Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ްކޮވިޑް 19

އަންނަ ހަފްތާގައި ޓްރެވަލް ކްލިނިކެއް ހުޅުވޭނެ

ކޮވިޑް 19 އާ ގުޅިގެން ކަންބޮޑުވާ ކަމެއް ދިމާވެއްޖެ ނަމަ 1676 އަށް ގުޅުމަށް އިލްތިމާސް ކުރި

އުމްނާ އިސްމާއިލް
އުމްނާ އިސްމާއިލް, ރާއްޖެ އެމްވީ | 28 ފެބުރުއަރީ 2020 | ހުކުރު 02:33
ކޮވިޑް-19 އާ ގުޅިގެން ބޭއްވި ޕެނަލް ޑިސްކަޝަން

ކޮވިޑް-19 އާ ގުޅިގެން ބޭއްވި ޕެނަލް ޑިސްކަޝަން

ކޮރޯނާ ވައިރަސް ބޮޑަށް ފެތުރެމުންދާ ޤައުމުތަކުން އަންނަ މީހުން ޑޮކްޓަރަށް ދެއްކުމަށް އަންނަ ހަފްތާގައި ޓްރެވަލް ކްލިނިކެއް ހުޅުވިގެންދާނެ ކަމަށް ކޮވިޑް-19 އާ ގުޅިގެން ބޭއްވި ޕެނަލް ޑިސްކަޝަންގައި ހާމަކޮށްފިއެވެ.

މި ޕެނަލް ޑިސްކަޝަންގައި ވާހަކަދައްކަވަމުން ޑރ ނަޒްލާ ވިދާޅުވީ އަންނަ ހަފްތާގައި ޓްރެވަލް ކްލިނިކެއް ހުޅުވިގެންދާނެ ކަމަށެވެ. އަދި އެ ވައިރަސް ބޮޑަށް ފެތުރެމުންދާ ޤައުމުތަކުން އަންނަ މީހުން ޓްރެވަލް ކްލިިނިކަށް ގޮސް ދައްކައިގެން ކުރިއަށްދެވޭނެ ކަމަށެވެ. އެގޮތުން އެފަދަ ގައުމުތަކުން އަންނަ ފަރާތަކުން ޖެހޭނީ ވަކި ހޮޓްލައިން ނަމްބަރަކަށް ގުޅުމަށް ކަމަށް ޑރ ނަޒްލާ ވިދާޅުވިއެެވެ.

Advertisement - newsAdvertisement

ޕެނަލް ޑިސްކަޝަންގައި އިތުރަށް ޑޮކްޓަރުން ހާމަކުރެއްވި މައުލޫމާތުތަކަށް ބަލާއިރު ހުރިހާ ބައިނަލްއަޤުވާމީ ބަނދަރުތަކުގައި ސްކްރީން ކުރުމުގެ އިންތިޒާމް ހަމަޖެހިފައިވާނެ ކަމަށް ވިދާޅުވެފައިވެއެވެ. އަދި މިހާތަނަށް އެއްލައްކަ އަށާވީސްހާސް ހަސަތޭކަ ފަންސާސް ހަތް މީހަކު ސްކްރީން ކުރެވިފައިވާ ކަމަށާއި ނުރައްކާ ބޮޑު ޤައުމުތަކުން މީހުން އައުމުގެ އިތުުރުން އެ ޤައުމުތަކުން ދަތުރުކުރާ ފްލައިޓްތައް އައުން ވަނީ ހުއްޓުވިފައި ވެސް ޕެނަލް ޑިސްކަޝަންގައި ވަނީ ފާހަގަކުރައްވާފައެވެ.

އެގޮތުން ރާއްޖެއައުން އެންމެ ފުރަތަމަ ހުއްޓާލާފައިވަނީ ޗައިނާއިން އަންނަ ނުވަތަ ޗައިނާގައި ޓްރާންސިޓް ކޮށްފައި އަންނަ ފްލައިޓްކަން ފާހަގަކުރައްވާ ވިދާޅުވީ މިހާރު ޗައިނާގެ އިތުރުން، އިރާނުން އަންނަ ކްރޫޒް ލައިނަރތަކާއި، ސައުތް ކޮރެއާގެ ޑޭގޫ، ޖިއޮންބޮކް، ބޫސާން، ސޯލް، ޖިއޮންގީ އަދި ޖިއޮންގނަމް އިން ޓްރެވަލް ރެސްޓްރިކްޝަންތަކެއް (ދިވެހިން ނޫން މީހުންނަށް) ވަނީ ނެރެފައި ކަމަށެވެ. ނަމަވެސް އިރާނާއި ސައުތް ކޮރެއާއިން ރާއްޖެ އަންނަ ދިވެހިން ވެސް 14 ދުވަހުގެ ކަރަންޓީން މުއްދަތު ފުރިހަމަ ކުރަންޖެހޭނެ ކަމަށް ވެސް ޕެނަލް ޑިސްކަޝަންގައި ވިދާޅުވިއެވެ.

ކޮވިޑް 19 އާ ގުޅިގެން ކަންބޮޑުވާ ކަމެއް ދިމާވެއްޖެ ނަމަ 1676 އަށް ގުޅުއްވުމަށް ޑޮކްޓަރުން ވަނީ އިލްތިމާސްކުރައްވާފައެވެ. އެގޮތުން އެ ނަންބަރަށް ހިލޭ ގުޅައިގެން މައުލޫމާތު ސާފު ކުރެވޭނެ ކަމަށާއި އެ ނަމްބަރަށް ގުޅާ ކޮންމެ މީހެއްގެ މައުލުމާތު ވަކިން ނޯޓުކޮށް، ބެލިގެންދާނެ ކަމަށެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ކުނި އުފުލަން ހާއްސަ އުޅަނދުތަކެއް، އަންނަ ހަފުތާގައި އިތުރު ސަރަހައްދުތަކުން ކުނި އުކާލެވޭނެ: ވެމްކޯ

ކުނި އުފުލަން ހާއްސަ އުޅަނދުތަކެއް، އަންނަ ހަފުތާގައި އިތުރު ސަރަހައްދުތަކުން ކުނި އުކާލެވޭނެ: ވެމްކޯ

14 ފެބުރުއަރީ 2017
ތެލަސީމިއާ ކުދިން ބޭނުން ކުރާ އަސުންރާ ބޭސް ފުވައްމުލަކުން ހުސްވެފައި، އަންނަ ހަފްތާގައި އެކަން ހައްލުވާނެ: އެސްޓީއޯ

ތެލަސީމިއާ ކުދިން ބޭނުން ކުރާ އަސުންރާ ބޭސް ފުވައްމުލަކުން ހުސްވެފައި، އަންނަ ހަފްތާގައި އެކަން ހައްލުވާނެ: އެސްޓީއޯ

14 ފެބުރުއަރީ 2017
މަހާނަ ހަދައިގެން ހައްޔަރުކުރި މީހުންނަށް އަންނައުނެއް ނުދޭ: ވަކީލް

މަހާނަ ހަދައިގެން ހައްޔަރުކުރި މީހުންނަށް އަންނައުނެއް ނުދޭ: ވަކީލް

08 ފެބުރުއަރީ 2017
އެމްޑީޕީގެ ޗެއާޕާސަން އިންތިހާބު އަންނަ ހުކުރު ދުވަހު ބާއްވާނީ

އެމްޑީޕީގެ ޗެއާޕާސަން އިންތިހާބު އަންނަ ހުކުރު ދުވަހު ބާއްވާނީ

05 ފެބުރުއަރީ 2017
"ހޭވައްލާ" ގެ ނަމުގައި ޕީޕީއެމްގެ ހާއްސަ ޖަލްސާއެއް އަންނަ މަހު ބާއްވަނީ

"ހޭވައްލާ" ގެ ނަމުގައި ޕީޕީއެމްގެ ހާއްސަ ޖަލްސާއެއް އަންނަ މަހު ބާއްވަނީ

31 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

24 އެޕްރީލު
ރައީސަށް ލަފާދޭ ޒުވާނުންގެ ބޯޑުން މަޝްހޫރު ޓީވީ ޕްރެޒެންޓަރު ހުވައިނާ އިސްތިއުފާ ދީފި
20251 އަހަރު ކުރިން
ރާއްޖެ

ރައީސަށް ލަފާދޭ ޒުވާނުންގެ ބޯޑުން މަޝްހޫރު ޓީވީ ޕްރެޒެންޓަރު ހުވައިނާ އިސްތިއުފާ ދީފި

މެޑިސިން ކިޔަވަމުންދާ 200ށް ވުރެ ގިނަ ދަރިވަރުން ގޮތެއް ނުދައްކާ މަގުމަތިކޮށްލަނީ
20242 އަހަރު ކުރިން
ރިޕޯޓު

މެޑިސިން ކިޔަވަމުންދާ 200ށް ވުރެ ގިނަ ދަރިވަރުން ގޮތެއް ނުދައްކާ މަގުމަތިކޮށްލަނީ

''އިރުއަރަންދެން ދަގަނޑު ހޮޅިއަކުން ތަޅާ އަނިޔާކުރި'' އެކަމަކު ވެސް އެ ކައިވެނީގައި ތިން އަހަރު
20233 އަހަރު ކުރިން
ރިޕޯޓު

''އިރުއަރަންދެން ދަގަނޑު ހޮޅިއަކުން ތަޅާ އަނިޔާކުރި'' އެކަމަކު ވެސް އެ ކައިވެނީގައި ތިން އަހަރު

ރައީސް ޞާލިހުގެ އެދަތުރު: އާއިލާ ބޭފުޅުންގެ ދުލުން
20224 އަހަރު ކުރިން
ރިޕޯޓު

ރައީސް ޞާލިހުގެ އެދަތުރު: އާއިލާ ބޭފުޅުންގެ ދުލުން

އިންތިހާއަށް އާދޭސްކުރިން، އެކަމަކު އަޅާނުލި: ''ދިރިއުޅުން ހަލާކުވެގެންދިޔައީ އެންމެ ހަތަރު ދުވަހުން''
20215 އަހަރު ކުރިން
ރިޕޯޓު

އިންތިހާއަށް އާދޭސްކުރިން، އެކަމަކު އަޅާނުލި: ''ދިރިއުޅުން ހަލާކުވެގެންދިޔައީ އެންމެ ހަތަރު ދުވަހުން''

ލަންކާގެ ބޮމުގެ ހަމަލާތައް: ހަށިގޮއްވާލި ދެބެއިންގެ ބައްޕަ ހައްޔަރަށް
20197 އަހަރު ކުރިން
ދުނިޔެ

ލަންކާގެ ބޮމުގެ ހަމަލާތައް: ހަށިގޮއްވާލި ދެބެއިންގެ ބައްޕަ ހައްޔަރަށް

ސަރުކާރުން އަނބިމީހާ ވަރިކުރުން- ހާލަތުއް ޟަރޫރާ
20188 އަހަރު ކުރިން
ރިޕޯޓު

ސަރުކާރުން އަނބިމީހާ ވަރިކުރުން- ހާލަތުއް ޟަރޫރާ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު