Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ސީއެސްސީ

ސީއެސްސީގެ މައްސަަލަތައް ބޮޑުވެ، އެންމެ ފަހުން 4 މެންބަރުން މަގާމުން ވަކިކުރަނީ

މިކަމާއި ގުޅިގެން މެމްބަރުންނަށް ޖަވާބުދާރޫ ވުމުގެ ފުރުސަތު ދީފައިވޭ

އުމްނާ އިސްމާއިލް
އުމްނާ އިސްމާއިލް, ރާއްޖެ އެމްވީ | 10 ފެބުރުއަރީ 2020 | ހޯމަ 11:32
ސީއެސްސީގެ ރައީސް ޑރ. އަލީ ޝަމީމް، ނައިބު ރައީސް ޝަހީދު މުހައްމަދު، މެމްބަރު އިބްރާހިމް ޝަހީގު، އަލްއުސްތާޛް ޒަކަރިއްޔާ ޙުސައިން

ސީއެސްސީގެ ރައީސް ޑރ. އަލީ ޝަމީމް، ނައިބު ރައީސް ޝަހީދު މުހައްމަދު، މެމްބަރު އިބްރާހިމް ޝަހީގު، އަލްއުސްތާޛް ޒަކަރިއްޔާ ޙުސައިން

ސިވިލް ސަރވިސް ކޮމިޝަން (ސީއެސްސީ)ގެ މައްސަލަތައް ބޮޑުވެ، އެންމެ ފަހުން އެ ކޮމިޝަނުގެ ހަތަރު މެންބަރުން މަޤާމުން ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސަށް ހުށަހެޅުމަށް މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ނިންމައިފިއެވެ.

ކޮމިޓީން މަޤާމުން ދުރުކުރުމަށް ނިންމާފައިވަނީ ސިވިލް ސަރވިސް ކޮމިޝަނުގެ ރައީސް ޑރ. އަލީ ޝަމީމާއި، ކޮމިޝަންގެ ނައިބު ރައީސް ޝަހީދު މުހައްމަދާއި، މެންބަރު އިބްރާހިމް ޝަހީގުގެ އިތުރުން އަލްއުސްތާޛް ޒަކަރިއްޔާ ޙުސައިނެވެ.

Advertisement - newsAdvertisement

ހޯމަ ދުވަހު ބޭއްވުނު ކޮމިޓީ ބައްދަލުވުމުގައި ސަރުކާރުގެ ވުޒާރާތަކުގެ މަސްއޫލިއްޔަތުތައް އަދާ ކުރުމުގައި ސިވިލް ސަރވިސް ކޮމިޝަން (ސީއެސްސީ) ގެ އެއްބާރުލުން ލިބެމުންދާ މިންވަރާއި ގުޅޭ ގޮތުން ވަޒީރުންނާއިއެކު މަޝްވަރާ ކުރައްވާފައިވެއެވެ. އެގޮތުން، މިނިސްޓަރުންނާއެކު ބޭއްވުނު ބައްދަލުވުމުގައި ދެކެވުނު ވާހަކަތަކުގެ މައްޗަށް ބިނާކޮށް، މިނިސްޓްރީތަކަށް މިހާރުގެ ސިވިލް ސަރވިސް ކޮމިޝަނުގެ ފަރާތުން އެކަށީގެންވާ އެއްބާރުލުން ލިބެމުން ނުދާކަން ފާހަގަކުރައްވާފައިވާތީ، ސިވިލް ސަރވިސް ކޮމިޝަނުގެ ހަތަރު މެންބަރުން ވަކިކުރުމުގެ މައްސަލަ ވީހާވެސް އަވަހަކަށް މަޖިލީހުގެ ތަޅުމަށް ފޮނުއްވުމަށް ކޮމިޓީން ނިންމިއެވެ.

މިގޮތަށް ހުށަހެޅުއްވީ ތިނަދޫ ދެކުނު ދާއިރާގެ މެންބަރު ޢަބްދުﷲ ސަނީފެވެ. އަދި މި ހުށަހެޅުމަށް ތާއީދު ކުރައްވާފައިވަނީ ބިލެތްދޫ ދާއިރާގެ މެންބަރު އަޙްމަދު ޙަލީމެވެ. މި ހުށަހެޅުއްވުމަށް ވޯޓަށް އެއްސެވުމުން ވޯޓުގައި ބައިވެރިވެޑައިގެންނެވި 6 މެންބަރުންގެ އަޣްލަބިއްޔަތުން މި ހުށަހެޅުން ވަނީ ފާސްކޮށްފައެވެ. ހަތަރު މެންބަރުން މަޤާމުން ވަކިވާނީ، ކޮމިޓީގެ ނިންމުން މަޖިލީހުގެ ތަޅުމަށް ފޮނުވައި މެންބަރުންގެ ވޯޓުންނެވެ.

ސީއެސްސީގެ މަސައްކަތްތަކާއި ގުޅިގެން ވަޒީރުންނާއެކު މަޝްވަރާ ކުރުމަށް ކޮމިޓީން ބައްދަލުވުމެއް ބާއްވާފައިރު އެ ކޮމިޓީގެ އެއްބައި ކުރިއަށް ގެންގޮސްފައިވަނީ ސިއްރުންނެވެ. މި ބައްދަލުވުމުގައި ވަޒީރުން ވަނީ ސިވިލް ސަރވިސްގެ މަސައްކަތްތައް ހުންނަ ގޮތުން ދިމާވާ ގޮންޖެހުންތައް ކޮމިޓީއާއި ހިއްސާކުރައްވާފައެވެ. އެގޮތުން ސިވިލް ސަރވިސްގެ މަސައްކަތް ލަސްކަމަށާއި އެކަމުގެ ސަބަބުން އެ ވުޒާރާތަކުގެ މަސައްކަތަށްވެސް ބުރުއަރާކަން ވަނީ ފާހަގަކުރައްވާފައެވެ. އަދި އެކޮމިޝަނުގެ ޤަވާއިދުތަކުގެ ސަބަބުން ވެސް އެ ވުޒާރާތަކުގެ މަސައްކަތްތައް ލަސްވެ، އެތައް ސިވިލް ސަރވެންޓުންގެ ޙައްޤުތައް ގެއްލޭ ކަން ފާހަގަކުރައްވާ ވަޒީރުން ވަނީ ކަންބޮޑުވުންފާޅުކުރައްވާފައެވެ.

ކޮމިޓީން މިގޮތަށް ނިންމާފައިވާއިރު މަޤާމުން ވަކި ކުރުމަށް ނިންމި ބޭފުޅުންނަށް ކުރެވިފައިވާ ތުހުމަތުތަކަށް ޖަވާބުދާރީވުމުގެ ފުރުޞަތު ދީފައިވެއެވެ. ސިވިލް ސަރވިސް ކޮމިޝަނުގައި ތިއްބަވަނީ ޖުމުލަ 5 މެންބަރުންނެވެ. 5 ވަނަ މެންބަރަކީ ފާތިމަތު އާމިރާއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

އެމްޕީއެލްގެ ސީއީއޯގެ މަގާމުން ޖުނައިދު އިސްތިއުފާ ދެއްވައިފި

އެމްޕީއެލްގެ ސީއީއޯގެ މަގާމުން ޖުނައިދު އިސްތިއުފާ ދެއްވައިފި

28 ފެބުރުއަރީ 2017
ޤާނޫން އަސާސީއަށް ބަދަލު ގެނައުމުގެ ކުރިން 58 މެންބަރުންނަށް ބިރު ދެއްކި: މުސްތަފާ

ޤާނޫން އަސާސީއަށް ބަދަލު ގެނައުމުގެ ކުރިން 58 މެންބަރުންނަށް ބިރު ދެއްކި: މުސްތަފާ

22 ފެބުރުއަރީ 2017
އިބްރާހީމް ޝަހީޤް ސީއެސްސީގެ މެންބަރުކަމުގެ ހުވާ ކުރައްވައިފި

އިބްރާހީމް ޝަހީޤް ސީއެސްސީގެ މެންބަރުކަމުގެ ހުވާ ކުރައްވައިފި

20 ފެބުރުއަރީ 2017
މަޖީދިއްޔާ ސްކޫލުގެ ސްޓޫޑަންޑް ކައުންސިލް މެންބަރުން ހުވާކޮށްފި

މަޖީދިއްޔާ ސްކޫލުގެ ސްޓޫޑަންޑް ކައުންސިލް މެންބަރުން ހުވާކޮށްފި

12 ފެބުރުއަރީ 2017
މަޖިލިސް މެމްބަރުންގެ އިންޝުއަރެންސް ކަންތަކާ މެމްބަރުން ކަންބޮޑުވެއްޖެ

މަޖިލިސް މެމްބަރުންގެ އިންޝުއަރެންސް ކަންތަކާ މެމްބަރުން ކަންބޮޑުވެއްޖެ

09 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

15 ފެބުރުއަރީ
ރާއްޖޭގެ އާމްދަނީ 19% ދަށްވެފައި ވަނިކޮށް އިންޑިއާ ތީމްގެ ބޮޑު ހަފްލާއަކާއި އެކު ފިނޭންސްގެ ސްޓާފްނައިޓް ބާއްވައިފި
20251 އަހަރު ކުރިން
ރާއްޖެ

ރާއްޖޭގެ އާމްދަނީ 19% ދަށްވެފައި ވަނިކޮށް އިންޑިއާ ތީމްގެ ބޮޑު ހަފްލާއަކާއި އެކު ފިނޭންސްގެ ސްޓާފްނައިޓް ބާއްވައިފި

ވެލެންސިއާ އާއި ވިކްޓަރީ ނަގައިދީގެން ފައިޓޯ ތާރީހުގެ ތެރެއަށް
20242 އަހަރު ކުރިން
މީހުން

ވެލެންސިއާ އާއި ވިކްޓަރީ ނަގައިދީގެން ފައިޓޯ ތާރީހުގެ ތެރެއަށް

ތައިލެންޑްގެ ހޮހަޅައިން ސަލާމަތްކުރި ޑޫއަންގްފެޓް ފްރޮމްތެޕް މަރުވެފައި އޮއްވާ ފެނިއްޖެ
20233 އަހަރު ކުރިން
ދުނިޔެ

ތައިލެންޑްގެ ހޮހަޅައިން ސަލާމަތްކުރި ޑޫއަންގްފެޓް ފްރޮމްތެޕް މަރުވެފައި އޮއްވާ ފެނިއްޖެ

ވިނަރެސް އެޕާރޓްމެންޓް ގަތުމަށް ބޭނުންވާ އާއްމުންނަށް އެފުރުސަތު ކުރިއަށް އޮތް ދެ ހަފްތާތެރޭގައި ހުޅުވާލާނެ: އެޗްޑީސީ
20224 އަހަރު ކުރިން
ރާއްޖެ

ވިނަރެސް އެޕާރޓްމެންޓް ގަތުމަށް ބޭނުންވާ އާއްމުންނަށް އެފުރުސަތު ކުރިއަށް އޮތް ދެ ހަފްތާތެރޭގައި ހުޅުވާލާނެ: އެޗްޑީސީ

ގިނިހިލަޔަކުން ޖެހި 2029 ގައި ދުނިޔެއަށް ނިމުން އަތުވެދާނެ؟
20215 އަހަރު ކުރިން
ތަފާތު ޚަބަރު

ގިނިހިލަޔަކުން ޖެހި 2029 ގައި ދުނިޔެއަށް ނިމުން އަތުވެދާނެ؟

އިންޑިއާ ސިފައިންގެ ބެލުމުގެ ދަށަށް ގެންދިޔަ މަސްދޯނި ރާއްޖެއައުމަށް ދަތުރު ފަށައިފި
20197 އަހަރު ކުރިން
ރާއްޖެ

އިންޑިއާ ސިފައިންގެ ބެލުމުގެ ދަށަށް ގެންދިޔަ މަސްދޯނި ރާއްޖެއައުމަށް ދަތުރު ފަށައިފި

ޚުތުބާގައި ހިމެނޭ ދޮގު ހަދީސްތައް އުނިކޮށްފައި ކިޔުމަށް އިމާމުންނަށް އަންގައިފި
20188 އަހަރު ކުރިން
ރާއްޖެ

ޚުތުބާގައި ހިމެނޭ ދޮގު ހަދީސްތައް އުނިކޮށްފައި ކިޔުމަށް އިމާމުންނަށް އަންގައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު