Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެްޤައުމީ ސަލާމަތުގެ ކޮމެޓީ

ދެ ސަފީރަކަށް ރުހުން ނުދިނުމަށް ކޮމެޓީން ފާސްކޮށްފި

13 ޑިސެމްބަރު 2018 | ބުރާސްފަތި 14:16

ޗައިނާގައި ހުންނަވާ ސަފީރަކަށް އައިޝަތު އަޒީމާއަށް ކޮމެޓީން ވަނީ ރުހުންދީފައި

އަބުދުﷲ ނަސީރު އިބްރާހިމް
އަބުދުﷲ ނަސީރު އިބްރާހިމް | 13 ޑިސެމްބަރު 2018 | ބުރާސްފަތި 14:16
ރައްޔިތުންގެ މަޖިލީހުގެ ކޮމެޓީއެއްގެ ބައްދަލުވުމުގައި މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފާއި، ރޮޒައިނާ އާދަމް

ރައްޔިތުންގެ މަޖިލީހުގެ ކޮމެޓީއެއްގެ ބައްދަލުވުމުގައި މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފާއި، ރޮޒައިނާ އާދަމް

ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ފަރާތްޕުޅުން ދެ ޤައުމެއްގެ ސަފީރުކަމަށް ކަނޑައެޅުއްވި ބޭފުޅުންނަށް ރުހުން ނުދިނުމަށް ރައްޔިތުންގެ މަޖިލީހުގެ ޤައުމީ ސަލާމަތުގެ ކޮމެޓީން ފާސްކޮށްފި އެވެ.

ކޮމެޓީން އެގޮތަށް ފާސްކޮށްފައިވަނީ ބުރާސްފަތި ދުވަހު ބޭއްވި ކޮމެޓީގެ ބައްދަލުވުމުގަ އެވެ.

Advertisement - newsAdvertisement

ސަރުކާރުގެ މެޖޯރިޓީ އޮންނަ ޤައުމީ ސަލާމަތުގެ ކޮމެޓީގެ އަޤުލަބިއްޔަތުން ރުހުން ނުދިނުމަށް ނިންމާފައިވަނީ ތައިލެންޑްގައި ހުންނަވާ ސަފީރަކަށް މުހައްމަދު ޖިނާހު، މއ. ތިބްރޯޒް އަދި ސައުދީ އަރަބިއްޔާގައި ހުންނަވާ ސަފީރަކަށް މުހައްމަދު ޚަލީލް، ގ. އުތުރުގެއާގެ އަށެވެ. ޖުމްލަ 3 ބޭފުޅެއްގެ ނަންފުޅު ކޮމެޓީން ދިރާސާކުރިއިރު، ޗައިނާގައި ހުންނަވާ ސަފީރަކަށް އައިޝަތު އަޒީމާ، މ. ބީނާފުށި އައްޔަން ކުރަން ފެންނަ ކަމަށް ކޮމެޓީން ވަނީ ފާސްކޮށްފަ އެވެ.

ޖިނާހާއި ޚަލީލަށް ރުހުން ދޭން ނުފެންނަ ކަމަށް ހުށަހެޅުއްވީ މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް އެވެ. އެ ހުށަހެޅުމަށް ތާއީދުކުރެއްވީ ވައިކަރަދޫ ދާއިރާގެ އެމްޑީޕީ މެމްބަރު މުހައްމަދު ނާޒިމް އެވެ.

އެ ދެބޭފުޅުންނަށް ރުހުން ނުދިނުމަށް ކޮމޭޓީން ނިންމިނަމަވެސް، އެ ދެ ބޭފުޅުންގެ ނަންފުޅުވެސް މުޅި މަޖިލީހުގެ ތަޅުމަށް ހުށަހަޅާނެ އެވެ. އަދި އެ ނަންފުޅުތައް މުޅި މަޖިލީހުގެ ތަޅުމުން ތާއީދު ލިބިއްޖެނަމަ އެ ބޭފުޅުން މަޤާމަށް އައްޔަނުކުރާނެ އެވެ.

މީގެކުރިން ކޮމެޓީން ވަނީ 8 ބޭފުޅަކަށް ރުހުން ދިނުމަށް ފާސްކޮށްފަ އެވެ. އަދި އެ 8 ބޭފުޅުންގެ ނަންފުޅަށް މުޅި މަޖިލީހުންވެސް ވަނީ ތާއީދުކޮށްފަ އެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

3

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

4

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

5

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

އިތުރަށް ކިޔާލަން

27 ފެބުރުއަރީ 2017

ސިނގިރޭޓާއި އެނާރޖީ ޑްރިންކުން ޑިއުޓީ ބޮޑުކުރަން ހުށަހެޅި އަދަދަށް ވުރެ ބޮޑުކޮށް ކޮމެޓީން ފާސްކޮށްފި

27 ފެބުރުއަރީ 2017
ސިނގިރޭޓާއި އެނާރޖީ ޑްރިންކުން ޑިއުޓީ ބޮޑުކުރަން ހުށަހެޅި އަދަދަށް ވުރެ ބޮޑުކޮށް ކޮމެޓީން ފާސްކޮށްފި
26 ފެބުރުއަރީ 2017

ފ. އަތޮޅު ވިއްކުން ހުއްޓުވަން މަސައްކަތް ކުރަން އެމްޑީޕީން ގަރާރެއް ފާސްކޮށްފި

26 ފެބުރުއަރީ 2017
ފ. އަތޮޅު ވިއްކުން ހުއްޓުވަން މަސައްކަތް ކުރަން އެމްޑީޕީން ގަރާރެއް ފާސްކޮށްފި
20 ފެބުރުއަރީ 2017

މިނިސްޓްރީތަކުގެ މެންޑޭޓަށް ގެނައި ބަދަލުތަކަކީ ރަނގަޅު ބަދަލުތަކެއްކަމަށް މަޖިލީހުން ފާސްކޮށްފި

20 ފެބުރުއަރީ 2017
މިނިސްޓްރީތަކުގެ މެންޑޭޓަށް ގެނައި ބަދަލުތަކަކީ ރަނގަޅު ބަދަލުތަކެއްކަމަށް މަޖިލީހުން ފާސްކޮށްފި
15 ފެބުރުއަރީ 2017

ސިވިލް ސާރވިސް ކޮމިޝަނަށް ޝަފީގު އައްޔަން ކުރުމަށް މަޖިލީހުން ފާސްކޮށްފި

15 ފެބުރުއަރީ 2017
ސިވިލް ސާރވިސް ކޮމިޝަނަށް ޝަފީގު އައްޔަން ކުރުމަށް މަޖިލީހުން ފާސްކޮށްފި
14 ފެބުރުއަރީ 2017

ޝަމްއޫން ހަމީދު އަށް ކޮމެޓީން ރުހުމެއް ނުދިން!

14 ފެބުރުއަރީ 2017
ޝަމްއޫން ހަމީދު އަށް ކޮމެޓީން ރުހުމެއް ނުދިން!
13 ފެބުރުއަރީ 2017

ހެއްކާބެހޭ ބިލް ރައްޔިތުންގެ މަޖިލީހުން ބަލައިގަންނަން ފާސްކޮށްފި

13 ފެބުރުއަރީ 2017
ހެއްކާބެހޭ ބިލް ރައްޔިތުންގެ މަޖިލީހުން ބަލައިގަންނަން ފާސްކޮށްފި
13 ފެބުރުއަރީ 2017

ޔޫއޭއީ އަށް ކަނޑައަޅާފައިވާ ސަފީރު ޑރ. ނިޔާޒަށް މަޖިލީހުން ރުހުންދީފި

13 ފެބުރުއަރީ 2017
ޔޫއޭއީ އަށް ކަނޑައަޅާފައިވާ ސަފީރު ޑރ. ނިޔާޒަށް މަޖިލީހުން ރުހުންދީފި
12 ފެބުރުއަރީ 2017

ޔޫއޭއީ އަށް ކަނޑައަޅާފައިވާ ސަފީރަށް ކޮމެޓީން ރުހުންދީފި

12 ފެބުރުއަރީ 2017
ޔޫއޭއީ އަށް ކަނޑައަޅާފައިވާ ސަފީރަށް ކޮމެޓީން ރުހުންދީފި
08 ފެބުރުއަރީ 2017

ކައުންސިލަށް ކުރިމަތިލާ މީހުންގެ ޝަރުތުތަކަށް ބަދަލުގެނެސް އެބިލް މަޖިލީހުން ފާސްކޮށްފި

08 ފެބުރުއަރީ 2017
ކައުންސިލަށް ކުރިމަތިލާ މީހުންގެ ޝަރުތުތަކަށް ބަދަލުގެނެސް އެބިލް މަޖިލީހުން ފާސްކޮށްފި
14 ޖެނުއަރީ 2017

އިސްލާމްދީނާ ޚިލާފު ޤާނޫނެއް ފާސްކޮށްފިނަމަ އެކަން އެޅޭނީ މަޖިލީހުގެ މެމްބަރުންގެ ބޮލުގައި:އައްސަދު

14 ޖެނުއަރީ 2017
އިސްލާމްދީނާ ޚިލާފު ޤާނޫނެއް ފާސްކޮށްފިނަމަ އެކަން އެޅޭނީ މަޖިލީހުގެ މެމްބަރުންގެ ބޮލުގައި:އައްސަދު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް