Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ރައްޔިތުންގެ މަޖިލިސް

މިހާރު ހުށަހެޅެމުންދާ ބިލުތަކަކީ އަންޒަމާނު ކަރަޔަށް ވައި އެރިއިރުގެ ތަކެތި، ހުސް ބަހަނާ!: ނަޝީދު

ސަރުކާރުން ބިލެއްް ހުށަހަޅާއިރު ގިނަ ފަހަރު މަޝްވަރާ ކުރެވިފައި އޮންނަނީ ހާމަކަން މައްޗަކު ނޫން: ނަޝީދު

އުމްނާ އިސްމާއިލް
އުމްނާ އިސްމާއިލް, ރާއްޖެ އެމްވީ | 19 ފެބުރުއަރީ 2020 | ބުދަ 06:10
ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު

މިހާރު ހުށަހެޅެމުންދާ ބިލުތަކަކީ އަންޒަމާނު ކަރަޔަށް ވައި އެރިއިރުގެ ތަކެތި ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ބުދަ ދުވަހުގެ މަޖިލީހުގެ ޖަލްސާގައި ސަރުކާރުގެ ފަރާތުން ހުށަހެޅުނު "ނަފްސާނީ ސިއްޙަތާއި ބެހޭ ބިލު" އަނބުރާ ގެންދެވިކަން އިއުލާނު ކުރައްވާ ނަޝީދު ވިދާޅުވީ ބިލުގެ ގޮތުގައި ބައެއް ފަހަރު މަޖިލީހަށް ހުށަހެޅެނީ ސުރުހީއެއް ކަމަށެވެ.

Advertisement - newsAdvertisement

ނަޝީދު ވިދާޅުވީ ބަދަލު ގެނެސް، ރައްޔިތުން ބޭނުންވާ ގޮތް ދެނެގަނެ އެ ބިލެއް ފުރިހަމަ ކުރަނީ އެކި ފަރާތްތަކާއި މަޝްވަރާ ކުރުމަށްފަހު މަޖިލީހުން ކަމަށެވެ. ނަޝީދު ވިދާޅުވީ އާއްމުންގެ މަޝްވަރާއާއި ބައިވެރިވުން އެ ބިލަކަށް ގެންނަން ޖެހެނީ މަޖިލީހުން ކަމަށެވެ.

މިދިޔަ ދައުރު ނިމުނު އިރުގައި 56 ބިލެއްގެ މަސައްކަތް އެއްފަހަރާ ލިބުނުކަން ފާހަގަކުރައްވާ މަޖިލީހުގެ ރައީސް ވިދާޅުވީ އެ ބިލުތައް މެމްބަރުންގެ ތެރޭގައި ބަހާލެވުނު ކަމަށެވެ. އަދި އެ ބިލުތަކަކީ ބޭރުގެ ގައުމުތަކުގެ ޕްރެޝަރ ބޮޑުވުމުން ދިވެހި ސަރުކާރުން ބަހަނާ ދެއްކުމުގެ ނިޔަތުގައި ސަރުކާރުގެ އެކި ވުޒާރާތަކުގައި ފަށާފައި ހުރި ބައިވަރު މަސައްކަތްތަކެއް ކަމަށެވެ. ރައީސް ނަޝީދު ވިދާޅުވީ ދިވެހިން ބޭނުންވަނީ ބަހަނާތަކެއް ނޫން ކަމަށެވެ. ދިވެހި ރައްޔިތުން ބޭނުންވަނީ މެމްބަރުންގެ ފަރާތުން އެކަންތައް ކުރުމަށް ކަމަށެވެ.

އެމްޑީޕީގެ ރައީސް، ނަޝީދު ވިދާޅުވީ ސަރުކާރުން ހުށަހަޅުއްވާފައިވާ ބިލުތަކަކީ އެއްވެސް ހާލެއްގައި ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީގެ މެނިފެސްޓޯގެ އަމާޒްތައް ސީދާގޮތުގައި ފާހަގަވާ ބިލުތަކެއް ނޫން ކަމަށެވެ. އަދި މިއަދު ހުށަހެޅިގެންދާ ބިލުތަކަކީ 1980ގެ އަހަރުތަކުއްސުރެ އެކި ވުޒާރާތަކުގައި އެކި ގޮތްގޮތަށް ހުރި ބިލުތަކެއް ކަމަށެވެ.

ނަޝީދު ވިދާޅުވީ އެކަމާ ގުޅިގެން މިއަދުގެ ބައެއް ޒުވާނުންނާއި ރައްޔިތުން އަދި ކުދިން ކަންބޮޑުވުން ފާޅުކުރާނެ ކަމަށެވެ. އަދި އެކަންބޮޑުވުން ބަލައިގަންނަކަމަށެވެ. ރައީސް ނަޝީދު ވިދާޅުވީ، އެ ބިލުތަކަކީ އަންޒަމާނު ކަރަޔަށް ވައި އެރިއިރުގެ ތަކެތިކަން ހުރިހާ ރައްޔިތުންނަށް ސާފުކޮށްދޭން ބޭނުންވާ ކަމަށެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ރައީސް ޔާމީން މިހާރު ކުރައްވަމުން އެ ގެންދަވާ ކަމަކީ އެމްޔޫއޯއަށް ކެމްޕެއިން ކޮށްދިނުން: ޝަމާޢު

ރައީސް ޔާމީން މިހާރު ކުރައްވަމުން އެ ގެންދަވާ ކަމަކީ އެމްޔޫއޯއަށް ކެމްޕެއިން ކޮށްދިނުން: ޝަމާޢު

03 މާރިޗު 2017
ރާއްޖޭގެ ރައްޔިތުންނަށް މިހާރު ލިބިފައި އޮތް ވޯޓުގެ ހައްގު ވެސް ނިގުޅައިގެންދާނެ ކަމުގެ ބިރުއެބައޮތް: މާރިއާ

ރާއްޖޭގެ ރައްޔިތުންނަށް މިހާރު ލިބިފައި އޮތް ވޯޓުގެ ހައްގު ވެސް ނިގުޅައިގެންދާނެ ކަމުގެ ބިރުއެބައޮތް: މާރިއާ

02 މާރިޗު 2017
ޑައިވިންއަށް ދިޔަމީހާ 24 ގަޑިއިރުވީއިރުވެސް ނުފެނުނު، މިހާރުވެސް ދަނީ މަސައްކަތް ކުރަމުން: އެމްއެންޑީއެފް

ޑައިވިންއަށް ދިޔަމީހާ 24 ގަޑިއިރުވީއިރުވެސް ނުފެނުނު، މިހާރުވެސް ދަނީ މަސައްކަތް ކުރަމުން: އެމްއެންޑީއެފް

18 ފެބުރުއަރީ 2017
މިހާރު 9 އަހަރުގައި ސިނގިރެޓް ބޯން ފަށާ:އެޗްޕީއޭ

މިހާރު 9 އަހަރުގައި ސިނގިރެޓް ބޯން ފަށާ:އެޗްޕީއޭ

17 ފެބުރުއަރީ 2017
ސިއްހީ ޚިދުމަތްތައް ދޭ ފަރާތްތަކުން މިހާރު ގެންގުޅޭ ސަގާފަތް ބަދަލުކުރަން ޖެހޭ: މިނިސްޓަރ

ސިއްހީ ޚިދުމަތްތައް ދޭ ފަރާތްތަކުން މިހާރު ގެންގުޅޭ ސަގާފަތް ބަދަލުކުރަން ޖެހޭ: މިނިސްޓަރ

15 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

24 އެޕްރީލު
ރައީސަށް ލަފާދޭ ޒުވާނުންގެ ބޯޑުން މަޝްހޫރު ޓީވީ ޕްރެޒެންޓަރު ހުވައިނާ އިސްތިއުފާ ދީފި
20251 އަހަރު ކުރިން
ރާއްޖެ

ރައީސަށް ލަފާދޭ ޒުވާނުންގެ ބޯޑުން މަޝްހޫރު ޓީވީ ޕްރެޒެންޓަރު ހުވައިނާ އިސްތިއުފާ ދީފި

މެޑިސިން ކިޔަވަމުންދާ 200ށް ވުރެ ގިނަ ދަރިވަރުން ގޮތެއް ނުދައްކާ މަގުމަތިކޮށްލަނީ
20242 އަހަރު ކުރިން
ރިޕޯޓު

މެޑިސިން ކިޔަވަމުންދާ 200ށް ވުރެ ގިނަ ދަރިވަރުން ގޮތެއް ނުދައްކާ މަގުމަތިކޮށްލަނީ

''އިރުއަރަންދެން ދަގަނޑު ހޮޅިއަކުން ތަޅާ އަނިޔާކުރި'' އެކަމަކު ވެސް އެ ކައިވެނީގައި ތިން އަހަރު
20233 އަހަރު ކުރިން
ރިޕޯޓު

''އިރުއަރަންދެން ދަގަނޑު ހޮޅިއަކުން ތަޅާ އަނިޔާކުރި'' އެކަމަކު ވެސް އެ ކައިވެނީގައި ތިން އަހަރު

ރައީސް ޞާލިހުގެ އެދަތުރު: އާއިލާ ބޭފުޅުންގެ ދުލުން
20224 އަހަރު ކުރިން
ރިޕޯޓު

ރައީސް ޞާލިހުގެ އެދަތުރު: އާއިލާ ބޭފުޅުންގެ ދުލުން

އިންތިހާއަށް އާދޭސްކުރިން، އެކަމަކު އަޅާނުލި: ''ދިރިއުޅުން ހަލާކުވެގެންދިޔައީ އެންމެ ހަތަރު ދުވަހުން''
20215 އަހަރު ކުރިން
ރިޕޯޓު

އިންތިހާއަށް އާދޭސްކުރިން، އެކަމަކު އަޅާނުލި: ''ދިރިއުޅުން ހަލާކުވެގެންދިޔައީ އެންމެ ހަތަރު ދުވަހުން''

ލަންކާގެ ބޮމުގެ ހަމަލާތައް: ހަށިގޮއްވާލި ދެބެއިންގެ ބައްޕަ ހައްޔަރަށް
20197 އަހަރު ކުރިން
ދުނިޔެ

ލަންކާގެ ބޮމުގެ ހަމަލާތައް: ހަށިގޮއްވާލި ދެބެއިންގެ ބައްޕަ ހައްޔަރަށް

ސަރުކާރުން އަނބިމީހާ ވަރިކުރުން- ހާލަތުއް ޟަރޫރާ
20188 އަހަރު ކުރިން
ރިޕޯޓު

ސަރުކާރުން އަނބިމީހާ ވަރިކުރުން- ހާލަތުއް ޟަރޫރާ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު