Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުބާސެލޯނާ

ބާސާގެ ކުޅުންތެރިޔެއްގެ ގޮތުގައި ޑެމްބެލޭ ދައްކާލައިފި

ޑެމްބެލޭ ބާސާއަށް ސޮއިކޮށްފައިވަނީ 135 މިލިއަން ޕައުންޑަށް

އަހްމަދު ސާއިފް ޝިޔާދް
އަހްމަދު ސާއިފް ޝިޔާދް | 29 އޯގަސްޓު 2017 | އަންގާރަ 06:06
ބާސާ އާއި އަލަށް ގުޅުނު ޑެމްބެލޭ

ބާސާ އާއި އަލަށް ގުޅުނު ޑެމްބެލޭ

ބާސެލޯނާ އަލަށް ގުޅުނު ފްރާންސްގެ ފޯވާޑް އުސްމާން ޑެމްބެލޭ ދައްކާލައިފިއެވެ.

ބޮރުޝިއާ ޑޯޓްމަންޑަށް ކުޅުނު ޑެމްބެލޭ ބާސާއަށް ސޮއިކޮށްފައިވަނީ 135 މިލިއަން ޕައުންޑަށެވެ. އޭނާގެ ޓްރާންސްފާ ފީގެ ގޮތުގައި ބާސާއިން ހުށަހެޅީ 96 މިލިއަން ޕައުންޑެވެ. އަދި ބާކީ 39 މިލިއަން ޕައުންޑަކީ ބޯނަސްގެ ގޮތުގައި ޑޯޓުމަންޑަށްބާސާއިން ހުށަހެޅި އަދަދެކެވެ. ޑެމްބެލޭގެ ރިލީސް ފީއެއްގެ ގޮތުގައި ބާސާއިން ކަނޑައަޅާފައިވަނީ 369 މިލިއަން ޕައުންޑެވެ.

ޑެމްބެލޭ ވަނީ އާދިއްތަ ދުވަހު ބާސާގެ މެޑިކަލް ފުރިހަމަކޮށްފައެވެ. ބާސާގެ ކޭމްޕް ނޫގައި ކުޅުނު މި ޓްރާންސްފާއާއެކު ޑެމްބެލޭ ވެގެން ގޮސްފައިވަނީ ދުނިޔޭގެ ދެވަނަ އަށް އެންމެ އަގު ބޮޑު ކުޅުންތެރިޔާ އަށެވެ. ދުނިޔޭގެ އެންމެ އަގުބޮޑު ކުޅުންތެރިޔަކީ މިހާރު ޕީއެސްޖީއަށް ކުޅެމުން އަންނަ ބްރެޒިލްގެ ތަރި ނޭމާއެވެ.

ބާސާއަށް ސޮއި ކުރުމަށްފަހު ނޫސްވެރިންނާއި ވާހަކަ ދައްކަމުން ޑެމްބެލޭ ބުނެފައިވަނީ އެ ކްލަބަށް ސޮއި ކުރުމަކީ ކުޑައިރުއްސުރެވެސް ދެކޭ ހުވަފެނެއް ކަމަށާއި އެ ހުވަފެން ހަގީގަތަކަށް ވުމުން ވަރަށް އުފާވާ ކަމަށެވެ. އަދި ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިން ތިބި އެންމެ މޮޅު ކްލަބަކީ ބާސާކަމަށް އޭނާ ބުންޏެވެ.

ޑެމްބެލޭއަކީ ދުނިޔޭގައި އެންމެ ފާހަގަ ކޮށްލެވޭ ޒުވާން ކުޅުންތެރިންގެ ތެރޭގައި ހިމެނޭ ކުޅުންތެރިޔެކެވެ. އޭނާއަކީ ދުވެލި ބާރު އަދި ދެފައިން އެއްވަރަކަށް ކުޅުމުގެ ހުނަރު ލިބިފައިވާ ކުޅުންތެރިޔެކެވެ. ޑޯޓްމަންޑަށް ކުޅުމުގެ ކުރިން ޑެމްބެލޭ ވަނީ ފްރާންސްގެ ރެނޭސްއަށްވެސް ކުޅެފައެވެ.

އޭނާގެ އުމުރުން 20 އަހަރުވީ އިރު އޭނާ ވަނީ ޖުމްލަ ހަތް ފަހަރަކު ފްރާންސްގެ ގައުމީ ޓީމަށް ކުޅެފައެވެ. އަދި މިދިޔަ ސީޒަނުގައި ޑޯޓްމަންޑަށް ކުޅުނު 49 މެޗުގައި އޭނާ ވަނީ 10 ލަނޑު ޖަހާފައެވެ.

މިއީ މި ޓްރާންސްފާ މާކެޓުގައި ބާސެލޯނާއިން ގެނައި ފަސް ވަނަ ކުޅުންތެރިޔާއެވެ. އެގޮތުން މީގެ ކުރިން ބާސާއިން ވަނީ ޑިފެންޑަރުން ކަމަށްވާ ނެލްސަން ސެމޭޑޯއާއި މާލޮން ސަންޓޯސްގެ އިތުރުން ޕައުލީނިއޯއާއި ޖެރާޑް ޑެއުލޮފޫ ގެނެސްފައެވެ.

އިތުރަށް ކިޔާލަން

23 އެޕްރީލު 2017

އީގަލްސް ބަލިކޮށް ގްރީން ސްޓްރީޓް ތާވަލުގެ އެއްވަނައަށް އަރައި ފެންވަރު ދައްކާލައިފި

23 އެޕްރީލު 2017
އީގަލްސް ބަލިކޮށް ގްރީން ސްޓްރީޓް ތާވަލުގެ އެއްވަނައަށް އަރައި ފެންވަރު ދައްކާލައިފި
22 އެޕްރީލު 2017

ސުޖަން އަކީ ދިވެހި ކުޅުންތެރިއެއް، ބޭރު ކުޅުންތެރިއެއްގެ ގޮތުގައި ނުދެކެން: ސާންތި

22 އެޕްރީލު 2017
ސުޖަން އަކީ ދިވެހި ކުޅުންތެރިއެއް، ބޭރު ކުޅުންތެރިއެއްގެ ގޮތުގައި ނުދެކެން: ސާންތި
22 އެޕްރީލު 2017

އީގަލްސް އާއި ދެކޮޅަށް ކުޅޭ މެޗަށް ނިކުންނާނީ ފައިނަލެއްގެ ގޮތުގައި ދެކިގެން: ސޮބާ

22 އެޕްރީލު 2017
އީގަލްސް އާއި ދެކޮޅަށް ކުޅޭ މެޗަށް ނިކުންނާނީ ފައިނަލެއްގެ ގޮތުގައި ދެކިގެން: ސޮބާ
19 މާރިޗު 2017

ކޭމްޕުގައި މަސައްކަތްކުރީ ޓީމެއްގެ ގޮތުގައި، އެކަތި ގަނޑެއްގެ ގޮތުގައި: ޝަރަފް

19 މާރިޗު 2017
ކޭމްޕުގައި މަސައްކަތްކުރީ ޓީމެއްގެ ގޮތުގައި، އެކަތި ގަނޑެއްގެ ގޮތުގައި: ޝަރަފް
10 މާރިޗު 2017

މާލޭ ލީގު: ވެލެންސިއާ ބަލިކޮށް ޓީސީން ފެންވަރު ދައްކާލައިފި

10 މާރިޗު 2017
މާލޭ ލީގު: ވެލެންސިއާ ބަލިކޮށް ޓީސީން ފެންވަރު ދައްކާލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު