Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ފާރިސްގެ ޝަރީއަތް

ފާރިސްގެ ދިފާއުގައި 46 މަޖިލިސް މެންބަރުންނާއި ރައީސް ޔާމީނާއި އިސްބޭފުޅުންތަކެއް!

ފާރިސްގެ ޝަރީއަތުގެ އަޑުއެހުންތައް ކޮންމެ ދުވަހަކު ބާއްވަން ނިންމާފަ

އަޒުމޫން އަހުމަދު
އަޒުމޫން އަހުމަދު, ރާއްޖެ އެމްވީ | 11 މާރިޗު 2018 | އާދީއްތަ 13:33
ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ފާރިސް މައުމޫން

ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ފާރިސް މައުމޫން

ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ފާރިސް މައުމޫންގެ މައްޗަށް އުފުލާފައިވާ ރިޝްވަތު ދިނުމުގެ ދައުވާއިން ދިފާއުވުމަށް ހެކީގެ ގޮތުގައި، 46 މަޖިލިސް މެންބަރުންނާއި ރައީސް އަބްދުﷲ ޔާމީނު ހިމެނޭ ގޮތަށް އިސްބޭބޭފުޅުންތަކެއްގެ ނަން ހުށަހަޅައިފި އެވެ.

ފާރިސްގެ މައްޗަށް ހިންގާ ޝަރީއަތުގައި އާދިއްތަ ދުވަހު ބޭއްވި އަޑުއެހުމުގައި އޮތީ ދައުވާ ސާބިތުކުރުމަށް ދައުލަތުން ހުށަހަޅާ ހެކިންނާއި ދައުވާއިން ދިފާއުވުމަށް ފާރިސްގެ ފަރާތުން ހުށަހަޅާ ހެކިން ހުށަހެޅުމެވެ.

Advertisement - newsAdvertisement

އާދިއްތަ ދުވަހުގެ އަޑުއެހުމާއި ހަމައިން ފާރިސްގެ މައްސަލަ ބައްލަވާނީ ގާޒީ އަހުމަދު ހައިލަމް ކަމަށް ވަނީ ކަނޑައަޅާފައެވެ. މީގެ ކުރިން އެ މައްސަލަ ބެއްލެވީ ގާޒީ އަލީ އާދަމް އެވެ. ގާޒީ ހައިލަމް ވިދާޅުވީ މައްސަލަ ބައްލަވަމުން ގެންދެވި ގާޒީ ބަދަލުކުރެއްވުމަށް ކްރިމިނަލް ކޯޓް ހިންގެވުމާއި ހަވާލުވެހުންނެވި ގާޒީ އާދަމް އަރީފް ނިންމެވީ، މައްސަލަ ބެއްލެވި ގާޒީ ބަދަލުކޮށްދިނުމަށް ފާރިސްގެ ފަރާތުން އެދިފައިވާތީއާއި، އެ ގާޒީގެ އަތްޕުޅުގައި މިހާރު ހުރި މައްސަލަތަކުގެ އަދަދަށް ބެއްލެވުމަށްފަހު ކަމަށެވެ.

މި މައްސަލައިގައި ފާރިސްގެ މައްޗަށް ދައުވާ އުފުލުއިރު، ގާޒީ ހައިލަމް އަކީ ޕްރޮސެކިއުޓަރ ޖެނަރަލް އޮފީހުގެ ވަކީލެއްކަން ފާހަގަކޮށް، ޝަރީއަތުގެ ބޭރުން މައްސަލައިގެ މައުލޫމާތު ގާޒީއަށް ލިބިވަޑައިގެންފައި ހުރެދާނެތީ މައްސަލައިން ތަނާޒުލްވެވަޑައިގަތުމަށް ގާޒީގެ ކިބައިން ފާރިސްގެ ވަކީލުން އެދިވަޑައިގަތެވެ. އެހެންނަމަވެސް، ގާޒީ ވިދާޅުވީ މައްސަލައިގެ އެއްވެސް މައުލޫމާތެއް އެގޮތަށް ލިބިވަޑައިގެންފައިނުވާ ކަމަށެވެ. އަދި ދައުލަތުގެ ވަކީލު ވެސް ވަނީ ގާޒީއަށް އެފަދަ މައުލޫމާތެއް ލިބިވަޑައިގެންފައިނުވާނެ ކަމަށް ވިދާޅުވެފައެވެ.

ފާރިސްގެ މައްޗަށް ދައުވާ ސާބިތުކުރުމަށް ދައުލަތުން ހުށަހެޅީ 11 ހެއްކެކެވެ. އޭގެ ތެރޭގައި ހިމެނެނީ މި މައްސަލައާ ގުޅިގެން ހައްޔަރުކުރުމަށްފަހު، ކްރިމިނަލް ކޯޓުން ދޫކޮށްލި ލ. ފޮނަދޫ ސްވީޓްފްލާވަރ އަހުމަދު ޝާފިއުއާއި، ފާރިސް ރިޝްވަތު ދެއްވި ކަމަށް ދައުލަތުން ބުނާ މަޖިލިސް މެންބަރާއި، މައްސަލަ ތަހުގީގުކުރި ފުލުހުންނެވެ. އެ މަޖިލިސް މެންބަރު ހުށަހަޅާފައިވަނީ ސިއްރު ހެއްކެއްގެ ގޮތުގައެވެ.

މީގެ އިތުރުން، ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުގެ އިތުބާރުގެ މައްސަލައިގައި ސޮއިކުރި ފަސް މެންބަރެއްގެ ނަން ހިމެނޭ އޭފޯ ގަނޑެއް ވެސް ހެކީގެ ގޮތުގައި ހުށަހަޅާފައިވެއެވެ. ދައުލަތުގެ ވަކީލު ވިދާޅުވީ އެ އޭފޯ ގަނޑަކީ ފާރިސް ދިރިއުޅުއްވާ މ. ސްނޯރޯސް ބަލާފާސްކުރިއިރު އެ ގެއިން ފެނުނު އެއްޗެއް ކަމަށެވެ. ހެކީގެ ގޮތުގައި އެ ގަނޑު ހުށަހަޅާފައިވާއިރު، އެ ގަނޑުގައި ހިމެނޭ ފަސް މެންބަރުންގެ ތެރޭގައި ފާރިސް ރިޝްވަތު ދެއްވި މެންބަރުގެ ނަން ހިމެނޭ ކަމަށް ދައުލަތުގެ ވަކީލު ވިދާޅުވިއެވެ.

ފާރިސްގެ ދިފާއުގައި އޭނާގެ ވަކީލުން ވަނީ 62 ޝަފައީ ހެއްކަކާއި 11 ކިތާބީ ހެއްކެއް ހުށަހަޅާފައެވެ. ޝަފައީ ހެކީންގެ ތެރޭގައި، މަސީހުގެ އިތުބާރުގެ މައްސަލައިގެ ޕެޓިޝަނުގައި ސޮއިކުރެއްވި ރައްޔިތުންގެ މަޖިލީހުގެ 44 މެންބަރުން ހިމެނެއެވެ. އެ މެންބަރުން ހުށަހަޅާފައިވަނީ މަސީހު މަގާމުން ދުރުކުރުމަށް ވޯޓް ނެގުމަށް އެ މެންބަރުންނާއެކު މަޝްވަރާ ކުރެވުނު ކަމާއި، އެކަމާއި ގުޅިގެން އެއްވެސް މެންބަރަކަށް ރިޝްވަތު ނުވަތަ ފައިސާ ދީފައިނުވާކަން ސާބިތުކުރުމަށެވެ.

މި މެންބަރުންގެ ތެރޭގައި އިސްދޫ ދާއިރާގެ މެންބަރު އަހުމަދު ރަޝީދުވެސް ހިމެނިވަޑައިގަންނަވައެވެ. އޭނާގެ ނަން ހުށަހަޅާފައިވަނީ ރަސްމީ އިދާރާތަކަށް ދޮގު ބަޔާން ދީފައިވާ ކަމާއި ތަހުގީގަށާއި ޝަރީއަތަށް ނުފޫޒު ފޯރުވުމަށް މަސައްކަތް ކުރިކަމާއި ހެކިބަސް އުފައްދަން އުޅުނުކަން ސާބިތުކުރުމަށެވެ.

މީގެ އިތުރުން، ބަންޑާރަނައިބު މުހައްމަދު އަނިލްވެސް ވަނީ ފާރިސްގެ ދިފާއީ ހެއްކެއްގެ ގޮތުގައި ހުށަހަޅާފައެވެ. އަނިލްގެ ނަން ހުށަހަޅާފައިވަނީ، ގާނޫނު އަސާސީއިންނާއި ގާނޫނުތަކުން ފާރިސްއަށް ކަށަވަރުކޮށްދޭ އަސާސީ ހައްގުތައް ކަށަވަރުކޮށްދީފައިނުވާ ކަމާއި އެ ހައްގުތައް ކަށަވަރުކޮށްދޭން ބަންޑާރަނައިބުގެ ހައިސިއްޔަތުން އަނިލް މަސައްކަތް ކޮށްފައިނުވާކަން ސާބިތުކުރުމަށެވެ.

ކުރީގެ ކޮމިޝަނަރ އޮފް ޕޮލިސް އަހުމަދު އަރީފް ހެއްކެއްގެ ގޮތުގައި ހުށަހަޅާފައިވާއިރު، އަރީފްގެ ނަން ހުށަހަޅާފައިވަނީ ގާނޫނާއި ޚިލާފަށް ތަހުގީގު ކުރިއަށް ގެންގޮސްފައިވާ ކަމާއި ތަހުގީގަށް ސިޔާސީ ނުފޫޒު ފޯރާފައިވާކަމާއި ދައުވާކުރުމަށް މައްސަލަ ފޮނުވީ އެކަށީގެންވާ މިންވަރަށް ތަހުގީގު ކުރުމެއްނެތި ކަމާއި ހެކި އުފައްދަން މަސައްކަތް ކުރިކަން ސާބިތުކުރުމަށެވެ.

އެކްޓިންގ ކޮމިޝަނަރަ އޮފް ޕޮލިސް އަބްދުﷲ ނަވާޒުގެ ނަން ހުށަހަޅާފައިވަނީ، ގާނޫނާއި ޚިލާފަށް ތަހުގީގު ކުރިއަށް ގެންދިއުމަށް މަގުފަހިކޮށްދިންކަމާއި ތަހުގީގު ކުރިއަށް ގެންދިޔައީ ޖިނާއީ އިޖުރާއަތުގެ ގާނޫނާ ޚިލާފަށްކަން ސާބިތުކުރުމަށެވެ. ނަވާޒުގެ އިތުރުން މި މައްސަލައިގެ ތަހުގީގުގައި ހަރަކާތްތެރިވި ފުލުހުންގެ ނަންތައް ވެސް ވަނީ ހެކީންގެ ގޮތުގައި ހުށަހަޅާފައެވެ.

ޕްރޮސެކިއުޓަރ ޖެނަރަލް އައިޝަތު ބިޝާމްއާއި އެސިސްޓެންޓް ޕްރޮސެކިއުޓަރ ޖެނަރަލް އަހުމަދު ނާޝިދުގެ ނަން ހުށަހަޅާފައިވަނީ، ބާރުތައް ނަހަމަ ގޮތުގައި ބޭނުންކުރެއްވިކަމާއި ގާނޫނީ ޒިންމާ އަދާނުކުރައްވާ ކަމާއި ހެކި ވަޒަން ނުކޮށް ދައުވާ ކުރެއްވިކަން ސާބިތުކޮށްދިނުމަށެވެ.

ރައްޔިތުންގެ މަޖިލީހުގެ ހޯރަފުށީ ދާއިރާގެ މެންބަރު މުހައްމަދު އިސްމާއިލް ވެސް ހެއްކެއްގެ ގޮތުގައި ހުށަހަޅާފައިވެއެވެ. އޭނާގެ ނަން ހުށަހަޅާފައިވަނީ، ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ކައިރިރިއަށް "ފައިސާ ގޯނި ހިއްޕަވައިގެން" ވަޑައިގެންނެވި ކަމަށް ވިދާޅުވިކަން ސާބިތުކޮށްދޭށެވެ. މި މައްސަލައާ ގުޅިގެން މުހައްމަދު އިސްމާއިލްގެ މައްޗަށް ދައުވާކުރުމަށް ނުފޮނުވައި ތަފާތުކޮށްފައިވާކަން ސާބިތުކުރުމަށް އެންޓި ކޮރަޕްޝަން ކޮމިޝަނުގެ ރައީސް ހަސަން ލުތުފީ ވެސް ހެއްކެއްގެ ގޮތުގައި ވަނީ ހުށަހަޅާފައެވެ.

ފާރިސްގެ ދިފާއީ ހެއްކެއްގެ ގޮތުގައި، ބޮޑުބޭބޭފުޅު ރައީސް ޔާމީންގެ ނަންފުޅު ވެސް ވަނީ ހުށަހަޅާފައެވެ. ރައީސް ޔާމީންގެ ނަންފުޅު ހުށަހަޅާފައިވަނީ، ސިޔާސީ ކަންކަމަށް ވިޔަފާރިވެރިން އެމަނިކުފާނަށް ފައިސާ ދެއްވާ ކަމަށާއި އެ ފައިސާ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް ދެއްވި ކަމަށް 24 ފެބްރުއަރީ 2016 ގައި ވިދާޅުވި ކަމާއި އެކަމާއި ގުޅިގެން އެމަނިކުފާނާއި މެދު އެއްވެސް ފިޔަވަޅެއް އަޅާފައިނުވާކަން ސާބިތުކުރުމަށެވެ.

މީގެ އިތުރުން، ސަރުކާރުގެ އިސްފަރާތްތަކަކުން ފާރިސްގެ ޝަރީއަތަށް ނުފޫޒު ފޯރުވުމަށް މަސައްކަތް ކުރިކަން ސާބިތުކުރުމަށް ޖުޑިޝަލް އެޑްމިނިސްޓްރޭޓަރު ހަސަން ސައީދުގެ ނަން ވެސް ވަނީ ހެއްކެއްގެ ގޮތުގައި ހުށަހަޅާފައެވެ.

ކިތާބީ ހެކީގެ ގޮތުގައި ފާރިސްގެ ފަރާތުން ހުށަހެޅި އިސްދޫ ދާއިރާގެ މެންބަރު އަހުމަދު ރަޝީދު ދެ ދުވަހެއްގެ މަތިން ދެއްކެވި ވާހަކަތަކެއްގެ ދެ ވީޑިއޯއަކާއި އަހުމަދު ރަޝީދު ޝާފިއުއަށް ފޮނުވި މެސެޖްތަކެއްގެ ސްކްރީންޝޮޓްތަކަކާއި، ޝާފިއުގެ އިންޓަރވިއުއާއެކު ރާއްޖެޓީވީއިން ގެނެސްދިން ރިޕޯޓަކާއި، އެނަލަސިސް ރިޕޯޓްތަކެވެ.

އާދީއްތަ ދުވަހުގެ އަޑުއެހުން ގާޒީ ހައިލަމް ނިންމަވާލެއްވީ ދެން މި މައްސަލައިގައި އޮންނާނީ ހެކިބަސް ނެގުންކަން ހާމަކުރެއްވުމަށްފަހުގައެވެ. އަދި، މި މައްސަލައިގެ އަޑުއެހުމެއް ކޮންމެ ދުވަހަކު ބޭއްވުމަށް ގާޒީ ނިންމެވިއެވެ.

ފާރިސްގެ މައްޗަށް މި ދައުވާ ސާބިތުވެއްޖެނަމަ ތިން އަހަރާއި ދެ މަހާއި 12 ދުވަހުގެ ޖަލު ހުކުމެއް އަންނާނެއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ޔާމީން ބަންދުކުރި މައްސަލައިގައި ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމުގެ ދައުވާކުރަން ފޮނުވައިފި

ޔާމީން ބަންދުކުރި މައްސަލައިގައި ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމުގެ ދައުވާކުރަން ފޮނުވައިފި

10 ޖެނުއަރީ 2017
ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި

ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި

10 ޖެނުއަރީ 2017
ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ

ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ

09 ޖެނުއަރީ 2017
ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު

ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު

07 ޖެނުއަރީ 2017
ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި

ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި

07 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

12 ފެބުރުއަރީ
ހިތަދޫ އުުތުރު ދާއިރާގެ މެމްބަރު ސިނާންގެ ގޮނޑި ގެއްލިއްޖެ ކަމަށް ކަނޑައަޅައި ދިނުމަށް ސުޕްރީމް ކޯޓަށް ހުށަހަޅައިފި
20251 އަހަރު ކުރިން
ރާއްޖެ

ހިތަދޫ އުުތުރު ދާއިރާގެ މެމްބަރު ސިނާންގެ ގޮނޑި ގެއްލިއްޖެ ކަމަށް ކަނޑައަޅައި ދިނުމަށް ސުޕްރީމް ކޯޓަށް ހުށަހަޅައިފި

އެންމެވެސް ބުނީ އޭނާ ހުރެގެން ރަށަށް ތަށި ނުލިބޭނެ ކަމަށް!
20242 އަހަރު ކުރިން
މީހުން

އެންމެވެސް ބުނީ އޭނާ ހުރެގެން ރަށަށް ތަށި ނުލިބޭނެ ކަމަށް!

ޑރ. މުހައްމަދު އަލީގެ ދުލުން: އެންމެ ހަށިގަނޑެއް ނަގަން ވެސް 7 ގަޑިއިރު މަސައްކަތް ކުރި ވާހަކަ އެމީހުން ބުނި!
20233 އަހަރު ކުރިން
ރިޕޯޓު

ޑރ. މުހައްމަދު އަލީގެ ދުލުން: އެންމެ ހަށިގަނޑެއް ނަގަން ވެސް 7 ގަޑިއިރު މަސައްކަތް ކުރި ވާހަކަ އެމީހުން ބުނި!

ހިތްހަލާކުވަނީ ހަމައެކަނި ލޯބީގެ ސަބަބަކުން ނޫން
20224 އަހަރު ކުރިން
ސިއްހަތު

ހިތްހަލާކުވަނީ ހަމައެކަނި ލޯބީގެ ސަބަބަކުން ނޫން

އިންޑިއާގައި ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހި ތިން ޑޮކްޓަރުން ކޮވިޑަށް ޕޮޒިޓިވް ވެއްޖެ
20215 އަހަރު ކުރިން
ދުނިޔެ

އިންޑިއާގައި ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހި ތިން ޑޮކްޓަރުން ކޮވިޑަށް ޕޮޒިޓިވް ވެއްޖެ

އެސްއޯއެފްގެ ބޭންކް ސްޓޭޓްމަންޓެއް ލީކު ކޮށްލައިފި
20197 އަހަރު ކުރިން
ރާއްޖެ

އެސްއޯއެފްގެ ބޭންކް ސްޓޭޓްމަންޓެއް ލީކު ކޮށްލައިފި

ދޫނި ރާއްޖެއިން ފޮނުވި ވަފުދަށް ޤައުމުތަކުން ދިން ޖަވާބު
20188 އަހަރު ކުރިން
ރިޕޯޓު

ދޫނި ރާއްޖެއިން ފޮނުވި ވަފުދަށް ޤައުމުތަކުން ދިން ޖަވާބު

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު