Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެދީނީ އިލްމުވެރިޔާ ޑރ. ބިލާލު ފިލިޕްސް

ދީނީ އިލްމުވެރިޔަކު ނުގެނައުމަކީ ލާދީނީވުންތޯ: ޝެއިހް ހުސައިން

19 ފެބުރުއަރީ 2020 | ބުދަ 07:20

ޑރ. ބިލާލު ފިލިޕްސްއަކީ ފަރުކަށި ފިކުރުގެ ބޭފުޅެއްކަމަށް ބޭރުގެ ބައެއް ރިޕޯޓްތަކުގައި ބުނެފައިވާއިރު، އިސްލާމީ ބައެއް ގައުމުތަކަށް ވަޑައިގެންނެވުން މަނާ ކޮށްފައިވާ ބޭފުޅުން ކަމަށްވޭ

މުހައްމަދު ފަޒީން
މުހައްމަދު ފަޒީން | 19 ފެބުރުއަރީ 2020 | ބުދަ 07:20
ޑރ، ބިލާލް ފިލިޕްސް

ޑރ، ބިލާލް ފިލިޕްސް

ދީނީ އިލްމުވެރިޔަކު ނުގެނައުމަކީ ލާދީނީވުންތޯއޭ ވިދާޅުވެ، ދީނީ އިލްމުވެރިޔާ ޝެއިހް ހުސައިން ރަޝީދު ސުވާލު އުފައްދަވައިފިއެވެ.

ޝެއިހް ހުސައިން ރަޝީދު މިހެން ވިދާޅުވެ، ޓްވީޓް ކުރައްވާފައި މިވަނީ، ޔޫތް މިނިސްޓްރީން އިންތިޒާމުކޮށްގެން ބާއްވަން ނިންމި މަޝްހޫރު ދީނީ އިލްމުވެރިޔާ ޑރ. ބިލާލް ފިިލިޕްސްގެ ދަރުސް މަޑުޖައްސާލަން ނިންމި ނިންމުމާއި ގުޅިގެން، ރާއްޖޭގެ ބައެއް ދީނީ އިލްމުވެރިންގެ ހުރި ކަންބޮޑުވުންތައް ސޯޝަލް މީޑިއާގައި ފާޅުކުރައްވާފައި ވަނިކޮށެވެ.

Advertisement - newsAdvertisement

ޔޫތް މިނިސްޓަރު އަހުމަދު މަހްލޫފް ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ، އުފައްދަމުންދާ ސުވާލުތަކާއި އަދި ކަންބޮޑުވުންތަކާ ގުޅިގެން، ކަމާގުޅޭ އިދާރާތަކުގެ ލަފާ ހޯދުމަށް ޑރ. ބިލާލް ފިލިޕްސް ގެ އިވެންޓް މަޑުޖައްސާލާފައިވާ ވާހަކަ މައުލޫމާތައްޓަކައި ހިއްސާ ކުރައްވާ ކަމަށެވެ.

ޑރ. ބިލާލު ފިލިޕްސް ގެނައުމާމެދު ބައެއް ދީނީ އިލްމުވެރިންގެ ކަންބޮޑުވުން އެންމެބޮޑަށް ފާޅު ކުރައްވާފައި ވަނީ، ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ކުރެއްވި ޓްވީޓަކާ ގުޅިގެންނެވެ.

ރައީސް ނަޝީދު ކުރެއްވި އެ ޓުވީޓުގައި ވިދާޅުވެފައިވަނީ، ޑރ. ބިލާލް ފިލިޕްސް އަކީ ދީނީ ހެޔޮލަފާ ނަސޭހަތް ދެއްވާ ބޭފުޅެއްގެ ގޮތުގައި ގިނަ އިސްލާމީ މުޖުތަމައުތަކުން ބަލައިނުގަންނަ ބޭފުޅެއް ކަމަށެވެ. އަދި އެ ބޭފުޅާ ރާއްޖެ ގެންނަން ނުފެންނަ ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

ރައީސް ނަޝީދުގެ އެ ޓްވީޓާއި ގުޅިގެން، އެމަނިކުފާނަށް ސޯޝަލް މީޑިއާގައި އެންމެ ބޮޑަށް ރައްދު ދެއްވަމުން ގެންދަވާ ދީނީ އިލްމުވެރިޔާ ޑރ. އިޔާޒު ވިދާޅުވީ، ދީނީ ނަސޭހަތް ރަނގަޅު ގޮތުގައި ދެއްވާ ބޭފުޅުންނާއި އެނޫން ބޭފުޅުން ވަކިކުރައްވަން އެނގިވަޑައިގަންނަވާވަރަށްވުރެ އެމަނިކުފާނުގެ ލާދީނީކަން ބޮޑު ކަމަށެވެ. ނޭނގޭ ވާހަކަ ނުދައްކަވާ މަޑުން ހުރެވޭތޯ ބެއްލެވުމަށް ވެސް އިޔާޒު ވަނީ ރައީސް ނަޝީދުއަށް ގޮވާލައްވާފައެވެ. އަދި ވިދާޅުވީ "ފަތަށް" ވެސް ލުއިވާނީ އެގޮތް ކަމަށެވެ.

މޯލްޑިވްސް ނޭޝަނަލް ޔުނިވަރސިޓީގެ ލެކްޗަރާ ޝެއިހު އަލީ ޒައިދު ވިދާޅުވީ، މީހުން ލާދީނީއޭ ކިޔަނީ ކިޔަން ވެގެން ކަމަށެވެ. ބަރަހަނާވި އަންހެނާގެ ދިފާއުގައި ރޮއިހޭރި ރާއްޖެ އައުމަށް ދައުވަތުދީފައި، މުޅި ދުނިޔެއަށް މަޝްހޫރު އިސްލާމީ އިލްމުވެރިއެއް އަންނާތީ އެކަމާ ހިތަށް ކެތް ނުވެގެން "ޕަޕެޓް ކުދިންކޮޅާއެކު" ނުކުމެ އެކަމާ ދެކޮޅުވީ ކަމަށެވެ. އަދި މިއީ ކޮންފަދަ ސިފައެއްތޯއޭ ވިދާޅުވެ ޒައިދު ވަނީ ސުވާލު އުފައްދަވާފައެވެ.

ޑރ. ބިލާލު ފިލިޕްސްއަކީ އިސްލާމީ ބައެއް ގައުމުތަކުން ވެސް ގަބޫލު ކުރާގޮތުގައި ހަރުކަށި ފިކުރުގެ ބޭފުޅެއް ކަމަށް ބައިނަލް އަގްވާމީ ބައެއް ރިޕޯޓްތަކުގައި ފާހަގަކޮށްފައިވާ ބޭފެކެވެ. ހަރުކަށި ފިކުރާ ގުޅުންހުރި ބައެއް ކަންކަން ރައްޖޭގައި ހިންގަމުންދާއިރު، ހިންގާފައިވާ ބޮޑެތި ބައެއް ޖަރީމާތަކުގައި ވެސް ހަރުކަށި ފިކުރުގެ މީހުންގެ އަތެއްވާކަމަށް ވެއެވެ.

ދުނިޔޭގެ މަޝްހޫރު ދީނީ އިލްމުވެރިނަށް ދަރުސް ދެއްވުމުގެ ފުރުސަތު ރާއްޖެއިން ނުދޭކަމަށް ރާއްޖޭގެ ބައެއް ދީނީ އިލްމުވެރިން ވިދާޅުވި ނަމަވެސް، ދުނިޔޭގެ މަޝްހޫރު ދީނީ އިލްމުވެރިޔާ އިސްމާއިލް މޫސާ މެންކް، ނުވަތަ މުފްތީ މެންކް އަށް ދިވެހި ސަރުކާރުން ވަނީ ދާދިފަހުން ދައުވަތު ދެއްވާފައި ވެއެވެ. އަދި އެ ދައުވަތު ގަބޫލު ކުރައްވައި، މިދިއަ ޖެނުއަރީ މަހުގެ 14 ވަނަ ދުވަހު ރާއްޖެ ވަޑައިގެން، ރާއްޖޭގެ ބޮޑެތި ބައެއް ރަށްތަކުގަ އާއި މާލޭ ސިޓީގައި މުފްތީ މެންކް ވަނީ ދީނީ ދަރުސްތައް ދެއްވާފައި ވެއެވެ. އަދި އެހަފްތާގެ ހުކުރު ދުވަހު އިސްލާމީ މަރުކަޒުގައި ހުކުރު ހުތުބާ އިއްވާ ދެއްވައި އިމާމުވެ ހުކުރު ކުރައްވާ ވެއެވެ.

އެންމެ ހިނގާ

1

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

2

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

3

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

4

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

5

ލިންކަން މަނަވަރުގައި އެމެރިކާ ސިފައިން ކަނޑަށް ފުންމާލައިގެން އަމިއްލަ އަށް މަރުވާން އުޅުނު ރިޕޯޓުތަކާ އެކު އިތުރު ކަންބޮޑުވުން އުފެދިއްޖެ

އިތުރަށް ކިޔާލަން

25 ޖޫން 2017

މިއީ ތާފާތު މަންޒަރެއް، ޝެއިހް އިމްރާން ފެންކުޅީގެ ހަރާކާތުގައި ބައިވެރިވަޑައިގެންފި

25 ޖޫން 2017
މިއީ ތާފާތު މަންޒަރެއް، ޝެއިހް އިމްރާން ފެންކުޅީގެ ހަރާކާތުގައި ބައިވެރިވަޑައިގެންފި
22 ޖޫން 2017

ދީނީކަންކަން ކުރިއަރުވާ ފަންޑުގެ އެއް މިލިއަން ރުފިޔާއަށް ވީނުވީއެއް ނޭނގޭ!

22 ޖޫން 2017
ދީނީކަންކަން ކުރިއަރުވާ ފަންޑުގެ އެއް މިލިއަން ރުފިޔާއަށް ވީނުވީއެއް ނޭނގޭ!
04 ޖޫން 2017

ދީނީ ދަރުސް ދިނުމުގެ ހުއްދަ ޝައިޚް އިލްޔާސަށް އަލުން ދީފި

04 ޖޫން 2017
ދީނީ ދަރުސް ދިނުމުގެ ހުއްދަ ޝައިޚް އިލްޔާސަށް އަލުން ދީފި
29 މެއި 2017

ރާއްޖޭގެ ރަށެއްގައި 70 ޕަސެންޓް މީހުން ރޯދަ ނުހިފާ ކަމަށް ވިދާޅުވީ ޝެއިހް ޒައިދުއަށް މިނިސްޓްރީން ނަސޭހަތް ދީފި

29 މެއި 2017
ރާއްޖޭގެ ރަށެއްގައި 70 ޕަސެންޓް މީހުން ރޯދަ ނުހިފާ ކަމަށް ވިދާޅުވީ ޝެއިހް ޒައިދުއަށް މިނިސްޓްރީން ނަސޭހަތް ދީފި
12 އެޕްރީލު 2017

ދީނީ ގޮތުން ހަރުކަށި ފިކުރުތައް ފެތެރެމުންދާ ރަށްތަކާ އެކަމަށް ހިއްވަރުދޭ މީހުން އެނގިއްޖެ: ޑިފެންސް މިނިސްޓަރު

12 އެޕްރީލު 2017
ދީނީ ގޮތުން ހަރުކަށި ފިކުރުތައް ފެތެރެމުންދާ ރަށްތަކާ އެކަމަށް ހިއްވަރުދޭ މީހުން އެނގިއްޖެ: ޑިފެންސް މިނިސްޓަރު
07 މާރިޗު 2017

ދީނީ އޮޅުންތައް ސާފުކުރެވޭނެ ވަސީލަތްތައް ރައީސް ޔާމީން ވަނީ ވަރުގަދަކޮށްދެއްވާފައި: ހޯމް މިނިސްޓަރު

07 މާރިޗު 2017
ދީނީ އޮޅުންތައް ސާފުކުރެވޭނެ ވަސީލަތްތައް ރައީސް ޔާމީން ވަނީ ވަރުގަދަކޮށްދެއްވާފައި: ހޯމް މިނިސްޓަރު
24 ފެބުރުއަރީ 2017

އެމްޑީޕީގެ ވެރިކަމުގައި އެންމެ ބޮޑު އިސްކަމެއްދިނީ ދީނީ ވަހުދަތު އާލާކުރަން:އަމީރު

24 ފެބުރުއަރީ 2017
އެމްޑީޕީގެ ވެރިކަމުގައި އެންމެ ބޮޑު އިސްކަމެއްދިނީ ދީނީ ވަހުދަތު އާލާކުރަން:އަމީރު
09 ފެބުރުއަރީ 2017

ދީނީ ތަފާތު ހިޔާލުތައް ފެތުރުމުން މުޖުތަމައުގައި ބައިބައިވުން އުފެދޭ: ކޮމިޝަނަރ އޮފް ޕޮލިސް

09 ފެބުރުއަރީ 2017
ދީނީ ތަފާތު ހިޔާލުތައް ފެތުރުމުން މުޖުތަމައުގައި ބައިބައިވުން އުފެދޭ: ކޮމިޝަނަރ އޮފް ޕޮލިސް
05 ފެބުރުއަރީ 2017

މޫނު ބުރުގާ އަޅައިގެން ވަޒީފާ އަށް ނިކުތުން މަނާކުރާ މައްސަލައިގައި ދީނީ އިލްމުވެރިންތަކެއް ކޯޓަށް!

05 ފެބުރުއަރީ 2017
މޫނު ބުރުގާ އަޅައިގެން ވަޒީފާ އަށް ނިކުތުން މަނާކުރާ މައްސަލައިގައި ދީނީ އިލްމުވެރިންތަކެއް ކޯޓަށް!
27 ޖެނުއަރީ 2017

އަނިޔާވެރި ވެރިއެއް ރައްޔިތުންގެ މައްޗަށް އަންނަނީ ރައްޔިތުން އަނިޔާވެރިވުމުން: ޝެއިހް ހުސެއިން

27 ޖެނުއަރީ 2017
އަނިޔާވެރި ވެރިއެއް ރައްޔިތުންގެ މައްޗަށް އަންނަނީ ރައްޔިތުން އަނިޔާވެރިވުމުން: ޝެއިހް ހުސެއިން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް