Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއެސީސީ

ސަރުކާރަށް ޖެއްސުންކުރުމުގެ ވިސްނުމުގައި އޭސީސީން ބައެއް ކަންތައްތައް ގާނުނުން ބޭރުން އެބަ ކުރޭ: އަލީ އާޒިމް

1 މާރިޗު 2020 | އާދީއްތަ 03:02

ސަރުކާރަށް ޖެއްސުންކުރަނީ އޭސީސީގެ ތެރެއިން ކޮންބައެއްތޯ ބަލައި ފިޔަވަޅު އަޅާނަން

ދާނިޝް ނިޡާމް
ދާނިޝް ނިޡާމް | 1 މާރިޗު 2020 | އާދީއްތަ 03:02
އެމްޑީޕީގެ ޕީޖީ ލީޑަރު އަދި މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް

އެމްޑީޕީގެ ޕީޖީ ލީޑަރު އަދި މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް

ސަރުކާރަށް ޖެއްސުންކުރުމުގެ ވިސްނުމުގައި ޤާނޫނުން ބޭރުން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީން)އިން ބައެއް ކަންތައްތައް ކުރަމުން ގެންދާކަމަށާއި އެ ފުރުޞަތެއް ނުދޭނެކަމަށް ސަރުކާރު ހިންގާ މައި ޕާޓީ އެމްޑީޕީގެ ޕާރަލަމެންޓަރީ ގްރޫޕް ލީޑަރު އަދި މެދު ހެންވޭރު ދާއިރާގެ މެންބަރު ޢަލީ އާޒިމް ވިދާޅުވެއްޖެއެވެ.

ރާއްޖެޓީވީގެ ފަލަސުރުޚީ ޕްރޮގުރާމުގައި ވާހަކަ ދައްކަވަމުން އާޒިމް ވިދާޅުވީ، ނިމިދިޔަ 7 އަހަރު ތެރޭގައި ވެރިއަކަށް ހުންނެވި ބޭފުޅެއްގެ މުށުތެރޭގައި އޮތް މިނިވަން މުއައްސަސާތަކަށް ކުރެވުނު ކަމެއް ނެތްކަމަށާއި، އެއާއި ޚީލާފަށް މި ސަރުކާރުން ފެންނަ މަންޒަރު ތަފާތުވާނެކަމަށެވެ. އެގޮތުން، އޭސީސީން ނިކުމެ ސަރުކާރާއި އިދެކޮޅަށް ބަސްބުނަމުން ގެންދާކަން ފާހަގަކޮށް އާޒިމް ވިދާޅުވީ އެ ފާރާތްތަކަށް އެ ފުރުޞަތު އޮންނާނެކަމަށާއި މިނިވަން މުއައްސަސާއަކަށް މި ސަރުކާރަކުން ނުފޫޒެއް ނުފޯރުވާނެކަމަށެވެ. އާޒިމް ވިދާޅުވީ ސަރުކާރު ހިންގުމަށް ޖެއްސުންކުރުމުގެ ވިސްނުމުގައި ޤާނޫނުން ބޭރުން އޭސީސީން ބައެއް ކަންތައް ކުރަމުން ގެންދާކަމަށާއި އެ ފުރުޞަތު ދީގެން ނުތިބޭނެކަމަށެވެ. އަދި އެކަންކުރަނީ އޭސީސީގެ ތެރެއިން ކޮންބައެއްތޯ ބަލާ ފިޔަވަޅު އަޅުއްވާނެކަމަށެވެ.

Advertisement - newsAdvertisement

އާޒިމް ވިދާޅުވީ ކޮރަޕްޝަނުގެ މައްސަލަ ބެލުމަށްކަމަށް ބުނެ، ސަރުކާރު ދާ ސްޕީޑް ލަސްކުރުމަށް ބައެއް މަޝްރޫޢުތަކުގެ ހިންގުން އޭސީސީން ހުއްޓުވާކަމަށެވެ. އެ ވިސްނުމުގައި އޭސީސީގެ އެއް މެންބަރަކު ނުވަތަ ދެ މެންބަރަކު ކޮށްފާނެކަމަށް އާޒިމް ވިދާޅުވިއެވެ. އިތުރަށް ވާހަކަ ދައްކަވަމުން އާޒިމް ވިދާޅުވީ އޭސީސީގެ ޤާނޫނުގައި ވާގޮތުން މަޝްރޫޢުތައް ހުއްޓުވުމުގެ ބާރެއް އެ ފަރާތަކަށް ނޯންނަކަމަށެވެ. ނަމަވެސް ކޮރަޕްޝަނުގެ މައްސަލައެއް ބަލައި، އެ މީހަކާމެދު ފިޔަވަޅު އެޅިދާނެކަމަށެވެ. އޭސީސީން އެކަން ކުރަމުން ދަނީ ރައީސް ޔާމީނުގެ ބަޔަކުު ފަހަތުގައި ތިބެ، ސަރުކާރުން ހިންގާ މަޝްރޫޢު ހުއްޓުވުމަށް ޤަސްތުގައި ކަމަށް އާޒިމް ވިދާޅުވިއެވެ.

އޭސީސީން ދާދި ފަހުން ވަނީ، ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު އެމްޑީޕީގެ އެކްޓިވިސްޓުންނާއި ބައްދަލުކުރައްވަން ކުރައްވާ އަމިއްލަފުޅު ދަތުރުތަކުގައި ދައުލަތުގެ މުވައްޒަފުންނާއި ވަޞީލަތްތައް ބޭނުންކުރައްވައިގެން ރަސްމީ ދަތުރެއްގެ ގޮތުގައި މަޖިލީހުގެ ރަސްމީ މީޑިއާ ބޭނުންކޮށްގެން ކަވަރު ކުރަމުންދާ މައްސަލައެއް ބަލައި، މި މައްސަލައާއި ގުޅިގެން "އިޞްލާޙު ކުރުމަށް އަންގާ އެންގުން" ފޮނުވާފައެވެ. އެގޮތުން މަހާސިންތާގެ ޕްރޮގުރާމުތަކުގެ ތެރޭގައި ނުހިމެނޭ ކަންކަމުގައި ބައިވެރިވުމަށް ފުވައްމުލަކު ސިޓީއާއި އައްޑޫ ސިޓީއަށް ދަތުރުކުރުމުގެ ސަބަބުން ޓިކެޓަށް އިތުރަށް ޚަރަދުކޮށްފައިވާ 444 (ހަތަރު ސަތޭކަ ސާޅީސް ހަތަރެއް) ރުފިޔާ ދައުލަތަށް އަނބުރާ ހޯދުމަށް އެ ކޮމިޝަނުން އަންގާފައިވެއެވެ.

އެންމެ ހިނގާ

1

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

2

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

3

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

4

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

5

ލިންކަން މަނަވަރުގައި އެމެރިކާ ސިފައިން ކަނޑަށް ފުންމާލައިގެން އަމިއްލަ އަށް މަރުވާން އުޅުނު ރިޕޯޓުތަކާ އެކު އިތުރު ކަންބޮޑުވުން އުފެދިއްޖެ

އިތުރަށް ކިޔާލަން

16 ފެބުރުއަރީ 2017

މަޖިލީހުގައި ބައެއް މެމްބަރުންގެ އަޑުކަނޑުވާލުމަށް ދަނީ މަސައްކަތް ކުރަމުން: ރައީސް މައުމޫން

16 ފެބުރުއަރީ 2017
މަޖިލީހުގައި ބައެއް މެމްބަރުންގެ އަޑުކަނޑުވާލުމަށް ދަނީ މަސައްކަތް ކުރަމުން: ރައީސް މައުމޫން
06 ފެބުރުއަރީ 2017

އިސްލާހީ މަސައްކަތުގައި އުކުޅަހު ރައްޔިތުންނަކީ ނަމޫނާ ހިތްވަރެއް ދައްކުވައިދޭ ބައެއް: ރައީސް ނަޝީދު

06 ފެބުރުއަރީ 2017
އިސްލާހީ މަސައްކަތުގައި އުކުޅަހު ރައްޔިތުންނަކީ ނަމޫނާ ހިތްވަރެއް ދައްކުވައިދޭ ބައެއް: ރައީސް ނަޝީދު
30 ޖެނުއަރީ 2017

އަބުރުގެ ގާނޫނުގެ ބައެއް މާއްދާ އުނިކުރަން ހުށަހެޅި މައްސަލަ ފަސް މަސް ފަހުން ހައިކޯޓުން ބަލައިގަނެފި

30 ޖެނުއަރީ 2017
އަބުރުގެ ގާނޫނުގެ ބައެއް މާއްދާ އުނިކުރަން ހުށަހެޅި މައްސަލަ ފަސް މަސް ފަހުން ހައިކޯޓުން ބަލައިގަނެފި
26 ޖެނުއަރީ 2017

ނާޒިމް މިނިވަންކޮށް ބަދަލުދޭން އދ. އިން ސަރުކާރަށް އަންގައިިފި

26 ޖެނުއަރީ 2017
ނާޒިމް މިނިވަންކޮށް ބަދަލުދޭން އދ. އިން ސަރުކާރަށް އަންގައިިފި
26 ޖެނުއަރީ 2017

ލޯކަލް ކައުންސިލް އިންތިހާބުގެ ޓިކެޓް ދިނީ ވަކިބައެއްގެ ނުފޫޒުން: މައުމޫން ފެކްޝަންސް

26 ޖެނުއަރީ 2017
 ލޯކަލް ކައުންސިލް އިންތިހާބުގެ ޓިކެޓް ދިނީ ވަކިބައެއްގެ ނުފޫޒުން: މައުމޫން ފެކްޝަންސް
22 ޖެނުއަރީ 2017

ސަރުކާރަށް ރައްޔިތުން އިތުބާރެއް ނުކުރޭ، ރައްޔިތުން ބޭނުންވަނީ ސަރުކާރު ބަދަލުކުރަން: ޝާހިދު

22 ޖެނުއަރީ 2017
ސަރުކާރަށް ރައްޔިތުން އިތުބާރެއް ނުކުރޭ، ރައްޔިތުން ބޭނުންވަނީ ސަރުކާރު ބަދަލުކުރަން: ޝާހިދު
16 ޖެނުއަރީ 2017

ކަދުރުގެ މައްސަލަ އޭސީސީން ނިންމީ ހިންޏަށް ހަކުރު އޮޅުވާލާ އުސޫލުން: އިންތި

16 ޖެނުއަރީ 2017
ކަދުރުގެ މައްސަލަ އޭސީސީން ނިންމީ ހިންޏަށް ހަކުރު އޮޅުވާލާ އުސޫލުން: އިންތި
12 ޖެނުއަރީ 2017

އެމްޕީއެލް އިން ރިޒާ އަށް 2.9 މިލިއަން ރުފިޔާ ދިން މައްސަލަ އޭސީސީން ބަލަން ފަށައިފި

12 ޖެނުއަރީ 2017
އެމްޕީއެލް އިން ރިޒާ އަށް 2.9 މިލިއަން ރުފިޔާ ދިން މައްސަލަ އޭސީސީން ބަލަން ފަށައިފި
11 ޖެނުއަރީ 2017

އަމިއްލަފުޅު އޮފީހުގެ މުވައްޒަފުން މަދުކޮށް، އިމާރާތުގެ ބައެއް ދޫކޮށްލައިފި

11 ޖެނުއަރީ 2017
އަމިއްލަފުޅު އޮފީހުގެ މުވައްޒަފުން މަދުކޮށް، އިމާރާތުގެ ބައެއް ދޫކޮށްލައިފި
07 ޖެނުއަރީ 2017

މި ސަރުކާރަށް ތާއީދެއް ނުކުރަން، އެގޮތުގައި ސާބިތު ކަމާއި އެކު ދެމިހުންނާނަން: މައުމޫން

07 ޖެނުއަރީ 2017
މި ސަރުކާރަށް ތާއީދެއް ނުކުރަން، އެގޮތުގައި ސާބިތު ކަމާއި އެކު ދެމިހުންނާނަން: މައުމޫން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް