Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެބްލޫ ޕްރޮސްޕަރިޓީ ކޯލިޝަން

26 ދުވަހުގެ ތެރޭގައި 978 ސައިންޓިފިކް ޑައިވްކޮށް 16 އަތޮޅުގެ ސަރވޭ ނިންމާލައިފި

9 ފެބުރުއަރީ 2020 | އާދީއްތަ 10:02

ދިރާސާގެ ފުރަތަމަ ބައިގައި ޑައިވްކުރީ ހއ. އިން ލ. އަތޮޅާއި ހަމައަށް

އަމަން ހަލީމް
އަމަން ހަލީމް | 9 ފެބުރުއަރީ 2020 | އާދީއްތަ 10:02
ކަނޑުފަރުގެ ދިރާސާގެ ބައިވެރިއަކު ނަގާފައިވާ ނޫޑީބްރާންޗްއެއްގެ މަންޒަރެއް

ކަނޑުފަރުގެ ދިރާސާގެ ބައިވެރިއަކު ނަގާފައިވާ ނޫޑީބްރާންޗްއެއްގެ މަންޒަރެއް

ދިވެހިރާއްޖޭގެ ކަނޑުފަރުތަކުގެ މަހުގެ އާބާދީގެ ހާލަތު ދެނެގަތުމަށް، ދިވެހި ސަރުކާރާއި ބްލޫ ޕްރޮސްޕަރިޓީ ކޯލިޝަން ގުޅިގެން ކުރިޔަށް ގެންދާ ދިރާސާގެ ފުރަތަމަ ބައި ނިންމާލައިފިއެވެ.

26 ދުވަހުގެ މުއްދަތަށް ކުރިޔަށްދިޔަ މި ދިރާސާގައި ރާއްޖޭގެ އުތުރުން ހއ. އިން ފެށިގެން ގޮސް ލ. އަތޮޅާއި ހަމައަށް ފަރުތަކާއި ކަނޑުގެ މާހައުލާއި ގުޅޭ މައުލޫމާތާއި އެހެނިހެން ޑޭޓާ ނަގާފައިވެއެވެ. އަދި މި މުއްދަތުގެ ތެރޭގައި ކުރި ޖުމްލަ 978 ސައިންޓިފިކް ޑައިވްގެ ތެރެއިން 16 އަތޮޅެއް ވަނީ ދިރާސާކޮށްފައެވެ.

Advertisement - newsAdvertisement

އެންމެ ފަހުގެ ޒަމާނީ ޓެކްނޮލޮޖީއާއި ވަސީލަތްތައް ބޭނުންކޮށްގެން ކުރި މި ދިރާސާގައި 48 ފަރެއްގެ ތްރީ-ޑީ އިމޭޖް ހަދާފައިވެއެވެ. އަދި 690 ގަޑިއިރުގެ ވީޑިއޯ ފުޓޭޖްވެސް ނަގާފައިވެއެވެ.

ދިވެހި ސައިންސްވެރިންނާއި ބްލޫ ޕްރޮސްޕަރިޓީ ކޯލިޝަންގައި ހިމެނިވަޑައިގަންނަވާ 8 ސައިންސްވެރިން ގުޅިގެން ކުރި މަސައްކަތުގެ ތެރޭގައި، ޖުމްލަ 330 ބާވަތެއްގެ ކަނޑުގެ ދިރުން އޮބްޒަރވް ކޮށްފައިވާއިރު، އޭގެ ތެރޭގައި ނެތިހިނގައިދާނެ ކަމުގެ ބިރު ހީވެފައިވާ ބާވަތުގެ 80 ދިރުމެއް ފެނިފައިވެއެވެ. އަދި ޖުމްލަ 274،004 އަށް ވުރެ ގިނަ މަސް ގުނާފައިވެއެވެ.

އޭގެއިތުރުން، ލޮނުގައިހުރި މަހުގެ ބާވަތްތަކާއި ދިރުންތައް ދެނެގަތުމުގެ ގޮތުން، 524 އީ.ޑީ.އެންއޭ ސާމްޕަލްތައް ވަނީ އެއްކުރެވިފައެވެ. ދިރާސާގެ ފުރަތަމަ ބައި ނިމުނުއިރު ކުރެވުނު މަސައްކަތާ ދޭތެރޭގައި ހިތްހަމަ ޖެހޭ ކަމަށާއި، ވަރަށް ގިނަ އައު ކަންކަން މިހާރު ދެނެގަނެވިފައިވާ ކަމަށް ދިރާސާގެ ބައިވެރިން ވަނީ މައުލޫމާތު ދީފައެވެ.

އެގޮތުން މިދިރާސާގެ ފުރަތަމަ ބައި ނިމުނުކަން އިއުލާންކޮށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، ވެއިޓް އިންސްޓިޓިއުޓްގެ ފަރާތުން ބައިވެރިވި ސައިންސް އެންޑް ފީލްޑް މެނޭޖަރު އެންޑީ އެސްޓެޕް ވިދާޅުވީ، ކުރެވުނު މަސައްކަތުގެ ތެރެއިން ރާއްޖޭގެ ކަނޑުފަރުތަކާއި ބެހޭ މުހިންމު މައުލޫމާތުތަކެއް އެއްކުރެވިފައިވާ ކަމަށެވެ.

ޖުމްލަ ގޮތެއްގައި ބައެއް އެހެން ގައުމުތަކާ އަޅާބަލާއިރު ރާއްޖޭގެ ކަނޑުތައް، ހާއްސަކޮށް ފަރުތަކުގެ ހާލަތު ގިނަ ތަންތަނުގައި ރަނގަޅުކަން އެސްޓެޕް ފާހަގަކުރެއްވިއެވެ. ނަމަވެސް، ވަރަށް ހާލާތު ގޯސްކޮށް ހުރި ތަންތަންވެސް ފާހަގަކުރެވިފައިވާ ކަމަށްވެސް އޭނާ ވަނީ ހާމަކޮށްފައެވެ.

އޭގެތެރޭގައި، ގާހުދުވުމާއި މަސްވެރިކަމުގެ ސަބަބުން ކޮށްފައިވާ އަސަރުތަކުގެ ވާހަކަ އޭނާ ފާހަގަކުރެއްވިއެވެ. ނަމަވެސް، މި ގޮންޖެހުންތަކުން އަރައިގަނެވޭނެ ކަމުގެ ނިޝާންތަކާއި، މުސްތަގުބަލަށް ބަލާއިރު އުއްމިދުކުރަނިވި ކަންތައްތަކެއްވެސް ފާހަގަކޮށްފައިވެއެވެ. މި ދިރާސާގެ އަލީގައި، ފަރުތައް ހިމާޔަތްކުރުމާއި މަސްމަހާމެހީގެ އާބާދީތައް ދެމެހެއްޓެނިވި ގޮތެއްގައި ބެލެހެއްޓުމަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް މަގުފަހިވެގެންދާނެއެވެ.

މޯލްޑިވްސް މެރިން ރިސަރޗް އިންސްޓިޓިއުޓްގައި އޮތް މިބައްދަލުވުމުގައި، ދިރާސާގެ ފުރަތަމަ ބައިގައި އެއްކުރެވުނު ހުރިހާ މައުލޫމާތުތަކާއި ޑޭޓާތައް ވަނީ ހަވާލުކޮށްފައެވެ. ބްލޫ ޕްރޮސްޕަރިޓީ ކޯލިޝަންގެ ފަރާތުން މި ޑޭޓާތައް ހަވާލުކޮށްދެއްވީ، އެންޑީ އެސްޓެޕްއެވެ. އަދި މޯލްޑިވްސް މެރިން ރިސަރޗް އިންސްޓިޓިއުޓްގެ ފަރާތުން މި ޑޭޓާތަކާ ހަވާޅުވެވަޑައިގެންނެވީ އެމްއެމްއާރްއައިގެ އިސްވެރިޔާ ޝާފިޔާ ނައީމްއެވެ.

އެންޑީ އެސްޓެޕް އާއި ޝާފިޔާ ނައީމްގެ އިތުރުން، މި ބައްދަލުވުމުގައި މި ދިރާސާކުރާ ޓީމްގައި ހިމެނޭ މެރިން ބައޮލޮޖިސްޓެއް ކަމުގައިވާ ފާތިމަތް ހަނާ އާމިރު އާއި މިނިސްޓަރ އޮފް ފިޝަރީޒް، އެގްރިކަލްޗަރ އެންޑް މެރިން ރިސޯސަސް ޒަހާ ވަހީދުވެސް ބައިވެރިވަޑައިގެންނެވިއެވެ.

ބްލޫ ޕްރޮސްޕަރިޓީ ކޯލިޝަން އާއި ދިވެހި ސަރުކާރާ ގުޅިގެން ކުރިޔަށްގެންދާ މި ދިރާސާއަކީ ރާއްޖޭގެ ކަނޑުތަކާއި ފަރުތަކާއި، މަސްމަހާމެހީގެ އާބާދީތައް ދެނެގަންނަން ކުރާ ދިރާސާއެކެވެ. މިއީ މިހާ ފުޅާ ދާއިރާއެއްގައި ކަނޑުފަރުގެ ދިރުން ދެނެގަންނަން ކުރާ ފުރަތަމަ ދިރާސާއެވެ. މި ދިރާސާގެ ދެވަނަ ބައިގައި ހުވަދު އަތޮޅު، ފުވައްމުލައް އަދި އައްޑޫ ސިޓީގެ ކަނޑުގެ ސަރަހައްދުތައް ދިރާސާކުރުމުގެ މަސައްކަތް މިހިނގާ މާރޗް މަހުގެ ކުރީކޮޅު ކުރެވިގެން ދާނެއެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

3

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

4

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

5

ސީރިއާގެ ކުރީގެ ރައީސް ބައްޝާރުލް އަސަދު އާއި އޭނާގެ އަރިސް އާތިފް ނަޖީބު މަރާލަން ހުކުމްކޮށްފި

އިތުރަށް ކިޔާލަން

08 ފެބުރުއަރީ 2017

ފެބްރުއަރީ ކޯޓުތަކުގައި ހުޅުޖެހި ދުވަހުގެ ގޮތުގައި ފާހަގަ ކޮށްފި

08 ފެބުރުއަރީ 2017
ފެބްރުއަރީ  ކޯޓުތަކުގައި ހުޅުޖެހި ދުވަހުގެ ގޮތުގައި ފާހަގަ ކޮށްފި
04 ފެބުރުއަރީ 2017

ސްރީލަންކާގެ މިނިވަން ދުވަހުގެ މުނާސަބަތުގައި ރައީސް ޔާމީން ތަހުނިޔާ ފޮނުއްވައިފި

04 ފެބުރުއަރީ 2017
ސްރީލަންކާގެ މިނިވަން ދުވަހުގެ މުނާސަބަތުގައި ރައީސް ޔާމީން ތަހުނިޔާ ފޮނުއްވައިފި
02 ފެބުރުއަރީ 2017

15 ދުވަހުގެ ތެރޭގައި ހުޅުދެލީ ސްކޫލްގެ ކަންކަން ރަނގަޅު ނުކޮށްފިނަމަ އަނެއްކާވެސް މުޒާހަރާ ކުރާނަން: ބެލެނެވެރިން

02 ފެބުރުއަރީ 2017
15 ދުވަހުގެ ތެރޭގައި ހުޅުދެލީ ސްކޫލްގެ ކަންކަން ރަނގަޅު ނުކޮށްފިނަމަ އަނެއްކާވެސް މުޒާހަރާ ކުރާނަން: ބެލެނެވެރިން
31 ޖެނުއަރީ 2017

ރައީސް ޔާމީން ވާހަކަ ދެއްކެވީ ހަގީގަތް އޮޅުވާލަން، ޕާޓީތެރޭގައި ބައިބައިވުން އެބަ އޮތް:މައުމޫނު

31 ޖެނުއަރީ 2017
 ރައީސް ޔާމީން ވާހަކަ ދެއްކެވީ ހަގީގަތް އޮޅުވާލަން، ޕާޓީތެރޭގައި ބައިބައިވުން އެބަ އޮތް:މައުމޫނު
24 ޖެނުއަރީ 2017

މާލޭގެ ގެއެއްގެ ތެރޭގައި ލަންކާ މީހަކު ދަންޖެހިފައި ހުއްޓާ ފެނިއްޖެ

24 ޖެނުއަރީ 2017
މާލޭގެ ގެއެއްގެ ތެރޭގައި ލަންކާ މީހަކު ދަންޖެހިފައި ހުއްޓާ ފެނިއްޖެ
24 ޖެނުއަރީ 2017

މާފަންނު ގެއެއްގެ ތެރޭގައި އަންހެނަކު މަރުވެފައި އޮއްވާ ފެނިއްޖެ

24 ޖެނުއަރީ 2017
މާފަންނު ގެއެއްގެ ތެރޭގައި އަންހެނަކު މަރުވެފައި އޮއްވާ ފެނިއްޖެ
23 ޖެނުއަރީ 2017

ސައިކަލެއްގެ ތެރޭގައި އޮތް ފޯނެއް ވަގަށްނެގި މީހަކު ހޯދަން އިއުލާން ކޮށްފި

23 ޖެނުއަރީ 2017
ސައިކަލެއްގެ ތެރޭގައި އޮތް ފޯނެއް ވަގަށްނެގި މީހަކު ހޯދަން އިއުލާން ކޮށްފި
22 ޖެނުއަރީ 2017

ސައިކަލް ޓެކްސީގެ ޚިދުމަތް މިހަފްތާ ތެރޭގައި ފެށޭނެ: ޓްރާންސްޕޯޓް

22 ޖެނުއަރީ 2017
ސައިކަލް ޓެކްސީގެ ޚިދުމަތް މިހަފްތާ ތެރޭގައި ފެށޭނެ: ޓްރާންސްޕޯޓް
18 ޖެނުއަރީ 2017

ވިސްނުން ހުރީ މި މަހުގެ ތެރޭގައި ވިސާމްގެ ޝަރީއަތް ނިންމާލަން: ގާޒީ

18 ޖެނުއަރީ 2017
ވިސްނުން ހުރީ މި މަހުގެ ތެރޭގައި ވިސާމްގެ ޝަރީއަތް ނިންމާލަން: ގާޒީ
07 ޖެނުއަރީ 2017

އައިޖީއެމްއެޗާއި ވިލިމާލޭ ހޮސްޕިޓަލްގެ ތެރޭގައި އެނަޖީ ޑްރިންކް ވިއްކުން މަނާކޮށްފި

07 ޖެނުއަރީ 2017
އައިޖީއެމްއެޗާއި ވިލިމާލޭ ހޮސްޕިޓަލްގެ ތެރޭގައި އެނަޖީ ޑްރިންކް ވިއްކުން މަނާކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް