Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެހޮރައިޒަން

ހޮރައިޒަންއިން މަސްދޯނީގައި ބޯފެން ފިލްޓަރ ކުރެވޭނެ ގޮތް ހަދަނީ

25 ފެބުރުއަރީ 2020 | އަންގާރަ 18:28

އުކާލެވޭ ޕްލާސްޓިކް ބޭނުންކުރާ މިންވަރު މަދުކުރެވޭނެ

އަމްނާ އިމާދު
އަމްނާ އިމާދު | 25 ފެބުރުއަރީ 2020 | އަންގާރަ 18:28
މާންދޫގައި ބޭއްވި ރަސްމިއްޔާތުގެ ތެރެއިން

މާންދޫގައި ބޭއްވި ރަސްމިއްޔާތުގެ ތެރެއިން

ހޮރައިޒަން ފިޝަރީޒް އަދި ބްލޫޔޫ ކޮންސަލްޓިންގ ގުޅިގެން ލ. އަތޮޅުގެ މަސްދޯނިފަހަރުގައި ބޯފެން ފިލްޓަރ ކުރެވޭނެ ނިޒާމު ގާއިމު ކުރުމުގެ ޕްރޮޖެކްޓެއް ފަށައިފިއެވެ.

އެއްފަހަރު ބޭނުންކޮށްފައި އުކާލެވޭ ޕްލާސްޓިކް ބޭނުންކުރާ މިންވަރު މަދުކުރުމުގެ މަގުސަދުގައި ކުރިއަށް ގެންދާ މިޕްރޮޖެކްޓް ފަށާފައިވަނީ ހުކުރު ދުވަހު ހަވީރު މާންދޫގައި ބޭއްވި ހަފުލާއެއްގައެވެ.

Advertisement - newsAdvertisement

މިހަފުލާގައި ވާހަކަ ދައްކަވަމުން ބްލޫޔޫގެ ކޮންސަލްޓަންސީގެ ޕްރޮޖެކްޓް މެނޭޖަރު އަބްދުﷲ ޝާކިރު މުހައްމަދު ވިދާޅުވީ، މިޕްރޮޖެކްޓްގެ ދަށުން ފެއަރ ޓްރޭޑް ޕްރޮގުރާމުގައި ބައިވެރިވާ ހުރިހާ ދޯނިފަހަރުގައިވެސް ބޯފެން ފިލްޓަރ ކުރާ ނިޒާމު ގާއިމު ކުރެވިގެންދާނެ ކަމަށާއި، އަމާޒަކީ މަސްދޯނިފަހަރަކީ އެއްފަހަރު ބޭނުންކޮށްފައި އުލާކެވޭ ޕްލާސްޓިކް ބޭނުން ނުކުރާ ދޯނިފަހަރަށް ވެގެންދިޔުން ކަމަށެވެ.

ޝާކިރު ވިދާޅުވީ، ޅ. އަތޮޅުގައި މަސްވެރިކަން ކުރާ އުޅަނދުފަހަރުން އެވްރެޖް ގޮތެއްގައި ކޮންމެ ދަތުރަކު 45 ކޭސް ފެން ބޭނުންކުރާ ކަމަށެވެ. އަދި އެއީ ލ. އަތޮޅުގައި މަސްވެރިކަން ކުރާ އުޅަނދު ފަހަރުގެ އަދަދަށް ބަލާއިރު ވަރަށް ބޮޑު މިންވަރެއް ކަމަށާއި، އެ އަދަދު މަދުކުރެވިއްޖެނަމަ އެއީ ޕްލާސްޓިކްގެ ސަބަބުން ތިމާވެށްޓަށް ކުރިމަތިވަމުންދާ ގޮންޖެހުންތަކަށް ހައްލު ހޯދުމުގެ މަސައްކަތުގައި ވެވޭ ވަރަށް ބޮޑު ހިއްސާއެއް ކަމަށެވެ .

މިހާރުވެސް ޕައިލެޓް ޕްރޮޖެކްޓެއްގެ ދަށުން އެ އަތޮޅު ހިތަދޫގެ ދެ ދޯންޏެއްގައި ބޯފެން ފިލްޓަރ ކުރެވޭނެ ނިޒާމު ގާއިމުކޮށް ޓެސްޓް ކުރެވިފައިވާ ކަމަށާއި، ދޯނިފަހަރުގައި ހަރުކުރާ ފިލްޓަރ ސިސްޓަމްތަކަކީ، ރައްކާތެރިކަން ކަށަވަރުކުރެވިފައިވާ ފެނެއްކަމަށް އޭނާ ވިދާޅުވި އެވެ.

މީގެ އިތުރުން ޝާކިރު ވިދާޅުވީ ހޮރައިޒަން ފިޝަރީޒް އަދި ބްލޫޔޫ ކޮންސަލްޓިންގ ގުޅިގެން ކުރިއަށް ގެންދާ ފެއަރ ޓްރޭޑް ޕްރޮގްރާމުގެ ދަށުން ލ. އަތޮޅުގެ ފަސް ރަށެއްގައި މިހާރު ފެއަރ ޓްރޭޑް ޖަމިއްޔާތައް އެކުލަވާލެވިފައިވާ ކަމަށާއި، އަތޮޅުގެ އެހެން ރަށްރަށަށް އެ ހަރަކާތް ފުޅާކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.

ފެއަރ ޓްރޭޑް ޕްރޮގްރާމުގެ ދަށުން މަސްވެރިންގެ ޖަމްޢިއްޔާތައް މިހާރު އެކުލަވާލެވިފައިވަނީ ލ. ގަމާއި، ހިތަދޫ، ކުނަހަންދޫ، މާމެންދޫ އަދި މާބައިދޫގައެވެ.

މިޕްރޮގުރާމުގެ ދަށުން ފެއަރ ޓްރޭޑްގައި ބައިވެރިވާ މަސްދޯނިފަހަރުން ހޮރައިޒަން ފިޝަރީޒް އަށް ކިރާ މަހުން ޕްރީމިއަމްގެ ގޮތުގައި މަސްވެރިންނަށް އިތުރު އާމްދަނީ އެއް ލިބޭއިރު، އެފައިސާ އަކީ އިޖްތިމާއީ ތަރައްޤީގެ އެކި ދާއިރާތަކަށް ޚަރަދު ކުރުމަށް ލިބޭ ފައިސާއެކެވެ. އެފައިސާގެ ތެރެއިން 30 އިންސައްތަ ތިމާވެށްޓާއި ގުޅުން ހުރި ހަރަކާތްތަކަށް ޚަރަދު ކުރަންޖެހޭއިރު، މަސްދޯނިފަހަރުގައި ބޯފެން ފިލްޓަރ ކުރާ ސިސްޓަމް ބެހެއްޓިގެން ދިޔުމަކީ އެ ފަންޑުގެ ތެރެއިން |ކުރިއަށް ގެންދާ އެއް ހަރަކާތެވެ.

މިހަރަކާތުގެ ތެރެއިން މަސްދޯނިފަހަރުގައި ބޭނުންކުރާ ޕްލާސްޓިކްގެ މިންވަރު މަދުކޮށް، އަދިމުޅި ވ. އަތޮޅުގައި އެއްފަހަރު ބޭނުންކޮށްފައި އެއްލާލެވޭ ޕްލާސްޓިކް ބޭނުންކުރުން ހުއްޓާލުމަކީ މުސްތަގުބަލުގެ އަމާޒެއް ކަމަށް ބްލޫޔޫ ކޮންސަލްޓިންގ އިން ބުނެއެވެ. އަދި މިހަރަކާތް ކުރިއަށް ގެންދިޔުމުގައި މަސްވެރި ޖަމްއިއްޔާތަކާއި މަސްވެރިންގެ އެއްބާރުލުމާއި އެހީތެރިކަން ލިބޭކަން ބްލޫޔޫ އިން ފާހަގަކުރެއެވެ.

ފެއަރ ޓްރޭޑްގައި ބައިވެރިވާ ގަމު މަސްވެރިންގެ ޖަމްއިއްޔާގެ ރައީސް އަލީ ހަފީޒް ވިދާޅުވީ، މަސްދޯނިފަހަރުގައި ބޯފެނުގެ ގޮތުގައި މިހާރު ގިނައިން ބޭނުން ކުރަނީ، ފުޅީގައި ބަންދުކޮށްފައިވާ ފެން ކަމަށާއި، ބޭނުން ކުރުމަށްފަހު ކަނޑަށް އުކާލާ ޕްލާސްޓިކްފުޅީގެ އަދަދު ނިސްބަތުން ބޮޑު ކަމަށެވެ. އަދި މިޕްރޮގުރާމުގެ ދަށުން އެކަމަށް އެދެވޭ ހައްލެއް ލިބި، ފެނަށް ކުރަންޖެހޭ ޚަރަދު ކުޑަވެގެންދާނެ ކަމަށާއި، މިޕްރޮގުރާމުގެ ފައިދާ ކޮންމެ މަސްވެރިޔަކަށް ވެސް ލިބޭނެ ކަމަށް ޤަބޫލުކުރާ ކަމަށް ހަފީޒު ވިދާޅުވިއެވެ.

އެންމެ ހިނގާ

1

މޫސާ އިބްރާހީމް މަރާލި މައްސަލައިގައި ކުށް ސާބިތުވެ، މުހައްމަދު އިބްރާހީމް އަށް މަރުގެ ހުކުމް!

2

ގެއްލުނު ނާފިއުގެ އާއިލާ އިން އާދޭހާއެކު ސަރުކާރުގައި އަދިވެސް އެދެނީ އޭނާގެ ހަށިގަނޑު ހޯދައި ދިނުމަށް!

3

އީރާންގެ އިޤްތިސާދަށް ނުރައްކާ ކުރިމަތިވެއްޖެ، އެކަމާ ސަރުކާރުން ލަދުގަނޭ: އީރާންގެ ރައީސް ޕެޒެޝްކިއާން

4

ދުނިޔޭގެ ބޮކްސިން ޗެމްޕިއަންކަން ދެ ފަހަރު ހޯދާފައިވާ ޓެޓޭ ގަޔަށް ބަޑިޖަހާ މަރާލައިފި

5

ގަތަރުގައި ހައްޔަރުކޮށްފައި ތިބި އީރާނުގެ ޕައިލެޓުންގެ ސިއްހީ ހާލަތު ވަރަށް ބޮޑަށް ގޯސްވަމުންދާ ކަމަށާއި މިހާރުން މިހާރަށް އެމީހުން ހަވާލުކުރުމަށް އީރާނުން އިންޒާރުދީފި

އިތުރަށް ކިޔާލަން

07 މާރިޗު 2017

ދީނީ އޮޅުންތައް ސާފުކުރެވޭނެ ވަސީލަތްތައް ރައީސް ޔާމީން ވަނީ ވަރުގަދަކޮށްދެއްވާފައި: ހޯމް މިނިސްޓަރު

07 މާރިޗު 2017
ދީނީ އޮޅުންތައް ސާފުކުރެވޭނެ ވަސީލަތްތައް ރައީސް ޔާމީން ވަނީ ވަރުގަދަކޮށްދެއްވާފައި: ހޯމް މިނިސްޓަރު
25 ފެބުރުއަރީ 2017

ބިން ނުވިއްކޭ ގޮތަށް ޤާނޫނު އަސާސީ އިސްލާހެއް ނުކުރެވޭނެ: ޑރ. ޝައިނީ

25 ފެބުރުއަރީ 2017
ބިން ނުވިއްކޭ ގޮތަށް ޤާނޫނު އަސާސީ އިސްލާހެއް ނުކުރެވޭނެ: ޑރ. ޝައިނީ
20 ފެބުރުއަރީ 2017

ގަދަ ބާރުން ބަޑިޖައްސާއިގެން ވެރިކަމެއް ނުކުރެވޭނެ: އާޒިމް

20 ފެބުރުއަރީ 2017
ގަދަ ބާރުން ބަޑިޖައްސާއިގެން ވެރިކަމެއް ނުކުރެވޭނެ: އާޒިމް
18 ފެބުރުއަރީ 2017

ސާފު ބޯފެން ފޯރުކޮށްދިނުމުގެ މެންޑޭޓް މަޖިލީހުގެ ކޮމިޓީން ބަދަލުކޮށްފި

18 ފެބުރުއަރީ 2017
ސާފު ބޯފެން ފޯރުކޮށްދިނުމުގެ މެންޑޭޓް މަޖިލީހުގެ ކޮމިޓީން ބަދަލުކޮށްފި
17 ފެބުރުއަރީ 2017

ބާރުތައް ނެގުމުން ކުރެވޭނެ ކަމެއް ނެތް:ތޮއްޔިބް

17 ފެބުރުއަރީ 2017
ބާރުތައް ނެގުމުން ކުރެވޭނެ ކަމެއް ނެތް:ތޮއްޔިބް
13 ފެބުރުއަރީ 2017

އަމަލުކުރަމުންދާ ސިސްޓާމާ އެއްގޮތަށް ގާނޫނުތައް އައުމަކީ ގަބޫލު ކުރެވޭނެ ކަމެއް ނޫން: މެމްބަރު ނަޝީދު

13 ފެބުރުއަރީ 2017
އަމަލުކުރަމުންދާ ސިސްޓާމާ އެއްގޮތަށް ގާނޫނުތައް އައުމަކީ ގަބޫލު ކުރެވޭނެ ކަމެއް ނޫން: މެމްބަރު ނަޝީދު
09 ފެބުރުއަރީ 2017

އިންތިހާބުގައި ވާދަކުރެވޭނެ، ކެރިވަޑައިގަންނަވާ ނަމަ ރައީސް ޔާމީން ވާދަކުރައްވާ: ރައީސް ނަޝީދު

09 ފެބުރުއަރީ 2017
އިންތިހާބުގައި ވާދަކުރެވޭނެ، ކެރިވަޑައިގަންނަވާ ނަމަ ރައީސް ޔާމީން ވާދަކުރައްވާ: ރައީސް ނަޝީދު
19 ޖެނުއަރީ 2017

ރައީސް މައުމޫނަށް މެންބަރުންނަށް ބައްދަލު ނުކުރެވޭނެކަމަށް އެންގި މައްސަލަ ފުލުހުންނަށް ހުށަހަޅައިފި

19 ޖެނުއަރީ 2017
ރައީސް މައުމޫނަށް މެންބަރުންނަށް ބައްދަލު ނުކުރެވޭނެކަމަށް އެންގި މައްސަލަ ފުލުހުންނަށް ހުށަހަޅައިފި
19 ޖެނުއަރީ 2017

މައްސަލަތައް ހައްލުކުރެވޭނީ ޚަބަރު ލިޔާއިރު ރަނގަޅު އެންޓަނާއަކާއި ރަނގަޅު ފިލްޓަރެއް ގެންގުޅެގެން: ޝަހީބު

19 ޖެނުއަރީ 2017
މައްސަލަތައް ހައްލުކުރެވޭނީ ޚަބަރު ލިޔާއިރު ރަނގަޅު އެންޓަނާއަކާއި ރަނގަޅު ފިލްޓަރެއް ގެންގުޅެގެން: ޝަހީބު
06 ޖެނުއަރީ 2017

ފެނަށްޖެހޭ ރަށްރަށަށް ސަރުކާރުން ބޯފެން ފޯރުކޮށްދިނުމުގެ މަސައްކަތަށް ބަދަލު ގެނެސްފި

06 ޖެނުއަރީ 2017
ފެނަށްޖެހޭ ރަށްރަށަށް ސަރުކާރުން ބޯފެން ފޯރުކޮށްދިނުމުގެ މަސައްކަތަށް ބަދަލު ގެނެސްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް