Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުރޮނާލްޑީނިއޯ

ފޭކް ޕާސްޕޯޓަކާއެކު ރޮނާލްޑީނިއޯ ހައްޔަރުކޮށްފި

ރޮނާލްޑީނިއޯ ހައްޔަރުކުރިކަން އޭނާގެ ލޯޔަރު ވަނީ ކަށަވަރުކޮށްދީފަ

އަތޫފް އާތިފް
އަތޫފް އާތިފް | 7 މާރިޗު 2020 | ހޮނިހިރު 14:15
ބްރެޒިލްގެ ތަރި ރޮނާލްޑީނިއޯ

ބްރެޒިލްގެ ތަރި ރޮނާލްޑީނިއޯ

ފޭކް ޕާސްޕޯޓަކުން ޕެރަގުއާއީއަށް އެތެރެވާން އުޅުމުން، ބްރެޒިލްގެ ކުރީގެ މަޝްހޫރު ފުޓުބޯޅަ ކުޅުންތެރިޔާ ރޮނާލްޑީނިއޯ ހައްޔަރު ކޮށްފިއެވެ.

މީޑިއާ ރިޕޯޓްތައް ބުނާ ގޮތުން ބްރެޒިލްގެ މަޝްހޫރު ފުޓުބޯޅަ ކުޅުންތެރިޔާ ރޮނާލްޑީނިއޯ ޕެރެގުއާއީގެ ފުލުހުން ހައްޔަރުކުރީ އެ ގައުމަށް ފޭކް ޑޮކިޔުމެންޓްތަކާއެކު އެތެރެވާން މަސައްކަތް ކުރުމުންނެވެ.

މިކަން ޕެރެގުއާއީގެ ޕްރޮސެކިއުޓަރގެ އޮފީހުން ވަނީ ކަށަވަރުކޮށްދީފައެވެ. ޕެރެގުއާއީގެ ޕްރޮސެކިއުޓަރގެ އޮފީހުން ބުނީ ރޮނާލްޑީނިއޯގެ އިތުރުން އޭނާގެ ބޭބެ ރޮބާޓޯ އަސީސީ ހައްޔަރުކުރެވިފައިވާ ކަމަށެވެ. ރޮނާލްޑީނިއޯ އާއި އޭނާގެ ބޭބެ ހައްޔަރުގައި ބަހައްޓައިގެން ތަހުގީގު ކުރިޔަށް ގެންދިޔުމަށް ޕެރެގުއާއީގެ ދަށު ކޯޓުން ނިންމައިފައިވާ ކަމަށް ވެސް ރިޕޯޓުތައް ބުނެއެވެ.

މިކަން ރޮނާލްޑީނިއޯގެ ވަކީލު ސާޖިއޯ ކުއިރޯޒް ވެސް ވަނީ ބޭރުގެ މީޑިއާތަކަށް ކަށަވަރުކޮށްދެއްވާފައެވެ. ބޭރުގެ މީޑިއާތަކަށް ދެއްވި ބަޔާނުގައި އޭނާ ވިދާޅުވީ ރޮނާލްޑީނިއޯ އާއި އޭނާގެ ބޭބެ ހައްޔަރުކޮށްފައިވާ ކަމަށާއި، ރޮނާލްޑީނިއޯ ހައްޔަރުކުރީ ފޭކް ޕާސްޕޯޓެއް ބޭނުން ކޮށްގެން ޕެރެގުއާއީ އަށް އެތެރެވުމަށް އުޅުނު މައްސަލައިގައި ކަމަށެވެ. އަދި ރޮނާލްޑީނިއޯ އާއި އޭނާގެ ބޭބެގެ މައްސަލަ ގާތުން ބަލަމުން އަންނަ ކަމަށް ވެސް ސާޖިއޯ ވިދާޅުވިއެވެ.

ރޮނާލްޑީނިއޯ އަކީ ބްރެޒިލް އިން 2002 ވަނަ އަހަރު ވޯލްޑް ކަޕް ތަށި އުފުލާލިއިރު އޭރުގެ ގައުމީ ޓީމުގައި މުހިންމު ދައުރެއް އަދާކުރި ކުޅުންތެރިޔެކެވެ. އަދި ވޯލްޑްކަޕްގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު އޭނާ ވަނީ ދެ ފަހަރު ހޯދައިފައެވެ. މީގެ އިތުރުން ރޮނާލްޑީނިއޯ ވަނީ ދުނިޔޭގެ އެންމެ މޮޅު ފުޓުބޯޅަ ކުޅުންތެރިޔާގެ މަގާމު ވެސް ހޯދާފައެވެ.

އިތުރަށް ކިޔާލަން

13 މާރިޗު 2019

މެކްގްރެގާ ހައްޔަރުކޮށްފި

13 މާރިޗު 2019
މެކްގްރެގާ ހައްޔަރުކޮށްފި
14 ޖޫން 2018

ކުޅުންތެރިންނަށް ރޯދަ ވީއްލުމަށް ފުރުސަތު ދިނުމުގެ ގޮތުން ޓިއުނީޝިއާގެ ކީޕަރު އަނިޔާގެ ފޭކް ޖައްސައިފި

14 ޖޫން 2018
ކުޅުންތެރިންނަށް ރޯދަ ވީއްލުމަށް ފުރުސަތު ދިނުމުގެ ގޮތުން ޓިއުނީޝިއާގެ ކީޕަރު އަނިޔާގެ ފޭކް ޖައްސައިފި
07 އެޕްރީލު 2018

ރޮނާލްޑޯއަށް ވުރެ މެސީ މޮޅު، އަދިވެސް މެސީއާއެކު ކުޅެން ބޭނުން: ރޮނާލްޑީނިއޯ

07 އެޕްރީލު 2018
ރޮނާލްޑޯއަށް ވުރެ މެސީ މޮޅު، އަދިވެސް މެސީއާއެކު ކުޅެން ބޭނުން: ރޮނާލްޑީނިއޯ
17 ޖެނުއަރީ 2018

ރޮނާލްޑީނިއޯ ފުޓްބޯޅަ ކުޅުން ހުއްޓާލައިފި

17 ޖެނުއަރީ 2018
ރޮނާލްޑީނިއޯ ފުޓްބޯޅަ ކުޅުން ހުއްޓާލައިފި
25 ޑިސެމްބަރު 2017

ރާއްޖޭގެ ފުޓުބޯޅައާ ބެހޭ ގޮތުން ރޮނާލްޑީނިއޯ އާއި ބައްސާމް މަޝްވަރާކުރައްވައިފި

25 ޑިސެމްބަރު 2017
ރާއްޖޭގެ ފުޓުބޯޅައާ ބެހޭ ގޮތުން ރޮނާލްޑީނިއޯ އާއި ބައްސާމް މަޝްވަރާކުރައްވައިފި
14 ނޮވެމްބަރު 2017

ބާސާއަށް ކުޓީނިއޯ ގެންނަން ރޮނާލްޑީނިއޯ ތާއީދު

14 ނޮވެމްބަރު 2017
ބާސާއަށް ކުޓީނިއޯ ގެންނަން ރޮނާލްޑީނިއޯ ތާއީދު
05 އޮކްޓޯބަރު 2017

ބްރެޒިލްގެ އޮލިމްޕިކް ކޮމިޓީގެ ޗެއާމަން ހައްޔަރުކޮށްފި

05 އޮކްޓޯބަރު 2017
ބްރެޒިލްގެ އޮލިމްޕިކް ކޮމިޓީގެ ޗެއާމަން ހައްޔަރުކޮށްފި
21 އެޕްރީލު 2017

ޑޯޓްމަންޑް ބަހަށް ހަމަލާ ދިން މީހަކު ހައްޔަރުކޮށްފި

21 އެޕްރީލު 2017
ޑޯޓްމަންޑް ބަހަށް ހަމަލާ ދިން މީހަކު ހައްޔަރުކޮށްފި
26 ފެބުރުއަރީ 2017

ރޫނީއަށް ރޮނާލްޑީނިއޯގެ ނަސޭހަތް: ޗައިނާއަށް ނުދާތި

26 ފެބުރުއަރީ 2017
ރޫނީއަށް ރޮނާލްޑީނިއޯގެ ނަސޭހަތް: ޗައިނާއަށް ނުދާތި
17 ޖެނުއަރީ 2017

އަލުން ފުޓުބޯޅަ ކުޅެން ފަށަން ރޮނާލްޑީނިއޯ އަންނަނީ ވިސްނަމުން: އެޖެންޓް

17 ޖެނުއަރީ 2017
އަލުން ފުޓުބޯޅަ ކުޅެން ފަށަން ރޮނާލްޑީނިއޯ އަންނަނީ ވިސްނަމުން: އެޖެންޓް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު