Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެކޮވިޑް-19: ޕްރެސް

ކޮވިޑް-19: އިހުމާލުވެފައިވާނަމަ، ވަކިމީހަކަށް ނުބަލާ ފިޔަވަޅުއަޅާނެ: މަބްރޫކް

9 މާރިޗު 2020 | ހޯމަ 19:21

އިޓަލީ މީހާ ފްލައިޓަށް އެރުމަށްފަހު، ސިއްހީ މައްސަލައެއްގައި ފްލައިޓުން ބޭލި ކަމަށްވޭ

މުހައްމަދު ފަޒީން
މުހައްމަދު ފަޒީން | 9 މާރިޗު 2020 | ހޯމަ 19:21
ނޭޝަނަލް އެމަޖެންސީ އޮޕަރޭޝަން ސެންޓަރުގެ ސްޕޯކްސްޕަރސަން، މަބްރޫކް އަޒީޒް

ނޭޝަނަލް އެމަޖެންސީ އޮޕަރޭޝަން ސެންޓަރުގެ ސްޕޯކްސްޕަރސަން، މަބްރޫކް އަޒީޒް

ކުރެއްދޫ އައިލޭންޑް ރިސޯޓުގައި ޗުއްޓީ ހޭދަކުރުމަށްފަހު އެނބުރި އިޓަލީއަށްދިޔަ ކޮރޯނާވައިރަސް (ކޮވިޑް-19)އަށް ޕޮޒިޓިވްވެފައިވާ އިޓަލީ ފަތުރުވެރިޔާ ފުރައިގެން ދިއުމުގައި އިހުމާލުވެފައިވާނަމަ، ވަކި މަޤާމެއްގައި ހުރި މީހަކަށް ނުބަލައި، ސަރުކާރުން ފިޔަވަޅު އަޅާނެ ކަމަށް ނެޝަނަލް އެމަޖެންސީ އޮޕަރޭޝަން ސެންޓަރުގެ ސްޕޯކްސްޕަރސަން އަދި ރައީސް އޮފީހުގެ ކޮމިއުނިކޭޝަންސް އަންޑަރ ސެކްރެޓަރީ މަބްރޫކް އަޒީޒް ވިދާޅުވެއްޖެ އެވެ.

ކުރެއްދޫގައި ޗުއްޓީ ހޭދަކުރުމަށްފަހު، އޭނާ ރާއްޖެއިން ފުރިފަހުން، އޭނާ ކޮރޯނާވައިރަސްއަށް ޕޮޒިޓިވް ވެފައިވާކަން އެނގިފައިވަނީ އޭނާ އިޓަލީއަށް ގޮސް ޓެސްޓު ހެދުމުން ކަމަށް ވެއެވެ. ބައެއް ފަރާތްތަކުން މަޢުލޫމާތު ދޭގޮތުގައި އޭނާ ކުރެއްދޫގައި ހުރިއިރުވެސް، ރޯގާ ޖެހިގެން ކުރެއްދޫގައި ހުންނަ ޑޮކްޓަރަށް ދެއްކިއެވެ.

Advertisement - newsAdvertisement

އޭނާ ރާއްޖެއިން ފުރުމަށް ފްލައިޓަށް އެރުމުން އޭނާގެ އިތުރު ޞިއްޙީ މައްސަލައެއް ދިމާވެގެން ފްލައިޓުން ބޭލިކަމަށްވެސް ބައެއް ފަރާތްތަކުން ބުނެއެވެ. އަދި ފަހުން އޭނާ މާލެ އައިސް މާގިރި ހޮޓަލަށް ދިޔަކަމަށާއި އަދި ޔުނިވަރސަލްގެ އެއަރލައިން ޓިކެޓް އޮފީހަށް ދިޔަކަމަށްވެސް ވެއެވެ.

ރާއްޖޭގައި ކޮރޯނާވައިރަސް ފެތުރުނީ ބައެއްގެ އިހުމާލުން ކަމަށް ބެލެވޭތީ، އެކަމާގުޅިގެން ޖިނާއީ ތަޙުޤީޤެއް ހިންގުމަށް ޕްރޮސެކިއުޓަރ ޖެނެރަލް ހުސެއިން ޝަމީމް ވަނީ ހޯމަ ދުވަހު ފުލުހުންނަށް ޢަމުރު ކުރައްވާފައެވެ.

މަބްރޫކް ވިދާޅުވީ އެންމެ އިސްވާނީ ރައްޔިތުންގެ މަޞްލަޙަތު ކަމަށާއި، އިގްތިޞާދަކީވެސް ރައްޔިތުންކަން ދަނެގެން، ރައްޔިތުންގެ ރައްކާތެރިކަމަށް ކުރަންޖެހޭ ހުރިހާކަމެއް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙުގެ ސަރުކާރުން ކުރައްވާނެ ކަމަށެވެ.

ކުރެއްދޫ އައިލޭންޑް ރިސޯޓުގައި ޗުއްޓީ ހޭދަކުރުމަށްފަހު އިޓަލީ ފަތުރުވެރިޔާ ވައިރަސްއަށް ޕޮޒިޓިވްވިކަން އެނގުމާއެކު އެ ރިސޯޓުގައި ތިބި ފަރާތްތައް ވަނީ މި ބައްޔަށް ޓެސްޓު ކުރަން ފަށާފައެވެ. އެގޮތުން އެ ރިސޯޓުން މިހާތަނަށް ވަނީ މި ބައްޔަށް ހަތަރު މީހަކު ޕޮޒިޓިވް ވެފައެވެ.

އެއާއެކު ސަރުކާރުން މިހާރު ވަނީ ކުރެއްދޫ ރިސޯޓަށް މީހުން އަރާ، ފޭބުން މަނާކޮށްފައެވެ.

އެންމެ ހިނގާ

1

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

2

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

3

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

އިތުރަށް ކިޔާލަން

24 އެޕްރީލު 2020

ލޮކްޑައުން އަށް ފަހު ކޮވިޑް19 އާއެކު ދިރިއުޅެން ދަސްކުރޭ: ޑރ. އަފްޒަލް

24 އެޕްރީލު 2020
ލޮކްޑައުން އަށް ފަހު ކޮވިޑް19 އާއެކު ދިރިއުޅެން ދަސްކުރޭ: ޑރ. އަފްޒަލް
09 މާރިޗު 2020

ކޮވިޑް19: ރައްކާތެރިވުމަށް ކުރަމުންދާ މަސައްކަތްތަކަށް ޑަބްލިޔުއެޗްއޯގެ ތަޢުރީފް ރާއްޖެއަށް!

09 މާރިޗު 2020
ކޮވިޑް19: ރައްކާތެރިވުމަށް ކުރަމުންދާ މަސައްކަތްތަކަށް ޑަބްލިޔުއެޗްއޯގެ ތަޢުރީފް ރާއްޖެއަށް!
01 ޑިސެމްބަރު 2019

ސަރުކާރުން ހިދުމަތް ދިނުމުގައި ވަކި ރަށަކަށް ނުބަލާނެ، ހުރިހާ ކަމެއްވެސް ކުރާނީ ރަނގަޅަށް: ނައިބު ރައީސް

01 ޑިސެމްބަރު 2019
ސަރުކާރުން ހިދުމަތް ދިނުމުގައި ވަކި ރަށަކަށް ނުބަލާނެ، ހުރިހާ ކަމެއްވެސް ކުރާނީ ރަނގަޅަށް: ނައިބު ރައީސް
28 ނޮވެމްބަރު 2019

އެމްއާރްއެމްއިން ފުރުސަތު ދިނުމުގައި އާއިލީ މަސްލަހަތަކަށް ނުބަލާނެ: ނާދިރާ

28 ނޮވެމްބަރު 2019
އެމްއާރްއެމްއިން ފުރުސަތު ދިނުމުގައި އާއިލީ މަސްލަހަތަކަށް ނުބަލާނެ: ނާދިރާ
18 ނޮވެމްބަރު 2019

އަންނަ މަހުން ފެށިގެން އިންޒާރާ ނުލާ ދުންފަތުގެ ބާވަތައް ވިއްކާނަމަ ފިޔަވަޅުއަޅާނެ!

18 ނޮވެމްބަރު 2019
އަންނަ މަހުން ފެށިގެން އިންޒާރާ ނުލާ ދުންފަތުގެ ބާވަތައް ވިއްކާނަމަ ފިޔަވަޅުއަޅާނެ!
14 ނޮވެމްބަރު 2019

ގާޒީ އަލީ ރަޝީދު ރާއްޖެޓީވީ އަށް އިންޓަވިއު ދިން މައްސަލަ ޖޭއެސްސީން ނުބަލާތީ އިދިކޮޅުގެ ކަންބޮޑުވުން

14 ނޮވެމްބަރު 2019
ގާޒީ އަލީ ރަޝީދު ރާއްޖެޓީވީ އަށް އިންޓަވިއު ދިން މައްސަލަ ޖޭއެސްސީން ނުބަލާތީ އިދިކޮޅުގެ ކަންބޮޑުވުން
30 އޮކްޓޯބަރު 2019

ޝަހީދުގެ ޝަރުތުގެ މައްސަލަ ނުބަލާގޮތަށް ކޮމެޓީން ނިންމައިފި

30 އޮކްޓޯބަރު 2019
ޝަހީދުގެ ޝަރުތުގެ މައްސަލަ ނުބަލާގޮތަށް ކޮމެޓީން ނިންމައިފި
10 މެއި 2017

ވަކި ފަރާތަކަށް ވީތީ ކޮރަޕްޝަންގެ މައްސަލަ އެއް ނުބަލާ ދޫކޮށްލާފަ އެއް ނުވާނެ: ލުތުފީ

10 މެއި 2017
ވަކި ފަރާތަކަށް ވީތީ ކޮރަޕްޝަންގެ މައްސަލަ އެއް ނުބަލާ ދޫކޮށްލާފަ އެއް ނުވާނެ: ލުތުފީ
05 އެޕްރީލު 2017

ވަކިމީހަކަށް ސިޔާސީ ގޮތުން ދައްޗެއް ނުކުރަން: އިކޮނޮމިކް ކައުންސިލް

05 އެޕްރީލު 2017
ވަކިމީހަކަށް ސިޔާސީ ގޮތުން ދައްޗެއް ނުކުރަން: އިކޮނޮމިކް ކައުންސިލް
27 ޖެނުއަރީ 2017

ލ ގަމުގެ ބަނދަރުގެ މަޝްރޫއުން ދޭހަވަނީ ސަރުކާރުން ވަކި ސިޔާސީ ފިކުރަކަށް ނުބަލާކަން:މުއިއްޒު

27 ޖެނުއަރީ 2017
ލ ގަމުގެ ބަނދަރުގެ މަޝްރޫއުން ދޭހަވަނީ ސަރުކާރުން ވަކި ސިޔާސީ ފިކުރަކަށް ނުބަލާކަން:މުއިއްޒު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް