Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުމާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން

ކިތުނަ މާޒިޔާއަށް ބަދަލުވެއްޖެ

އަންގާރަ ދުވަހުން ފެށިގެން ކިތުނަ މާޒިޔާގެ ފަރިތަކުރުން ތަކުގައި ބައިވެރިވާނެ

އަތޫފް އާތިފް
އަތޫފް އާތިފް, ރާއްޖެ އެމްވީ | 3 މާރިޗު 2020 | އަންގާރަ 07:06
ބައްސާމް އަދީލް ޖަލީލް (ކ) އާދަމް ނިޒާމް (ވ)

ބައްސާމް އަދީލް ޖަލީލް (ކ) އާދަމް ނިޒާމް (ވ)

ދެވަނަ ޑިވިޝަން ފުޓުބޯޅަ މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދި އާދަމް ނިޒާމް (ކިތުނަ) މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނަށް ބަދަލުވެއްޖެ އެވެ.

ރާއްޖެ ޓީވީ ސްޕޯޓްސް އަށް މައުލޫމާތު ދެމުން މާޒިޔާ ޓީމުގެ އޮފިޝަލަކު ބުނީ ،ކިތުނަ އާއި އެކު މަޒިޔާއިން އެއްބަސްވުމަކަށް އާދެވިފައިވާ ކަމަށާއި، އަންގާރަ ދުވަހުން ފެށިގެން ކިތުނަ މާޒިޔާ ޓީމުގެ ފަރިތަކުރުން ތަކުގައި ބައިވެރިވާނެ ކަމަށެވެ. މާޒިޔާއިން ބުނީ ކިތުނަ އޭއެފްސީ ކަޕުގައި މާޒިޔާ ޓީމަށް ކުޅޭނެ ކަމަށެވެ.

ކިތުނަ ވަނީ އޭނާ މަސައްކަތްކުރާ ރިސޯޓުން ރިލީޒް ލިބުމާއެކު ގައުމީ ޓީމުގެ ފަރިތަކުރުންތަކުގައި ވެސް ބައިވެރިވާން ފަށައިފައެވެ. މިއީ ކިތުނަ ގައުމީ ސްކޮޑުގައި ހިމެނުނު ފުރަތަމަ ފަހަރުވެސް މެއެވެ. މީގެ ކުރިން ކިތުނަ ވަނީ 19 އަހަރުން ދަށުގެ ގައުމީ ސްކޮޑުން ޖާގަ ހޯދާފައެވެ.

ދެވަނަ ޑިވިޝަނުގައި މޮޅު ކުޅުމެއް ދެއްކި ކިތުނައަށް ގައުމީ ސްކޮޑުން ޖާގައެއް ދިން އެއް ސަބަބަކީ މާޒިޔާ އަށް ކުޅެމުން އަންނަ ތަޖުރިބާކާރު ފޯވަރޑް އަސަދުﷲ އަބްދުﷲ އަށް އަނިޔާވެ، ކުޅުމާއި ދުރަށް ދާން ޖެހުމުންނެވެ. އަސަދުﷲ އަށް އަނިޔާވީ އޭއެފްސީ ކަޕް ޕްލެއި އޯފްގައި މާޒިޔާ އަދި ބެންގަލޫރު އެފްސީ މާލޭގައި ބައްދަލުކުރި މެޗުގެ ތެރެއިންނެވެ.

މިއަހަރުގެ އޭއެފްސީ ކަޕުގެ ގްރޫޕް ސްޓޭޖުން މާޒިޔާ ވަނީ ޖާގަ ހޯދާފައެވެ. ގްރޫޕު ސްޓޭޖްގެ ޖާގައެއް މާޒިޔާ އަށް ލިބުނީ ޕްލެއި އޯފްގައި ބެންގަލޫރު އެފްސީ ބަލިކުރުމަށް ފަހުގައެވެ.

ގްރޫޕު ސްޓޭޖުގައި މާޒިޔާ ވާދަކުރަން ޖެހޭނީ ގްރޫޕު އީ ގައެވެ. އެ ގްރޫޕުގައި ހިމެނެނީ ރާއްޖޭގެ ޓީސީ ސްޕޯޓްސް ކްލަބުގެ އިތުރުން، އިންޑިއާގެ އައި ލީގުގެ ޗެމްޕިއަން ޗެންނާއީ ސިޓީ އާއި ބަންގްލަދޭޝްގެ ބަޝުންދަރާ ކިންގްސް އެވެ.

އިތުރަށް ކިޔާލަން

05 ޖުލައި 2017

ރެއާލް ދޫކޮށްލުމަށް ފަހު ޕެޕޭ ބެސިކްޓަސްއަށް ބަދަލުވެއްޖެ

05 ޖުލައި 2017
ރެއާލް ދޫކޮށްލުމަށް ފަހު ޕެޕޭ ބެސިކްޓަސްއަށް ބަދަލުވެއްޖެ
31 މެއި 2017

ޗެލްސީގެ ކީޕަރު ބެގޮވިޗް އޭއެފްސީ ބޯންމައުތްއަށް ބަދަލުވެއްޖެ

31 މެއި 2017
ޗެލްސީގެ ކީޕަރު ބެގޮވިޗް އޭއެފްސީ ބޯންމައުތްއަށް ބަދަލުވެއްޖެ
29 އެޕްރީލު 2017

އަސައްކޮގެ ހަމައެކަނި ލަނޑާއެކު މާޒިޔާއަށް މޮޅެއް

29 އެޕްރީލު 2017
އަސައްކޮގެ ހަމައެކަނި ލަނޑާއެކު މާޒިޔާއަށް މޮޅެއް
19 އެޕްރީލު 2017

އުމޭރުގެ ހަމައެކަނި ލަނޑާއެކު މާޒިޔާއަށް މޮޅެއް

19 އެޕްރީލު 2017
އުމޭރުގެ ހަމައެކަނި ލަނޑާއެކު މާޒިޔާއަށް މޮޅެއް
21 މާރިޗު 2017

ޔުނައިޓެޑް ދޫކޮށްލުމަށް ފަހު ސްވައިންސްޓައިގާ ޗިކާގޯ އަށް ބަދަލުވެއްޖެ

21 މާރިޗު 2017
ޔުނައިޓެޑް ދޫކޮށްލުމަށް ފަހު ސްވައިންސްޓައިގާ ޗިކާގޯ އަށް ބަދަލުވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު