Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެކޮވިޑް-19

ސިޔާސީ ވިސްނުމުގެ ހުރި ތަފާތަކާއި ގުޅިގެން ރައްޔިތުން ހާސްކަމެއްގެ ތެރެއަށް ވައްޓާނުލާ: އަމްރު

މި ރޯގާއަށް ހުރިހާ އެންމެވެސް ރައްކާތެރިވެ ތިބެ ފަރުދީ ޒިންމާ އަދާކުރުން މުހިންމު

ސިމާހާ ނަސީމް
ސިމާހާ ނަސީމް | 5 މާރިޗު 2020 | ބުރާސްފަތި 13:51
ނޫސްވެރިންގެ ބައްދަލަވުމުގައި އަމްރު ވާހަކަ ދައްކަވަނީ

ނޫސްވެރިންގެ ބައްދަލަވުމުގައި އަމްރު ވާހަކަ ދައްކަވަނީ

ސިޔާސީ ވިސްނުމުގެ ހުރި ތަފާތުތަކާއި ގުޅިގެން ރައްޔިތުން ހާސްކަމެއްގެ ތެރެއަށް ވައްޓާނުލުމަށް ސްޓޭޓް ޓްރޭޑިންގް އޮގަނައިޒޭޝަން (އެސްޓީއޯގެ) މެނޭޖިން ޑިރެކްޓަރ ހުސެއިން އަމްރު މުހައްމަދު ރަޝާދު ވިދާޅުވެއްޖެއެވެ.

ކޮވިޑް-19 އާ ގުޅިގެން އެސްޓީއޯ އިން ވަމުންދާ ތައްޔާރީތަކާއި ގުޅޭގޮތުން މައުލޫމާތު ހިއްސާ ކުރުމަށް ބުރާސްފަތި ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އަމްރު ވިދާޅުވީ އެކަން އެގޮތަށް ނުކުރެއްވުމަށް އިލްތިމާސްކުރައްވާ ކަމަށެވެ. އަދި ރައްޔިތުންނަށް ބޭނުންވާ ވަރަށް ފޭސް މާސްކް އެބަހުރި ކަމަށާއި ހޮސްޕިޓަލްތަކަށް ބޭނުންވާ ބައެއް ސާމާނުތައް ވެސް މިހާރު ބައެއް ރަށްރަށަށް ފޯރުކޮށްދީފައިވާނެ ކަމަށް އަމްރު ވިދާޅުވިއެވެ. މީގެއިތުރުން ބައެއް ހޮސްޕިޓަލްތަކަށް ބޭނުންވާ މެޑިކަލް ސާމާނުތައް ވެސް ފޯރުކޮށްދީފައިވާނެ ކަމަށް އަމްރު ވަނީ ފާހަގަކުރައްވާފައެވެ.

Advertisement - newsAdvertisement

ކޮވިޑް-19 އަކީ ވެސް ރޯގާގެ ވައްތަރެއް ކަމަށާއި މި ރޯގާއަށް ހުރިހާ އެންމެވެސް ރައްކާތެރިވެ ތިބެ ފަރުދީ ޒިންމާ އަދާކުރެއްވުމަށް އަމްރު ވަނީ އިލްތިމާސް ކުރައްވާފައެވެ. އަދި ހާސްކަމެއްގެ ތެރޭގައި ރައްޔިތުން ތިބެގެން ކޮންމެ ގެއަކީ ކާޑު ގުދަނަކަށް ނެހެދުމަށް އަމްރު އެދިވަޑައިގެންނެވިއެވެ.

މި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އަމްރު ވިދާޅުވީ އެސްޓީއޯ އިން ރައްޔިތުންނަށް ބޭނުންވާ ވަރަށް ކާޑު ފޯރުކޮށްދެވޭނެ ކެޕޭސިޓީ އެބަހުރި ކަމަށެވެ.

އަމްރު ވިދާޅުވީ ސަރުކާރުން ކޮވިޑް-19 އާ ގުޅިގެން ރައްކާތެރިކަމުގެ ގޮތުން އަޅަން ޖެހޭ ހުރިހާ ފިޔަވަޅުތައް އަޅަމުންދާ ކަމަށާއި ކޮވިޑް-19 އާ ގުޅިގެން ކަމާބެހޭ ވުޒާރާތަކުން މަސައްކަތް ކުރަމުންދާ ގޮތް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް ނުހަނު އިސްކަމެއްދީގެން ބައްލަވަމުންދާ ކަމަށެވެ.

އިތުރަށް ކިޔާލަން

13 ޖެނުއަރީ 2017

ރައީސް ޔާމީންގެ ސިޔާސީ ހަރަކާތަށް ސަރުކާރުގެ ކުންފުނިތައް ބޭނުން ކުރުން ކުށްވެރިކުރަން: ޑރ ޖަމީލް

13 ޖެނުއަރީ 2017
ރައީސް ޔާމީންގެ ސިޔާސީ ހަރަކާތަށް ސަރުކާރުގެ ކުންފުނިތައް ބޭނުން ކުރުން ކުށްވެރިކުރަން: ޑރ ޖަމީލް
13 ޖެނުއަރީ 2017

ހިތުހުރި ގޮތެއް ހަދަން ދޫކޮށްލައިފި ނަމަ ރިޔާސީ އިންތިޚާބުގައި ހިތާމަކުރަން ޖެހޭނެ: ޝިދާތާ

13 ޖެނުއަރީ 2017
ހިތުހުރި ގޮތެއް ހަދަން ދޫކޮށްލައިފި ނަމަ ރިޔާސީ އިންތިޚާބުގައި ހިތާމަކުރަން ޖެހޭނެ: ޝިދާތާ
12 ޖެނުއަރީ 2017

ލ. ފޮނަދޫގައި ހުރި މީރާގެ އޮފީސް ފަޅާލާ ވައްކަން ކޮށްފި

12 ޖެނުއަރީ 2017
ލ. ފޮނަދޫގައި ހުރި މީރާގެ އޮފީސް ފަޅާލާ ވައްކަން ކޮށްފި
11 ޖެނުއަރީ 2017

ފުލުހަށް ހާޒިރު ކުރީ ޕީޕީއެމްގެ ހާޑްޑިސްކެއް ގެއްލިގެން ހުށަހެޅި މައްސަލައާ ގުޅިގެން: ޔުމްނާ

11 ޖެނުއަރީ 2017
ފުލުހަށް ހާޒިރު ކުރީ ޕީޕީއެމްގެ ހާޑްޑިސްކެއް ގެއްލިގެން ހުށަހެޅި މައްސަލައާ ގުޅިގެން: ޔުމްނާ
10 ޖެނުއަރީ 2017

"ރައީސް ނަޝީދުގެ މައްޗަށް ދައުވާކުރަން ފޮނުވާފައިވަނީ ސިޔާސީ މަޤްސަދެއްގައި"

10 ޖެނުއަރީ 2017
 "ރައީސް ނަޝީދުގެ މައްޗަށް ދައުވާކުރަން ފޮނުވާފައިވަނީ ސިޔާސީ މަޤްސަދެއްގައި"
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު