Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
މެސީ - ރޮނާލްޑޯ

ރޮނާލްޑޯއަށް ވުރެ މެސީ މޮޅު، އަދިވެސް މެސީއާއެކު ކުޅެން ބޭނުން: ރޮނާލްޑީނިއޯ

ރޮނާލްޑީނިއޯ އަކީ މެސީގެ ފުރަތަމަ ލަނޑުޖެހުމަށް ވެސް އެހީތެރިވި ކުޅުންތެރިޔާ

އަހްމަދު ސާއިފް ޝިޔާދް
އަހްމަދު ސާއިފް ޝިޔާދް, ރާއްޖެ އެމްވީ | 7 އެޕްރީލު 2018 | ހޮނިހިރު 12:04
މެސީ އަދި ރޮނާލްޑީނިއޯ

މެސީ އަދި ރޮނާލްޑީނިއޯ

ސްޕެއިންގެ ރެއާލް މެޑްރިޑަށް ކުޅެމުން އަންނަ ޕޯޗުގަލްގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ އަށް ވުރެ ބާސެލޯނާއަށް ކުޅެމުން އަންނަ އާޖެންޓީނާގެ ކެޕްޓަން ލިއޮނެލް މެސީ މޮޅު ކަމަށް ބްރެޒިލްގެ ފުޓްބޯޅަ ލެޖެންޑް ރޮނާލްޑީނިއޯ ބުނެފިއެވެ.

ޒުވާން ކުޅުންތެރިއެއްގެ ގޮތުގައި މެސީ ދުނިޔެއަށް ތައާރަފްވަމުން އައި ދަނޑިވަޅުގައި ރޮނާލްޑީނިއޯ ދިޔައީ ބާސެލޯނާއާ އެކު ދުނިޔޭގެ ފުޓްބޯޅައިގެ ރަސްކަން ކުރަމުންނެވެ. ފުޓްބޯޅައިގައި މެސީއަށް އެތަކެއް ކުރިއެރުންތަކެއް ހޯދައިދިން ރޮނާލްޑީނިއޯއަކީ މެސީގެ ފުރަތަމަ ލަނޑުޖެހުމަށް އެހީތެރިވި ކުޅުންތެރިޔާ ވެސް މެއެވެ. މި ދެ ކުޅުންތެރިން އެކުގައި ބާސެލޯނާއަށް ބޮޑު ކާމިޔާބުތަކެއް ހޯދައިދިންއިރު ޕެޕް ގާޑިއޯލާ ބާސާގެ ކޯޗުކަމާ ހަވާލުވުމަށް ފަހު ރޮނާލްޑީނިއޯ އެ ޓީމު ދޫކޮށް އިޓަލީގެ އޭސީ މިލާނަށް ބަދަލުވިއެވެ.

މެލޭޝިއާ އަށް މިހާރު ކުރަމުންދާ ދަތުރުގައި ނޫސްވެރިންނާ ވާހަކަ ދައްކަމުން ރޮނާލްޑީނިއޯ ބުނީ މެސީއާ އެއް ޓީމެއްގައި އޭނާއާ އެކު ކުޅުމަށް އަދިވެސް ބޭނުންވާ ކަމަށެވެ. ރޮނާލްޑީނިއޯ ބުނީ މެސީއާ އެކު ކުޅުމަށް އޭނާ ބޭނުންވި ވަގުތު އޭރު ނުލިބުނު ކަމަށާއި އޭރު މެސީއަކީ ޒުވާން ކުޅުންތެރިޔަކަށް ވުމާ އެކު އޭނާއަށް އޭރު ޓީމުން މާ ގިނަ ފުރުސަތުތަކެއް ނުލިބޭ ކަމަށެވެ. އެހެންކަމުން އަނެއްކާ ވެސް އެއް ދަނޑެއްގައި މެސީއާ އެކު ކުޅުމަކީ ވަރަށް ބޭނުންވާ ކަމެއް ކަމަށް ރޮނާލްޑީނިއޯ ބުނެފައި ވެއެވެ. އޭނާ ބުނީ މެސީ އަދި ރޮނާލްޑޯގެ ތެރެއިން އޭނާއަށް އަބަދުވެސް ބުނެވޭނީ މެސީއަކީ މޮޅު ކުޅުންތެރިޔާ ކަމަށެވެ.

ޔޫރަޕްގައި ރޮނާލްޑީނިއޯ ވިދާލީ ފްރާންސްގެ ޕެރިސް ސެއިންޓް ޖާމަން (ޕީއެސްޖީ) އާއެކުއެވެ. މިދިޔަ ހޫނު މޫސުމުގެ ޓްރާންސްފާގައި އެ ޓީމުން ދުނިޔޭގެ ޓްރާންސްފާގެ ރެކޯޑު މުގުރާލީ ބާސާއަށް ކުޅެމުންދިޔަ ބްރެޒިލްގެ ތަރި ނޭމާ ގެނައުމަށެވެ. ނޭމާ އެ ޓީމަށް ގެނައީ ޗެމްޕިއަންސް ލީގު ހޯދުމުގެ އުއްމީދުގައެވެ. އެހެން ނަމަވެސް ރެއާލް މެޑްރިޑް އަތުން ބަލިވެ ޕީއެސްޖީ ވަނީ ޗެމްޕިއަންސް ލީގުން ކަޓާފައެވެ. އެކަމާ ގުޅޭ ގޮތުން ވާހަކަ ދައްކަމުން ރޮނާލްޑީނިއޯ ބުނީ މޮޅު ކުޅުންތެރިން ޓީމަށް ގެނައި ނަމަވެސް ތަށި ހޯދާނެ ޓީމެއް ބިނާކުރުމަށް ވަގުތު ނަގާނެ ކަމަށެވެ. އެގޮތުން ކުރިޔަށް އޮތް އަހަރުތަކުގައި ޕީއެސްޖީ ޗެމްޕިއަންސް ލީގު ނަގާނެ ކަމަށް ގަބޫލުކުރެވޭ ކަމަށް ރޮނާލްޑީނިއޯ ބުނެފައިވެއެވެ. ރޮނާލްޑީނިއޯއަށް ޗެމްޕިއަންސް ލީގު ކާމިޔާބުކުރެވުނީ 2006 ވަނަ އަހަރު ބާސެލޯނާއާ އެކުއެވެ.

ރޮނާލްޑީނިއޯގެ ކެރިއަރުގައި ޔޫރަޕު އަދި ދެކުނު އެމެރިކާގެ އެންމެ ބޮޑު ޓީމުތަކުގައި ކާމިޔާބު ގިނަ ސީޒަންތަކެއް ހޭދަކުރިއެވެ. ހަމައެހެންމެ ބްރެޒިލްގެ ގައުމީ ޓީމާއެކު ވެސް އޭނާ ވަނީ ވޯލްޑް ކަޕެއްގެ އިތުރުން ކޮޕާ އެމެރިކާއެއް ވެސް ކާމިޔާބުކޮށްފައެވެ. އޭނާ ބުނީ ކުޅުން ހުއްޓާލެވުނު ގޮތާ މެދު އެއްވެސް ވަރަކަށް ދެރަނުވާ ކަމަށާއި އޭނާ ކުޅުން ހުއްޓާލީ އެތަކެއް ޓްރޮފީތަކެއް ހޯދުމަށް ފަހު ކަމަށެވެ. އޭނާ ބުނީ ޓީމުތަކާ އެކު އަދި އަމިއްލަ ނަފްސަށް ކަނޑައެޅި ޓާގެޓުތައް ހާސިލްވި ކަމަށާއި އެހެންކަމުން ކުޅުން ހުއްޓާލެވުނީ ވަރަށް ހިތްހަމަޖެހިގެން ކަމަށެވެ.

ރޮނާލްޑޯއަށް ވުރެ މެސީ މޮޅު ކަމަށް ބުނެފައިވާއިރު ވޭތުވެދިޔަ 10 އަހަރު ތެރޭ އެންމެ މޮޅު ކުޅުންތެރިޔާގެ އެވޯޑު ހޯދާފައި ވަނީ މި ދެ ކުޅުންތެރިންގެ ތެރެއިން ކޮންމެވެސް އެއް ކުޅުންތެރިޔެކެވެ. ރޮނާލްޑޯ އަދި މެސީ ވެސް ވަނީ ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާގެ އެވޯޑު ފަސް ފަހަރު ހޯދާފައެވެ. ރޮނާލްޑީނިއޯގެ ކެރިއަރުގައި އޭނާއަކީ ވެސް ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާގެ އެވޯޑު ދެ ފަހަރެއްގެ މަތިން ހާސިލުކުރި ކުޅުންތެރިޔެކެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

މޮޅު ކުޅުންތެރިޔާގެ އެވޯޑާއެކު ހުވަފެން ހަގީގަތަކަށް ވެއްޖެ: ސެންޓޭ

މޮޅު ކުޅުންތެރިޔާގެ އެވޯޑާއެކު ހުވަފެން ހަގީގަތަކަށް ވެއްޖެ: ސެންޓޭ

17 ޖެނުއަރީ 2017
މޮޅު ކުޅުންތެރިޔަކަށް ސެންޓޭ، މޮޅު ކޯޗަކަށް ނިޒާމްބެ އަދި އުންމީދީ ކުޅުންތެރިޔަކަށް ރިޒޭ

މޮޅު ކުޅުންތެރިޔަކަށް ސެންޓޭ، މޮޅު ކޯޗަކަށް ނިޒާމްބެ އަދި އުންމީދީ ކުޅުންތެރިޔަކަށް ރިޒޭ

17 ޖެނުއަރީ 2017
ހަލް ސީޓީ އަތުން ޔުނައިޓެޑް މޮޅުވެއްޖެ

ހަލް ސީޓީ އަތުން ޔުނައިޓެޑް މޮޅުވެއްޖެ

11 ޖެނުއަރީ 2017
ފީފާއިން ހޮވި އެންމެ މޮޅު ކުޅުންތެރިއަކަށް ރޮނާލްޑޯ

ފީފާއިން ހޮވި އެންމެ މޮޅު ކުޅުންތެރިއަކަށް ރޮނާލްޑޯ

11 ޖެނުއަރީ 2017
އަންހެން މޮޅު ކުޅުންތެރިޔަކަށް ކާލީ ލޮއިޑް، އެންމެ މޮޅު ގޯލުގެ އެވޯޑް ފާއިޒަށް

އަންހެން މޮޅު ކުޅުންތެރިޔަކަށް ކާލީ ލޮއިޑް، އެންމެ މޮޅު ގޯލުގެ އެވޯޑް ފާއިޒަށް

10 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

24 މެއި
ސުޕްރީމު ކޯޓުގެ ފަނޑިޔާރުން ސަސްޕެންޑު ކުރުމުގެ ޑްރާމާ ރޭވި ތަމްސީލު ވަމުން ދިޔަ ގޮތް މިއޮތީ!
20251 އަހަރު ކުރިން
ރިޕޯޓު

ސުޕްރީމު ކޯޓުގެ ފަނޑިޔާރުން ސަސްޕެންޑު ކުރުމުގެ ޑްރާމާ ރޭވި ތަމްސީލު ވަމުން ދިޔަ ގޮތް މިއޮތީ!

ޗައިނާ ވައިޓް ރާއްޖޭގައި ފެތުރި ޒުވާނުންތައް މަރުވަނީ، އިދާރާތަކުގެ ހިލަމެއް ނެތް؟
20242 އަހަރު ކުރިން
ރިޕޯޓު

ޗައިނާ ވައިޓް ރާއްޖޭގައި ފެތުރި ޒުވާނުންތައް މަރުވަނީ، އިދާރާތަކުގެ ހިލަމެއް ނެތް؟

"ހަމަ ނިންޖެއް ނުލިބޭ، ތަންމައްޗަށް ކުޑަކަމުދެވޭ، ބޭރަށް ނުކުމެ ކުޅެލަން ބިރުގަނޭ"
20233 އަހަރު ކުރިން
ރިޕޯޓު

"ހަމަ ނިންޖެއް ނުލިބޭ، ތަންމައްޗަށް ކުޑަކަމުދެވޭ، ބޭރަށް ނުކުމެ ކުޅެލަން ބިރުގަނޭ"

ލޯންޗުކޮޅު ގޮއްވާލުން: އެއީ ރައީސް ޔާމީނު ތަފާތު ސީޓެއްގައި އިށީންދެވަޑައިގެންނެވި ހަމައެކަނި ދަތުރުފުޅު
20224 އަހަރު ކުރިން
ރާއްޖެ

ލޯންޗުކޮޅު ގޮއްވާލުން: އެއީ ރައީސް ޔާމީނު ތަފާތު ސީޓެއްގައި އިށީންދެވަޑައިގެންނެވި ހަމައެކަނި ދަތުރުފުޅު

ސެލެބްރިޓީ ރޭހުގެ ޗެމްޕިއަން ޓީމަށް ގްރޭންޑް ޕްރައިޒް ދީފި
20215 އަހަރު ކުރިން
ރާއްޖެ

ސެލެބްރިޓީ ރޭހުގެ ޗެމްޕިއަން ޓީމަށް ގްރޭންޑް ޕްރައިޒް ދީފި

ހިތްތައް އަތުލި ތޮއްޑޫ ބަނޑިޔާ!
20197 އަހަރު ކުރިން
ރިޕޯޓު

ހިތްތައް އަތުލި ތޮއްޑޫ ބަނޑިޔާ!

ނަޝީދުގެ ހަޔާތްޕުޅުން ބައްޕާފުޅު އިބުރަތް ހާސިލު ކުރެއްވި: އަންވަރުގެ ދަރިކަނބަލުން
20188 އަހަރު ކުރިން
ރާއްޖެ

ނަޝީދުގެ ހަޔާތްޕުޅުން ބައްޕާފުޅު އިބުރަތް ހާސިލު ކުރެއްވި: އަންވަރުގެ ދަރިކަނބަލުން

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު