Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއިނގިރޭސި ޕްރިމިއާ ލީގު

ފުލުގައި އޮތް ނޯވިޗުން ލެސްޓާ ބަލިކޮށްފި

29 ފެބުރުއަރީ 2020 | ހޮނިހިރު 05:33

ނޯވިޗް އަތުން ލެސްޓާ ބަލިވީ 1-0 އިން

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް | 29 ފެބުރުއަރީ 2020 | ހޮނިހިރު 05:33
ނޯވިޗާއި ލެސްޓަރ ބައްދަލުކުރި މެޗުގެ ތެރެއިން

ނޯވިޗާއި ލެސްޓަރ ބައްދަލުކުރި މެޗުގެ ތެރެއިން

އިނގިރޭސި ޕްރިމިއަރ ލީގުގެ ތާވަލުގެ ފުލުގައި އޮތް ނޯވިޗް ސިޓީން ތިންވަނައިގައި އޮތް ލެސްޓާ ސިޓީ ބަލިކޮށްފިއެވެ.

ހުކުރު ދުވަހުގެރޭ ކުޅުނު މެޗުން ލެސްޓަރގެ މައްޗަށް ނޯވިޗް ކުރިހޯދީ 1-0 އިންނެވެ.

ރޭގެ މޮޅާއެކު ފުލުގައި އޮތް ނޯވިޗް ވަނީ 28 މެޗުން 21 ޕޮއިންޓު ހަމަކޮށްފައެވެ. މި މެޗުން ބަލިވި ލެސްޓަރ ތާވަލުގެ ތިންވަނައިގައި އޮތީ ކުޅުނު 28 މެޗުން 50 ޕޮއިންޓާއެކު އެވެ. ދެވަނައިގައި އޮތް ސިޓީއަށް 27 މެޗުން ވަނީ 57 ޕޮއިންޓު ލިބިފައެވެ.

ނޯވިޗްގެ ދަނޑުގައި ކުޅުނު މި މެޗުގައި ދެ ޓީމުގެ ފަރާތުންވެސް ފެނިގެންދިޔައީ ހަމަހަމަ ކުޅުމެކެވެ. މެޗުގެ ދެވަނަ ހާފު ފަށައިގެން ހަތަރުވަނަ މިނެޓުގައި ލެސްޓަރގެ ފޯވަރޑް ކެލެޗީ އިހެނާޗޯ ލަނޑެއް ކާމިޔާބުކުރި ނަމަވެސް، އޭގެ ކުރިން އޭނާގެ އަތުގައި ބޯޅަ ޖެހުމުން ވީއޭއާރް އިން ވަނީ އެ ލަނޑު ބާތިލުކޮށްފައެވެ.

މި މެޗުގައި ނޯވިޗުން ލީޑު ނެގީ މެޗުގެ 70 ވަނަ މިނެޓުގައެވެ. މެކްސް އާރޮންސް ތަނަވަސްކޮށްދިން ފުރުސަތެއްގައި މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ޒުވާން ޑިފެންޑަރ ޖަމާލް ލެވިސް އެވެ. މިއީ އުމުރުން 22 އަހަރުގެ ޖަމާލް، އޭނާގެ ކެރިއަރުގައި ކާމިޔާބުކުރި ދެވަނަ ލަނޑެވެ.

ލީގުގައި ހުކުރު ދުވަހުގެރޭ ކުޅުނު މެޗުން ލެސްޓަަރ އަތުން ނޯވިޗް މޮޅުވިއިރު، ލީގުގައި ދެން އެޓީމުން މެޗެއް ކުޅޭނީ އަންނަ މަހުގެ ހަތްވަނަ ދުވަހު އެވެ. އެ ދުވަހު ނޯވިޗް ނުކުންނާނީ ޝެފީލްޑް ޔުނައިޓެޑާ ދެކޮޅަށެވެ. އަދި ލީގުގައި ލެސްޓަރ ސިޓީން ދެން މެޗެއް ކުޅޭނީ އަންނަ މަހުގެ 10 ވަނަ ދުވަހު އެވެ. އެ ދުވަހު ލެސްޓަރ ނުކުންނާނީ އެސްޓަން ވިލާއާ ދެކޮޅަށެވެ.

އެންމެ ހިނގާ

1

ޑޮލަރުގެ އަގު ދަށަކަށް ނުދާނެ، އެއީ ސަރުކާރަށް ވެސް ކުރެވޭނެ ކަމެއް ނޫން: އުއްޗު

2

އީރާނުގެ ހަމަލާތަކުން ލިބޭ ގެއްލުންތައް އާންމުވާތީ އެމެރިކާގެ އަސްކަރިއްޔާއިން ކަންބޮޑުވެއްޖެ، މަންޒަރުތައް ރެކޯޑް ނުކުރަން އިންޒާރުދީ، ފޯނުތައް އަތުލަނީ

3

ސައުދީ އަރަބިއްޔާ ތޫފާނެއްގެ މެދުގައި، ތިން ދިމާލަކުން ދެކޮޅުވެރިން ވަށާލައިފި

4

ފޭކް ބުކިންގ ހަދައިގެން ކެންސަލްކުރުމަށްފަހު، ރިފަންޑު ހޯދުމަށް ހިންގާ ސްކޭމްތައް އިތުރުވަނީ!

5

މިނިވަންދުވަހުގެ ކުޅަދާނަ ސްޕީޗާއެކު "ނމކޢވ" ގެ ލަގަބު

އިތުރަށް ކިޔާލަން

16 މާރިޗު 2017

ރާއްޖެއަށް އޮތް ޗެލެންޖަކީ މިއަށް ވުރެން ވަރުގަދަ ތައްޓެއް ހޯދުން: ނިޒާމްބެ

16 މާރިޗު 2017
ރާއްޖެއަށް އޮތް ޗެލެންޖަކީ މިއަށް ވުރެން ވަރުގަދަ ތައްޓެއް ހޯދުން: ނިޒާމްބެ
15 މާރިޗު 2017

ޗެމްޕިއަންސް ލީގު: ސެވިއްޔާ ސިއްސުވާލުމަށް ފަހު ލެސްޓާ ކުއާޓާ އަށް

15 މާރިޗު 2017
ޗެމްޕިއަންސް ލީގު: ސެވިއްޔާ ސިއްސުވާލުމަށް ފަހު ލެސްޓާ ކުއާޓާ އަށް
14 މާރިޗު 2017

ލެސްޓާގެ ކޯޗަކަށް ޝޭކްސްޕިއާ

14 މާރިޗު 2017
ލެސްޓާގެ ކޯޗަކަށް ޝޭކްސްޕިއާ
09 މާރިޗު 2017

ޓީސީ އޮތް ފޯމާ ދޭތެރޭ ބެލުން މުހިންމެއް ނޫން: ފެސްކޯ

09 މާރިޗު 2017
ޓީސީ އޮތް ފޯމާ ދޭތެރޭ ބެލުން މުހިންމެއް ނޫން: ފެސްކޯ
13 ފެބުރުއަރީ 2017

ޓީރެކްސް އިން ކިންގްސް ބީސީ ބަލިކޮށްފި

13 ފެބުރުއަރީ 2017
ޓީރެކްސް އިން ކިންގްސް ބީސީ ބަލިކޮށްފި
08 ފެބުރުއަރީ 2017

ކްލަބް ފްރެންޑްލީ: މާޒިޔާ އިން ފަސޭހަކަމާއެކު ގްރީން ސްޓްރީޓް ބަލިކޮށްފި

08 ފެބުރުއަރީ 2017
ކްލަބް ފްރެންޑްލީ: މާޒިޔާ އިން ފަސޭހަކަމާއެކު ގްރީން ސްޓްރީޓް ބަލިކޮށްފި
31 ޖެނުއަރީ 2017

ކުރިއަށް އޮތް ދެ މެޗުން ޗެލްސީ މޮޅުވެއްޖެ ނަމަ އަތުލަން އުނދަގޫވާނެ: ޕޮޗީޓޯ

31 ޖެނުއަރީ 2017
ކުރިއަށް އޮތް ދެ މެޗުން ޗެލްސީ މޮޅުވެއްޖެ ނަމަ އަތުލަން އުނދަގޫވާނެ: ޕޮޗީޓޯ
25 ޖެނުއަރީ 2017

ލެސްޓާ ދޫކޮށްލުމަށްފަހު ހެނާންޑޭޒް މަލާގާއާ ގުޅިއްޖެ

25 ޖެނުއަރީ 2017
ލެސްޓާ ދޫކޮށްލުމަށްފަހު ހެނާންޑޭޒް މަލާގާއާ ގުޅިއްޖެ
10 ޖެނުއަރީ 2017

ކުރިއަށް އޮތް ސީޒަނަށް ނިޔާ ވެސް ވިކްޓްރީއާ ގުޅިއްޖެ

10 ޖެނުއަރީ 2017
ކުރިއަށް އޮތް ސީޒަނަށް ނިޔާ ވެސް ވިކްޓްރީއާ ގުޅިއްޖެ
07 ޖެނުއަރީ 2017

ރާއްޖޭ ފުޓުބޯޅަ އެނގޭ، ކާމިޔާބުކުރެން އޮތް އެއްޗެއް ކުރާނަން: ސެކުލޮސްކީ

07 ޖެނުއަރީ 2017
ރާއްޖޭ ފުޓުބޯޅަ އެނގޭ، ކާމިޔާބުކުރެން އޮތް އެއްޗެއް ކުރާނަން: ސެކުލޮސްކީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް