Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެކޮރޯނާވައިރަސް

ކޮވިޑް-19: އެމެރިކާގައި މި ވައިރަސްގައި މީހަކު މަރުވުމާއެކު ވޮޝިންޓަންގައި ކުއްލި ޙާލަތުގެ ޢަމުރު އިއުލާންކޮށްފި

1 މާރިޗު 2020 | އާދީއްތަ 03:30

މަރުވި މީހާއަކީ އުމުރުން 50 އަހަރުތައް ގުނަމުންދާ ފިރިހެނެއް

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 1 މާރިޗު 2020 | އާދީއްތަ 03:30
ޓްރަމްޕް ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން

ޓްރަމްޕް ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން

ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޮރޯނާވައިރަސް ޖެހިގެން އެމެރިކާގައި ފުރަތަމަ މީހާ މަރުވުމާއެކު ވޮޝިންގޓަންގައި ކުއްލި ޙާލަތުގެ ޢަމަރު އިޢުލާންކޮށްފި އެވެ.

އެމެރިކާގެ އޮފިޝަލުން ބުނާގޮތުގައި މަރުވި މީހާއަކީ އުމުރުން 50 އަހަރުތައް ގުނަމުންދާ ފިރިހެނެކެވެ. އަދި އެމީހާއަކީ ޞިއްޙީ ގޮތުން އެކި މައްސަލަތައް ދިމާވެފައިވާ މީހެއްކަމަށް އެމެރިކާއިން ބުނެއެވެ. މި މީހާ މަރުވެފައިވަނީ ވޮޝިންގޓަންގެ ހުޅަނގު އުތުރު ސްޓޭޓެއް ކަމަށްވާ ކިންގ ކައުންޓީނެވެ. މި މީހާއަކީ މިވައިރަސް ފެތުރެމުންދާ އެއްވެސް ޤައުމަކަށް އަދި އެފަދަ ހިސާބަކަށްވެސް ދަތުރުކޮށްފައި ނުވާ މީހެއްކަމަށް އެމެރިކާގެ ލޯކަލް ހެލްތު އޮފިޝަލުން ބުނެއެވެ.

މި މީހާ މަރުވުމާއެކު އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވާފަ އެވެ. އަދި އިތުރު މީހުންނަށް މި ވައިރަސް ޖެހުމުގެ ފުރުޞަތު ބޮޑުކަމަށް ޓްރަމްޕް ވަނީ ވިދާޅުވެފަ އެވެ. މީގެއިތުރުން ނޫސްވެރިންގެ ބައްދަލުވުމުގައި ވައިރަސް ޖެހިގެން މަރުވެފައިވަނީ އަންހެނެއްކަމަށް ޓްރަމްޕް ވިދާޅުވުމުން ފަހުން އެމެރިކާގެ ހެލްތު އޮފިޝަލުން ބުނެފައިވަނީ މަރުވެފައިވަނީ ފިރިހެނެއް ކަމަށެވެ.

މި މީހާ މަރުވުމާއެކު ވޮޝިންގޓަންގެ ގަވަރުނަރ ޖޭ އިންސްލީ ވަނީ ވޮޝިންގޓަން އިން އިތުރު މީހުންނަށް މިވައިރަސް ޖެހިދާނެތީ ކުއްލި ޙާލަތުގެ އަމުރު އިޢުލާންކޮށްފަ އެވެ. ކުއްލި ޙާލަތުގެ އަމުރު އިޢުލާން ކޮށްފައި މިވަނީ އެމެރިކާގެ ކެލިފޯނިއާ، އޮރެގަން އަދި ވޮޝިންގޓަންގެ އޮފިޝަލުން މިވައިރަސް ފެތުރިފައިވާ ތަންތަނަށް ނުދާ މީހުންގެ ފުށުން ވައިރަސް ފެންނަމުންދާތީ އެކަމުގެ ކަންބޮޑުވުން ފާޅުކޮށްފައި ވަނިކޮށެވެ.

ހޮނިހިރު ދުވަހު ވޮޝިންގޓަންގެ އޮފިޝަލުން ބުނެފައިވަނީ ލޯކަލް ނަރސިންގ ހޯމް އަކުން ކޮރޯނާވައިރަސް ފެތުރެމުގެ ފުރުޞަތު އޮތްކަމަށް ފެންނާތީ އެކަން ބަލަމުންދާކަމަށެވެ. މީގެއިތުރުން އެމެރިކާއިން ވަނީ އިތުރު ޤައުމުތަކައް، އެޤައުމުގެ ރައްޔިތުން ދަތުރުކުރުން މަނާކޮށްފަ އެވެ. އޮފިޝަލުން ބުނާގޮތުން އިރާނާއި އިޓަލީ އަދި ސައުތު ކޮރެއާއަށް އެމެރިކާގެ ރައްޔިތުން ދަތުރުކުރުމަކީ މަނާކަމެކެވެ. މިހާތަނަށް އާއިރު ދުނިޔޭގެ 57 ޤައުމަކުން 85،000 މީހުންނަށްވުރެ ގިނަ މީހުންނަށް މިވައިރަސް ވަނީ ޖެހިފައެވެ.

މިހާތަނަށް އެމެރިކާއިން މިވައިރަސް 62 މީހުންނަށް ޖެހިފައިވެ އެވެ. އަދި އެކަކު އެމެރިކާގައި މަރުވެފައިވާއިރު، މީގެކުރިން ވުހާންއިންވެސް ވަނީ އެމެރިކާ މީހަކު މި ވައިރަސް ޖެހިގެން މަރުވެފައެވެ.

އެމެރިކާގެ ރައީސް ޓްރަމްޕް ވިދާޅުވެފައިވަނީ އެ ޤައުމު ވަނީ މިވައިރަސް އަށް ތައްޔާރުވެފައި ކަމަށެވެ. އަދި ވައިރަސް ޖެހިގެން މީހަކު މަރުވެފައި ވީނަމަވެސް އަދި އެ ޤައުމުގެ ރައްޔިތުން ހާސްވެ ކަންބޮޑުނުވުމަށް ޓްރަމްޕްވަނީ އެދިވަޑައިގަންނަވާފަ އެވެ.

އެންމެ ހިނގާ

1

ދުނިޔޭގެ ދެވަނަ އަށް އެންމެ އަޑުފަށްގަނޑު ގަދަ ގައުމަކަށް ދިވެހިރާއްޖެ ހޮވިއްޖެ

2

އީރާންގެ އިޤްތިސާދަށް ނުރައްކާ ކުރިމަތިވެއްޖެ، އެކަމާ ސަރުކާރުން ލަދުގަނޭ: އީރާންގެ ރައީސް ޕެޒެޝްކިއާން

3

ދުނިޔޭގެ ބޮކްސިން ޗެމްޕިއަންކަން ދެ ފަހަރު ހޯދާފައިވާ ޓެޓޭ ގަޔަށް ބަޑިޖަހާ މަރާލައިފި

4

ގަތަރުގައި ހައްޔަރުކޮށްފައި ތިބި އީރާނުގެ ޕައިލެޓުންގެ ސިއްހީ ހާލަތު ވަރަށް ބޮޑަށް ގޯސްވަމުންދާ ކަމަށާއި މިހާރުން މިހާރަށް އެމީހުން ހަވާލުކުރުމަށް އީރާނުން އިންޒާރުދީފި

5

ގެސްޓްހައުސެއްގެ ތެރޭގަައި ދިވެހި ފިރިހެނަކު މަރުވެފައި އޮއްވައި ފެނިއްޖެ

އިތުރަށް ކިޔާލަން

11 މާރިޗު 2017

ވައިޓްހައުސްގެ ގޯތިތެރެއަށް ހުކުރު ދުވަހު ވަން މީހަކު ހައްޔަރުކޮށްފި

11 މާރިޗު 2017
ވައިޓްހައުސްގެ ގޯތިތެރެއަށް ހުކުރު ދުވަހު ވަން މީހަކު ހައްޔަރުކޮށްފި
18 ފެބުރުއަރީ 2017

ހިޓްލަރު ގެންގުޅު ފޯނެއް އެމެރިކާގައި ނީލަން ކިޔަނީ

18 ފެބުރުއަރީ 2017
ހިޓްލަރު ގެންގުޅު ފޯނެއް އެމެރިކާގައި ނީލަން ކިޔަނީ
13 ފެބުރުއަރީ 2017

ގެމްބިއާގެ ރައީސް އަޑަމާ ބަރޯ ނަމާދަށް ވަޑައިގެންނެވި މިސްކިތުގައި ފިސްތޯލައެއް ހިފައިގެންހުރި ސިފައިންގެ މީހަކު ހައްޔަރު ކޮށްފި

13 ފެބުރުއަރީ 2017
ގެމްބިއާގެ ރައީސް އަޑަމާ ބަރޯ ނަމާދަށް ވަޑައިގެންނެވި މިސްކިތުގައި ފިސްތޯލައެއް ހިފައިގެންހުރި ސިފައިންގެ މީހަކު ހައްޔަރު ކޮށްފި
10 ފެބުރުއަރީ 2017

ފަލަސްތީނު މީހަކު ބަޑިޖެހުމުގެ ސަބަބުން އިޒްރޭލުގެ ހަމީހުން ޒަޚަމްވެއްޖެ

10 ފެބުރުއަރީ 2017
ފަލަސްތީނު މީހަކު ބަޑިޖެހުމުގެ ސަބަބުން އިޒްރޭލުގެ ހަމީހުން ޒަޚަމްވެއްޖެ
02 ފެބުރުއަރީ 2017

އެމެރިކާގެ ވިސާ އޮތް މީހަކު ޓްރަމްޕާ ދެކޮޅަށް ދައުވާ އުފުލައިފި

02 ފެބުރުއަރީ 2017
އެމެރިކާގެ ވިސާ އޮތް މީހަކު ޓްރަމްޕާ ދެކޮޅަށް ދައުވާ އުފުލައިފި
23 ޖެނުއަރީ 2017

އިންޑިއާގައި ރޭލު އެކްސިޑެންޓެއްގައި 26 މީހަކު މަރުވެއްޖެ

23 ޖެނުއަރީ 2017
އިންޑިއާގައި ރޭލު އެކްސިޑެންޓެއްގައި 26 މީހަކު މަރުވެއްޖެ
14 ޖެނުއަރީ 2017

ކިއުބާގެ ރައްޔިތުންނަށް ވިސާއާ ނުލައި އެމެރިކާގައި ތިބެވޭ ތިބުން ނިމުމަކަށް

14 ޖެނުއަރީ 2017
ކިއުބާގެ ރައްޔިތުންނަށް ވިސާއާ ނުލައި އެމެރިކާގައި ތިބެވޭ ތިބުން ނިމުމަކަށް
14 ޖެނުއަރީ 2017

އެލްސަލްވަޑޯގައި މީހަކު ނުމަރާ 24 ގަޑިއިރު

14 ޖެނުއަރީ 2017
އެލްސަލްވަޑޯގައި މީހަކު ނުމަރާ 24 ގަޑިއިރު
07 ޖެނުއަރީ 2017

އެމެރިކާގައި ތިބި ރަޝިއާގެ ޑިޕްލޮމޭޓުން ފުރައިފި

07 ޖެނުއަރީ 2017
އެމެރިކާގައި ތިބި ރަޝިއާގެ ޑިޕްލޮމޭޓުން ފުރައިފި
04 ޖެނުއަރީ 2017

އިންޑިއާ ކޯލް މައިނެއް ވެއްޓި 13 މީހަކު މަރުވެ އިތުރު ބަޔަކު ހޯދަނީ!

04 ޖެނުއަރީ 2017
އިންޑިއާ ކޯލް މައިނެއް ވެއްޓި 13 މީހަކު މަރުވެ އިތުރު ބަޔަކު ހޯދަނީ!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް