Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރުހަނީމޫން

މުއާ އާއި އައްޒަގެ ހަނީމޫން ހައިޑްއަވޭގައި

ހަނީމޫނަށް ދިޔައީ ހެނދުނުގެ ވަގުތެއްގައި

އަމްނާ އިމާދު
އަމްނާ އިމާދު | 21 ފެބުރުއަރީ 2020 | ހުކުރު 04:13
އައްޒައާއި މުއާ ހަނީމޫނަށް ފުރަނީ

އައްޒައާއި މުއާ ހަނީމޫނަށް ފުރަނީ

ދިވެހިންގެ މެދުގައި މަގުބޫލު ފިލްމީ ތަރިން ކަމަށްވާ އަބްދުﷲ މުއާޒާއި، މަރިޔަމް އައްޒަ ހައިޑްއަވޭގައި ހަނީމޫނު ހޭދަކުރަމުން އެބަދެއެވެ.

މި ދެ ފަންނާނުން އެރިސޯޓަށް ދިޔައީ ހުކުރު ދުވަހުގެ ވަގުތެއްގައެވެ. މާލެއިން ހަނިމާދޫއަށް މިއަދު ހެނދުނު ގޮސްފައިވާއިރު، އެރިސޯޓަށް ފުރި މަންޒަރު ރާއްޖެއެމްވީގެ ނޫސްވެރިންނަށް ވަނީ ފެނިފައެވެ.

ހަނީމޫނު ހޭދަކުރުމަށް ދިޔަ ހައިޑްއަވޭއަކީ 05 ތަރީގެ މަޝްހޫރު ރިސޯޓެކެވެ.

މުއާ އާއި އައްޒަ ކައިވެނިކޮށްފައި ވަނީ މިއަހަރުގެ ތެރޭގައި އަންނަ ރީތި ތާރީޚުތަކުގެ ތެރެއިން 20-02-2020 ވީ ބުރާސްފަތި ދުވަހު ހުޅުމާލޭގައި ބޭއްވި ހަފްލާއެއްގައެވެ. މިތާރީހުގައި ރާއްޖޭގައި 64 ކައިވެންޏެއް ވަނީ ކޮށްފައެވެ.

މިދެތަރިން ކައިވެނިކޮށްފައިވަނީ ލޯބީގެ ގޮތުން ދުވަސްކޮޅަކު އުޅުމަށްފަހުއެވެ.

ހުޅުމާލޭގައި ބޭއްވި މިކައިވެނި ހަފުލާގައި އައްޒަ ހުރީ ހުދުކުލައިގެ ވަރަށް ރީތި ހެދުމެއްގައެވެ. އަޅި ކުލައިގެ ކޯޓުގައި މުއާ ހުރިއިރު ފޮޓޯތަކުން ވަރަށް އުފާވެރިއެވެ. މީގެ އިތުރުން މިދެފަންނާނުންގެ ރަން ކިޔުމުގެ ހަފުލާ ވެސް ބައްވާފައިވަނީ ވަރަށްވެސް ކުލަގަދަކޮށެވެ. ރަން ކިޔުމުގެ ހަފުލާއަށް ދެމީހުން ލީ ދިވެހި ޘަޤާފީ ހެދުމެވެ. ދެމީހުންގެ ކައިވެނީގެ ރަނަކީ 30 ރުފިޔާ އެވެ.

މިދެތަރިންނަކީ ދިވެހިންގެ މެދުގައި މަގުބޫލުވި ފިލްމުތަކުގެ ލީޑް ރޯލުން ފެނިފައިވާ ދެފަންނާނުންނެވެ. އަދި މިހާރު ކުރިއަށްދާ ނަހުލާގެ ސީޒަން 02 ގެ ސީޒަންގައި މިދެފަންނާނުން ފެނިގެންދެއެވެ.

އިތުރަށް ކިޔާލަން

16 މާރިޗު 2017

"ބަދްރިނާތުކީ ދުލްހަނިޔާ"ގެ ކާމިޔާބީ އާއި ގުޅިގެން ބެލުނތެރިނަށް އުފާވެރި ޚަބަރެއް!

16 މާރިޗު 2017
"ބަދްރިނާތުކީ ދުލްހަނިޔާ"ގެ ކާމިޔާބީ އާއި ގުޅިގެން ބެލުނތެރިނަށް އުފާވެރި ޚަބަރެއް!
14 މާރިޗު 2017

އަނިލް އާއި ދަރިން އެކުގައި އެއް ފިލްމެއްގައި!

14 މާރިޗު 2017
އަނިލް އާއި ދަރިން އެކުގައި އެއް ފިލްމެއްގައި!
06 މާރިޗު 2017

ކޭޓީ ޕެރީ އާއި އޮލެންޑޯ ބްލޫމް ރުޅިވީ ދިރިއުޅުމާ މެދު "ހިޔާލު ތަފާތު ވުމުން"

06 މާރިޗު 2017
ކޭޓީ ޕެރީ އާއި އޮލެންޑޯ ބްލޫމް ރުޅިވީ ދިރިއުޅުމާ މެދު "ހިޔާލު ތަފާތު ވުމުން"
27 ފެބުރުއަރީ 2017

ކަންގަނާއާއި އެކު ފިލްމު ކުޅެން ދެކޮޅެއް ނުހަދަން: ޝާހުރުކް

27 ފެބުރުއަރީ 2017
ކަންގަނާއާއި އެކު ފިލްމު ކުޅެން ދެކޮޅެއް ނުހަދަން: ޝާހުރުކް
14 ފެބުރުއަރީ 2017

"ކާބިލް" ގެ ކާމިޔާބީއާ ގުޅިގެން ޔާމީ ގޯތަމްގެ އާއިލާއިން ޕާޓީއެއް ބާއްވަނީ

14 ފެބުރުއަރީ 2017
"ކާބިލް" ގެ ކާމިޔާބީއާ ގުޅިގެން ޔާމީ ގޯތަމްގެ އާއިލާއިން ޕާޓީއެއް ބާއްވަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު