Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެހަރުފަ

ފާއިތުވި 50 އަހަރު ތެރޭގައި ފުރަތަމަ ފަހަރަށް ރެއިންބޯ ހަރުފަ އެއް ފްލޮރިޑާއިން ފެނިއްޖެ

އެންމެ ފަހުން މީގެ ހަރުފަ އެއް ފެނުނީ 1969 ވަނަ އަހަރު

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 23 ފެބުރުއަރީ 2020 | އާދީއްތަ 02:31
ފްލޮރިޑާގެ ޖަންގަލިން ފެނުނު ރެއިންބޯ ހަރުފަ

ފްލޮރިޑާގެ ޖަންގަލިން ފެނުނު ރެއިންބޯ ހަރުފަ

ފްލޮރިޑާގެ ޖަންގައްޔެއްގައި ހައިކް ކުރަން އުޅުނު މީހަކަށް މަދުން ނޫނީ ނުފެންނަ ޒާތުގެ ހަރުފަ އެއް ފެނިއްޖެ އެވެ.

އޭނާއަށް ހަރުފަ ފެނުމާއެކު ވަނީ އެހަރުފައިގެ ފޮޓޯ ނަގާފަ އެވެ. ކަމާބެހޭ މާހިރުން ބުނާގޮތުން މީގެ ހަރުފައެއް ދުނިޔެއިން ނުފެންނަތާ 50 އަހަރަށްވުރެ ގިނަ އަހަރު ވަނީ ވެފަ އެވެ. ހަތަރު ފޫޓް ދިގު މިހަރުފަ ފެނިފައިވަނީ އޮކާލާގެ ޖަންގައްޔެއްގައި ހައިކް ކުރަން އުޅުނު ޓްރެސީ ކޯތެން އަށެވެ. އެކިކުލަތައް ފެންނަ މިހަރުފަ އާއި ގުޅޭގޮތުން އެފް.ޑަބްލިޔު.ސީ ފިޝް އެންޑް ވައިލްޑްލައިފް ރިސަރޗް އިންސްޓިޓިއުޓުން ކޮށްފައިވާ ފޭސްބުކް ޕޯސްޓެއްގައި ބުނެފައިވަނީ ޓްރެސީއަށް މި ފެނުނު ހަރުފައަކީ ފްލޮރިޑާގެ ނޭޗަރަލް ހިސްޓްރީއާ ގުޅޭ މިޔުޒިއަމްއިން ބުނާގޮތުން 1969 ވަނަ އަހަރުން ފެނުނު މީގެ ފުރަތަމަ ހަރުފަ އެވެ.

އަދި މީގެ ހަރުފައަކީ އެއްވެސް ކަހަލަ ގެއްލުމެއް ނުދޭ އަދި ވިހަގަދަ ހަރުފައެއް ނޫންކަމަށްވެސް އެއިންސްޓިޓިއުޓުން ވަނީ ބުނެފަ އެވެ. މީގެ ހަރުފަ ގިނައިން އުޅެނީ ފެނުގައި ކަމަށާއި ގިނައިން ފޮރުވިގެން އުޅޭނީ ފެނުގައި ހެދޭ ގަސްތަކުގެ ތެރޭގައި ކަމަށްވެސް އެއިންސްޓިޓިއުޓުން ވަނީ ބުނެފަ އެވެ.

މީގެހަރުފަ އާންމުކޮށް ބޮޑުވަނީ ތިން ފޫޓް ހަ އިންޗިއަށް ކަމަށާއި ނަމަވެސް ބައެއް ހަރުފަ ފަސް ފޫޓަށްވެސް ބޮޑުވާކަމަށް ފްލޮރިޑާގެ ނޭޗަރަލް ހިސްޓްރީ އާ ގުޅޭ މިޔުޒިއަމް އިން ބުނެއެވެ.

އިތުރަށް ކިޔާލަން

27 ފެބުރުއަރީ 2017

މިއަހަރުގެ ވައިޓް ހައުސް ކޮރެސްޕޮންޑެންޓްސް ޑިނާ އަށް ރައީސް ޓްރަމްޕް ވަޑައިނުގަންނަވާނެ

27 ފެބުރުއަރީ 2017
މިއަހަރުގެ ވައިޓް ހައުސް ކޮރެސްޕޮންޑެންޓްސް ޑިނާ އަށް ރައީސް ޓްރަމްޕް ވަޑައިނުގަންނަވާނެ
25 ފެބުރުއަރީ 2017

އިރާގުން ފުރަތަމަ ފަހަރަށް ސީރިޔާގައި ހަރަކާތްތެރިވާ އައިއެސްއަށް ހަމަލާ ދީފި

25 ފެބުރުއަރީ 2017
އިރާގުން ފުރަތަމަ ފަހަރަށް ސީރިޔާގައި ހަރަކާތްތެރިވާ އައިއެސްއަށް ހަމަލާ ދީފި
21 ފެބުރުއަރީ 2017

ސައުދީ ސްޓޮކް އެކްސްޗޭންޖް އިން ފުރަތަމަ ފަހަަރަށް އަންހެންބޭފުޅަކު، އެތަނުގެ ޗެއާޕާސަން ކަމަށް އައްޔަން ކުރައްވައިފި

21 ފެބުރުއަރީ 2017
ސައުދީ ސްޓޮކް އެކްސްޗޭންޖް އިން ފުރަތަމަ ފަހަަރަށް އަންހެންބޭފުޅަކު، އެތަނުގެ ޗެއާޕާސަން ކަމަށް އައްޔަން ކުރައްވައިފި
11 ފެބުރުއަރީ 2017

ޔަމަނުގައި އެކަށީގެންވާ ވަރަށް ކާނާ ނުލިބޭ މީހުން އަދަދު ހަތް މަސް ތެރޭގައި ތިން މިލިއަނަށް އިތުރުވެއްޖެ: އދ.

11 ފެބުރުއަރީ 2017
ޔަމަނުގައި އެކަށީގެންވާ ވަރަށް ކާނާ ނުލިބޭ މީހުން އަދަދު ހަތް މަސް ތެރޭގައި ތިން މިލިއަނަށް އިތުރުވެއްޖެ: އދ.
06 ފެބުރުއަރީ 2017

ފަސް އަހަރުގެ ތުއްތު ކުއްޖަކު މަންމައާ އަލުން ގުޅުމުގެ ސަބަބުން ޕާކިސްތާނުގެ ޝުކުރު އިންޑިއާ އަށް

06 ފެބުރުއަރީ 2017
ފަސް އަހަރުގެ ތުއްތު ކުއްޖަކު މަންމައާ އަލުން ގުޅުމުގެ ސަބަބުން ޕާކިސްތާނުގެ ޝުކުރު އިންޑިއާ އަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު