Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެމިނިމަމް ވޭޖް

މިނިމަމް ވޭޖް ލަފާދޭ ބޯޑާއި މެންބަރުންނާއި ދެމެދު ބަހުގެ ހޫނު ހަމަލާތަކެއް

9 މާރިޗު 2020 | ހޯމަ 12:04

ނިމަމް ވޭޖްގެ ގޮތުގައި 8600 ރުފިޔާ ދެވޭތޯ ބެލިން

ދާނިޝް ނިޡާމް
ދާނިޝް ނިޡާމް | 9 މާރިޗު 2020 | ހޯމަ 12:04
މިއަދު ބޭއްވި އިގްތިސާދީ ކޮމިޓީގެ ބައްދަލުވުން

މިއަދު ބޭއްވި އިގްތިސާދީ ކޮމިޓީގެ ބައްދަލުވުން

އެންމެ ކުޑަ އުޖޫރަ ކަނޑައެޅުމަށް މިނިމަމް ވޭޖް ބޯޑުން އެކުލަވާލި ރިޕޯޓާ ގުޅިގެން މަޝްވަރާކުރަން ބޭނުންވާ ބައެއް ކަންކަން ހުރުމުން މިނިމަމް ވޭޖް ބޯޑު މަޖިލީހުގެ އިޤުތިޞާދީ ކޮމިޓީ ހޫނުވެ މެންބަރުންނާއި ކޮމިޓީގެ މެންބަރުންގެ މެދުގައި ބަހުގެ ހޫނު ޙަމަލާތަކެއް ޢަމާޒުކޮށްފިއެވެ.

އަންގާރަ ދުވަހުގެ މެންދުރު އިޤުތިޞާދީ ކޮމިޓީއަށް މިނިމަމް ވޭޖް ބޯޑު ހާޒިރުކޮށް މައިގަނޑުގޮތެއްގައި މެންބަރުންގެ ފަރާތުން އެންމެ ބޮޑަށް ކުރިމަތިވި ސުވާލަކީ ކުޑަ އުޖޫރައެއްގެ ގޮތުގައި ކަނޑައެޅުމަށް ލަފާދެއްވާފައިވާ 6400 ރުފިޔާ ކަނޑައެޅުނު ގޮތަކާއިމެދުގައެވެ. އަދި ޓޫރިޒަމް ދާއިރާ އާއި ސިވިލް ސަރވިސް މުވައްޒަފުންނަށް މިނިމަމް ވޭޖުގެ ގޮތުގައި 6،400ރ-8،600ރ އާދެމެދުގެ ޢަދަދެއް ކަނޑައެޅުމަށް ބޯޑުން ލަފާދީފައިވުމާއި ގުޅިގެން އެކަމާއި އިންތިހާއަށް މެންބަރުންގެ ސުވާލުތައް ގިނަވިއެވެ.

Advertisement - newsAdvertisement

މި ސުވާލުތަކަށް ޖަވާބުދެއްވަމުން، މިނިމަމް ވޭޖް ކަނޑައަޅާ ބޯޑުގެ މެންބަރުން ވަނީ ވަރަށް ބޮޑަށް ލިބުނު ވަގުތު ކުޑަކަން ފާހަގަކުރައްވާފައެވެ. އެގޮތުން މުޅި ރާއްޖޭގައި ސަރވޭއެއް ކުރިޔަށް ނުގެންދާކަމަށް ވަނީ ވިދާޅުވެފައެވެ. މިކަމާއި ގުޅިގެން މެންބަރުން އިތުރަށް ސުވާލު އުފެއްދުމުން ބޯޑުގެ ޗެއަރމަން މަރިޔަމް ޚާލިދާ ވިދާޅުވީ ބޯޑުން އެކުލަވާލާފައިވާ ރިޕޯޓަކީ މިހާރު ލިބެންހުރި ހުރިހާ މަޢުލޫމާތަކައް ބެލުމަށްފަހު، ގިނަ ފަރާތްތަކާއި މަޝްވަރާ ކުރުމަށް ފަހު އެކުލަވާލެވުނު ރިޕޯޓެއްކަމަށެވެ. އަދި ރިޕޯޓުގައިވާ ކަންކަމާއި މެދު ބޯޑުގެ މެންބަރުންގެ ޚިޔާލުތަފާތުވުންތައް ޙައްލުކޮށްފައިވަނީ ބޯޑުގެ މެދުގައި ނެގުނު ވޯޓަކުންކަމަށެވެ. ޚާލިދާ ވިދާޅުވީ މިނިމަމް ވޭޖްގެ ގޮތުގައި 8600 ރުފިޔާ ދެވޭތޯ ބެލިކަމަށާއި ނަމަވެސް އެވަރު ކަނޑައަޅައިފިކަމުގައިވާނަމަ ވިޔަފާރިތައް އިނދަޖެހޭނެކަމަށެވެ. ގިނަ ވިޔަފާރިތަކައް އެކަން ނުވާނެކަން އޭނާ ވަނީ ފާހަގަކުރައްވާފައެވެ.

ސަރުކާރުގެ ފަރާތުން އެ ބޯޑުގައި ހުންނަވާ ޚާލިދާ ވިދާޅުވީ، މިދިޔަ އަހަރުގެ ޖޫން މަހުން ފެށިގެން ޑިސެންބަރު މަހާ ހަމަޔަށް އެންމެ ކުޑަ އުޖޫރައެއް ކަނޑައެޅުމަށް މަސައްކަތް ކުރެއްވީ، އިޚުލާޞްތެރިކަމާއެކު ކަމަށާއި، މަޖިލީހުގެ އިތުރުން އެހެން އިދާރާތަކުން އެކި ޢަދަދުތައް ބޯޑައް ހުށައެޅި ކަމަށެވެ. ނަމަވެސް ބޯޑުން ނިންމީ ބައިނަލްއަޤުވާމީ މިންގަނޑަށް ފެތޭ ގޮތަށް ދިރާސާއެއް ހެދުމަށެވެ.

މިނިމަމް ވޭޖް ބޯޑުން ހެދި ދިރާސާ އަށް މަޢުލޫމާތު އެއްކޮށްފައިވަނީ، ނެޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކް (އެންބީއޭސް)، ހައުސް ހޯލްޑް އިންކަމް އެންޑް އެކްސްޕެންޑިޗަރ ސަރވޭގެ އިތުރުން ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ޝާއިޢުކޮށްފައިވާ ނެޝަނަލް ފުޑް ބޭސްޑް ޑައިޓަރީ ގައިޑްލައިން ކަމަށެވެ. މިއަދު ބޭއްވުނު އިޤުތިޞާދީ ކޮމިޓީގެ ބައްދަލުވުން ނިންމާފައިވަނީ މެންބަރުންގެ ގިނަ ސުވާލުތަކަށް ޖަވާބު ނުދެވިއެވެ. އެގޮތުން ކޮމިޓީގެ މުޤައްރިރު ވަނީ އަލުން ބޯޑު މެންބަރުން މަޖިލީހުގެ އިޤުތިޞާދީ ކޮމިޓީއަށް ހާޒިރުކުރާނެކަމަށް ވިދާޅުވެފައެވެ.

އެންމެ ހިނގާ

1

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

2

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

3

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

4

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

5

ލިންކަން މަނަވަރުގައި އެމެރިކާ ސިފައިން ކަނޑަށް ފުންމާލައިގެން އަމިއްލަ އަށް މަރުވާން އުޅުނު ރިޕޯޓުތަކާ އެކު އިތުރު ކަންބޮޑުވުން އުފެދިއްޖެ

އިތުރަށް ކިޔާލަން

26 ޖޫން 2018

ކެމްޕެއިން ކުރުމަށް ޖާގަ ނުދޭތީ އެމްޑީޕީން ޤައުމީ ލަފާދޭ ކޮމެޓީގެ ބައްދަލުވުން ބޮއިކޮޓް ކޮށްފި

26 ޖޫން 2018
ކެމްޕެއިން ކުރުމަށް ޖާގަ ނުދޭތީ އެމްޑީޕީން ޤައުމީ ލަފާދޭ ކޮމެޓީގެ ބައްދަލުވުން ބޮއިކޮޓް ކޮށްފި
15 މެއި 2018

ރިޔާސީ އިންތިހާބަށް ހާއްސަކޮށް އިލެކްޝަންސް ކޮމިޝަނުން އެކުލަވާލި ގައުމީ ލަފާދޭ ކޮމިޓީގެ ފުރަތަމަ ބައްދަލުވުން ބާއްވައިފި

15 މެއި 2018
ރިޔާސީ އިންތިހާބަށް ހާއްސަކޮށް އިލެކްޝަންސް ކޮމިޝަނުން އެކުލަވާލި ގައުމީ ލަފާދޭ ކޮމިޓީގެ ފުރަތަމަ ބައްދަލުވުން ބާއްވައިފި
14 މެއި 2018

ރިޔާސީ އިންތިޚާބަށް ޚާއްޞަކޮށް ޤައުމީ ލަފާދޭ ކޮމެޓީ އެކުލަވާލައިފި

14 މެއި 2018
ރިޔާސީ އިންތިޚާބަށް ޚާއްޞަކޮށް ޤައުމީ ލަފާދޭ ކޮމެޓީ އެކުލަވާލައިފި
30 އެޕްރީލު 2018

އިންތިހާބުގެ މަޝްވަރާއަށް ލަފާދޭން އަދާލަތުން ކޮމެޓީއެއް ހަދައިފި

30 އެޕްރީލު 2018
އިންތިހާބުގެ މަޝްވަރާއަށް ލަފާދޭން އަދާލަތުން ކޮމެޓީއެއް ހަދައިފި
11 މާރިޗު 2018

ފާރިސްގެ ދިފާއުގައި 46 މަޖިލިސް މެންބަރުންނާއި ރައީސް ޔާމީނާއި އިސްބޭފުޅުންތަކެއް!

11 މާރިޗު 2018
ފާރިސްގެ ދިފާއުގައި 46 މަޖިލިސް މެންބަރުންނާއި ރައީސް ޔާމީނާއި އިސްބޭފުޅުންތަކެއް!
10 ޖުލައި 2017

ރައީސް ޔާމީން ޕީޕީއެމް ޕީޖީ މެންބަރުންނާއި ބައްދަލުކުރައްވަނީ

10 ޖުލައި 2017
ރައީސް ޔާމީން ޕީޕީއެމް ޕީޖީ މެންބަރުންނާއި ބައްދަލުކުރައްވަނީ
31 މާރިޗު 2017

ތަޅު ހަލާކުކޮށްލުމަށް ފަހު، ރައީސް މައުމޫނުގެ އޮފީހުގެ ނަން ބޯޑާއި ދިދަ ފުލުހުން ނަގައިފި

31 މާރިޗު 2017
ތަޅު ހަލާކުކޮށްލުމަށް ފަހު، ރައީސް މައުމޫނުގެ އޮފީހުގެ ނަން ބޯޑާއި ދިދަ ފުލުހުން ނަގައިފި
31 މާރިޗު 2017

ޕީޕީއެމްގެ ރައީސްގެ އޮފީހުގެ ނަންބޯޑާއި ދިދަ އިރުއޮއްސި ހައެއް ޖެހުމުގެ ކުރިން ނެގުމަށް ފުލުހުން އަންގައިފި

31 މާރިޗު 2017
ޕީޕީއެމްގެ ރައީސްގެ އޮފީހުގެ ނަންބޯޑާއި ދިދަ އިރުއޮއްސި ހައެއް ޖެހުމުގެ ކުރިން ނެގުމަށް ފުލުހުން އަންގައިފި
20 މާރިޗު 2017

އިންތިހާބު ފަސްކުރީ ގައުމީ ލަފާދޭ ކޮމެޓީއަށް ވެސް އޮޅުވާލުމަށް ފަހު: އަނަސް

20 މާރިޗު 2017
އިންތިހާބު ފަސްކުރީ ގައުމީ ލަފާދޭ ކޮމެޓީއަށް ވެސް އޮޅުވާލުމަށް ފަހު: އަނަސް
17 މާރިޗު 2017

އިންތިހާބާ ބެހޭ ގައުމީ ލަފާދޭ ކޮމެޓީގެ ކުއްލި ބައްދަލުވުމެއް މިރޭ ބާއްވާނީ

17 މާރިޗު 2017
އިންތިހާބާ ބެހޭ ގައުމީ ލަފާދޭ ކޮމެޓީގެ ކުއްލި ބައްދަލުވުމެއް މިރޭ ބާއްވާނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް