Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއާރކް

ކުޑަކުދިންނާ ގުޅުންހުރި ދާއިރާގައި މަސައްކަތް ކުރާ ފަރާތްތަކުގެ "ބެކްގްރައުންޑް" ޗެކްކުރުން މުހިންމު: އާރކް

ބެކްގްރައުންޑް ޗެކެއް ހެދޭނެ ނިޒާމެއް ޤާއިމު ކުރުމަށް ސަރުކާރަށް ގޮވާލާފައިވޭ

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 9 ފެބުރުއަރީ 2020 | އާދީއްތަ 13:58
ކުޑަކުދިން

ކުޑަކުދިން

ކުޑަކުދިންނާ ގުޅުންހުރި ދާއިރާތަކުގައި މަސައްކަތްތައް ކުރާ ފަރާތްތަކުގެ ފުރިހަމަ"ބެކް ގްރައުންޑް ޗެކް"އެއް ހެދޭނެ ނިޒާމެއް ޤާއިމު ކުރުމަށް އެޑްވޮކޭޓިނގް ދަ ރައިޓްސް އޮފް ޗިލްޑްރެން(އާރކް) އިން ގޮވާލައިފިއެވެ.

ކުޑަކުދިންގެ ޙައްޤުތަކަށް މަސައްކަތް ކުރާ އާރކް ޖަމްޢިއްޔާއިން މިކަމަށް ގޮވާލާ ޢާންމުކޮށްފައިވާ ބަޔާނެއްގައި ބުނެފައިވަނީ، ކުޑަކުދިންނާއި ގާތުން ނުވަތަ ކުޑަކުދިންނާއި ގުޅުންހުރި އެކިދާއިރާތަކުގައި މަސައްކަތްތައް ކުރާ ފަރާތްތައް ދެނެގަތުމަށް ފުރިހަމަ"ބެގްރައުންޑް ޗެކެއް"ހެދޭނެ ނިޒާމެއް ޤާއިމު ކުރުމަށް ސަރުކާރަށް ގޮވާލާ ކަމަށެވެ.

މިގޮތުން، ކުޑަކުދިންނާއި ގުޅުންހުރި މަސައްކަތްތައް ކުރާ ފަރާތްތައް މަޤާމުތަކައް ޢައްޔަނު ކުރާއިރު ފުރިހަމަ ކުރަންޖެހޭ ކަންކަން ފުރިހަމަކޮށް، އިޖުތިމާޢީ ދާއިރާއާއި، ތަޢުލީމީ ދާއިރާގެ އިތުރުން، ކުޑަކުދިންގެ ޢަދުލުގެ ނިޒާމުގައި މަސައްކަތް ކުރާ ފަރާތްތަކުގެ ބެކްގްރައުންޑް ޗެކް ކުރުމަށް ގޮވާލާފައިވެއެވެ. އަދި އެފަދަ ފަރާތްތަކުގެ ތަޢުލީމީ ވަނަވަރުގެ އިތުރަށް، ކުށުގެ ރިކޯޑާއި، ފުލުހުންގެ ރިކޯޑާއި، ކުޑަކުއްޖަކަށް ނުވަތަ ނުކުޅެދުންތެރިކަން ހުންނަ ކުއްޖަކަށް ޖިންސީ، ޖިސްމާނީ، ނަފުސާނީ އަނިޔާއެއް ކުރިކަން ޝަރީއަތަައް ސާބިތުވެފައިވޭތޯއާއި، އަދި އިހުމާލުވެފައިވާކަމުގެ ތުހުމަތެއް ކުރިވިފައިވާ މީހެއްތޯ އިގޭނެފަދަ ނިޒާމެއް އިންތިޒާމުކުރެވިފައި އޮތުމުގެ މުހިންމުކަން އާރކުން ވަނީ ފާހަގަކޮށްފައެވެ.

އާރކުން ބުނެފައިވަނީ، ފާއިތުވި ދުވަސްތަކުގައި ކުޑަކުދިންނަށާއި، ވަކިން ޚާއްޞަކޮށް ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ޖިންސީ އަނިޔާކުރުމާއި، ގޯނާ ކުރުމުގެ މައްސަލަތަކެއް ފެންމަތިވެފައިވާއިރު، އެކަމާ އެޖަމްޢިއްޔާއިން ނުހަނު ކަންބޮޑުވާ ކަމަށެވެ. ނުކުޅެދުންތެރިކަން ހުންނަ ކުދިންނަކީ ޚާއްޞަ ސަލާމަތާއި ރައްކާތެރިކަން ބޭނުންވާ ކުދިންނަށްވާއިރު، އެކުދިންގެ ޙައްޤުތައް ރަކާތެރިކޮށް ކަށަވަރުކުރުމަށް ހަރުދަނާ ފިޔަވަޅުތަކެއް އަޅަންޖެހޭކަން ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.

"ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރި ކުރުމުގެ ޤާނޫން" އަށް މިމަހުގެ 20 ވަނަ ދުވަހު ޢަމަލުކުރަން ފަށާއިރު، މިކަމަށް ރިޢާޔަތްކޮށް، ކުޑަކުދިންނަށާއި، ވަކިން ޚާއްޞަކޮށް ނުކުޅެދުންތެރިކަން ހުންނަ ކުދިންގެ ޙައްޤުތައް ކަށަވަރު ކުރުމުގެ ގޮތުން، ކުޑަކުދިންނާ ގުޅުންހުރި ދާއިރާތަކުގައި މަސައްކަތްތައް ކުރާ ފަރާތްތަކުގެ ފުރިހަމަ"ބެކް ގްރައުންޑް ޗެކް"އެއް ހެދޭނެ އިންތިޒާމު ހަމަޖެއްސުމުގެ މުހިންމުކަން އާރކުން ވަނީ ފާހަގަކޮށްފައެވެ.

އާރކުގެ ބަޔާނުގައި އިތުރަށް ބުނެފައިވަނީ، ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރި ކުރުމަށް ކަމާ ގުޅުންހުރި އިދާރާތަކާއި ގުޅިގެން ކުރިއަށް އޮތް ތަނުގައިވެސް މަސައްކަތް ކުރާނެ ކަމަށެވެ. އަދި އެޖަމްޢިޔާގެ ފަރާތުން ކަމާއި ގުޅުންހުރި އިދާރާތަކައް އެޙީތެރިކަން ފޯރުކޮށްދިނުމަށް ތައްުޔާރަށް އޮތްކަމަށެވެ.

އިތުރަށް ކިޔާލަން

21 ޖެނުއަރީ 2017

މީދޫ ފަރު ގޮއްވި ސަރަހައްދަށް ލިބުނު ގެއްލުން ބެލުމުގެ މަސައްކަތް ފަށައިފ

21 ޖެނުއަރީ 2017
މީދޫ ފަރު ގޮއްވި ސަރަހައްދަށް ލިބުނު ގެއްލުން ބެލުމުގެ މަސައްކަތް ފަށައިފ
20 ޖެނުއަރީ 2017

ގަން އެއާޕޯޓުން ބިދޭސީ މަސައްކަތްތެރިންނަށް ފުރޭނެ ގޮތް ހެދުމަށް މިދަނީ މަސައްކަތް ކުރަމުން: އިމިގްރޭޝަން

20 ޖެނުއަރީ 2017
ގަން އެއާޕޯޓުން ބިދޭސީ މަސައްކަތްތެރިންނަށް ފުރޭނެ ގޮތް ހެދުމަށް މިދަނީ މަސައްކަތް ކުރަމުން: އިމިގްރޭޝަން
18 ޖެނުއަރީ 2017

ރައްޔިތުންގެ މަޖިލީހުން ކުރަނީ އިހްލާސްތެރި މަސައްކަތްތަކެއް ނޫން: ޝިފާ

18 ޖެނުއަރީ 2017
ރައްޔިތުންގެ މަޖިލީހުން ކުރަނީ އިހްލާސްތެރި މަސައްކަތްތަކެއް ނޫން: ޝިފާ
17 ޖެނުއަރީ 2017

ބިދޭސީ މަސައްކަތްތެރިންގެ މުސާރައިން ރެމިޓެންސް ޓެކްސް ނެގުމާ ބެހޭ އުސޫލަށް މީރާއިން ބަދަލު ގެނެސްފި

17 ޖެނުއަރީ 2017
ބިދޭސީ މަސައްކަތްތެރިންގެ މުސާރައިން ރެމިޓެންސް ޓެކްސް ނެގުމާ ބެހޭ އުސޫލަށް މީރާއިން ބަދަލު ގެނެސްފި
14 ޖެނުއަރީ 2017

ދީން ނިކަމެތިކޮށްލަން ސަރުކާރުން މަސައްކަތްކުރޭ: އާޒިމް

14 ޖެނުއަރީ 2017
ދީން ނިކަމެތިކޮށްލަން ސަރުކާރުން މަސައްކަތްކުރޭ: އާޒިމް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު