މާފަރު ސިއްހީ މަރުކަޒުގައި ހުރި ތިޖޫރީގައި ފަޅާލައި ފައިސާތައް ވަގަށް ނަގައިފި
8 ފެބުރުއަރީ 2020 | ހޮނިހިރު 18:59ގާތްގަނޑަކަށް 7000 ރުފިޔާ ވަގަށް ނެގި

އަމްނާ އިމާދު | 8 ފެބުރުއަރީ 2020 | ހޮނިހިރު 18:59

ނ.މާފަރު
ނ. މާފަރު ޞިއްޙީ މަރުކަޒުގައި ހުރި ތިޖޫރީގައި ފަޅާލައި ފައިސާތައް ވަގަށް ނަގައިފިއެވެ.
ފުލުހުން ބުނީ މާފަރު ޞިއްޙީ މަރުކަޒުގައި ހުރި ތިޖޫރީ ފަޅާލައި ވައްކަން ކޮށްފައިވާ ކަމަށް ބުނެ ރިޕޯޓް ކޮށްފައިވަނީ ހޮނިހިރު ދުވަހުގެ ހެނދުނު 11:30 އެހައިކަންހާއިރު ކަމަށެވެ.
ފުލުހުން ބުނީ މިޖުރީގައި ހުރި ގާތްގަނޑަށް 7000 ރުފިޔާ ވަގަށް ނަގާފައިވާ ކަމަށެވެ.
މިމައްސަލަ ފުލުހުން ދަނީ އިތުރަށް ތަޙުޤީޤު ކުރަމުންނެވެ.






