Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއެމްޓީސީސީ

ނޫސްވެރިންނާއެކު އާޒިމް ސައިޓްތަކަށް

2 ބިލިއަން ރުފިޔާގެ މަސައްކަތް އެމްޓީސީސީން އަންނަނީ ކުރަމުން

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 7 މާރިޗު 2020 | ހޮނިހިރު 02:05
އެމްޓީސީސީން ހއ. އަދި ހދ. އަތޮޅަށް ކުރި ދަތުރުގެ ތެރެއިން

އެމްޓީސީސީން ހއ. އަދި ހދ. އަތޮޅަށް ކުރި ދަތުރުގެ ތެރެއިން

އެމްޓީސީސީން ހިންގަމުން އަންނަ ޕްރޮޖެކްޓްތަކުގެ ތެރެއިން އުތުރުގެ ދެ އަތޮޅެއްގެ ހަތަރު ރަށެއްގައި ކުރިއަށްދާ ޕްރޮޖެކްޓްތަކުގެ މަސައްކަތް ބަލާލުމަށް އެމްޓީސީސީގެ ހިންގުމާ ދާދިފަހުން ހަވާލުވެވަޑައިގެންނެވި އެ ކުންފުނީގެ މެނޭޖިންގް ޑިރެކްޓަރު އާދަމް އާޒިމް ވަޑައިގެންފިއެވެ.

މިއީ އާޒިމް މަގާމާ ހަވާލުވެވަޑައިގެންނެވި ފަހުން އަތޮޅުތަކުގައި ކުރިއަށް ގެންދާ ޕްރޮޖެކްޓްތައް ބައްލަވާލެއްވުމަށް ކުރެއްވި ފުރަތަމަ ދަތުރެވެ. މި ދަތުރުގައި ހދ. ހަނިމާދޫ، ހދ. ކުޅުދުއްފުށި އަދި ހއ. ކެލާ އަދި ހއ. ހޯރަފުއްޓަށް ވަނީ ވަޑައިގެންފައެވެ.

މި ދަތުރުގެ ތެރެއިން ނޫސްވެރިންނަށް މައުލޫމާތުދެއްވަމުން އާޒިމް ވަނީ އެކި ރަށްރަށުގައި އެމްޓީސީސީން 2 ބިލިއަން ރުފިޔާގެ އަގުހުރި މަޝްރޫއުތައް ކުރިއަށްގެންދާ ކަމަށެވެ. އަދި އުއްމީދަކީ ޕްރޮޖެކްޓްތައް ނިމި ރައްޔިތުން ބޭނުންކުރަން ފެށޭނެ އެންމެ އަވަހަކަށް މަސައްކަތް ކުރެއްވުން ކަމަށާއި، އެއާއެކު އާ މަސައްކަތްތައް ފަށާނެ ކަމަށެވެ.

އާޒިމް ވިދާޅުވީ ރާއްޖޭގެ 39 ރަށެއްގައި އެކުންފުނީގެ އެކި މަޝްރޫއުތައް މިހާރުވެސް ކުރިއަށްދާކަމަށެވެ. އަދި އެ މަޝްރޫއުތައް 2 ބިލިއަން ރުފިޔާއަށް އަރާކަމަށާ އެމްޓީސީސީގެ އަމާޒަކީ ކުންފުނީގެ ވަޞީލަތްތައް ބޭނުންކޮށްގެން މި މަޝްރުޢޫތައް އަވަހަށް ނިންމުންކަމަށެވެ.

ހަނިމާދޫގައި އެމްޓީސީސީން އަންނަނީ މަގު ހެދުމުގެ މަސައްކަތް ކުރަމުންނެވެ. އަދި މިއާއެކު ބަނދަރުގެ މަސައްކަތްވެސް ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ފެށިގެންދާނެކަމަށް އެމްޓީސީސީން ބުނެއެވެ. ޖުމްލަ 46 މިލިއަން ރުފިޔާ ހަރަދުކޮށްގެން ކުރިއަށް ގެންދާ ހަނިމާދޫ މަގު ހެދުމުގެ ޕްރޮޖެކްޓުގެ ދަށުން 20 މަގެއްގައި ޕޭވްމަންޓް ހަދައި އެމަގުތަކުގައި ތާރު އެޅިގެންދާނެއެވެ. އަދި އެ މަސައްކަތް ފަށާފައިވަނީ މިދިޔަ އަހަރުގެ ޖޫން މަހުގެ ތެރޭގައެވެ.

އާޒިމް ވިދާޅުވީ، އެ މަޝްރޫއުގެ 38 ޕަސެންޓް ނިމިފައިވާ ކަމަށާއި މަސައްކަތް އަންނަ އޮގަސްޓް މަހުގެ ކުރިން ނިންމާލެވޭނެ ކަމުގެ އުންމީދު އެބައޮތް ކަމަށެވެ.

ޖުމްލަ 57 މިލިއަން ރުފިޔާ ހަރަދުކޮށްގެން ތަރައްގީކުރާ ހަނިމާދޫ ބަނދަރުގެ މަސައްކަތް ކުރިއަށްދާ ގޮތާ ގުޅޭގޮތުން އާޒިމް ވިދާޅުވީ، އެ ޕްރޮޖެކްޓުގެ ދަށުން މިހާރު ކުރެވެމުން ދަނީ ތިމާވެއްޓަށް އަސަރުފޯރާ މިންގަނޑު ބަލާ ރިޕޯޓް ހެދުމުގެ މަސައްކަތް ކަމަށެވެ. އަދި އެ މަޝްރޫއު އަންނަ އަހަރުގެ މެދެއްހާ ހިސާބުގައި ނިންމާލެވޭނެ ކަމަށާއި މަޝްރޫއު ނިމިގެންދާއިރު އެ ބަނދަރަކީ ހިތްގައިމު ބަނދަރަކަށް ވެގެންދާނެ ކަމަށެވެ.

ކެލާ ބަނދަރު ބޮޑުރުކުރުމުގެ މަސައްކަތް އެމްޓީސީސީން ހަވާލުވީ މިދިޔަ ޖޫން މަހުގައެވެ. 16 މިލިއަން ރުފިޔާ ޚަރަދުކޮށްގެން ކުރިއަށްގެންދާ މިމަޝްރުޢޫގެ ދަށުން މިހާރު ކުރިއަށްދަނީ ބަނދަރުގެ ޕޭވްމަންޓް ހެދުމާއި ބަނދަރުގައި ލައިޓް ހަރުކުރުމުގެ މަސައްކަތެވެ.

އެ މަޝްރޫއުގެ ދަށުން 16،264 ކިއުބިކް މީޓަރުގެ ސަރަހައްދެއް ކޮނުމަށް ވަނީ ނިންމައިފައެވެ. އަދި 31 މީޓަރުގެ ބޭރު ތޮށި ޖެހުމާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ ގޮތުން 220 މީޓަރުގެ ސަރަހައްދެއްގައި ތޮށި ޖެހުމާއި ބަނދަރުގެ އެއްގަމުގައި 50 މީޓަރު ތޮށި ޖެހުމުގެ އިތުރުން 1445 އަކަ ފޫޓުގެ ޕޭވްމެންޓް ހެދުމާއި ބަނދަރުގައި ލައިޓް ހަރުކުރުން ހިމެނެއެވެ.

މި މަސައްކަތުގެ %52 މިހާރު ނިމިފައިވާއިރު މިއަހަރުގެ ތެރޭ މިބަނދަރު އެއްކޮށް ބޭނުންކުރެވޭނެކަމަށް އެމްޓީސީސީން ބުނެއެވެ.

ހއ. ހޯރަފުށީ އެއަރޕޯޓް ތަރައްޤީކުރުމަށް 198 މިލިއަން ރުފިޔާ ޚަރަދުކުރުމަށް ވަނީ ހަމަޖެހިފައެވެ. އެއަރޕޯޓް ތަރައްޤީކުރުމަށް ބޭނުންވާ ބިންހިއްކުމުގެ މަސައްކަތް ނިމިފައިވާއިރު މިހާރު ކުރިއަށްދަނީ އެއަރޕޯޓުގެ ރަންވޭ އެޅުމުގެ މަސައްކަތެވެ. އެ މަޝްރޫއުގެ 52 އިންސައްތަ މަސައްކަތް ނިމިފައިވާ ކަމަށް އެމްޓީސީސީން ބުނެއެވެ. އަދި އެ މަސައްކަތުގެ އަމަލީ މަސައްކަތް މިއަހަރުގެ ސެޕްޓެމްބަރު މަހަށް ނިންމާލެވޭނެ ކަމަށް އެމްޓީސީސީން ބުނެއެވެ.

ރަންވޭ ތަރައްގީކޮށް ނިމޭއިރު މި ރަންވޭގައި 37،425 އަކަމީޓަރު ހުންނާނެކަމަށް އެމްޓީސީސީން ބުނެއެވެ.

ހދ.ކުޅުދުއްފުށީގައި ތަރައްޤީކުރާ ބަނދަރަކީ ތަފާތު ޑިޒައިނަކަށް ޒަމާނީ ފެންވަރުގެ މަސްމާރުކޭޓަކާއެކު ތަރައްގީކުރާ ތަނެކެވެ. 126 މިލިއަން ރުފިޔާ ޚަރަދުކޮށްގެން ކުރިއަށްގެންދާ މި ޕްރޮޖެކްޓުގެ ދަށުން ބަނދަރެއްގެ އިތުރުން މަސްމާރުކޭޓަކާއި ފެރީ ޓަރމިނަލަކާއި "ފްލޯޓިންގ ޕޮންޓޫން" ނުވަތަ ފެންމަތީގައި ފާލަމެއް ތަރައްގީކުރުމަށް ވަނީ ހަމަޖެހިފައެވެ. މި މަޝްރުޢޫގެ މަސައްކަތް މިއަހަރުގެ ޖޫން މަހުގެ ނިޔަލަށް ނިންމާލެވޭނެކަމަށް އެމްޓީސީސީން ބުނެއެވެ.

އެމްޓީސީސީގެ އެމްޑީ އާދަމް އާޒިމް ވިދާޅުވީ ކުންފުނީގެ މަސައްކަތް މައިގަނޑު ގޮތެއްގައި ބިނާވެފައި އޮންނަނީ ކޮންސްޓަރްކްޝަން ދާއިރާއަށްކަމަށެވެ. ނަމަވެސް މަސައްކަތް ކުރަން ބޭނުންވާ ޓެކްނިކަލް މުވައްޒަފުން ނުލިބުމަކީ ގޮންޖެހުމެއް ކަމަށް އާޒިމް ވިދާޅުވިއެވެ. އާޒިމް ވިދާޅުވީ މިހާރު ވެސް 200 އަށްވުރެ ގިނަ ވަޒީފާއަށް މީހުން ހޯދުމަށް އިއުލާންކޮށްފައިވާ ކަމަށާއި، ވަރަށް އަވަހަށް އިތުރު 150 މީހުން ހޯދުމަށް އިއުލާން ކުރާނެ ކަމަށެވެ.

މީގެ އިތުރުން އެމްޓީސީސީން 40 މަޝްރޫއެއް މުޅި ރާއްޖޭގައި މިހާރު ވެސް ހިންގަމުންދާއިރު އެ މަޝްރޫއުތަކުގައި މަސައްކަތް ކުރަނީ އެމްޓީސީސީގެ މުވައްޒަފުން ކަމަށް އާޒިމް ވިދާޅުވިއެވެ. އަދި މަޝްރޫއުތަކަށް ބޭނުން ކުރާނެ ވަސީލަތްތައް ވެސް ކުންފުނީގައި އެބަހުރި ކަމަށް އާޒިމް ވިދާޅުވިއެވެ.

އިތުރަށް ކިޔާލަން

20 މެއި 2017

ކައުންސިލް އިންތިހާބުގައި ރައީސް ޔާމީނަށް ލިބުނު ވޯޓެއް ލިބުނީ ރައްޔިތުންނަށް ބިރު ދައްކައިގެން: އާޒިމް

20 މެއި 2017
ކައުންސިލް އިންތިހާބުގައި ރައީސް ޔާމީނަށް ލިބުނު ވޯޓެއް ލިބުނީ ރައްޔިތުންނަށް ބިރު ދައްކައިގެން: އާޒިމް
06 އެޕްރީލު 2017

ސަރުކާރަށް ނޫނެކޭ ބުނަން ޖެހޭނީ މަގުމައްޗަށް ނިކުމެ: އަލީ އާޒިމް

06 އެޕްރީލު 2017
ސަރުކާރަށް ނޫނެކޭ ބުނަން ޖެހޭނީ މަގުމައްޗަށް ނިކުމެ: އަލީ އާޒިމް
30 މާރިޗު 2017

އެހެން ސިސްޓަމުން ވޯޓް ދެއްވީ އާޒިމް ކަމަށް މޫސާ ތުހްމަތުކުރެއްވި، އާޒިމް އެކަން ދޮގުކުރޭ!

30 މާރިޗު 2017
އެހެން ސިސްޓަމުން ވޯޓް ދެއްވީ އާޒިމް ކަމަށް މޫސާ ތުހްމަތުކުރެއްވި، އާޒިމް އެކަން ދޮގުކުރޭ!
16 މާރިޗު 2017

މަސީހް ކޮންޓްރީލް ކުރަނީ އެހެން ބޭފުޅަކު:އާޒިމް

16 މާރިޗު 2017
މަސީހް ކޮންޓްރީލް ކުރަނީ އެހެން ބޭފުޅަކު:އާޒިމް
23 ފެބުރުއަރީ 2017

ހައްގުބަސް ނުބުނެވިއްޖެ ނަމަ ލިބިފައިވާ މިނިވަންކަން ވެސް ގެއްލޭނެ: އާޒިމް

23 ފެބުރުއަރީ 2017
ހައްގުބަސް ނުބުނެވިއްޖެ ނަމަ ލިބިފައިވާ މިނިވަންކަން ވެސް ގެއްލޭނެ: އާޒިމް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު