒާމެއް އުފައްދާނެކަން އިންތިޤާލީ މަސައްކަތުގައި އުޅޭ ކަމާ ބެހޭ ކޮމިޓީތަކުން ހާމަކޮށްދިނުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެއް ކަމަށާއި އަދި ދިވެހިރާއްޖެއިން ބޭސްފަރުވާ ނުކުރެވޭ ފަދަ ޙާލަތެއް ދިމާވާ ނުރައްކާތެރި މުޖުރިމުންނަށް ބޭރުން އެފަދަ ފަރުވާ ރާއްޖެއަށް ގެނެސްގެން ކުރެވޭނޭ މަގު ހުޅުވާލުން މުހިއްމު ކަމުގައި ދެކޭ ކަމަށް ބަޔާނުގައި ވެއެވެ. އެފަދަ މުޖުރިމަކު ފިލައިގެން ދިއުމުގެ ފުރުސަތު ހުޅުވާލުމަކީ އެކަމަށް ސަރުކާރު ފުރިހަމައަށް ޒިންމާ ނަގަންޖެހޭނޭ ކަމެއް ކަމަށް ރިލްވާންގެ އާއިލާއިން ބުނެއެވެ.

ދިވެހިރާއްޖޭގެ ތާރީޚުގައި ވެސް ތަފާތު މައްސަލަތަކާ ގުޅިގެން ބަންދުކުރާ ޤައިދީންގެ ތެރެއިން ސިޔާސީ ބޮޑެތި މަޤާމުތައް ފުރާފައިވާ ބައެއް މީހުން ބޭސްފަރުވާއަށް ފުރައިގެން ދިއުމަށް ފަހު އަނބުރާ ޤައުމަށް ނައިސް ފިލައިގެން ގޮސްފައިވާ ކަމަށާއި އަދީބު ރާއްޖެއިން ބޭރަށް ފޮނުވުމަށް ގޮވާލާ ފަރާތްތަކުގެ ތެރޭގައި އިދިކޮޅު ކޯއެލިޝަނުގެ ސިޔާސީ ލީޑަރުން ހިމެނޭކަމީ ދެރަ ކަމެއް ކަމަށް ބަޔާނުގައި ވެއެވެ. އަދި އެއީ އިދިކޮޅު ފަރާތްތަކުން ކޮށްފައިވާ ރިޔާސީ ވަޢުދެއް ކަމުގައިވާ، ރިލްވާން ގެއްލުވާލި މައްސަލަ ތަޙްޤީޤުކޮށް އެކަމުގައި ޝާމިލުވާ އެންމެހައި ފަރާތްތައް އިންސާފުގެ ކުރިމައްޗަށް ގެންނާނެކަމުގެ ވައުދު ފުރިހަމަ ކުރުމަށް އެޅޭ ހުރަހެއް ކަމަށް ރިލްވާންގެ އާއިލާއިން ބުނެއެވެ.

ދިވެހިރާއްޖޭގެ އިންސާނީ ޙައްޤުތަކުގެ މައްސަލަތައް ގިނަވެފައި ވަނިކޮށް، ސިޔާސީ ހެޔޮ ބަދަލަކަށް ފުރުސަތު ލިބޭ ދަނޑިވަޅަކީ ނުހަނު ވިސްނުންތެރިކަމާއެކު، ހެޔޮ މަގުގައި ކުރިއަށް ދާން ލިބޭ ވަގުތެއްކަން ދެނެގަނެ، އެތަކެއް ބައެއްގެ ޙައްޤުތަކަށް އަރައިގެންކަމުގެ ތުހުމަތު އުފުލިފައިވާ މީހަކު ފިލައިގެން ދިއުމަށް ތަން ނުދީ، ސާފު ފިޔަވަޅަކުން ފެށުމަށް އިދިކޮޅު ކޯއެލިޝަނަށް ވަނީ ގޮވާލާފައެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

3

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

4

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

5

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

އިތުރަށް ކިޔާލަން

19 ފެބުރުއަރީ 2017

ކައުންސިލް އިންތިހާބުގައި ވޯޓުލަން ރިރަޖިސްޓަރީވުމުގެ ފުރުސަތު ހުޅުވާލައިފި

19 ފެބުރުއަރީ 2017
ކައުންސިލް އިންތިހާބުގައި ވޯޓުލަން ރިރަޖިސްޓަރީވުމުގެ ފުރުސަތު ހުޅުވާލައިފި
16 ފެބުރުއަރީ 2017

ކައުންސިލް އިންތިޚާބަށް ކުރިމަތިލުމުގެ ފުރުސަތު އިތުރުކޮށްފި

16 ފެބުރުއަރީ 2017
ކައުންސިލް އިންތިޚާބަށް ކުރިމަތިލުމުގެ ފުރުސަތު އިތުރުކޮށްފި
03 ފެބުރުއަރީ 2017

އަލަށް ވޯޓުލުމުގެ ހައްގު ލިބުނު ފަރާތްތައް އާއްމުކޮށް، ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި

03 ފެބުރުއަރީ 2017
އަލަށް ވޯޓުލުމުގެ ހައްގު ލިބުނު ފަރާތްތައް އާއްމުކޮށް، ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި
23 ޖެނުއަރީ 2017

ސިވިލް ސާވިސް ކޮމިޝަންގެ މެމްބަރު ކަމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

23 ޖެނުއަރީ 2017
ސިވިލް ސާވިސް ކޮމިޝަންގެ މެމްބަރު ކަމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި
20 ޖެނުއަރީ 2017

އިންތިހާބަށް ރީރަޖިސްޓްރީ ކުރުމުގެ ފުރުސަތު ވަރަށް އަވަހަށް ހުޅުވާލާނަން: އިލެކްޝަންސް

20 ޖެނުއަރީ 2017
އިންތިހާބަށް ރީރަޖިސްޓްރީ ކުރުމުގެ ފުރުސަތު ވަރަށް އަވަހަށް ހުޅުވާލާނަން: އިލެކްޝަންސް
18 ޖެނުއަރީ 2017

ރިލްވާންގެ އުފަންދުވަހު މަންމަގެ އާދޭސް: ތަކުލީފަށް ލުޔެއް ހޯދައިދީ، މައުލޫމާތެއް އެނގޭ ނަމަ ހާމަކޮށްދީ!

18 ޖެނުއަރީ 2017
ރިލްވާންގެ އުފަންދުވަހު މަންމަގެ އާދޭސް: ތަކުލީފަށް ލުޔެއް ހޯދައިދީ، މައުލޫމާތެއް އެނގޭ ނަމަ ހާމަކޮށްދީ!
15 ޖެނުއަރީ 2017

އެމްޑީޕީގެ އިސްތިއުނާފް ފަނޑިޔާރު މަޖިލިހަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

15 ޖެނުއަރީ 2017
އެމްޑީޕީގެ އިސްތިއުނާފް ފަނޑިޔާރު މަޖިލިހަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި
14 ޖެނުއަރީ 2017

އޯލެވެލް ނިންމާ ދަރިވަރުންނަށް ޔޫޑަބްލިޔޫސީގެ ސްކޮލަރޝިޕްގެ ފުރުސަތު ހުޅުވާލައިފި

14 ޖެނުއަރީ 2017
އޯލެވެލް ނިންމާ ދަރިވަރުންނަށް ޔޫޑަބްލިޔޫސީގެ ސްކޮލަރޝިޕްގެ ފުރުސަތު ހުޅުވާލައިފި
07 ޖެނުއަރީ 2017

ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި

07 ޖެނުއަރީ 2017
ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި
07 ޖެނުއަރީ 2017

ޔުނިވާސިޓީން އާ ދެ ކޯހެއް ރާއްޖެއަށް ތައާރަފްކޮށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

07 ޖެނުއަރީ 2017
ޔުނިވާސިޓީން އާ ދެ ކޯހެއް ރާއްޖެއަށް ތައާރަފްކޮށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް