Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއިންޓަރ އޮފީސް ބިލިއާޑް ޗެމްޕިއަންޝިޕް

އިންޓަރ އޮފީސް ބިލިއާޑް ޗެމްޕިއަންޝިޕް: ޗެމްޕިއަންކަން އެމްއޭސީއެލް އަށް

3 މާރިޗު 2020 | އަންގާރަ 08:07

މިފަހަރުގެ މުބާރާތުގައި ޖުމްލަ 13 ޓީމެއް ވާދަކުރި

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް | 3 މާރިޗު 2020 | އަންގާރަ 08:07
ޗެމްޕިއަންކަން ހޯދި އެމްއޭސީއެލް ޓީމު

ޗެމްޕިއަންކަން ހޯދި އެމްއޭސީއެލް ޓީމު

މޯލްޑިވްސް ޕޫލް ބިލިއާޑް އެސޯސިއޭޝަން (އެމްޕީބީއޭ) އިން އިންތިޒާމުކޮށްގެން ބޭއްވި އިންޓަރ އޮފީސް ބިލިއާޑް ޗެމްޕިއަންޝިޕްގެ ޗެމްޕިއަންކަން ޗެމްޕިއަންކަން މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) ހޯދައިފިއެވެ.

އެމްޕީބީއޭ ކްލަބު ހައުސްގައި ބޭއްވި މި މުބާރާތުގެ ޓީމު އިވެންޓުގެ ޗެމްޕިއަންކަން އެމްއޭސީއެލް ހޯދީ ހޯމަ ދުވަހުގެރޭ ކުޅުނު ފައިނަލް މެޗުގައި މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) ބަލިކޮށްގެންނެވެ.

ފައިނަލުގައި އެމްޕީއެލް އަތުން އެމްއޭސީއެލް މޮޅުވީ 2-1 ގޭމުންނެވެ. މި މެޗުގެ ފުރަތަމަ ގޭމު 6-1 ފްރޭމުން އެމްއޭސީއެލުން ގެންދިޔައިރު، ދެވަނަ ގޭމު 2-6 ފްރޭމުން ގެންދިޔައީ އެމްޕީއެލްއެވެ. އަދި ވާދަވެރި ކުޅުމަކަށްފަހު ތިންވަނަ ގޭމު އެމްއޭސީއެލުން ކާމިޔާބުކުރީ 6-5 ފްރޭމުންނެވެ.

މި މުބާރާތުގެ ޓީމު އިވެންޓުގެ ޗެމްޕިއަންކަން އެމްއޭސީއެލް ހޯދިއިރު، ފިރިހެން ސިންގަލްސް އިވެންޓުގެ ޗެމްޕިއަންކަން ހޯދީ އެމްއޭސީއެލްގެ އިސްމާއިލް ސުވައިދެވެ. އަދި އަންހެން ސިންގަލްސް އިވެންޓުގެ ޗެމްޕިއަންކަން ހޯދާފައިވަނީ ކަސްޓަމްސްގެ އާމިނަތު ހަލީމެވެ.

މިއަހަރުގެ މުބާރާތުގައި ޖުމްލަ 13 ޓީމެއް ވާދަކުރިއެވެ. އެއީ މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)، ރައީސުލްޖުމްހޫރިއްޔާގެ އޮފީސް، ޕޮލިސް ކްލަބު، އެމްއެންޑީއެފް، ސްޓެލްކޯ، އެމްޑަބްލިޔުއެސްސީ، ޓީއެމްއޭ، ފެނަކަ، އެމްޓީސީސީ، މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)، ދިރާގު، ކަސްޓަމްސް ރެކްރިއޭޝަން ކްލަބު އަދި މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އެވެ.

އަދި ފިރިހެން ޑިވިޝަނުގެ ސިންގަލްސް އިވެންޓުގައި 63 ކުޅުންތެރިން ވާދަކުރިއިރު، ޖުމްލަ 44 މެޗު ވަނީ ކުޅެފައެވެ. އަންހެން ޑިވިޝަނުގެ ސިންގަލްސް އިވެންޓުގައި 8 ކުޅުންތެރިން ވާދަކުރިއިރު، މި އިވެންޓުގައި 8 މެޗު ވަނީ ކުޅެފައެވެ.

އިތުރަށް ކިޔާލަން

31 ޖެނުއަރީ 2017

މިއަހަރުގެ މިނިވަން ޗެމްޕިއަންޝިޕްގައި 75 ރަށަކުން ބައިވެރިވެއްޖެ

31 ޖެނުއަރީ 2017
މިއަހަރުގެ މިނިވަން ޗެމްޕިއަންޝިޕްގައި 75 ރަށަކުން ބައިވެރިވެއްޖެ
31 ޖެނުއަރީ 2017

އޭޝިއަން ސެންޓްރަލް ޒޯން ޗެމްޕިއަންޝިޕް މާޗު މަހު ރާއްޖޭގައި

31 ޖެނުއަރީ 2017
އޭޝިއަން ސެންޓްރަލް ޒޯން ޗެމްޕިއަންޝިޕް މާޗު މަހު ރާއްޖޭގައި
29 ޖެނުއަރީ 2017

ނެޓްބޯޅަ އޮފީސް މުބާރާތުގައި 16 ޓީމު ބައިވެރިވެއްޖެ

29 ޖެނުއަރީ 2017
ނެޓްބޯޅަ އޮފީސް މުބާރާތުގައި 16 ޓީމު ބައިވެރިވެއްޖެ
26 ޖެނުއަރީ 2017

ވުމެންސް ވޮލީބޯލް ވޯލްޑް ޗެމްޕިއަންޝިޕް: ނޭޕާލް ޓީމު ރާއްޖެ އަތުވެއްޖެ

26 ޖެނުއަރީ 2017
ވުމެންސް ވޮލީބޯލް ވޯލްޑް ޗެމްޕިއަންޝިޕް: ނޭޕާލް ޓީމު ރާއްޖެ އަތުވެއްޖެ
24 ޖެނުއަރީ 2017

އޮފީސް ކުންފުނިތަކުގެ ހޭންޑްބޯލް މުބާރާތް ފެބްރުއަރީ އެއްވަނަ ދުވަހު ފަށަނީ

24 ޖެނުއަރީ 2017
އޮފީސް ކުންފުނިތަކުގެ ހޭންޑްބޯލް މުބާރާތް ފެބްރުއަރީ އެއްވަނަ ދުވަހު ފަށަނީ
22 ޖެނުއަރީ 2017

ދެވަނަ ޑިވިޝަން ވޮލީ މުބާރާތުގެ ޗެމްޕިއަންކަން ސީ ލައިފަށް

22 ޖެނުއަރީ 2017
ދެވަނަ ޑިވިޝަން ވޮލީ މުބާރާތުގެ ޗެމްޕިއަންކަން ސީ ލައިފަށް
20 ޖެނުއަރީ 2017

މިނިވަން 50 ޗެމްޕިއަންޝިޕްގައި ޓީމުތަކަށް ދޭން ޖެހޭ ފައިސާ މި އަހަރު ބަޖެޓުގެ ތެރެއިން ދެނީ!

20 ޖެނުއަރީ 2017
މިނިވަން 50 ޗެމްޕިއަންޝިޕްގައި ޓީމުތަކަށް ދޭން ޖެހޭ ފައިސާ މި އަހަރު ބަޖެޓުގެ ތެރެއިން ދެނީ!
11 ޖެނުއަރީ 2017

އޮފީސް ހޭންޑްބޯޅަ މުބާރާތުއި ސާދަ ޓީމަކުން ބައިވެރިވެއްޖެ

11 ޖެނުއަރީ 2017
އޮފީސް ހޭންޑްބޯޅަ މުބާރާތުއި ސާދަ ޓީމަކުން ބައިވެރިވެއްޖެ
04 ޖެނުއަރީ 2017

އެޓޯލް ޖޫނިއާ އެތުލެޓިކްސް ޗެމްޕިއަންޝިޕް އައްޑޫގައި ބައްވަނީ!

04 ޖެނުއަރީ 2017
އެޓޯލް ޖޫނިއާ އެތުލެޓިކްސް ޗެމްޕިއަންޝިޕް އައްޑޫގައި ބައްވަނީ!
04 ޖެނުއަރީ 2017

ވުމަންސް ސާފް ޗެމްޕިއަންޝިޕް: ބަންގްލަދޭޝް އަތުން ބަލިވެ ރާއްޖެ އަށް ފައިނަލުގެ ފުރުސަތު ގެއްލިއްޖެ

04 ޖެނުއަރީ 2017
ވުމަންސް ސާފް ޗެމްޕިއަންޝިޕް: ބަންގްލަދޭޝް އަތުން ބަލިވެ ރާއްޖެ އަށް ފައިނަލުގެ ފުރުސަތު ގެއްލިއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް