Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ކައުންސިލް އިންތިހާބު

ކައުންސިލް އިންތިހާބުގައި ރައީސް ޔާމީނަށް ލިބުނު ވޯޓެއް ލިބުނީ ރައްޔިތުންނަށް ބިރު ދައްކައިގެން: އާޒިމް

ރައީސް ޔާމީނަށް ތާއީދު ނެތްކަން އެނގިއްޖެ

ފާތިމަތު ޝަނާ މުހައްމަދު
ފާތިމަތު ޝަނާ މުހައްމަދު, ރާއްޖެ އެމްވީ | 20 މެއި 2017 | ހޮނިހިރު 23:02
ފަލަ ސުރުހީ ޕްރޮގްރާމުގައި މެންބަރ އާޒިމް

ފަލަ ސުރުހީ ޕްރޮގްރާމުގައި މެންބަރ އާޒިމް

ލޯކަލް ކައުންސިލް އިންތިހާބުގައި ރައީސް އަބްދުﷲ ޔާމީނަށް ލިބުނު ވޯޓެއް ލިބުނީ ރައްޔިތުންނަށް ބިރު ދައްކައިގެން ކަމަށާއި ރައްޔިތުންގެ ތާއީދު ސަރުކާރަށް ނެތްކަން އެނގިގެން ހިނގައްޖެ ކަމަށް މެދު ހެންވޭރު ދައިރާގެ މެންބަރު އަލީ އާޒިމް ވިދާޅުވެއްޖެ އެވެ.

ރާއްޖެޓީވީގެ ފަލަސުރުހީ ޕްރޮގްރާމުގައި ވާހަކައްދަކަވަމުން މެންބަރު އާޒިމް ވިދާޅުވީ، ކައުންސިލް އިންތިހާބުގައި ސަރުކާރަށް 30 ޕަސެންޓްވެސް ލިބެއްޖެ ނަމަ އެއީ ކާމިޔާބެއްކަން ކައުންސިލް އިންތިހާބުގެ ކެމްޕެއިން ތެރޭގައި އޭނާ ފާހަގަކުރި ކަމަށާއި އެގޮތަށް ފާހަގަކުރީވެސް ސަރުކާރަށް އިންތިހާބުގައި ކާމިޔާބު ނުވާނެކަން އެނގޭތީ ކަމަށެވެ. އާޒިމް ވިދާޅުވީ، ސަރުކާރަށް ލިބުނު ވޯޓުވެސް ލިބުނީ، ބިރުދައްކައިގެން ކަމަށެވެ. ސިޔާސީ ފަރާތްތަކަށް ނުހައްގުން އަދަބު ދެމުން އަންނަ ކަމަށާއި، ގުޅިފައިވާ ޕާޓީތަކުން ފެށި މަސައްކަތަކީ އެކަން ހުއްޓުވުމަށް ކުރާ މަސައްކަތް ކަމަށް އޭނާ ވިދާޅުވި އެވެ.

Advertisement - newsAdvertisement

މެންބަރު އާޒިމް ވިދާޅުވީ، އިދިކޮޅު ފަރާތްތަކުން، ސަރުކާރުން ކުރިއަށްގެންދާ ތަރައްގީގެ މަޝްރޫއުތަކާއި ދެކޮޅު ކަމަށް ސަރުކާރުން ބުނި ނަމަވެސް، ތަރައްގީގެ އެއްވެސް، މަސައްކަތަކާއި އިދިކޮޅު ފަރާތްތައް ދެކޮޅު ނޫން ކަމަށެވެ. އެހެން ނަމަވެސް ސަރުކާރުން ތަރައްގީ ގެންނަގޮތާއި މެދު އިދިކޮޅު ފަރާތްތަކުން ދެކޮޅު ކަމަށް އޭނާ ވިދާޅުވި އެވެ.

"އައިޖީއެމްއެޗުގެ ވާހަކަ ވަރަށް ބޮޑަށް ދައްކާ. އައިޖީއެމްއެޗާއި ބްރިޖުގެ ވާހަކަ ވަރަށް ގިނައިން ދައްކާ. އައިޖީއެމްއެޗު އެހަދާ އިމާރާތުގެ ބިޑު ކުރީމަ، 45 މިލިއަން ޑޮލަރަށް ބަޔަކު އޭތިލައިފި. 145 މިލިއަން ޖަހާފަ އޮތް ބަޔަކަށް ދިނީ. ފުރަތަމަ ކަންތައް ގޯސްވީ. ކުރެހުން އެކަނި 28 މިލިއަން ޑޮލަރު. މިއީ އަޅުގަނޑުމެން ދެކޮޅު ހަދާ މަންޒަރު." އާޒިމް ވިދާޅުވި އެވެ.

އާޒިމް ވިދާޅުވީ، ސަރުކާރު ޖަވާބުދާރީކޮށް ކުރާ ކަންކަމަށް އިދިކޮޅު ފަރާތްތަކުން އަބަދުވެސް ފާރަވެރިވާނެ ކަމަށެވެ. އެގޮތުން ސަރުކާރުން ޒިންމާ ދާރު ކުރުވުމަށް ކުރާ މަސައްކަތްތަކުގެ ތެރެއިން މިނިވަން މުއައްސަސާތަކުގައި އިސްކޮށް ހަރަކާތްތެރިވާ ފަރާތްތަކަކީ، މިނިވަންކަމާއި އެކު މަސައްކަތްކުރާ ބަޔަކަށް ވާންޖެހޭނެ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި އެކަން އިސްލާހު ކުރުމަށް މަޖިލީހުގެ ތެރެއިން މަސައްކަތް ފަށާނެކަމަށްވެސް އާޒިމް ވިދާޅުވި އެވެ.

އާޒިމް ވިދާޅުވީ، އިދިކޮޅު ފަރާތްތަކުން އެއް އަހަރުވަންދެން ސަރުކާރުން ކުރާ މަސައްކަތް ބަލަންތިބި ކަމަށާއި އެހެން ނަމަވެސް، ރާއްޖޭގެ އަމާންކަން ގެއްލުވާލުމުން އެކަމަށް ވާހަކަ ނުދައްކާ ނުތިބެވޭނެ ކަމަށެވެ. އާޒިމް ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ ތެރެއިން މަޖިލީހުގެ ރައީސުގެ އިތުބާރު ނެތްކަމަށް ވޯޓު ނަގާނެ ކަމަށެވެ. މީގެ އިތުރުންވެސް މަޖިލީހުގެ ތެރެއިން ތަރައްގީއަށް މުހިއްމު މަސައްކަތްތަކެއް ކުރުމަށް ހަމަޖެހިފައިވާ ކަމަށް އާޒިމް ވިދާޅުވި އެވެ.

"މިސާލަކަށް ރައްޔިތުންގެ މަޖިލީހުގެ އިތުބާރު ނެތް ކަމުގެ ވޯޓު ލީމަ، އެއީ ރައްޔިތުންގެ މަޖިލީހުގެ މަސައްކަތްތައް ހުއްޓޭ ކަމެއް ނޫން. މި ލުމާއި އެކު ސަރުކާރުން ބުނާ ވާހަކައަކީ ސަރުކާރުން ހިންގުން ހުއްޓުވަން އުޅެނީއޭ. ވަކި ކުރަން އުޅެނީ އޭ. ހުއްޓުވަނީއޭ. ނޫން. ސަރުކާރު ހިންގޭނެ. މިކަލަ ވާހަކަދައްކައިގެން މިއުޅެނީ ސަލާމަތްވާން ވެގެން." އާޒިމް ވިދާޅުވި އެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ

ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ

09 ޖެނުއަރީ 2017
ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު

ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު

07 ޖެނުއަރީ 2017
ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި

ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި

07 ޖެނުއަރީ 2017
ނިމިގެންދިޔަ އަހަރަކީ އިއާދަ ނުކުރެވޭ ވަރުގެ ގެއްލުންތަކެއް ލިބުނު އަހަރެއް: އަހުމަދު އަބްދުﷲ

ނިމިގެންދިޔަ އަހަރަކީ އިއާދަ ނުކުރެވޭ ވަރުގެ ގެއްލުންތަކެއް ލިބުނު އަހަރެއް: އަހުމަދު އަބްދުﷲ

07 ޖެނުއަރީ 2017
އަންހެނުން ބާރުވެރިކުރުމަށް ރައީސް ޔާމީން ވަނީ ނުކުޅެދިފަ: ޝިދާތާ

އަންހެނުން ބާރުވެރިކުރުމަށް ރައީސް ޔާމީން ވަނީ ނުކުޅެދިފަ: ޝިދާތާ

07 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

23 އެޕްރީލު
ރައުދު ހައްޔަރުކުރީ ޔުމްނު ވައްޓާލުމުގެ އަތެއް އޮވެގެން
20251 އަހަރު ކުރިން
ރާއްޖެ

ރައުދު ހައްޔަރުކުރީ ޔުމްނު ވައްޓާލުމުގެ އަތެއް އޮވެގެން

އިސްރާއިލުން ދެން އީރާނަށް ހަމަލާދީފިނަމަ އެ"ޒަޔަނިސްޓް ރެޖީމް" އެއްކޮށް ނައްތާލާނަން: އިބްރާހީމް ރައީސީ
20242 އަހަރު ކުރިން
ދުނިޔެ

އިސްރާއިލުން ދެން އީރާނަށް ހަމަލާދީފިނަމަ އެ"ޒަޔަނިސްޓް ރެޖީމް" އެއްކޮށް ނައްތާލާނަން: އިބްރާހީމް ރައީސީ

އާސެނަލްގެ ކުޅުންތެރިން ދަތުރުކުރި ބޯޓެއްގައި އަލިފާން ރޯވެއްޖެ
20233 އަހަރު ކުރިން
ކުޅިވަރު

އާސެނަލްގެ ކުޅުންތެރިން ދަތުރުކުރި ބޯޓެއްގައި އަލިފާން ރޯވެއްޖެ

ލަމްހާގެ ބަންދު މުރާޖައާގައި އޭނާ: "މިތާ އުޅެން މިހާރު ވަރަށް ވަރަށް އުނދަގޫވޭ"
20224 އަހަރު ކުރިން
ރާއްޖެ

ލަމްހާގެ ބަންދު މުރާޖައާގައި އޭނާ: "މިތާ އުޅެން މިހާރު ވަރަށް ވަރަށް އުނދަގޫވޭ"

ކޮވިޑުގެ ރެކޯޑު އިންޑިޔާއަށް: މުޅި ގައުމު ރޮނީ އޮކްސިޖަން ނުލިބިގެން
20215 އަހަރު ކުރިން
ރިޕޯޓު

ކޮވިޑުގެ ރެކޯޑު އިންޑިޔާއަށް: މުޅި ގައުމު ރޮނީ އޮކްސިޖަން ނުލިބިގެން

ކުޑަކުއްޖެއްގެ އާދޭސް ދުނިޔޭގެ ލީޑަރުންނަށް!
20197 އަހަރު ކުރިން
ރިޕޯޓު

ކުޑަކުއްޖެއްގެ އާދޭސް ދުނިޔޭގެ ލީޑަރުންނަށް!

ފަހުމީ ގެއްލުމުގެ އެއްދުވަސް ކުރިން މަންމައަށް ކުރެވުނު އާދަޔާ ހިލާފް އިހްސާތަކުގެ ވާހަކަ
20188 އަހަރު ކުރިން
ރިޕޯޓު

ފަހުމީ ގެއްލުމުގެ އެއްދުވަސް ކުރިން މަންމައަށް ކުރެވުނު އާދަޔާ ހިލާފް އިހްސާތަކުގެ ވާހަކަ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު