Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެގާސިމްގެ މަރުގެ މައްސަލަ/ އަދުހަމް ޝަރީއަތް

ގާސިމް މަރުވުމުން އެކަމަށް ތައުބާވެ، ދެރެވެ، ހިތާމަކުރިން، އާއިލާގެ ކިބައިން މައާފަށް އެދެން: އަދުހަމް

12 ފެބުރުއަރީ 2020 | ބުދަ 09:57

ގާސިމް މަރާލުމަށްފަހު، މިސްކިތަށް އަރާ ނަމާދުކޮށް، ތައުބާވެ، އެކަމާ ރޮއެހިތާމަކުރި ކަމަށް އަދުހަމް ބުނި

މުހައްމަދު ފަޒީން
މުހައްމަދު ފަޒީން | 12 ފެބުރުއަރީ 2020 | ބުދަ 09:57
ޓެކްސީ ޑްރައިވަރު، 59 އަހަރުގެ ގާސިމް ހަސަން

ޓެކްސީ ޑްރައިވަރު، 59 އަހަރުގެ ގާސިމް ހަސަން

ޓެކްސީ ޑްރައިވަރު، 59 އަހަރުގެ ގާސިމް ހަސަން މަރުގެ މައްސަލާގައި, ތޫނުއެއްޗަކުން ހަމަލާދީ ގަސްދުގައި މީހަކު މަރާލިކަމުގެ ދައުވާ އުފުލާފައިވާ އަދުހަމް މުހައްމަދު ޝަރީއަތުގެ އަޑުއެެހުކުގައި ގާސިމްގެ އާއިލާގެ ފަރާތުން މައާފަށް އެދެފި އެވެ.

ބުދަ ދުވަހު ކްރިމިނަލް ކޯޓުގައި ބޭއްވި އަޑުއެހުމުގައި އަދުހަމް ބުނީ، ވަޅިން ދިން ހަމަލާއިން ގާސިމް މަރުވުމާއެކު، އޭނާ މިސްކިތަށް އަރާ ނަމާކޮށް، ތައުބާވި ކަމަށާއި، އެކަމާ ރޮއި ހިތާމަ ކުރިކަމަށެވެ. އަދި ގާސިމްގެ އާއިލާގެ ކިބައިން މައާފަށް އެދޭ ކަމަށްވެސް އަދުހަމް ބުންޏެވެ.

Advertisement - newsAdvertisement

އަދުހަމްގެ ބަޔާނުގައި ބުނެފައިވަނީ ވަނީ އޭނާ ފޭރުމަށް މަސައްކަތްކުރީ އޭނާ ދިރިއުޅޭ ގޭގެ ކުލި ނުދެއްކިގެން، ގެއިން ނުކުންނަންޖެހޭ ހާލަތަށް ދިޔުމުން ކަމަށެވެ. އަދި ގާސިމަށް ހަމަލާދިންއިރު ހުރީ މަސްތުގެ ހާލަތުގައި ކަމަށްވެސް އަދުހަމް ބުނެފައި ވެއެވެ.

ނަމަވެސް އަދުހަމް ބުނީ ގާސިމަށް ހަމަލާ ދިނުމުގައި އަދި އޭނާ މަސްތުވުމުގައި އެއްވެސް ފަރާތެއްގެ މަޖުބޫރުކަމެއް ނެތް ކަމަށެވެ.

ގާސިމް މަރުގެ މައްސަލާގައި ދައުލަތުން ދައުވާކުރާ އަދުހަމްގެ މައްޗަށް ހިންގާ ޝަރީއަތުގެ އިބްތިދާއީ އަޑުއެހުމެއް ބުދަ ދުވަހު ބޭއްވިއިރު މިއީ އިބްތިދާއީ ދެވަނަ އަޑުއެހުމެވެ. ފުރަތަމަ އަޑުއެހުން ބާއްވާފައިވަނީ އަންގާރަ ދުވަހު އެވެ. އެއަޑުއެހުމުގައި އަދުހަމްގެ ފަރާތުން ވަކާލާތު ކުރައްވާ ވަކީލު ވަނީ މައްސަލައިގެ ހުރިހާ ލިޔެކިޔުންތައް ހަމައަށް ނުލިބޭކަމަށް ވިދާޅުވެފަ އެވެ. އެހެންކަމުން އިބްތިދާއީ އެއަޑުއެހުމުގައި ދައުވާ އިއްވުން ވަނީ ބުދަ ދުވަހަށް ފަސްކޮށްފަ އެވެ.

އެގޮތުން ބުދަ ދުވަހުގެ އަޑުއެހުމުގައި ދައުލަތުގެ ފަރާތުން އަދުހަމްގެ މައްޗަށް ކުރާ ދައުވާއާއި ތަހުގީގަށް ދީފައިވާ ބަޔާނާއި އަދި ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހާއެކު ވެފައިވާ އިއުތިރާފްގެ އެއްބަސްވުން އިއްވުމުން އަދުހަމް ވަނީ އެދައުވާ ސާފުވާ ކަމަށާއި އަދި ދައުވާއަށް އިއުތުރާފްވާ ކަމަށް ބުނެފަ އެވެ. އަދި ގާސިމް މަރާލި މައްސަލައިގެ ތަހުގީގަށް އަދުހަމް ދީފައިވާ ބަޔާނާއި ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހާއެކު ވެފައިވާ އިއުތިރާފްގެ އެެއްބަސްވުމުގައި ބުނެފައިވާ ވާހަކަތަކަކީ ކަން ހިނގާދިޔަ ގޮތް ކަމަށާއި އޭގައި ދެބަސްވެވޭ އެއްވެސް ކަމެއް ނެތް ކަމަށް ބުނެ އަދުހަމް ވަނީ އެހުރިހާ ކަންކަމަށް އިއުތިރާފް ވެފަ އެވެ.

ގަސްތުގައި މީހަކު މަރާލުމުގެ ކުށުގެ އަދަބަކީ އުމުރަށް (25 އަހަރަށް) ޖަލަށް ލުމެވެ. ނަމަވެސް ކުށަށް އަދުހަމް އިއުތިރާފް ވެފައިވާތީ، އޭނާގެ މައްޗަށް މިހާރު އަންނާނެ އަދަބަކީ 17 އަހަރާއި 6 މަހުގެ ޖަލު ހުކުމެކެވެ.

އަދުހަމްގެ އިއުތުރާފާއެކު، މިމައްސަލަ ބައްލަވާ ގާޒީ އިސްލާއީލް ރަޝީދު ވިދާޅުވީ، ދެން މިމައްސަލާގައި ބޭއްވޭނީ އަވަސްނިޔާގެ ޝަރީތުގެ އަޑުއެހުމެއް ކަމަށެވެ. އެއަޑުއެހުމުން މިމަހުގެ 18 ވަނަ ދުވަހުގެ 11:30 ގައި ކްރިމިނަލް ކޯޓުގައި އޮންނާނެ ކަމަށްވެސް ގާޒީ ވިދާޅުވި އެވެ.

މިމަހުގެ 18 ވަނަ ދުވަހު ބާއްވާ އަޑުއެހުކުގައި އަދުހަމްގެ އިއުތިރާފްގެ ބަޔާން ޝަރީއަތުގައި ދަމަހައްޓައިފިނަމަ، އޭނާގެ މައްޗަށް 17 އަހަރާއި 6 ދުވަހަށް ޖަލަށްކުމަށް ހުކުމް ކުރާނެކަމަށް މިވަނީ ބެލެވިފަ އެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

4

ދުނިޔޭގެ ބާރުގަދަ އެމެރިކާގެ ރައީސަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލައްވަން އީރާނުން ޖައްސުވައިފި

5

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

އިތުރަށް ކިޔާލަން

01 އެޕްރީލު 2017

ގާސިމް ހާޒިރު ކުރުން އާދިއްތަ ދުވަހަށް ބަދަލުކޮށްފި

01 އެޕްރީލު 2017
ގާސިމް ހާޒިރު ކުރުން އާދިއްތަ ދުވަހަށް ބަދަލުކޮށްފި
30 މާރިޗު 2017

އެއް ކެނޑިޑޭޓަކު ނެރުމަކީވެސް ނުވާނެ ކަމެއް ނޫން:ގާސިމް

30 މާރިޗު 2017
އެއް ކެނޑިޑޭޓަކު ނެރުމަކީވެސް ނުވާނެ ކަމެއް ނޫން:ގާސިމް
29 މާރިޗު 2017

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް ފުލުސް އޮފީހަށް ހާޒިރު ކުރަން ޗިޓް ފޮނުވައިފި

29 މާރިޗު 2017
ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް ފުލުސް އޮފީހަށް ހާޒިރު ކުރަން ޗިޓް ފޮނުވައިފި
27 މާރިޗު 2017

މަސީހާ ދެކޮޅަށް ވޯޓު ދެއްވާ މެމްބަރުން، ހަތަރު ޕާޓީންގެ ތާއިދާއި އެކު އިތުރު ދައުރަކަށް ހޮވައިދޭނަން: ގާސިމް

27 މާރިޗު 2017
މަސީހާ ދެކޮޅަށް ވޯޓު ދެއްވާ މެމްބަރުން، ހަތަރު ޕާޓީންގެ ތާއިދާއި އެކު އިތުރު ދައުރަކަށް ހޮވައިދޭނަން: ގާސިމް
22 މާރިޗު 2017

ގާސިމްގެ ވިލާ ކުންފުނީގެ އެކައުންޓްތައް ފްރީޒްކޮށްފި

22 މާރިޗު 2017
ގާސިމްގެ ވިލާ ކުންފުނީގެ އެކައުންޓްތައް ފްރީޒްކޮށްފި
21 މާރިޗު 2017

ގާސިމްގެ ވިޔަފާރިއާއި މުދަލަށް އަރައިގަންނަނީ ސިޔާސީ މަގްޞަދެއްގައި: ރައީސް ނަޝީދު

21 މާރިޗު 2017
ގާސިމްގެ ވިޔަފާރިއާއި މުދަލަށް އަރައިގަންނަނީ ސިޔާސީ މަގްޞަދެއްގައި: ރައީސް ނަޝީދު
21 މާރިޗު 2017

ގާސިމްގެ އަތުން ފަޅުރަށެއް އަތުލީ ރަނގަޅަށް ކަމަށް ހައިކޯޓުން ހުކުމް ކޮށްފި

21 މާރިޗު 2017
ގާސިމްގެ އަތުން ފަޅުރަށެއް އަތުލީ ރަނގަޅަށް ކަމަށް ހައިކޯޓުން ހުކުމް ކޮށްފި
20 މާރިޗު 2017

ގާސިމްގެ ވާހަކަފުޅަށް މަރުޙަބާ، އެކަކު އަނެކެއްގެ ކިބައި ހިތްވަރު ލިބި ކާމިޔާބު ހޯދާނަން: ނަޝީދު

20 މާރިޗު 2017
ގާސިމްގެ ވާހަކަފުޅަށް މަރުޙަބާ، އެކަކު އަނެކެއްގެ ކިބައި ހިތްވަރު ލިބި ކާމިޔާބު ހޯދާނަން: ނަޝީދު
20 މާރިޗު 2017

2018 ގެ ރިޔާސީ ވޯޓްގައި ގާސިމްގެ ނަން އޮންނާނެ: އަބްދުﷲ ރިޔާޒު

20 މާރިޗު 2017
2018 ގެ ރިޔާސީ ވޯޓްގައި ގާސިމްގެ ނަން އޮންނާނެ: އަބްދުﷲ ރިޔާޒު
20 މާރިޗު 2017

މެމްބަރުން އެނބުރި ވަޑައިގެންފި ނަމަ ގައުމުގެ ހުރިހާ ކަމެއް އެއްފަހަރާ ހަމަޖެހޭނެ: ގާސިމް

20 މާރިޗު 2017
މެމްބަރުން އެނބުރި ވަޑައިގެންފި ނަމަ ގައުމުގެ ހުރިހާ ކަމެއް އެއްފަހަރާ ހަމަޖެހޭނެ: ގާސިމް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް