Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
ކުނޫޒު ޖަލްސާ

މަސީހާ ދެކޮޅަށް ވޯޓު ދެއްވާ މެމްބަރުން، ހަތަރު ޕާޓީންގެ ތާއިދާއި އެކު އިތުރު ދައުރަކަށް ހޮވައިދޭނަން: ގާސިމް

މެމްބަރުން ނިސްބަތްވާ ދާއިރާއިން ކުރިމަތިލެއްވުމަށް ޓިކެޓް ވެސް ދޭނެ

މުހަންމަދު ވިސާމް
މުހަންމަދު ވިސާމް, ރާއްޖެ އެމްވީ | 27 މާރިޗު 2017 | ހޯމަ 03:35
ޖުމްހޫރީ ޕާޓީގެ ލީޑަރ ގާސިމް އިބްރާހިމް

ޖުމްހޫރީ ޕާޓީގެ ލީޑަރ ގާސިމް އިބްރާހިމް

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުގެ އިތުބާރު ނެތްކަމުގެ ވޯޓްގައި މަސީހާ ދެކޮޅަށް ވޯޓްދެއްވާ މެމްބަރުންނަން ހަތަރު ސިޔާސީ ޕާޓީގެ ތާއިދާއެކު އިތުރު ދައުރަކަށް ހޮވައިދެއްވާނެ ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރ ގާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.

އާދީއްތަ ދުވަހުގެ ރޭ އިދިކޮޅު ފަރާތަށް ގުޅިގެން ކުނޫޒުގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމަން ގާސިމް ވިދާޅުވީ މަސީހާ ދެކޮޅަށް ވޯޓް ދެއްވާ މެމްބަރުން އިތުރު ދައުރަކަށް ހޮއްވައިދެއްވުމަށް ގުޅިފައިވާ ހަތަރު ޕާޓީން އެކުގައި މަސައްކަތް ކުރާނެ ކަމަށެވެ. އަދި އެ މެމްބަރުން ނިސްބަތްވާ ދާއިރާއިން ކުރިމަތިލެއްވުމަށް ޓިކެޓް ވެސް ދޭނެ ކަމަށް އެމަނިކުފާން ވިދާޅުވިއެވެ.

Advertisement - newsAdvertisement
" މި ހަތަރު ޕާޓީން މާދަމާ ޓިކެޓް ދީގެން ، އެ ވޯޓްގައި އަޅުގަނޑުމެންނަން ތާއިދުކޮށްގެން ވޯޓް ދެއްވާ ހުރިހާ ބޭފުޅުން، އަބްދުﷲ މަސީހު ބޭރުކުރުމަށް ފެއްސަން, ގްރީން އަށް އޮއްބަވާ ހުރިހާ ބޭފުޅުންނަކީ، މާތް ﷲ އިރާދަކުރެއްވިއްޔާ އެބޭފުޅަކު ހިމެނިވަޑައިގަންނަވާ ޕާޓީއަކުން އަޅުގަނޑުމެން ހަތަރު ލީޑަރުންވެގެން ޓިކެޓް ދޭނަން، އެ ދާއިރާއަކަށް ނުކުމެވަޑައިގަންނަވަން، އިތުރަށް އަޅުގަނޑުމެން އެހީތެރިވެދޭނަން، ހުރިހާ ގޮތަކުން" ގާސިމް ވިދާޅުވިއެވެ.

އެމްޑީޕީ، ޕީޕީއެމް، ޖުމްހޫރީ ޕާޓީ، އަދި އަދާލަތު ޕާޓީ އެކުގައި މެމްބަރަކު ހޮވަން މަސައްކަތް ކޮށްފިނަމަ އިތުރު މެމްބަރަކު ނޮހުވޭނެ ކަމަށް ވެސް ގާސިމް ވިދާޅުވިއެވެ. ހަތަރު ޕާޓީ އެކުގައި މަސައްކަތް ކުރުމަށް އެއްބަސްވުމުގައި ސޮއި ކުރެއްވުމުން ޕީޕީއެމަށް އެޕާޓީގެ މަޖިލީސް މެމްބަރުންގެ މުހިންމުކަން އިޙްސާސްކުރެވިއްޖެ ކަމަށާއި، މީގެ ކުރިން އެޕާޓީގެ މަޖިލީޖހުގެ މެމްބަރުން ނަކީ ސަރުކާރުން ބާކީކޮށްލާފައިވާ މެމްބަރުން ތަކަށެއް ގާސިމް ވިދާޅުވިއެވެ.

އެގޮތުން ޕީޕީއެމްގެ މެމްބަރުން މީގެ ކުރިން ސަރުކާރުގެ ވަޒީރުންނަން އެކި އެކި ކަންކަމުގައި ގުޅާއިރު އެބޭފުޅުން ފޯނުވެސް ނުނަންގަވާ ކަމަށެވެ. އެހެންނަމަވެސް މަސީހުގެ މައްސަލަ އެޖެންޑާ ކުރުމާއި އެކު ޕީޕީއެމްގެ މަޖިލީހުގެ ސަރުކާރުގެ ވެރިންނަން ގޮވާލުމާއި އެކު ފޯން ނަންގަވާކަމަށް ގާސިމް ވިދާޅުވިއެވެ.

އިތުރަށް ކިޔާލަން

23 ޖެނުއަރީ 2017

ކެންޑިޑޭޓުންގެ މައްސަލާގައި އިލެކްޝަންސް ކޮމިޝަނާ ދެކޮޅަށް އެމްޑީޕީން ހުށަހެޅި މައްސަލައިގެ އަޑުއެހުން މާދަމާ

23 ޖެނުއަރީ 2017
ކެންޑިޑޭޓުންގެ މައްސަލާގައި އިލެކްޝަންސް ކޮމިޝަނާ ދެކޮޅަށް އެމްޑީޕީން ހުށަހެޅި މައްސަލައިގެ އަޑުއެހުން މާދަމާ
22 ޖެނުއަރީ 2017

ޕީޕީއެމްގެ މެމްބަރުންނާ ބައްދަލު ނުކުރެއްވޭނެ ކަމަށް ފުލުހުން އެންގުމުން ރައީސް މައުމޫން އެޗްއާރުސީއެއްމަށް!

22 ޖެނުއަރީ 2017
ޕީޕީއެމްގެ މެމްބަރުންނާ ބައްދަލު ނުކުރެއްވޭނެ ކަމަށް ފުލުހުން އެންގުމުން ރައީސް މައުމޫން އެޗްއާރުސީއެއްމަށް!
22 ޖެނުއަރީ 2017

މިނިސްޓަރު މުއިއްޒާ ދެކޮޅަށް ނޮޅިވަރަންފަރުގައި މުޒާހަރާކޮށްފި

22 ޖެނުއަރީ 2017
މިނިސްޓަރު މުއިއްޒާ ދެކޮޅަށް ނޮޅިވަރަންފަރުގައި މުޒާހަރާކޮށްފި
20 ޖެނުއަރީ 2017

މީޑިއާ ކައުންސިލްގެ މީޑިއާގެ މަގާމަށް މެންބަރަކު އިންތިޚާބް ކުރުމަށް ބާއްވާ ވޯޓުނެގުން 28 ގައި!

20 ޖެނުއަރީ 2017
މީޑިއާ ކައުންސިލްގެ މީޑިއާގެ މަގާމަށް މެންބަރަކު އިންތިޚާބް ކުރުމަށް ބާއްވާ ވޯޓުނެގުން 28 ގައި!
19 ޖެނުއަރީ 2017

46.9 މިލިއަން ރުފިޔާ ހޯދުމަށް ސްޓެލްކޯއާ ދެކޮޅަށް ކުރި ދައުވާ ކުރިއަށް ނުގެންދެވޭނެ: ސިވިލް ކޯޓް

19 ޖެނުއަރީ 2017
46.9 މިލިއަން ރުފިޔާ ހޯދުމަށް ސްޓެލްކޯއާ ދެކޮޅަށް ކުރި ދައުވާ ކުރިއަށް ނުގެންދެވޭނެ: ސިވިލް ކޯޓް
ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު