Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
މާލެ ސިޓީ ކައުންސިލް

ކޮވިޑް-19: ނައިޓްމާރކެޓް ވެސް ކެންސަލް

ހޭލުންތެރިކުރުވުމުގެ ޕްރޮގްރާމްތައް ދަނީ ހިންގަމުން

އުމްނާ އިސްމާއިލް
އުމްނާ އިސްމާއިލް, ރާއްޖެ އެމްވީ | 5 މާރިޗު 2020 | ބުރާސްފަތި 19:15
ނައިޓް މާރކެޓް

ނައިޓް މާރކެޓް

މިހާރު ދުނިޔޭގެ އެކި ގައުމުތަކުގައި ފެތުރެމުންދާ ކޮވިޑް-19 އާ ގުޅިގެން ރަމަޟާން މަހާއި ދިމާކޮށް އާއްމުގޮތެއްގައި ބާއްވަމުން އަންނަ ނައިޓް މާރކެޓް ނުބާއްވަން ނިންމާފައިވާ ކަމަށް މާލެ ސިޓީ ކައުންސިލުން ބުނެފިއެވެ.

ކޮވިޑް-19 އާ ގުޅިގެން މާލެ ސިޓީ ކައުންސިލުން އަޅަމުންދާ ފިޔަވަޅުތަކާއި ގުޅިގެން މީޑިއާތަކަށް މައުލޫމާތުދެމުން ސިޓީ ކައުންސިލްގެ މެމްބަރު އަހުމަދު ނިޔާޒް ވިދާޅުވީ ކޮރޯނާ އާއި ގުޅިގެން ނައިޓް މާރކެޓް ނުބާއްވަން ނިންމާފައިވާ ކަމަށެވެ.

Advertisement - newsAdvertisement

ކޮވިޑް-19 ގަދަޔަށް ފެތުރެމުންދާ މި ދަނޑިވަޅުގައި އެޅުމަށް ގަސްދުކުރާ ފިޔަވަޅުތަކާއި ގުޅިގެން އިތުރަށް މައުލޫމާތު ދެއްވަމުން މާލެސިޓީ ކައުންސިލްގެ މޭޔަރ ޝިފާ މުހައްމަދު ވިދާޅުވީ ހެލްތު ޕްރޮޓެކްޝަން އޭޖެންސީ، ޑިޒާސްޓަރ މެނޭޖްމެންޓް އޮތޯރިޓީ، ހެލްތު މިނިސްޓްރީގެ އިތުރުން ކަމާބެހޭ އިތުރު މިނިސްޓްރީތަކާއި ގުޅިގެން ކުރެވޭ މަސައްކަތުގެ ތެރެއިން ސިޓީ ކައުންސިލަށް ޑިޒާސްޓަރ މެނޭޖްމެންޓުން ވަކި ކަންތައްތަކެއް ކުރުމަށް މީގެ ދެ ދުވަސް ކުރިން އަންގާފައިވާ ކަމަށެވެ.

އެގޮތުން ކުރިއަށް އޮތް ހަފްތާގެ ތެރޭގައި ކުރުމަށް ހަމަޖެހިފައިވާ މަސައްކަތްތަކާއި ގުޅިގެން މައުލޫމާތު ދެއްވަމުން ޝިފާ ވިދާޅުވީ މައިގަނޑު ގޮތެއްގައި ސަމާލުކަން ދޭނީ ކައުންސިލްގެ މުވައްޒަފުންނާއި ޚާއްސަކޮށް އެކި ޕާކުތަކުގައި މަސައްކަތްކުރާ މުވައްޒަފުން ވައިރަހަށް ހޭލުންތެރިކުރުވުމަށް ކަމަށެވެ. އެގޮތުން ޕާކުތަކުތަކުގެ ސާފުތާހިރުކަން ދެމެހެއްޓުމަށް އިތުރު އިސްކަމެއްދެއްވާނެ ކަމަށް ޝިފާ ވިދާޅުވިއެވެ.

މީގެއިތުރުން ޝިފާ ވިދާޅުވީ ސައިހޮޓާތަކާއި ކެފޭތައް ހިންގާ ފަރާތްތަކާއި ބައްދަލުކުރުމަށް ނިންމާފައިވާ ކަމަށާއި އަދި އެ ބައްދަލުކުރުންތަކަށް ފަހު ޑިޒާސްޓަރ މެނޭޖްމެންޓުގެ ފަރާތުން ދެއްވާފައިވާ މައުލޫމާތު އެ ފަރާތްތަކާއި ހިއްސާކުރައްވާނެ ކަމަށެވެ. އަދި ސައިހޮޓާ އަދި ކެފޭ ތަކުގައި ކުރިއަށް އޮތްތަނުގައި ހޭންޑް ސެނިޓައިޒަރ ބެހެއްޓުމަށް އިރުޝާދު ދެއްވާނެ ކަމަށް ސިޓީ ކައުންސިލުން ބުންޏެވެ. މީގެއިތުރުން ސިޓީ ކައުންސިލުން ބުނީ ކޮންސްޓްރަކްޝަން ސައިޓުތަކާއި ބިދޭސީން އުޅޭ ތަންތަންވެސް ވަރަށް ރަނގަޅަށް ބެލޭނެ ކަމަށެވެ.

ޝިފާ ވިދާޅުވީ މިސްކިތްތަކުގެ ކަންކަން ވަކި ގޮތަކަށް ތަރުތީބު ކުރަންޖެހޭ ކަމަށެވެ. އެގޮތުން މިސްކިތްތަކުގެ ކާޕެޓުތައް ސާފުކުރުން މުހިއްމުކަން ފާހަގަކުރައްވާ ޝިފާ ވިދާޅުވީ މިހާރު ކާޕެޓު އަޅާފައިވާ ހުރިހާ ތަނެއް ދެނެގަނެފައިވާނެ ކަމަށެވެ. އަދި މި ދުވަސްވަރު ކާޕެޓު އަޅާފައި އޮތުމުން ގެއްލުންވާނެ ކަމަށް ކަމާބެހޭ ފަރާތްތަކުން އިރުޝާދު ދެއްވާފައިވާ ކަމަށް މާލެސިޓީ ކައުންސިލުން ބުންޏެވެ.

ކޮވިޑް-19 ހަލުވި މިނެއްގައި ފެތުރެމުންދާއިރު މި ވަރައިސްއިން ރައްކާތެރިވުމަށް ރާއްޖެއިން ވަނީ ގިނަ ފިޔަވަޅުތަކެއް އަޅާފައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ޒިޔަތުއާއި ޝާހިދުގެ ޚިޔާނާތުގެ މައްސަލަ އަނެއްކާ ވެސް ކެންސަލް!

ޒިޔަތުއާއި ޝާހިދުގެ ޚިޔާނާތުގެ މައްސަލަ އަނެއްކާ ވެސް ކެންސަލް!

02 އެޕްރީލު 2017
އެޗްވަންއެންވަންގެ މައްސަލައިގައި ބާއްވަން އުޅުނު މަޖިލީހުގެ ކޮމިޓީ ކެންސަލްކޮށްފި

އެޗްވަންއެންވަންގެ މައްސަލައިގައި ބާއްވަން އުޅުނު މަޖިލީހުގެ ކޮމިޓީ ކެންސަލްކޮށްފި

29 މާރިޗު 2017
ޗިޓް ހަވާލުނުކުރެވުމުން ރައީސް ނަޝީދުގެ ޝަރީއަތް ކެންސަލް ކޮށްފި

ޗިޓް ހަވާލުނުކުރެވުމުން ރައީސް ނަޝީދުގެ ޝަރީއަތް ކެންސަލް ކޮށްފި

29 މާރިޗު 2017
 ޕީޕީއެމް ޕީޖީ ގްރޫޕުގެ ރިސޯޓް "ކޭމްޕް" ކެންސަލްކޮށް، ބައްދަލުވުން މާލޭގައި!

ޕީޕީއެމް ޕީޖީ ގްރޫޕުގެ ރިސޯޓް "ކޭމްޕް" ކެންސަލްކޮށް، ބައްދަލުވުން މާލޭގައި!

26 މާރިޗު 2017
ގާޒީ އާލާސްކަންފުޅާ އުޅުއްވާތީ އަމީން ފައިސަލްގެ އަޑުއެހުން ކެންސަލް!

ގާޒީ އާލާސްކަންފުޅާ އުޅުއްވާތީ އަމީން ފައިސަލްގެ އަޑުއެހުން ކެންސަލް!

26 މާރިޗު 2017

އަހަރުތަކުން މިއަދު

24 އެޕްރީލު
ރައީސަށް ލަފާދޭ ޒުވާނުންގެ ބޯޑުން މަޝްހޫރު ޓީވީ ޕްރެޒެންޓަރު ހުވައިނާ އިސްތިއުފާ ދީފި
20251 އަހަރު ކުރިން
ރާއްޖެ

ރައީސަށް ލަފާދޭ ޒުވާނުންގެ ބޯޑުން މަޝްހޫރު ޓީވީ ޕްރެޒެންޓަރު ހުވައިނާ އިސްތިއުފާ ދީފި

މެޑިސިން ކިޔަވަމުންދާ 200ށް ވުރެ ގިނަ ދަރިވަރުން ގޮތެއް ނުދައްކާ މަގުމަތިކޮށްލަނީ
20242 އަހަރު ކުރިން
ރިޕޯޓު

މެޑިސިން ކިޔަވަމުންދާ 200ށް ވުރެ ގިނަ ދަރިވަރުން ގޮތެއް ނުދައްކާ މަގުމަތިކޮށްލަނީ

''އިރުއަރަންދެން ދަގަނޑު ހޮޅިއަކުން ތަޅާ އަނިޔާކުރި'' އެކަމަކު ވެސް އެ ކައިވެނީގައި ތިން އަހަރު
20233 އަހަރު ކުރިން
ރިޕޯޓު

''އިރުއަރަންދެން ދަގަނޑު ހޮޅިއަކުން ތަޅާ އަނިޔާކުރި'' އެކަމަކު ވެސް އެ ކައިވެނީގައި ތިން އަހަރު

ރައީސް ޞާލިހުގެ އެދަތުރު: އާއިލާ ބޭފުޅުންގެ ދުލުން
20224 އަހަރު ކުރިން
ރިޕޯޓު

ރައީސް ޞާލިހުގެ އެދަތުރު: އާއިލާ ބޭފުޅުންގެ ދުލުން

އިންތިހާއަށް އާދޭސްކުރިން، އެކަމަކު އަޅާނުލި: ''ދިރިއުޅުން ހަލާކުވެގެންދިޔައީ އެންމެ ހަތަރު ދުވަހުން''
20215 އަހަރު ކުރިން
ރިޕޯޓު

އިންތިހާއަށް އާދޭސްކުރިން، އެކަމަކު އަޅާނުލި: ''ދިރިއުޅުން ހަލާކުވެގެންދިޔައީ އެންމެ ހަތަރު ދުވަހުން''

ލަންކާގެ ބޮމުގެ ހަމަލާތައް: ހަށިގޮއްވާލި ދެބެއިންގެ ބައްޕަ ހައްޔަރަށް
20197 އަހަރު ކުރިން
ދުނިޔެ

ލަންކާގެ ބޮމުގެ ހަމަލާތައް: ހަށިގޮއްވާލި ދެބެއިންގެ ބައްޕަ ހައްޔަރަށް

ސަރުކާރުން އަނބިމީހާ ވަރިކުރުން- ހާލަތުއް ޟަރޫރާ
20188 އަހަރު ކުރިން
ރިޕޯޓު

ސަރުކާރުން އަނބިމީހާ ވަރިކުރުން- ހާލަތުއް ޟަރޫރާ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު