Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
އިނގިރޭސި ޕްރިމިއާ ލީގު

ސަސްޕެންޝަނަށްފަހު ކުޅުނު ފުރަތަމަ މެޗުން ސިޓީއަށް މޮޅެއް

ލީގުގައި ވެސްޓް ހޭމް އަތުން ސިޓީ މޮޅުވީ 2-0 އިން

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް, ރާއްޖެ އެމްވީ | 20 ފެބުރުއަރީ 2020 | ބުރާސްފަތި 08:16
ސިޓީ އާއި ވެސްޓް ހޭމް ބައްދަލުކުރި މެޗުގެ ތެރެއިން

ސިޓީ އާއި ވެސްޓް ހޭމް ބައްދަލުކުރި މެޗުގެ ތެރެއިން

ޔުއެފާއިން މެންޗެސްޓާ ސިޓީއަށް ދިން ސަސްޕެންޝަނަށްފަހު އެޓީމުން ކުޅުނު ފުރަތަމަ މެޗުން މޮޅުވެއްޖެ އެވެ.

އިނގިރޭސި ޕްރިމިއާ ލީގުގައި ބުދަ ދުވަހުގެރޭ ކުޅުނު މެޗުން ވެސްޓް ހޭމްގެ މައްޗަށް ސިޓީ ކުރިހޯދީ 2-0 ގެ ނަތީޖާއަކުންނެވެ.

ފައިނޭންޝިއަލް ފެއާޕްލޭ (އެފްއެފްޕީ)ގެ އުސޫލުތަކާ ހިލާފުވުމުގެ އިތުރަށް ޔުއެފާ ކްލަބު ލައިސަންސިންގައި މަކަރު ހަދާފައި ވާތީ ޔުއެފާއިން ވަނީ މި މަހުގެ 14 ވަނަ ދުވަހު ކުރިއަށް އޮތް ދެ ސީޒަނަށް ޔޫރަޕުގެ މުބާރާތްތަކުން ސިޓީ ސަސްޕެންޑް ކޮށްފައެވެ. ޔުއެފާއިން ކުރިއަށް އޮތް ދެ ސީޒަނަށް ސިޓީ ސަސްޕެންޑް ކުރުމުން، 2020/2021 އަދި 2021/2022 ވަނަ އަހަރުގެ ސީޒަނުގެ ޗެމްޕިއަންސް ލީގުގައި އެޓީމަށް ނުކުޅެވޭނެ އެވެ.

މި ސަސްޕެންޝަނުގެ ކުރިން ކުޅުނު ދެ މެޗުންވެސް ސިޓީ ވަނީ ބަލިވެފައެވެ. އެއީ ލީގު ކަޕްގައި ޔުނައިޓެޑާ ދެކޮޅަށް ކުޅުނު މެޗާއި ލީގުގައި ޓޮޓެންހަމާ ދެކޮޅަށް ކުޅުނު މެޗެވެ.

ލީގުގައި ބުދަ ދުވަހުގެރޭ ވެސްޓް ހޭމް އަތުން ސިޓީ މޮޅުވުމުން، އެއްވަނައިގައި ލިވަޕޫލް މިހާރު އޮތީ 22 ޕޮއިންޓުގެ ލީޑަކާއެކުއެވެ. ލިވަޕޫލަށް 26 މެޗުން 76 ޕޮއިންޓު ލިބިފައިވާއިރު، ސިޓީއަށް 26 މެޗުން ލިބިފައިވަނީ 54 ޕޮއިންޓެވެ.

ބުދަ ދުވަހުގެރޭގެ މެޗަކީ މީގެ 10 ދުވަސް ކުރިން ކުޅެން ހަމަޖެހިފައި އޮތް މެޗެކެވެ. މި މެޗު ފަސްކުރީ މޫސުން ގޯސްވުމާއި ގުޅިގެންނެވެ.

ސިޓީގައި ދަނޑުގައި ކުޅުނު މި މެޗުގެ 30 ވަނަ މިނެޓުގައި އެޓީމަށް ލީޑު ނަގައިދިނީ ކެވިން ޑި ބްރޭނާގެ އަހީއާއެކު ރޮޑްރީ އެވެ. އަދި ސިޓީއަށް 62 ވަނަ މިނެޓުގައި ލީޑު ފުޅާކޮށްދިނީ ބެނާޑޯ ސިލްވާގެ އެހީއާއެކު ކެވިން ޑި ބްރޭނާ އެވެ.

ލީގުގައި ދެން ސިޓީން މެޗެއް ކުޅޭނީ މި މަހުގެ 22 ވަނަ ދުވަހު އެވެ. އެ ދުވަހު ސިޓީ ނުކުންނާނީ ތިންވަނައިގައި އޮތް ލެސްޓާ ސިޓީއާ ދެކޮޅަށެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ކުރިއަށް އޮތް ދެ މެޗުން ޗެލްސީ މޮޅުވެއްޖެ ނަމަ އަތުލަން އުނދަގޫވާނެ: ޕޮޗީޓޯ

ކުރިއަށް އޮތް ދެ މެޗުން ޗެލްސީ މޮޅުވެއްޖެ ނަމަ އަތުލަން އުނދަގޫވާނެ: ޕޮޗީޓޯ

31 ޖެނުއަރީ 2017
ގައުމީ އަންހެން ޓީމުގެ ފުރަތަމަ ކެޕްޓަން މިރުފަތު ރިޓަޔާކޮށްފި

ގައުމީ އަންހެން ޓީމުގެ ފުރަތަމަ ކެޕްޓަން މިރުފަތު ރިޓަޔާކޮށްފި

27 ޖެނުއަރީ 2017
އީގަލްސްއާ ދެކޮޅަށް ކުޅުނު އެކުވެރިކަމުގެ މެޗު މާޒިޔާ ކާމިޔާބުކޮށްފި

އީގަލްސްއާ ދެކޮޅަށް ކުޅުނު އެކުވެރިކަމުގެ މެޗު މާޒިޔާ ކާމިޔާބުކޮށްފި

25 ޖެނުއަރީ 2017
ދެވަނަ މެޗުންވެސް ގައުމީ އަންހެން ޓީމު ބަލިވެއްޖެ

ދެވަނަ މެޗުންވެސް ގައުމީ އަންހެން ޓީމު ބަލިވެއްޖެ

25 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ކޯސްޓާ އެނބުރި އައި މެޗުން ޗެލްސީ މޮޅުވެ 8 ޕޮއިންޓްގެ ލީޑެއް

ޕްރިމިއާ ލީގު: ކޯސްޓާ އެނބުރި އައި މެޗުން ޗެލްސީ މޮޅުވެ 8 ޕޮއިންޓްގެ ލީޑެއް

23 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

4 މެއި
މަސްވެރިކަމުގެ ސިނާއަތް 2024 ގައި 48.4 އިންސައްތަ ދަށަށް ހިނގައްޖެ
20251 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

މަސްވެރިކަމުގެ ސިނާއަތް 2024 ގައި 48.4 އިންސައްތަ ދަށަށް ހިނގައްޖެ

ރާއްޖެޓީވީއަށް ސަރުކާރުގެ ކުންފުނިތަކުން ދެމުންއައި ހުރިހާ ސްޕޮންސަރތައް ކަނޑާލައިފި
20242 އަހަރު ކުރިން
ރާއްޖެ

ރާއްޖެޓީވީއަށް ސަރުކާރުގެ ކުންފުނިތަކުން ދެމުންއައި ހުރިހާ ސްޕޮންސަރތައް ކަނޑާލައިފި

ކެޕްޓަން ރަޝީދު: " އަޅުގަނޑުމެންނަށް ބޯޓު ނުޖައްސައި ފަރުޖެހޭކަށް ނެތް، ފިއުލްއެއްވެސް، ދާނެ ތަނެއްވެސް ނެތް"
20233 އަހަރު ކުރިން
ރިޕޯޓު

ކެޕްޓަން ރަޝީދު: " އަޅުގަނޑުމެންނަށް ބޯޓު ނުޖައްސައި ފަރުޖެހޭކަށް ނެތް، ފިއުލްއެއްވެސް، ދާނެ ތަނެއްވެސް ނެތް"

ބީޖީ ގަރާޖު ސަރަޙައްދުގައި މަރުވެފައި އޮތް މީހާއަކީ ކާކުކަން ދެނެގަނެފި
20224 އަހަރު ކުރިން
ރާއްޖެ

ބީޖީ ގަރާޖު ސަރަޙައްދުގައި މަރުވެފައި އޮތް މީހާއަކީ ކާކުކަން ދެނެގަނެފި

މަލިކު އިސްބަޣޫލު ފަނި ބުއިންތަ؟ މިއޮތީ ވަރަށް ތަފާތު ރެސިޕީއެއް
20215 އަހަރު ކުރިން
ލައިފް ސްޓައިލް

މަލިކު އިސްބަޣޫލު ފަނި ބުއިންތަ؟ މިއޮތީ ވަރަށް ތަފާތު ރެސިޕީއެއް

ހުކުރު މިސްކިތުގެ އާބާތުރަ ފިލުވުން- ވަޅުދިޔަ ހިއްކަން ފޭބީ ޑެޕިއުޓީ މިނިސްޓަރު
20197 އަހަރު ކުރިން
ރާއްޖެ

ހުކުރު މިސްކިތުގެ އާބާތުރަ ފިލުވުން- ވަޅުދިޔަ ހިއްކަން ފޭބީ ޑެޕިއުޓީ މިނިސްޓަރު

ސައުދީގައި ފައްޅި އަޅަން ވެޓިކަން އާއިއެކު އެއްބަސްވެއްޖެ
20188 އަހަރު ކުރިން
ދުނިޔެ

ސައުދީގައި ފައްޅި އަޅަން ވެޓިކަން އާއިއެކު އެއްބަސްވެއްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު