Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ފަލަސުރުހީ

ކުޑަކުދިންނަށް ކުރާ ޖިންސީ ގޯނާތަކުގެ އެންމެ ބޮޑު މައްސަލައަކީ އިންސާފު ނުލިބުން: ޖީހާން

ވޭތުވެދިޔަ 15 އަހަރުގެ ތެރޭގައި ކުޑަކުދިންނަށް ޖިންސީ ފުރައްސާރަކުރިކަމުގެ 3135 މައްސަލަ ފުލުހުންނަށް ހުށަހެޅުނު

ދާނިޝް ނިޡާމް
ދާނިޝް ނިޡާމް, ރާއްޖެ އެމްވީ | 15 ފެބުރުއަރީ 2020 | ހޮނިހިރު 17:27
ރައްޔިތުންގެ މަޖިލީހުގެ ހިންނަވަރު ދާއިރާގެ މެމްބަރު ޖީހާން މަހުމޫދް

ރައްޔިތުންގެ މަޖިލީހުގެ ހިންނަވަރު ދާއިރާގެ މެމްބަރު ޖީހާން މަހުމޫދް

ކުޑަ ކުދިންނަށް ޖިންސީ ގޯނާކޮށްފައި ތިބި ފަރާތްތައް އިންސާފުން އެއްކިބާވެ މުޖްތަމައަށް ދޫވެފައި ތިބުމަކީ, މުޖިުތަމައަށާއި އެކުދީންގެ އާއިލާއަށް ވަރަށް ބޮޑު ރިސްކެއްކަމަށް ރައްޔިތުންގެ މަޖިލީހުގެ ހިންނަވަރު ދާއިރާގެ މެމްބަރު ޖީހާން މަހުމޫދް ވިދާޅުވެއްޖެއެވެ.

ރާއްޖެޓީވީގެ ފަލަސުރުހީ ޕްރޮގުރާމްގައި ވާހަކަ ދައްކަވަމުން ރައްޔިތުންގެ މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑަރ ކޮމިޓީގެ މުގައްރިރުކަންވެސް ކުރައްވަމުން ގެންދަވާ ޖީހާން ވިދާޅުވީ 19 ވަނަ ރައްޔިތުންގެ މަޖިލީހުގައި އަލަށް އުފެދުނު ކޮމިޓީއަށް ޒަމާންވީ ބޮޑެތި މައްސަލަތައް ހުށަހެޅިގެން ދިޔަކަމަށާއި އެއާއެކު އިންސާފު ނުލިބި ދިގުލައިގެން ގޮސްފައިވަނީ ކިތެއް މައްސަލަތޯ ބެލުމަށް ކޮމިޓީން ނިންމިކަމަށެވެ.

Advertisement - newsAdvertisement

އެގޮތުން ތަފާސްހިސާބުތައް ކިރިޔާވެސް ލިބެން ހުރީ ކޮންއިރަކުންތޯ ބެލުމަށް ފަހު ފާއިތުވި 15 އަހަރުގެ ތެރޭގައި ފުލުހުންނަށް ހުށަހެޅިފައިވާ މައްސަލަތަކުގެ ތަފްސީލަށް ބެލުމަށް ނިންމިކަމަށް ޖީހާން ވިދާޅުވިއެވެ.

ވޭތުވެދިޔަ 15 އަހަރުގެ ތެރޭގައި ކުޑަކުދިންނަށް ޖިންސީ ފުރައްސާރަކުރިކަމުގެ 3135 މައްސަލަ ފުލުހުންނަށް ހުށަހެޅުނު ކަމަށް ފާހަގަކުރެވިފައިވާކަމަށާއި އެ މައްސަލަތައް ތަހުގީގުކޮށް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހާއި ހަމަޔަށް ގޮސް އެ އޮފީހުން ކޯޓަށް ދިޔުމުން ކުށްކުރާ މީހާގެ މައްޗަށް ކުށް ސާބިތުވެފައިވަނީ އެންމެ 36.41 މައްސަލައިގައި އެކަނިކަމަށް ޖީހާން ވަނީ ފާހަގަކުރައްވާފައެވެ.

ޖީހާން ވިދާޅުވީ، މިކަންތަކުން އެނގިގެން ދިޔައީ ރާއްޖޭގައި ހެދިފައިވާ ނިޒާމުތަކުން ޖިންސީ ގޯނާކޮށްފައިވާ ކުޑަކުދިންނަށް އިންސާފު ހޯދައިދެވިފައި ނުވާކަންކަމަށާއި 36 އިންސައްތަ މީހުންނަށް ކުށް ސާބިތުވެފައިވާއިރު، 45 އިންސައްތައަށް މައްސަލަ ސާބިތު ނުވެ 2 އިންސައްތަ މައްސަލަ ސާބިތުނުވާކަމަށެވެ.

ޖީހާން ވިދާޅުވީ ފުލުހުން އެ މައްސަލަ ޕީޖީއަށް ފޮނުވަނީ އެކަށީގެންވާ ހެކި ހޯދުމަށް ފަހުގައި ކަމަށާއި އަދި ޕީޖީން އެ މައްސަލަ ކޯޓަށް ހުށަހަޅަނީވެސް ޔަގީންކަން އޮވެގެން ކަމަށެވެ. ނަމަވެސް، އިންސާފުން އެއްކިބާވެ އެ ފަރާތްތައް މުޖްތަމައަށް ދޫވެފައި ތިބުމަކީ އާއިލާތަކަށާއި އެ ކުދިންގެ އިތުރުން މުޅި މުޖްތަމައުވެސް ބޮޑު ނުރައްކަލަކަށް ހުށަހެޅިގެންދާނެކަމެއްކަމަށް ޖީހާން ވަނީ ފާހަގަކުރައްވާފައެވެ.

މިފަހުން ކުޑަކުދިންނަށް ކުރާ ޖިންސީ ގޯނާގެ މައްސަލަތައް އިތުރުވެފައިވާތީ ރައްޔިތުން އަންނަނީ މިކަމާއިމެދު އިންތިހާއަށް ކަންބޮޑުވުން ފާޅުކޮށް އަވަސް ފިޔަވަޅުތަކެއް އެޅުމަށް ގޮވާލަމުންނެވެ. އަދި އެފަދަ ފަރާތްތަކަށް ގާނޫނުގެ ތެރެއިން ދެވެން އޮތް އެންމެ ހަރުކަށި އަދަބު ދިނުމަށްވެސް ގިނަ ފަރާތްތަކަކުން އަންނަނީ ވަކާލާތުކުރަމުންނެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ދުނިޔޭގެ އެންމެ ބޮޑު ކަނޑު އަޑީގެ ރެސްޓޯރެންޓާއެކު ހުރަވަޅި ރިސޯޓް ރައީސް ޔާމީން ހުޅުއްވައިދެއްވަނީ

ދުނިޔޭގެ އެންމެ ބޮޑު ކަނޑު އަޑީގެ ރެސްޓޯރެންޓާއެކު ހުރަވަޅި ރިސޯޓް ރައީސް ޔާމީން ހުޅުއްވައިދެއްވަނީ

30 ޖެނުއަރީ 2017
ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަ ކުރާނެ: މެޓް

ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަ ކުރާނެ: މެޓް

28 ޖެނުއަރީ 2017
އިންޑިޔާ އަށް ވުރެ ވެސް ރާއްޖޭގައި ކޮރަޕްޝަން ބޮޑު: ސީޕީއައި

އިންޑިޔާ އަށް ވުރެ ވެސް ރާއްޖޭގައި ކޮރަޕްޝަން ބޮޑު: ސީޕީއައި

26 ޖެނުއަރީ 2017
ރަނގަޅު ވެރިކަމެއްގައި މިސަރުކާރުގެ ބޮޑުން ތިބޭނީ ޖަލުގައި: ނާދިރާ

ރަނގަޅު ވެރިކަމެއްގައި މިސަރުކާރުގެ ބޮޑުން ތިބޭނީ ޖަލުގައި: ނާދިރާ

20 ޖެނުއަރީ 2017
ސަރުކާރުން ޕްރޮޖެކްޓްތައް ހިންގަނީ ތިން ގުނަ އަގު ބޮޑުކޮށް: އާޒިމް

ސަރުކާރުން ޕްރޮޖެކްޓްތައް ހިންގަނީ ތިން ގުނަ އަގު ބޮޑުކޮށް: އާޒިމް

16 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

27 އެޕްރީލު
ޔުމްނުގެ މައްސަލަ ބަލާ ކޮމިޝަނަށް އައްޔަން ކުރި ހަބީބުއާއި ރައުދު އާއި އާއިލީ ގުޅުން އޮވޭ، އިސްތިއުފާ ދީފި
20251 އަހަރު ކުރިން
ރާއްޖެ

ޔުމްނުގެ މައްސަލަ ބަލާ ކޮމިޝަނަށް އައްޔަން ކުރި ހަބީބުއާއި ރައުދު އާއި އާއިލީ ގުޅުން އޮވޭ، އިސްތިއުފާ ދީފި

އިންޑިއާއާއެކު ވެފައިވާ އެއްބަސްވުންތައް ހާމަކުރާނެކަމަށް ސަރުކާރުން ބުނި ވާހަކައިގެ ރާގު ބަދަލުވެއްޖެ
20242 އަހަރު ކުރިން
ރާއްޖެ

އިންޑިއާއާއެކު ވެފައިވާ އެއްބަސްވުންތައް ހާމަކުރާނެކަމަށް ސަރުކާރުން ބުނި ވާހަކައިގެ ރާގު ބަދަލުވެއްޖެ

ޗާގޯސް "ދެބޯގެރި" ޗޮކުން!
20233 އަހަރު ކުރިން
ރިޕޯޓު

ޗާގޯސް "ދެބޯގެރި" ޗޮކުން!

"ލަމްހާއަކީ ގޭންގަކަށް ނިސްބަތްވާ މީހެއް ނޫން، ނުވަތަ ސީރިއަލް ކިލަރ އެއް ނޫން"
20224 އަހަރު ކުރިން
ރާއްޖެ

"ލަމްހާއަކީ ގޭންގަކަށް ނިސްބަތްވާ މީހެއް ނޫން، ނުވަތަ ސީރިއަލް ކިލަރ އެއް ނޫން"

ޝަވަރުމާ ޕިއްޒާ
20215 އަހަރު ކުރިން
ލައިފް ސްޓައިލް

ޝަވަރުމާ ޕިއްޒާ

ލަންކާގައި ދިރިއުޅޭ ގިނަ އަދަދެއްގެ ދިވެހިން މާލެ އަންނަނީ
20197 އަހަރު ކުރިން
ރާއްޖެ

ލަންކާގައި ދިރިއުޅޭ ގިނަ އަދަދެއްގެ ދިވެހިން މާލެ އަންނަނީ

ލ. ގަމުގައި މައުމޫނުގެ ސަޕޯޓަރުން ރައީސް ޔާމީނާ ދެކޮޅަށް ތެދުވުމުން މާފަތިން މަރުހަބާ ކިޔާއިފި
20188 އަހަރު ކުރިން
ރާއްޖެ

ލ. ގަމުގައި މައުމޫނުގެ ސަޕޯޓަރުން ރައީސް ޔާމީނާ ދެކޮޅަށް ތެދުވުމުން މާފަތިން މަރުހަބާ ކިޔާއިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު