Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޕެޕް ގަޑިއޯލާ

ބާސާގެ ރައީސަށް ގާޑިއޯލާގެ ރައްދެއް

މާ އަޑުގަދަކޮށް ބާސެލޯނާގެ ރައީސް ވާހަކަ ނުދައްކަން އެދެން: ގާޑިއޯލާ

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް | 20 ފެބުރުއަރީ 2020 | ބުރާސްފަތި 08:19
ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ

ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ

ޔޫރަޕްގެ މުބާރާތްތަކުން މެންޗެސްޓާ ސިޓީ ސަސްޕެންޑް ކުރުމަށް ނިންމި ނިންމުމަށް ބާސެލޯނާގެ ރައީސް ޖޯސެފް ބާޓޮމެއު މަރުހަބާ ކިޔުމުން، އޭނާއަށް ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ ރައްދު ދީފިއެވެ.

ފައިނޭންޝިއަލް ފެއާޕްލޭ (އެފްއެފްޕީ)ގެ އުސޫލުތަކާ ހިލާފުވުމުގެ އިތުރަށް ޔުއެފާ ކްލަބު ލައިސަންސިންގައި މަކަރު ހަދާފައި ވާތީ ޔުއެފާއިން ވަނީ ކުރިއަށް އޮތް ދެ ސީޒަނަށް ޔޫރަޕުގެ މުބާރާތްތަކުން ސިޓީ ސަސްޕެންޑް ކޮށްފައެވެ. އަދި އެޓީމު ވަނީ 30 މިލިއަން ޔޫރޯއިން ޖޫރިމަނާވެސް ކޮށްފައެވެ. އެކަމަކު ސިޓީން މިހާރު ވަނީ މި މައްސަލަ ކޯޓް އޮފް އާބިޓްރޭޝަން ފޯ ސްޕޯޓްސް (ސީއޭއެސް) ގައި އިސްތިއުނާފަށް ހުށަހަޅާފައެވެ.

ޔުއެފާއިން ސިޓީ ސަސްޕެންޑް ކުރުމަށް ނިންމުމާ ގުޅިގެން، އެ ނިންމުމަށް ބާސާގެ ރައީސް ބާޓޮމެއުގެ އިތުރުން ލަލީގާގެ ރައީސް ހަވިއޭ ޓޭބާސް ވަނީ މަރުހަބާ ކިޔާފައެވެ.

އިނގިރޭސި ޕްރިމިއާ ލީގުގައި ބުދަ ދުވަހުގެރޭ ވެސްޓް ހޭމް އަތުން މޮޅުވި މެޗަށް ފަހު ގާޑިއޯލާ ބުނީ މާ އަޑުގަދަކޮށް ބާސެލޯނާގެ ރައީސް ވާހަކަ ނުދައްކަން އެދޭ ކަމަށެވެ. އެއީ ކޮންމެ ޓީމަކުންވެސް އެކި ހިސާބުގައި ގޯސްތަކެއް ހަދާފައި ހުންނާނެތީ ކަމަށާއި އޭނާގެ އުންމީދަކީ އިސްތިއުނާފް ކާމިޔާބުކޮށް ޗެމްޕިއަންސް ލީގުގައި ބާސެލޯނާއާ ދެކޮޅަށް ކުޅުން ކަމަށްވެސް ވަނީ ބުނެފައެވެ.

ސިޓީގެ ސަސްޕެންޝަނާ ގުޅިގެން މި ސީޒަނަށްފަހު ގާޑިއޯލާ އެޓީމު ދޫކޮށްލާނެ ކަމަށް ބެލެވުނު ނަމަވެސް، ގާޑިއޯލާ ބުނީ އެ ޓީމުން އޭނާ ވަކި ނުކުރާހާ ހިނދަކު ޓީމުގައި ދެމިހުންނާނެ ކަމަށެވެ.

އެފްއެފްޕީ ގަވާއިދާ ހިލާފުވެގެން ޔުއެފާއިން މީގެ ކުރިން ވެސް ވަނީ ސިޓީ އަށް 2014 ވަނަ އަހަރު އަދަބު ދީފައެވެ. އެ ފަހަރު 49 މިލިއަން ޕައުންޑުން ޖޫރިމަނާ ކުރުމަށް ފަހު، އެ އަހަރުގެ ޗެމްޕިއަންސް ލީގުގައި ސިޓީގެ ސްކޮޑު މަދުކުރަން ނިންމިއެވެ.

އިތުރަށް ކިޔާލަން

17 ސެޕްޓެމްބަރު 2017

ބާސާގެ ޑެމްބެލޭއަށް އަނިޔާވެ ހަތަރު މަހަށް ކުޅުމާ ދުރަށް!

17 ސެޕްޓެމްބަރު 2017
ބާސާގެ ޑެމްބެލޭއަށް އަނިޔާވެ ހަތަރު މަހަށް ކުޅުމާ ދުރަށް!
03 ސެޕްޓެމްބަރު 2017

ބާސާގެ އެއްބަސްވުން މެސީ އާ ނުކުރާނެކަމަށް ރިޕޯޓްތައް ބުނެފި

03 ސެޕްޓެމްބަރު 2017
ބާސާގެ އެއްބަސްވުން މެސީ އާ ނުކުރާނެކަމަށް ރިޕޯޓްތައް ބުނެފި
29 އޯގަސްޓު 2017

ބާސާގެ ކުޅުންތެރިޔެއްގެ ގޮތުގައި ޑެމްބެލޭ ދައްކާލައިފި

29 އޯގަސްޓު 2017
ބާސާގެ ކުޅުންތެރިޔެއްގެ ގޮތުގައި ޑެމްބެލޭ ދައްކާލައިފި
23 އޯގަސްޓު 2017

ބާސާގެ ޓުވިޓާ އެކައުންޓް ހެކްކޮށް، ޑިމަރިއާ އެ ކްލަބަށް ބަދަލުވެއްޖެ ކަމަށް ޓުވީޓްކޮށްފި

23 އޯގަސްޓު 2017
ބާސާގެ ޓުވިޓާ އެކައުންޓް ހެކްކޮށް، ޑިމަރިއާ އެ ކްލަބަށް ބަދަލުވެއްޖެ ކަމަށް ޓުވީޓްކޮށްފި
21 އޯގަސްޓު 2017

ނޭމާ ބާސާގެ މެނޭޖްމަންޓަށް ފާޑުކިޔައިފި

21 އޯގަސްޓު 2017
ނޭމާ ބާސާގެ މެނޭޖްމަންޓަށް ފާޑުކިޔައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު