Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުބީޗްވޮލީ ކޯޓު

ރާއްޖޭގެ ފުރަތަމަ ބައިނަލްއަގްވާމީ ފެންވަރުގެ ބީޗް ވޮލީ ކޯޓު ހުޅުވައިފި

15 ފެބުރުއަރީ 2020 | ހޮނިހިރު 14:33

ތަރައްގީކުރި ބީޗް ވޮލީ ކޯޓަކީ އައިއޯއައިޖީއިން މެޑަލް ގެނައި ބީޗްވޮލީ ޓީމް ޓްރެއިނިންގ އަށް ބޭނުންކުރި ކޯޓު

އަތޫފް އާތިފް
އަތޫފް އާތިފް | 15 ފެބުރުއަރީ 2020 | ހޮނިހިރު 14:33
ބީޗްވޮލީ ކޯޓު ހުޅުވުމަށް ބޭއްވުނު ރަސްމިއްޔާތުގެ ތެރެއިން

ބީޗްވޮލީ ކޯޓު ހުޅުވުމަށް ބޭއްވުނު ރަސްމިއްޔާތުގެ ތެރެއިން

ހުޅުމާލޭ ސްކޭޓް ޕާކް ސަރަހައްދުގައި ބައިނަލްއަގްވާމީ ފެންވަރަށް ތަރައްގީކުރި ބީޗް ވޮލީ ކޯޓު ހުޅުވައިފިއެވެ.

ހޮނިހިރު ދުވަހު ބޭއްވި ރަސްމިއްޔާތެއްގައި ބީޗް ވޮލީ ކޯޓު ހުޅުއްވައިދެއްވީ، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުއެވެ. މި ރަސްމިއްޔާތުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާއި، ކުޅިވަރާއި ބެހޭ ވަޒީރު އަހުމަދު މަހުލޫފްގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ ހުޅުމާލޭ ދާއިރާގެ މެމްބަރު އަލީ ނިޔާޒާއި ވޮލީ އާއިލާގެ ވަރަށް ގިނަ ކުޅުންތެރިންވަނީ ބައިވެރިވެފައެވެ.

ބީޗް ވޮލީ ކޯޓު ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ވޮލީ އިންޓަރިމް ކޮމެޓީގެ މެމްބަރު މުހައްމަދު ސާޖިދު (ކާއްޓޭ) ވިދާޅުވީ، މި ކޯޓަކީ އައިއޯއައިޖީއިން މެޑަލް ގެނައި ޓީމު ތައްޔާރުވުމަށް ބޭނުންކުރި ކޯޓު ކަމަށާއި އަދި މި ކޯޓު މި ފެންވަރަށް ތަރައްގީ ކުރި ކަމަށްޓަކައި މިނިސްޓަރ މަހުލޫފްއަށް ޝުކުރު ދަންނަވާކަމަށެވެ. މީގެއިތުރުން ކާއްޓޭ ވިދާޅުވީ ރައީސް އަދި މިނިސްޓްރީގެ އެހީތެރިކަމާއިއެކު ގައުމީ ވޮލީ އަންހެން އަދި ފިރިހެންޓީމު ކުރިޔަށް އޮތް ހަފްތާއެއްގެ ތެރޭގައި ޔޫރަޕަށް ފުރުމަށް ހަމަޖެހިފައިވާ ކަމަށެވެ.

ހުޅުމާލޭގައި ބައިނަލްއަގުވާމީ ފެންވަރުގެ ބީޗްވޮލީބޯޅަ ޓްރެއިނިން ފެސިލިޓީއެއް ގާއިމުކުރިއިރު، ބީޗް ވޮލީބޯޅައިން ފަހަކަށް އައިސް ރާއްޖޭގެ ކުޅުންތެރިން އަންނަނީ ރަނގަޅު ވަނަތަކެއް ހޯދަމުންނެވެ. އެގޮތުން މިދިޔަ އަހަރު އޮތް އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގެ ބީޗް ވޮލީބޯޅަ އިވެންޓުގައި ރާއްޖޭގެ ފިރިހެން ބީޗް ވޮލީބޯޅަ ޓީމުން ރިހި މެޑަލް ހޯދިއިރު، ހަމަ އެ ގޭމްސްގައި އިންޑިވިޖުއަލް ބައިން ރާއްޖޭގެ ޝިއުނާޒް އަބްދުލް ވާހިދު (މަންކޭ) އާއި އާދަމް ނަސީމް (އެޑަމް)ގެ ޕެއާ އިން ވަނީ ލޯ މެޑަލް ހޯދާފައެވެ.

ހުޅުމާލޭ ބީޗް ވޮލީބޯޅަ ކޯޓު ބައިނަލްއަގުވާމީ ފެންވަރުގެ ޓްރެއިނިން ފެސިލިޓީއަކަށް ބަދަލުކުރިއިރު، ބީޗް ވޮލީބޯޅަ ކުޅުމަށާއި ގައުމީ މުބާރާތްތައް ބޭއްވުމަށް ބޭނުންކުރަމުން އަންނަނީ މާލޭ ދޮންގަނޑު ބީޗް ވޮލީބޯޅަ ކޯޓެވެ. މިދިޔަ ސަރުކާރުގައި އެ ކޯޓު ބަންދުކުރި ނަމަވެސް، މި ސަރުކާރުން ވަނީ އެ ކޯޓު އަލުން ހުޅުވާފައެވެ.

އެންމެ ހިނގާ

1

މީގެ ފަހުން ޑޮލަރުގެ އަގަކީ 15.42 ނޫން ކަމަށް ނުލިޔެވޭނެ! ކަޅު ބާޒާރުގެ އަގު ލިޔުމުން ބައި މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރަނީ!

2

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

3

ޓްރަމްޕްގެ މާ އަރިހުގައި ހުންނަ ޚާއްސަ އަންހެނެއްގެ ވާހަކަ

4

މިނިސްޓަރު އަމީން ރަޝިޔާ އަށް ކުރެއްވި ދަތުރުފުޅާ މެދު ރާއްޖޭގެ ޓްރެވަލް އެޖެންޓުންގެ ޖަމްއިއްޔާ އިން ކަންބޮޑުވެއްޖެ

5

ލިންކަން މަނަވަރުގެ ހާލަތުން ދިގު ހަނގުރާމައެއް ކުރުމުގައި އެމެރިކާގެ ހަގީގީ ގާބިލުކަން ހާމަވެއްޖެ

އިތުރަށް ކިޔާލަން

19 ފެބުރުއަރީ 2017

އިންޓާ ސްކޫލް / ކޮލެޖް ބީޗް ވޮލީ މުބާރާތް ކާމިޔާބުކަމާއެކު ނިންމާލައިފި

19 ފެބުރުއަރީ 2017
އިންޓާ ސްކޫލް / ކޮލެޖް ބީޗް ވޮލީ މުބާރާތް ކާމިޔާބުކަމާއެކު ނިންމާލައިފި
10 ފެބުރުއަރީ 2017

ކޫޑޯ ވޯލްޑްކަޕްގައި ވާދަކުރުމަށް ރާއްޖޭގެ އައްޝަމް އިންޑިއާގައި

10 ފެބުރުއަރީ 2017
ކޫޑޯ ވޯލްޑްކަޕްގައި ވާދަކުރުމަށް ރާއްޖޭގެ އައްޝަމް އިންޑިއާގައި
08 ފެބުރުއަރީ 2017

އައްޑޫގައި ފުރަތަމަ ފަހަރަށް އަންހެން ފުޓްބޯޅަ ޓީމެއް އިފްތިތާޙްކޮށްފި

08 ފެބުރުއަރީ 2017
އައްޑޫގައި ފުރަތަމަ ފަހަރަށް އަންހެން ފުޓްބޯޅަ ޓީމެއް އިފްތިތާޙްކޮށްފި
03 ފެބުރުއަރީ 2017

ރާއްޖޭގެ މޮޅު ކުޅުންތެރިޔާ އެނބުރި ރަށަށް ދިއުމުން ރަތްދޫލައިގެ މަރުހަބާއެއް

03 ފެބުރުއަރީ 2017
ރާއްޖޭގެ މޮޅު ކުޅުންތެރިޔާ އެނބުރި ރަށަށް ދިއުމުން ރަތްދޫލައިގެ މަރުހަބާއެއް
27 ޖެނުއަރީ 2017

ގައުމީ އަންހެން ޓީމުގެ ފުރަތަމަ ކެޕްޓަން މިރުފަތު ރިޓަޔާކޮށްފި

27 ޖެނުއަރީ 2017
ގައުމީ އަންހެން ޓީމުގެ ފުރަތަމަ ކެޕްޓަން މިރުފަތު ރިޓަޔާކޮށްފި
24 ޖެނުއަރީ 2017

ބައިނަލް އަގްވާމީ މެޗުތައް ރާއްޖޭގެ ވޮލީއަށް މުހިންމު: ސަތޯ

24 ޖެނުއަރީ 2017
ބައިނަލް އަގްވާމީ މެޗުތައް ރާއްޖޭގެ ވޮލީއަށް މުހިންމު: ސަތޯ
22 ޖެނުއަރީ 2017

ދިވެހި ފުޓްބޯޅަ އަށް ފުރަތަމަ ފަހަރަށް ކުލަބް ލައިސަންސް ދެނީ

22 ޖެނުއަރީ 2017
ދިވެހި ފުޓްބޯޅަ އަށް ފުރަތަމަ ފަހަރަށް ކުލަބް ލައިސަންސް ދެނީ
22 ޖެނުއަރީ 2017

ފުރަތަމަ ޑިވިޝަންގައި ސީ ލައިފްގެ ފަރާތުން ތަފާތު ފެންނާނެ: ޝަފާޒް

22 ޖެނުއަރީ 2017
ފުރަތަމަ ޑިވިޝަންގައި ސީ ލައިފްގެ ފަރާތުން ތަފާތު ފެންނާނެ: ޝަފާޒް
10 ޖެނުއަރީ 2017

މާޒިޔާގެ ފުރަތަމަ ބިދޭސީ ކުޅުންތެރިޔާ އެޓީމާއި ގުޅިއްޖެ

10 ޖެނުއަރީ 2017
މާޒިޔާގެ ފުރަތަމަ ބިދޭސީ ކުޅުންތެރިޔާ އެޓީމާއި ގުޅިއްޖެ
10 ޖެނުއަރީ 2017

ފުރަތަމަ ލެގުން ރަނގަޅު ނަތީޖާއެއް ހޯދުން މުހިއްމު: މޮރީނިއޯ

10 ޖެނުއަރީ 2017
ފުރަތަމަ ލެގުން ރަނގަޅު ނަތީޖާއެއް ހޯދުން މުހިއްމު: މޮރީނިއޯ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް