Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުކޮރޯނާވައިރަސް (ކޮވިޑް-19)

ސާފިންގ އެސޯސިއޭޝަންގެ ހަރަކާތްތައްވެސް ފަސްކޮށްފި

ހަރަކާތްތައް ފަސްކުރަން ނިންމީ ކޮރޯނާވައިރަސް ރާއްޖެއިން ފެނުމާއި ގުޅިގެން

އަތޫފް އާތިފް
އަތޫފް އާތިފް | 9 މާރިޗު 2020 | ހޯމަ 13:03
ރާއްޖޭގައި ބޭއްވި ސާފިންގ މުބާރާތެެއްގެ ތެރެއިން

ރާއްޖޭގައި ބޭއްވި ސާފިންގ މުބާރާތެެއްގެ ތެރެއިން

މިހާރު ފެތުރެމުންދާ ކޮރޯނާވައިރަސް (ކޮވިޑް-19) ގެ ސަބަބުން މޯލްޑިވްސް ސާފިންގ އެސޯސިއޭޝަނުން ރާވައިފައިވާ ހުރިހާ ހަރަކާތެއް ފަސްކުރަން ނިންމައިފިއެވެ.

ސާފިންގ އެސޯސިއޭޝަނުން ބުނީ އެ އެސޯސިއޭޝަނުން މާޗު މަހާއި އޭޕްރީލް މަހު ހިންގަން ހަމަޖެހިފައިވާ ހުރިހާ ހަރަކާތެއް ފަސްކުރަން ނިންމައިފައިވާ ކަމަށާއި، އޭގެ އިތުރަށް ވައިޑީޕީ ޕްރޮގުރާމްތައްވެސް ހުއްޓާލަން ނިންމާފައިވާ ކަމަށެވެ.

ސާފިންގ އެސޯސިއޭޝަނުން ބުނީ އެ އެސޯސިއޭޝަންގެ ހަރަކާތްތައް ފަސްކުރަން ނިންމީ ކޮރޯނާވައިރަސް (ކޮވިޑް-19) ރާއްޖެއިން ފެނުމާއި ގުޅިގެން ކަމަށާއި، މި ނިންމުން ނިންމީ ސިއްހީ އަދި ކަމާބެހޭ ފަރާތްތަކުން ދެއްވި އިރުޝާދުގެ މަތިން ކަމަށެވެ. އަދި ލަސްކުރެވޭ މުބާރާތްތަކާއި، ހަރަކާތްތައް ފަހުގެ ތާރީޚެއްގައި ބާއްވާނެ ކަމަށް ވެސް އެ އެސޯސިއޭޝަނުން ވަނީ ބުނެފައެވެ.

ސާފިންގ އެސޯސިއޭޝަނުގެ އިތުރުން، އެފްއޭއެމް އާއި އެތުލެޓިކްސް އެސޯސިއޭޝަނުގެ ހަރަކާތްތައް ވެސް ވަނީ ފަސްކޮށްފައެވެ. އެފްއޭއެމުން ބުނީ އެ އެސޯސިއޭޝަނުގެ ހަރަކާތްތައް ފަސްކުރެވިފައިވީ ނަމަވެސް މުބާރާތްތައް ކުރިޔައްދާނެ ކަމަށެވެ. އެކަމަކު އެފްއޭއެމުން ވަނީ ޖަޒީރާ ޗެމްޕިއަންޝިޕްގެ އިތުރުން ވައިޑީޕީ ޕްރޮގުރާމްތައްވެސް ފަސްކޮށްފައެވެ.

ރާއްޖޭގެ އިތުރުން ދުނިޔޭގެ ކުޅިވަރަށް ކޮރޯނާވައިރަސް (ކޮވިޑް-19) ގެ ސަބަބުން ބޮޑެތި ގެއްލުންތަކެއް އަންނަނީ ވަމުންނެވެ. އެގޮތުން ދުނިޔޭގެ ފުޓުބޯޅައިގައި އެންމެ ބޮޑު ދެ ލީގު ކަމަށްވާ ފްރެންޗު ލީގާއި އިޓާލިއަން ލީގުގެ މެޗުތައް އަންނަނީ ފަސްކުރަމުންނެވެ. މީގެ އިތުރުން ޓޯކިޔޯގައި ބޭއްވުމަށް ހަމަޖެހިފައިވާ އޮލިމްޕިކްސް ގޭމްސް އާއި މެދު ސުވާލު އުފެދިފައިވާއިރު، މި އަހަރު ބާއްވަން ހަމަޖެހިފައިވާ ޔޫރޯ އާއި މެދު ވެސް ވަނީ ސުވާލު އުފެދިފައެވެ.

އިތުރަށް ކިޔާލަން

15 ސެޕްޓެމްބަރު 2017

އިންޓަސްކޫލް ތްރީއޮންތްރީ މުބާރާތް ފަސްކޮށްފި

15 ސެޕްޓެމްބަރު 2017
އިންޓަސްކޫލް ތްރީއޮންތްރީ މުބާރާތް ފަސްކޮށްފި
27 ޖޫން 2017

ނެޓްބޯލް އެސޯސިއޭޝަން ޗެމްޕިއަންޝިޕް ފަސްކޮށްފި

27 ޖޫން 2017
ނެޓްބޯލް އެސޯސިއޭޝަން ޗެމްޕިއަންޝިޕް ފަސްކޮށްފި
10 ޖޫން 2017

ސާފް ޗެމްޕިއަންޝިޕް ފަސްކޮށްފި

10 ޖޫން 2017
ސާފް ޗެމްޕިއަންޝިޕް ފަސްކޮށްފި
15 މެއި 2017

ބަލަމުންދާ މައްސަލަ އަކާހުރެ އިންޓާ އޮފީސް/ކޮމްޕެނީ ވޮލީބޯޅަ މުބާރަތުގެ ސެމީ ފައިނަލް މެޗެއް ފަސްކޮށްފި

15 މެއި 2017
ބަލަމުންދާ މައްސަލަ އަކާހުރެ އިންޓާ އޮފީސް/ކޮމްޕެނީ ވޮލީބޯޅަ މުބާރަތުގެ ސެމީ ފައިނަލް މެޗެއް ފަސްކޮށްފި
30 މާރިޗު 2017

އެތުލެޓިކްސް އެސޯސިއޭޝަންގެ މިއަހަރުގެ ބަޖެޓު ހަތް މިލިއަނަށް

30 މާރިޗު 2017
އެތުލެޓިކްސް އެސޯސިއޭޝަންގެ މިއަހަރުގެ ބަޖެޓު ހަތް މިލިއަނަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު