Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެސީ ޕްލޭން ޓަރމިނަލް

ސީ ޕްލޭން ޓަރމިނަލް ވަކިބަޔަކަށް ވަކި އަގަކަށް ދޭން ކުރީ ސަރުކާރުން ކަނޑައެޅި ވާހަކަ ސައީދު ދޮގުކުރައްވައިފި

20 ފެބުރުއަރީ 2020 | ބުރާސްފަތި 11:15

އައު ސީޕްލޭން ޓާމިނަލް ވަކިބަޔަކަށް ދިނުމަށް، ވަކިއަގަކަށް ކުލިކުރުމަށް އަދި ވަކިގޮތަކަށް އޮޕަރޭޓްކުރުމަށްވެސް ކުރީސަރުކާރަކުން އެއަރޕޯޓަކަށްވެސް އަދި ވަކި ފަރާތަކަށްވެސް ނާންގާނެ

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 20 ފެބުރުއަރީ 2020 | ބުރާސްފަތި 11:15
ކުރީގެ އެކޮނޮމިކް މިނިސްޓަރ މުހައްމަދު ސައީދު

ކުރީގެ އެކޮނޮމިކް މިނިސްޓަރ މުހައްމަދު ސައީދު

ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓުގެ އައު ސީޕްލޭން ޓާމިނަލް ވަކިބަޔަކަށް ދިނުމަށް، ވަކި އަގަކަށް ކުލިކުރުމަށް އަދި ވަކިގޮތަކަށް އޮޕަރޭޓްކުރުމަށްވެސް ކުރީ ސަރުކާރަކުން އެއަރޕޯޓަކަށްވެސް އަދި ވަކި ފަރާތަކަށްވެސް ނާންގާކަމަށް ވިދާޅުވެ، އެކަމާއި ގުޅޭގޮތުން ދައްކަމުންދާ ވާހަކަ އެސަރުކާރުގެ އިކޮނޮމިކް މިނިސްޓަރު މުޙައްމަދު ސައީދު ދޮގުކުރައްވައިފި އެވެ.

މިހާރު ރައްޔިތުންގެ މަޖިލީހުގެ މާވަށު ދާއިރާގެ މެންބަރުކަންވެސް ކުރައްވަމުން ގެންދަވާ ސައީދު މިކަމާއި ގުޅިގެން ޓްވީޓްތަކެއް ކުރެއްވީ އާ ސީޕްލޭން ޓާމިނަލް ހިންގުން ޓްރާންސް މޯލްޑިވިއަން އެއަރވޭސް (ޓީއެމްއޭ)އަށް ދޭނެ ކަމުގެ ޔަޤީންކަން ކުރީގެ އިކޮނޮމިކް މިނިސްޓަރު މުޙައްމަދު ސައީދު، ޓީއެމްއޭ އަށް ދެއްވި ކަމަށް، މިހާރުގެ އިކޮނޮމިކް އެންޑް ޑިވެލޮޕްމަންޓް މިނިސްޓަރު ފައްޔާޒް އިސްމާއީލް ވިދާޅުވި ޚަބަރު ޓްވީޓް ކުރައްވަމުންނެވެ.

Advertisement - newsAdvertisement

ސައީދު ވިދާޅުވީ އެއީ އިތުރު ފުޅެއްކަމަށެވެ. އަދި ފިނިހަކަ ދުވެލީގައި ސަރުކާރުގެ ފުރަތަމަ ހާފު ނިމުނުއިރު މިހާތަނައް ކުރެވުނު ކަމެއްނެތްކަމަށް ސައީދު ވިދާޅުވި އެވެ. ކުރީސަރުކާރުން ވާނީ މުޅިއެއަރޕޯޓުގެ ތަރައްޤީ އަށް އެންމެ ޒަމާނީ ތަޞައްވުރެ އްކުރެހި، ފައިސާ ހޯދި، މަސައްކަތް ފެށި، ބާރު ސްޕީީޑު ގައި ކުރިއަށް ގެންގޮސްފައިކަމަށް ސައީދު ވިދާޅުވި އެވެ. އަދި ވަޅުޖަހާފައި އޮތް އިޤްތސާދެއް ދުނިޔޭގެ އެންމެ މަތީ ފެންވަރުގައި ރޭޓު ކޮށް އަަލުން އަނބުރާ އިތުބާރު ޤާއިމުކޮށްފައިކަމަށް ސައީދު ވިދާޅުވި އެވެ.

ސައީދު މިމޭރުމުން ޓްވީޓް ކުރައްވާފައިވާއިރު މަޖިލީހުގެ މާލިއްޔަތު ކޮމެޓީގައި ވާހަކަ ދައްކަވަމުން ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު ވިދާޅުވީ ކުރީގެ ސަރުކާރުގައި ނިންމާފައި އޮތީ، ޓީއެމްއޭގެ މެޖޯރިޓީ ހިއްސާ އޮންނަ ބެއިން ކެޕިޓަލަށް ޓީއެމްއޭއަށް އާ ޓާމިނަލް ހިންގަން ދޭން ކަމަށެވެ. އޭރުގެ ސަރުކާރުގެ އިތުރުން އެމްއޭސީއެލްގެ މެނޭޖުމަންޓުން ވެސް އެކަމަށް ރުހުން ދީފައިވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

އައު ސީޕްލޭން ޓާމިނަލްގެ މައްސަލައާއި ގުޅިގެން އޭސީސީން ކޮށްފައިވާ ތަހުޤީޤުގެ މައްޗަށް ނެރެފައިވާ ރިޕޯޓަށް ބަލާލާއިރު އައު ސިޕްލޭން ޓާމިނަލް ހިންގުން ޓީއެމްއޭއާއި ޙަވާލު ކުރާނެކަމަށް ބުނެ އެމްއޭސީއެލް އާއި ޓީއެމްއޭ އާއި ދެމެދު ވަނީ މަޝްވަރާތަކެއް ކުރެވިފައެވެ. އަދި މިކަމުގައި ދެކެވުނު ވާހަކަތައް ނިމުމަކަށް އައިސް އެގްރީމެންޓުގައި ސޮއިކުރުމާހަމައަށް ގޮސްފައިވާކަން އޭސީސީގެ ރިޕޯޓުން ހާމަވެއެވެ.

މިމައްސަލާގައި ފިނޭންސް މިނިސްޓްރީން އެންމެފަހުން ނިންމާފައިވަނީ، ޓީއެމްއޭ އަށް ބިން ދޫކޮށްފައިވާ އަގަށް އައު ސީޕްލޭން ޓާމިނަލުން 6،300 އަކަމީޓަރު، މިހާރުވެސް ބިން ދީފައިވާ އަގު ކަމަށްވާ 10.35 ޑޮލަރަށް ކުރިއަށް އޮތް ދެ އަހަރަށް އެ ކުންފުންޏަށް ދޫކުރުމަށެވެ. އަދި ޓަރމިނަލްގެ ބާކީ ބައި ބިޑު އުޞޫލުން އެހެން ފަރާތްތަކަށް ދިނުމަށާއި، މިހާރުގެ ޓަރމިނަލްގައިވެސް އެކި ފަރާތްތަކަށް ދީފައިވާ އަގުތަކުގައި ބިންތައް މިހާރުވެސް ދޫކޮށްފައިވާ ބޮޑުމިނުމުގައި ދޫކުރުމަށް ވަނީ ނިންމާފަ އެވެ. މިނިސްޓްރީން ބުނެފައިވަނީ ދެ އަހަރަށް ފަހު ވާދަވެރި ބިޑު އުސޫލުން ޓާމިނަލްއިން ޖާގަ ދޫކުރާނެ ކަމަށެވެ.

އަލަށް ހަދާ ސީޕްލޭން ޓާމިނަލް އާއި ގުޅޭގޮތުން ސަރުކާރުން ނިންމި ނިންމުން ރަނގަޅުކަމަށް ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީ އިން ނިންމާފައިވާއިރު، މި މައްސަލައިގެ ޖިނާޢީ ތަހުޤީޤެއް އޭސީސީއިން ދަނީ ކުރަމުންނެވެ.

އެންމެ ހިނގާ

1

ދުނިޔޭގެ ދެވަނަ އަށް އެންމެ އަޑުފަށްގަނޑު ގަދަ ގައުމަކަށް ދިވެހިރާއްޖެ ހޮވިއްޖެ

2

އީރާންގެ އިޤްތިސާދަށް ނުރައްކާ ކުރިމަތިވެއްޖެ، އެކަމާ ސަރުކާރުން ލަދުގަނޭ: އީރާންގެ ރައީސް ޕެޒެޝްކިއާން

3

ދުނިޔޭގެ ބޮކްސިން ޗެމްޕިއަންކަން ދެ ފަހަރު ހޯދާފައިވާ ޓެޓޭ ގަޔަށް ބަޑިޖަހާ މަރާލައިފި

4

ގަތަރުގައި ހައްޔަރުކޮށްފައި ތިބި އީރާނުގެ ޕައިލެޓުންގެ ސިއްހީ ހާލަތު ވަރަށް ބޮޑަށް ގޯސްވަމުންދާ ކަމަށާއި މިހާރުން މިހާރަށް އެމީހުން ހަވާލުކުރުމަށް އީރާނުން އިންޒާރުދީފި

5

ގެސްޓްހައުސެއްގެ ތެރޭގަައި ދިވެހި ފިރިހެނަކު މަރުވެފައި އޮއްވައި ފެނިއްޖެ

އިތުރަށް ކިޔާލަން

05 ފެބުރުއަރީ 2017

ޕީޕީއެމްގެ ކެންޑިޑޭޓުންނަށް ޓިކެޓް ހަވާލުކުރުން ވަކި މުއްތަދަތެއް ނެތް ގޮތަށް ފަސްކޮށްފި

05 ފެބުރުއަރީ 2017
ޕީޕީއެމްގެ ކެންޑިޑޭޓުންނަށް ޓިކެޓް ހަވާލުކުރުން ވަކި މުއްތަދަތެއް ނެތް ގޮތަށް ފަސްކޮށްފި
30 ޖެނުއަރީ 2017

މޫނު ބުރުގާ އަޅާތީ ރަސްދޫ ޓީޗަރަކު ވެސް ވަޒީފާއިން ވަކިކޮށްފި

30 ޖެނުއަރީ 2017
 މޫނު ބުރުގާ އަޅާތީ ރަސްދޫ ޓީޗަރަކު ވެސް ވަޒީފާއިން ވަކިކޮށްފި
27 ޖެނުއަރީ 2017

ލ ގަމުގެ ބަނދަރުގެ މަޝްރޫއުން ދޭހަވަނީ ސަރުކާރުން ވަކި ސިޔާސީ ފިކުރަކަށް ނުބަލާކަން:މުއިއްޒު

27 ޖެނުއަރީ 2017
ލ ގަމުގެ ބަނދަރުގެ މަޝްރޫއުން ދޭހަވަނީ ސަރުކާރުން ވަކި ސިޔާސީ ފިކުރަކަށް ނުބަލާކަން:މުއިއްޒު
26 ޖެނުއަރީ 2017

ލޯކަލް ކައުންސިލް އިންތިހާބުގެ ޓިކެޓް ދިނީ ވަކިބައެއްގެ ނުފޫޒުން: މައުމޫން ފެކްޝަންސް

26 ޖެނުއަރީ 2017
 ލޯކަލް ކައުންސިލް އިންތިހާބުގެ ޓިކެޓް ދިނީ ވަކިބައެއްގެ ނުފޫޒުން: މައުމޫން ފެކްޝަންސް
26 ޖެނުއަރީ 2017

މުވައްޒަފުންނަށް ބޯނަސް ދިނުމަށް ދަނީ މަޝްވަރާ ކުރަމުން، ވަކި ގޮތެއް ނުނިމޭ: ސީއެސްސީ

26 ޖެނުއަރީ 2017
މުވައްޒަފުންނަށް ބޯނަސް ދިނުމަށް ދަނީ މަޝްވަރާ ކުރަމުން، ވަކި ގޮތެއް ނުނިމޭ: ސީއެސްސީ
19 ޖެނުއަރީ 2017

ބައްދަލުވުން ނުބޭއްވޭނެ ކަމަށް ފުލުހުން އަންގަފައި ވަނީ ވަކި މީހެއްގެ އޯޑަރަށް: ނާދިރާ

19 ޖެނުއަރީ 2017
ބައްދަލުވުން ނުބޭއްވޭނެ ކަމަށް ފުލުހުން އަންގަފައި ވަނީ ވަކި މީހެއްގެ އޯޑަރަށް: ނާދިރާ
15 ޖެނުއަރީ 2017

ފަރަށް އެރި ބޯޓުގެ ޖޫރިމަނާއާމެދު އަދިވެސް ވަކި ގޮތެއް ނުނިންމާ: ޓްރާންސްޕޯޓް އޮފޯރިޓީ

15 ޖެނުއަރީ 2017
ފަރަށް އެރި ބޯޓުގެ ޖޫރިމަނާއާމެދު  އަދިވެސް ވަކި ގޮތެއް ނުނިންމާ: ޓްރާންސްޕޯޓް އޮފޯރިޓީ
11 ޖެނުއަރީ 2017

މިފްކޯ ބަނގުރޫޓްވެ މުވައްޒަފުން ވަޒީފާއިން ވަކިކުރާނެކަން އަންގައިފި

11 ޖެނުއަރީ 2017
މިފްކޯ ބަނގުރޫޓްވެ މުވައްޒަފުން ވަޒީފާއިން ވަކިކުރާނެކަން އަންގައިފި
10 ޖެނުއަރީ 2017

ކެޕްޓަން އިހުސާން އެމްއެންޑީއެފް އިން ވަކިވެވަޑައިގެންފި

10 ޖެނުއަރީ 2017
ކެޕްޓަން އިހުސާން އެމްއެންޑީއެފް އިން ވަކިވެވަޑައިގެންފި
09 ޖެނުއަރީ 2017

ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު

09 ޖެނުއަރީ 2017
ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް