Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެކައުންސިލް އިންތިހާބު

ޖުމްހޫރީ ޕާޓީއަކީ ވިޔަފާރި ކުންފުންޏެއް ކަހަލަ ޕާޓީއެއް، ހަރުދަނާ ސިޔާސަތެއް "އެބޭފުޅުން" ނުގެންގުޅޭނެ: ވައްޑެ

28 ފެބުރުއަރީ 2020 | ހުކުރު 07:33

ޕްރައިމަރީއެއް ބޭއްވި ހަމައެކަނި ޕާޓީއަކީ އެމްޑީޕީ

ދާނިޝް ނިޡާމް
ދާނިޝް ނިޡާމް | 28 ފެބުރުއަރީ 2020 | ހުކުރު 07:33
ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ މެމްބަރު މުޙައްމަދު ވަޙީދު

ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ މެމްބަރު މުޙައްމަދު ވަޙީދު

ޖުމްހޫރީ ޕާޓީއަކީ ވިޔަފާރި ކުންފުންޏެއްކަހަލަ ޕާޓީއެއް، އެމްޑީޕީ ގެންގުޅޭ ފަދަ ހަރުދަނާ ސިޔާސަތެއް "އެބޭފުޅުން" ނުގެންގުޅޭކަމަށް ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ މެމްބަރު މުޙައްމަދު ވަޙީދު ވިދާޅުވެއްޖެއެވެ.

ރާއްޖެޓީވީގެ ފަލަސުރުހީ ޕްރޮގްރާމުގައި ވާހަކަދައްކަވަމުން ވަހީދު ވިދާޅުވީ އަންނަ އޭޕްރީލް މަހުގެ 4 ވަނަ ދުވަހު ބާއްވާ ލޯކަލް ކައުންސިލް އިންތިހާބުގައި ރައްޔިތުންނަށް އުންމީދީ ސިޔާސަތަކާއިގެން ނިކުތް ހަމައެކަނި ޕާޓީއަކީ އެމްޑީޕީކަމަށާއި ދެން ހުރި ޕާޓީތަކުން "ޕްރައިމަރީގަނޑެއް" ނުބާއްވާކަމަށެވެ. މިސާލެއް ނަންގަވަމުން ވަހީދު ވިދާޅުވީ، ޖުމްހޫރީ ޕާޓީގެ ފަރާތުން ވަރަށް ފޯރިގަދަ ޕްރައިމަރީއެއް ބާއްވާ ވާހަކަ ނޫސްތަކުގެ ފަލަސުރުހީތަކުން ފެނުމުން ހަގީގަތް ބަލާލިއިރު، ވޯޓް ފޮށި ބަހައްޓާފައިވަނީ އެންމެ ދެ ރަށުގައިކަމަށެވެ. ވަހީދު ވިދާޅުވީ ކޯލިޝަންގެ ތެރޭގައި ހިމެނޭ ޖުމްހޫރީ ޕާޓީއަކީ ރާއްޖޭގައި ހިމެނޭ އެންމެ މުއްސަނދި އެއް ބޭފުޅާ އުފައްދަވައިގެން އުޅޭ ވިޔަފާރި ކުންފުންޏެއް ކަހަލަ ޕާޓީއެއްކަމަށާއި އެމްޑީޕީން ގެންގުޅޭ ފަދަ ހަރުދަނާ ސިޔާސަތުތަކެއް އެބޭފުޅުން ނޯންނާނެކަމަށެވެ.

Advertisement - newsAdvertisement

އިތުރަށް ވާހަކަދައްކަވަމުން މެމްބަރު ވަހީދު ވިދާޅުވީ، އެބޭފުޅާ ނިސްބަތްވާ ރ އަތޮޅުގެ އެތައް ރަށެއްގެ ޕީޕީއެމް ކެންޑިޑޭޓުން ޕޯސްޓަރުގައި ލިޔާނެ ޝިއާރެއް ހޯދުމަށް ގުޅާކަމަށެވެ. ވަހީދު ވިދާޅުވީ އެ ޕާޓީތަކުގައި ލާމަރުކަޒީ ނިޒާމުން ރާއްޖޭ ހިންގައި ރަށްތަކެއް ގެންނާނެ ތަރައްގީގެ ވިސްނުމެއް އަދި ވިއްކާނެ ސިޔާސަތެއްވެސް ނެތްކަމަށެވެ. ވަހީދު ވަނީ ކައުންސިލް އިންތިހާބަށް އެހެން ޕާޓިތަކުން ނިކުންނަނީ ރަށެއް ތަރައްގީ ކުރާނެ އެއްވެސް އިލްމެއް ހިލްމެއް ސިޔާސަތެއް ހުރެގެނެއްނޫންކަމަށް ވިދާޅުވެ އިދިކޮޅުފަރާތްތަކަށާއި އެހެން ޕާޓީތަކަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. ވަހީދު ވިދާޅުވީ، އެއާއި ހިލާފަށް އެމްޑީޕީން ނިކުންނަނީ ލިޔެ ބަޔާންކުރެވިފައިވާ ސިޔާސަތުތަކާއި އެކުގައިކަމަށެވެ.

ކައުންސިލްތަކަށް މާލީ ބާރުވެރިކަންދީ ލާމަރުކަޒުކުރުމަކީ އެމްޑީޕީން ރައްޔިތުންނަށް ރިޔާސީ އިންތިހާބުގައި ވި ވައުދެއްކަމަށާއި ގާނޫނަށް ބޮޑެތި އިސްލާހުތަކެއް ގެނެސް ބޭއްވޭ ފުރަތަމަ އިންތިހާބުގައި ރައްޔިތުންނާއި ގާތުން ރައްޔިތުންގެ ކަންބޮޑުވުންތަކަށް ހައްލު ހޯދައިދޭނެ މެމްބަރުން ހޮވަންޖެހޭކަމަށެވެ ވަހީދު ވިދާޅުވިއެވެ. އަދި އެފަދަ ފިކުރެއް ގެންގުޅޭ ހަމައެކަނި ޕާޓީއަކީ އެމްޑީޕީކަމަށާއި ކައުންސިލް އިންތިހާބުން އެމްޑީޕީއަށް ވޯޓުދޭންޖެހެނީ އެ ސަބަބާއި ހުރެކަމަށް މެމްބަރު ވަހީދު ވަނީ ތަކުރާރުކޮށް ފާހަގަކުރައްވާފައެވެ.

އެންމެ ހިނގާ

1

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

2

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

3

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

4

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

5

ލިންކަން މަނަވަރުގައި އެމެރިކާ ސިފައިން ކަނޑަށް ފުންމާލައިގެން އަމިއްލަ އަށް މަރުވާން އުޅުނު ރިޕޯޓުތަކާ އެކު އިތުރު ކަންބޮޑުވުން އުފެދިއްޖެ

އިތުރަށް ކިޔާލަން

13 މާރިޗު 2017

ޖުމްހޫރީ ޕާޓީގެ ދިދަ ބަދަލުކުރަން އަންގައިފި

13 މާރިޗު 2017
ޖުމްހޫރީ ޕާޓީގެ ދިދަ ބަދަލުކުރަން އަންގައިފި
11 މާރިޗު 2017

ސައުދީ ރަސްގެފާނަށް ޖުމްހޫރީ މައިދާން ޒީނަތްތެރި ކުރަނީ

11 މާރިޗު 2017
ސައުދީ ރަސްގެފާނަށް ޖުމްހޫރީ މައިދާން ޒީނަތްތެރި ކުރަނީ
02 މާރިޗު 2017

ޖީއެސްޓީ ދެއްކުމަށް ދެ ކުންފުންޏެއްގެ މައްޗަށް ހުކުމް ކޮށްފި

02 މާރިޗު 2017
ޖީއެސްޓީ ދެއްކުމަށް ދެ ކުންފުންޏެއްގެ މައްޗަށް ހުކުމް ކޮށްފި
14 ފެބުރުއަރީ 2017

ދައުލަތުގެ ތިޖޫރީ ޖުމްހޫރީ މައިދާނުގައި މީހުންނަށް ފެންނަ ގޮތަށް ބެހެއްޓުމަށް ގޮވާލަން: އަރީފް

14 ފެބުރުއަރީ 2017
ދައުލަތުގެ ތިޖޫރީ ޖުމްހޫރީ މައިދާނުގައި މީހުންނަށް ފެންނަ ގޮތަށް ބެހެއްޓުމަށް ގޮވާލަން: އަރީފް
12 ފެބުރުއަރީ 2017

ޕެންޝަން ނުދައްކައިގެން ހަތަރު ލައްކަ ރުފިޔާއިން ކުންފުންޏެއް ޖޫރިމަނާކޮށްފި

12 ފެބުރުއަރީ 2017
ޕެންޝަން ނުދައްކައިގެން ހަތަރު ލައްކަ ރުފިޔާއިން ކުންފުންޏެއް ޖޫރިމަނާކޮށްފި
09 ފެބުރުއަރީ 2017

ބޮޑު ވައްކަމަށް ފަހު، ޓޫރިޒަމް އިޝްތިހާރުކުރަން އާ ކުންފުންޏެއް އުފައްދައިފި

09 ފެބުރުއަރީ 2017
ބޮޑު ވައްކަމަށް ފަހު، ޓޫރިޒަމް އިޝްތިހާރުކުރަން އާ ކުންފުންޏެއް އުފައްދައިފި
07 ފެބުރުއަރީ 2017

ވިޔަފާރިކުރުމަށް އެންމެ ފަސޭހަ 50 ގައުމުގެ ލިސްޓުގައި ރާއްޖެ ހިމެނުމުގެ މަސައްކަތް ކުރަނީ

07 ފެބުރުއަރީ 2017
ވިޔަފާރިކުރުމަށް އެންމެ ފަސޭހަ 50 ގައުމުގެ ލިސްޓުގައި ރާއްޖެ ހިމެނުމުގެ މަސައްކަތް ކުރަނީ
17 ޖެނުއަރީ 2017

މާލޭގެ ގޭބީސީތަކުންނާއި ވިޔަފާރި ކުރާ ތަންތަނުގެ ކުނި އުކާލަދޭ އަގުތައް ވެމްކޯއިން ކަނޑައަޅައިފި

17 ޖެނުއަރީ 2017
މާލޭގެ ގޭބީސީތަކުންނާއި ވިޔަފާރި ކުރާ ތަންތަނުގެ ކުނި އުކާލަދޭ އަގުތައް ވެމްކޯއިން ކަނޑައަޅައިފި
14 ޖެނުއަރީ 2017

2023ގައި ވެރިކަމަށް ވަޑައިގަންނަވާ ބޭފުޅުންނަށް މެޑަން ފާތުން ކަހަލަ އަނބިކަނބަލެއް ބޭނުންވާނެ: ނިހާނު

14 ޖެނުއަރީ 2017
2023ގައި ވެރިކަމަށް ވަޑައިގަންނަވާ ބޭފުޅުންނަށް މެޑަން ފާތުން ކަހަލަ އަނބިކަނބަލެއް ބޭނުންވާނެ: ނިހާނު
07 ޖެނުއަރީ 2017

މުއީޒް އެ ހައްދަވަނީ ބުހުތާން ދޮގު، އެދައްކަވަނީ ކުޑަކުދިން ދައްކާ ކަހަލަ ވާހަކަ: އަސްލަމް

07 ޖެނުއަރީ 2017
މުއީޒް އެ ހައްދަވަނީ ބުހުތާން ދޮގު، އެދައްކަވަނީ ކުޑަކުދިން ދައްކާ ކަހަލަ ވާހަކަ: އަސްލަމް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް