Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެމިނިވަން މުއައްސަސާތަކާބެހޭ ކޮމެޓީ

ޝަހީދުގެ ޝަރުތުގެ މައްސަލަ ނުބަލާގޮތަށް ކޮމެޓީން ނިންމައިފި

30 އޮކްޓޯބަރު 2019 | ބުދަ 11:48

ޝަހީދު މަގާމަށް އައްޔަން ކުރައްވާފައި ވަނީ 2015 ވަނަ އަހަރުގެ ނޮވެމްބަރު މަހު، 18 ވަނަ ރައްޔިތުންގެ މަޖިލީހުން

މުހައްމަދު ފަޒީން
މުހައްމަދު ފަޒީން | 30 އޮކްޓޯބަރު 2019 | ބުދަ 11:48
ސީއެސްސީގެ ނާއިބު ރައީސް ޝަހީދު މުހައްމަދު، މަޖިލީހުގެ ކޮމެޓީގައި

ސީއެސްސީގެ ނާއިބު ރައީސް ޝަހީދު މުހައްމަދު، މަޖިލީހުގެ ކޮމެޓީގައި

ސިވިލް ސަރވިސް ކޮމިޝަން (ސީއެސްސީ)ގެ ނައިބް ރައީސް ޝަހީދު މުހައްމަދުގެ މަގާމުގެ ޝަރުތު ފުރިހަމަ ނުވާކަމަށް ބުނެ، މަގާމުން ވަކިކުރުމުގެ މަސައްކަތް ކުރިއަށް ނުގެންގޮސް، އެކޮމިޝަނުގައި ހިމެނޭ ހަތަރު މެމްބަރުންގެ މައްސަލަ ބެލުމަށް މަޖިލީހުގެ މިނިވަން މުއައްސަސާތަކާބެހޭ ކޮމެޓީން ނިންމައިފި އެވެ.

މިނިވަން މުއައްސަސާތަކާބެހޭ ކޮމެޓީން ބުދަ ދުވަހު ބޭއްވި ބައްލުވުމުގައި އެކޮމެޓީން އެގޮތަށް ނިންމީ، ޝަހީދު އައްޔަން ކުރަން ފާސްކޮށްފައިވަނީ އޭރު ހިނގަމުންދިޔަ 18 ވަނަ ރައްޔިތުންގެ މަޖިލީހުން ކަމަށާއި، އެއީ މަޖިލީހުގެ މައްސަލައެއް ކަމަށެވެ. ނަމަވެސް އެމަގާމަށް ޝަހީދު ކުރިމަތި ލެއްވުމަކީ އެއީ ޝަހީދުގެ ނަޒާހަތްތެރިކަމުގެ މައްސަލައެއް ކަމަށެވެ.

Advertisement - newsAdvertisement

އެހެންކަމުން ކޮމެޓީން ނިންމީ، މަގާމުގެ ޝަރުތު ފުރިހަމަ ނުވެ، ސީއެސްސީއަށް ޝަހީދު އައްޔަންކުރި މައްސަލަ ނުބަލަން ނިންމާފަ އެވެ. އެހެންނަމަވެސް ޝަހީދުވެސް ހިމެނޭގޮތަށް އެކޮމިޝަނުގެ ހަތަރު މެމްބަރެއް މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ހިންގާފައިވާ ކަމަށްބުނާ މައްސަލަތަކެއް އެކޮމެޓީން ބަލަމުންދާތީ އެމައްސަލަތައް ވީހާވެސް އަވަހަކަށް ނިންމުމަށް ކޮމެޓީން ވަނީ ނިންމާފަ އެވެ.

އެގޮތުން އެމައްސަލަތައް ބަލަމުންދާ މިނިވަން މުއައްސަސާތަކާބެހޭ ކޮމެޓީގެ ކުޑަ ކޮމެޓީން އެމައްސަލަތައް އަންނަ ހަފްތާގައި ނިންމުމަށްފަހު، އެކޮމެޓީގެ ރިޕޯޓް ފޮނުވުމަށް ވެސް މިނިވަން މުއައްސަސާތަކާބެހޭ ކޮމެޓީން ވަނީ ނިންމާފަ އެވެ.

ޝަހީދު ޝަރުތު ފުރިހަމަ ނުވާކަމަށް ފާހަގަވީ ވެސް، މަޖިލީހަށް ހުށަހެޅިފައިވާ ސިވިލް ސާވިސް ކޮމިޝަނުގެ މައްސަލަތަކެއް މަޖިލީހުގެ މިނިވަން މުއައްސަސާތަކާބެހޭ ކޮމެޓީން ހޮވާފައިވާ އެ ކުޑަ ކޮމެޓީން އެމައްސަލަ ދިރާސާ ކުރަމުންދަނިކޮށެވެ.

ސީއެސްސީ ގާނޫނުގައި ބުނާ، ކޮމިޝަނުގެ މެންބަރުންގައި ހުރުން ލާޒިމުވާ ސިފަތަކުގެ ތެރެއިން، ފުރަތަމަ ޑިގްރީ ފެންވަރަށް ތައުލީމު ހާސިލުކުރުމަށްފަހު، ސަރުކާރުގައި ނުވަތަ ސަރުކާރު ނޫން ފަރާތެއްގައި ހިންގުމުގެ ދާއިރާގައި މަދުވެގެން 10 އަހަރު ހިދުމަތްކޮށްފައި ބޭފުޅަކަށް ވާންޖެހޭނެ ކަމަށް ބުނާ ޝަރުތު، ޝަހީދުގެ ފުރިހަމަ ނުވާ ކަމަށް ކުޑަ ކޮމެޓީން ފޮނުވި ލިޔުމުގައި ވެއެވެ.

ސިވިލް ސާވިސް ކޮމިޝަނުގެ މެމްބަރެއްގެ ގޮތުގައި ޝަހީދު އައްޔަން ކުރައްވާފައިވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި 2015 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 29 ވަނަ ދުވަހުއެވެ. އަދި ސިވިލް ސަރވިސް ކޮމިޝަނުގެ ނައިބް ރައީސްގެ މަގާމަށް އޭނާ އައްޔަންކޮށްފައިވަނީ 2017 ވަނަ އަހަރުގެ އޮކްޓޯބަރުމަހުގެ 10 ވަނަ ދުވަހުއެވެ.

ސިވިލް ސަރވިސް ކޮމިޝަނުގެ ނާއިބު ރައީސްގެ މައްސަލައެއް ފެންމަތިވެފައިވާއިރު، ސީއެސްސީގެ ރައީސް ޑރ. އަލީ ޝަމީމު ވަނީ މިދިޔަ ރިޔާސީ އިންތިހާބުގެ ކެމްޕެއިން ދުވަސްވަރު، ރައީސް ޔާމީންގެ ކެމްޕެއިން ހަރަކާތްތަކުގައި ބައިވެރިވެވަޑައިގަންނަވާފަ އެވެ.

އެންމެ ހިނގާ

1

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

2

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

3

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

4

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

5

ލިންކަން މަނަވަރުގައި އެމެރިކާ ސިފައިން ކަނޑަށް ފުންމާލައިގެން އަމިއްލަ އަށް މަރުވާން އުޅުނު ރިޕޯޓުތަކާ އެކު އިތުރު ކަންބޮޑުވުން އުފެދިއްޖެ

އިތުރަށް ކިޔާލަން

10 ޖެނުއަރީ 2017

ފަނޑިޔާރު އަލީ ހަމީދަށް ހަމަލާ ދޭން އުޅުނު މައްސަލައިގެ ތަހުގީގު ހުއްޓާލައިފި

10 ޖެނުއަރީ 2017
ފަނޑިޔާރު އަލީ ހަމީދަށް ހަމަލާ ދޭން އުޅުނު މައްސަލައިގެ ތަހުގީގު ހުއްޓާލައިފި
10 ޖެނުއަރީ 2017

ހަތަރު ބިލިއަން ރުފިޔާ ހިމެނޭ ދަރަނީގެ މައްސަލަތައް މިދިޔަ އަހަރު ސާބިތުވި: ސިވިލް ކޯޓް

10 ޖެނުއަރީ 2017
ހަތަރު ބިލިއަން ރުފިޔާ ހިމެނޭ ދަރަނީގެ މައްސަލަތައް މިދިޔަ އަހަރު ސާބިތުވި: ސިވިލް ކޯޓް
09 ޖެނުއަރީ 2017

ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު

09 ޖެނުއަރީ 2017
ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު
08 ޖެނުއަރީ 2017

ފޯނުން ގުޅުމުގައި ދިމާވި މައްސަލަ މިހާރު ހައްލުވެއްޖެ: އުރީދޫ

08 ޖެނުއަރީ 2017
ފޯނުން ގުޅުމުގައި ދިމާވި މައްސަލަ މިހާރު ހައްލުވެއްޖެ: އުރީދޫ
08 ޖެނުއަރީ 2017

މީހެއްގެ ސޮއި ފޯޖްކޮށްގެން ފިނޭންސް މިނިސްޓްރީގެ ޗެކަކުން ނުވަލައްކަ ރުފިޔާ ހޯދި މައްސަލަ ސާބިތެއް ނުވި!

08 ޖެނުއަރީ 2017
މީހެއްގެ ސޮއި ފޯޖްކޮށްގެން ފިނޭންސް މިނިސްޓްރީގެ ޗެކަކުން ނުވަލައްކަ ރުފިޔާ ހޯދި މައްސަލަ ސާބިތެއް ނުވި!
08 ޖެނުއަރީ 2017

ޔާމީން ބަންދުކުރި މައްސަލައިގެ ޝަރީއަތް: ވަކީލަކު ހަމަޖެއްސުމަށް އަމީން ފައިސަލް އަށް ހަތް ދުވަސް!

08 ޖެނުއަރީ 2017
ޔާމީން ބަންދުކުރި މައްސަލައިގެ ޝަރީއަތް: ވަކީލަކު ހަމަޖެއްސުމަށް އަމީން ފައިސަލް އަށް ހަތް ދުވަސް!
08 ޖެނުއަރީ 2017

އިންތިހާބުގެ މައްސަލަ ދަށު ކޯޓުން ބަލަނީ ގާނޫނު އަސާސީ އޮޅުންބޮޅުން ކޮއްލަން: ނާޒިމް

08 ޖެނުއަރީ 2017
އިންތިހާބުގެ މައްސަލަ ދަށު ކޯޓުން ބަލަނީ ގާނޫނު އަސާސީ އޮޅުންބޮޅުން ކޮއްލަން: ނާޒިމް
06 ޖެނުއަރީ 2017

ނިމިގެންދިޔަ އަހަރު ޑްރަގް ކޯޓަށް ހުށަހެޅުނު މައްސަލަތައް އިތުރުވެއްޖެ

06 ޖެނުއަރީ 2017
ނިމިގެންދިޔަ އަހަރު ޑްރަގް ކޯޓަށް ހުށަހެޅުނު މައްސަލަތައް އިތުރުވެއްޖެ
06 ޖެނުއަރީ 2017

މިދިޔަ އަހަރު ކްރިމިނަލް ކޯޓަށް ހުށަހެޅި މައްސަލަތަކުގެ އަދަަދު އިތުރުވެއްޖެ

06 ޖެނުއަރީ 2017
 މިދިޔަ އަހަރު ކްރިމިނަލް ކޯޓަށް ހުށަހެޅި މައްސަލަތަކުގެ އަދަަދު އިތުރުވެއްޖެ
06 ޖެނުއަރީ 2017

ކޯޓުތަކަށް ހުށަހެޅުނު އަދި ނިންމި މައްސަލަތަކުގެ ޢަދަދު 20000 އަށްވުރެ މަތީގައި

06 ޖެނުއަރީ 2017
ކޯޓުތަކަށް ހުށަހެޅުނު އަދި ނިންމި މައްސަލަތަކުގެ ޢަދަދު 20000 އަށްވުރެ މަތީގައި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް