Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއެންވަޔަރަމެންޓް އެންޑް ކްލައިމެޓް ޗޭންޖް ކޮމެޓީ

މޫސުމަށް އަންނަ ބަދަލުތަކާއިބެހޭ ބިލް ދިރާސާކުރުމަށް ބާއްވާ ކޮމިޓީގެ ބައްދަލުވުން މާދަމާ

7 ފެބުރުއަރީ 2020 | ހުކުރު 18:03

ބައްދަލުވުން ބޭއްވުމަށް ހަޖެހިފައިވަނީ ހޮނިހިރު ދުވަހުގެ 11:00 ގައި

އަޒްލިފާ އަބްދުﷲ
އަޒްލިފާ އަބްދުﷲ | 7 ފެބުރުއަރީ 2020 | ހުކުރު 18:03
އެންވަޔަރުމަންޓް އެންޑް ކްލައިމެޓްޗޭންޖް ކޮމިޓީގެ ބައްދަލުވުން ކުރިއަށްދަނީ

އެންވަޔަރުމަންޓް އެންޑް ކްލައިމެޓްޗޭންޖް ކޮމިޓީގެ ބައްދަލުވުން ކުރިއަށްދަނީ

މޫސުމަށް އަންނަ ބަދަލުތަކާއި ބެހޭ ބިލް ދިރާސާ ކުރުމަށް ބާއްވާ އެންވަޔަރުމަންޓް އެންޑް ކްލައިމެޓް ޗޭންޖް ކޮމިޓީގެ ބައްދަލުވުން ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖައްސައިފިއެވެ.

މި ބައްދަލުވުން ބޭއްވުމަށް ހަޖެހިފައިވަނީ ހޮނިހިރު ދުވަހުގެ 11:00 ގައެވެ.

Advertisement - newsAdvertisement

މި ބައްދަލުވުމުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާއި، އެންވަޔަރުމަންޓް މިނިސްޓަރ ޑރ. ހުސައިން ރަޝީދު ހަސަން އާއި، ޔޫއެންޑީޕީ ގަވަނަންސް އޮފިސަރުންނާއި، ޔޫއެންޑީޕީ ކްލައިމެޓް ޗޭންޖް އޮފިސަރުންނާއި، ރައީސް އޮފީހުގެ ބޭފުޅުންގެ އިތުރުން މިނިސްޓްރީ އޮފް ފޮރިން އެފެއަރޒްގެ ބޭފުޅުން ބައިވެރިވެ ވަޑައިގަތުމަށް ވަނީ ހަމަޖެހިފައެވެ.

ފާއިތުވި ދުވަސްތަކުގައި އިރުވައި މޫސުމުގެ ހަޅަޖެހިއިރު ރަށްގިރުން އާދަޔާ ޚިލާފަށް އިތުރުވެފައިވާތީ ކޮމިޓީގެ ކުއްލި ބައްދަލުވުމެއް މިދިޔަ ހަފްތާގެ ބުދަ ދުވަހު ވެސް ވަނީ ބާއްވާފައެވެ.

މަޖިލިސް ޗުއްޓީގައި އޮއްވައި ބޭއްވި މި ބައްދަލުވުމުގައި މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދުވެސް ބައިވެރިވެ ވަޑައިގެންފައިވާއިރު، ރައީސް ނަޝީދު ވިދާޅުވީ، ފާއިތުވި 20 ދުވަހުގެ ތެރޭގައި މޫސުމީ ހަޅައަށްފަހު އާދަޔާ ޚިލާފަށް ރައްޖޭގެ ރަށްރަށަށް ރަށް ގިރުމުގެ މައްސަލަ ކުރިމަތިވެފައިވާ ކަމުގެ ޝަކުވާ އެކި ފަރާތްތަކުން މަޖިލީހަށް ހިއްސާކޮށްފައިވާ ކަމަށެވެ. އެގޮތުން މިކަމަކީ ކުއްލި ގޮތަކަށް ހައްލެއް ގެނެވޭނެ ކަމެއް ނޫން ނަމަވެސް އެކަމުން އަރައިގަތުމަށް މިހާރުން މިހާރަށް އެޅެން ހުރި ފިޔަވަޅުތައް ދެނެގަތުން މުހިއްމުކަން ރައީސް ފާހަގަ ކުރައްވާފައިވެއެވެ.

މި ކޮމިޓީ ބައްދަލުވުމުގައި ވަނީ އެކި ރަށްރަށުންނާއި ރަށު ކައުންސިލުތަކުން މަޖިލީހާ ހިއްސާކޮށްފައިވާ ބައެއް ފޮޓޯތައް ދައްކާލާފައެވެ. އެގޮތުން ފާއިތުވި ދުވަސްތަކުގައި އެކަނިވެސް ރަށްރަށަށް ލިބިފައިވާ ގެއްލުންތައް ފޮޓޯތަކުން ފެނިގެން ގޮސްފައިވެއެވެ.

ކޮމިޓީއާ ހިއްސާކޮށްފައިވާ ބައެއް ރަށްރަށުގެ ތެރޭގައި ބ އަތޮޅުގެ ގިނަ ރަށްރަށާއި، ރ އަތޮޅުގެ ރަށްރަށް ހިމެނެއެވެ. އޭގެ އިތުރުން، މީހުން ދިރިއުޅޭ ރަށްރަށުގެ އިތުރުން، ފަޅު ރަށްރަށްވެސް މީގެ ކުރިން ދުވަހަކުވެސް ނުގިރާ މިންވަރަކަށް ގިރަމުން ގޮސްފައިވާކަން ކޮމިޓީގެ މުޤައްރިރުވެސް ވަނީ ފާހަގަކުރައްވާފައެވެ.

އޭގެއިތުރުން، އައްޑޫ މީދޫ ފުއްޓަރާއި ދިމާލުން ގިރަމުން އަންނަ ސަރަޙައްދުގެ ފޮޓޯތައްވެސް ދައްކާލާފައިވާއިރު، މަޖިލީހުގެ ރައީސް ވިދާޅުވީ، އެކަމުގެ ސަބަބުން އައްޑޫ މީދޫ ކުޅިއަށް ލޮނުފެން ވަދެ، ތިމާވެށީގެ ގޮތުން ބޮޑު ގެއްލުންތަކެއް ލިބިގެން ދިއުމުގެ ފުރުސަތު އެބަ އޮތް ކަމަށެވެ.

އޭގެއިތުރުންވެސް، ނ ފޮއްދޫއާއި، ގދ ނަޑެއްލާއާއި، ދ ވާނީއާއި، ހއ ވަށަފަރުގެ އިތުރުންވެސް ގިނަ ރަށްރަށުގެ ފޮޓޯތައް ކޮމިޓީގައި ދައްކާލާފައިވެއެވެ.

މި ބައްދަލުވުމުގައި ވާހަކަދެއްކެވި މެމްބަރުންގެ ފަރާތުން ވަނީ ރަށް ގިރުމާއި ގުޅޭގޮތުން ފާހަގަވެފައިވާ ގިނަ ކަންކަން ހިއްސާކުރައްވާފައެވެ. އެގޮތުން ކޮމިޓީ މެމްބަރުންގެ ފަރާތުން ވަނީ 4 ކަމެއް ހުށައަޅައި އެކަމަށް މެމްބަރުންގެ މެެދުގައި އެއްބަސްވެވަޑައިގެންފައެވެ.

ކޮމިޓީގެ މެމްބަރުން ފާހަގަކުރައްވާފައިވާ ގޮތުގައި ފާއިތުވި ދުވަސްތަކުގައި އިރުވައިމޫސުމުގެ ހަޅަ ޖަހާފައިވަނީ އެހެން އަހަރުތަކާއި ޚިލާފަށެވެ. އެގޮތުން ހަޅަ ޖަހާފައިވާ މުއްދަތާއި، ހަޅަ ޖަހާ ދިމާވެސް އެހެން ފަހަރުތަކާއި ޚިލާފަށް މިފަހަރު ތަފާތުކަން މެމްބަރުން ފާހަގަ ކުރެއްވިއެވެ.

އެކަންކަމަށް ރިއާޔަތްކޮށް މެމްބަރުން ހުށައަޅުއްވާފައިވާ ކަންކަމަކީ ރާއްޖެއަށް ދިމާވަމުންދާ ރަށް ގިރުމުގެ މައްސަލަ ބައިނަލްއަޤުވާމީ ސަމާލުކަމަށް ގެނައުމާއި، މިކަމާ ގުޅޭގޮތުން ކަމާބެހޭ އިދާރާތަކާއި ވުޒާރާތަކުން ކޮށްފައިވާ އަދި ކުރަމުންދާ މަސައްކަތްތައް ދެނެގަތުމާއި، އެކަންކަމާއި ގުޅޭގޮތުން މައުލޫމާތު ސާފު ކުރުމަށް އެންވަޔަރމަންޓް މިނިސްޓަރ ކޮމިޓީއަށް ހާޒިރު ކުރުމުގެ އިތުުރުން، ރަށްގިރުމުގެ މިންވަރު އޮތީ ކިހާ ހިސާބެއްގައިކަން ދެނެގަތުމަށް ދިރާސާ ރިޕޯޓެއް އެކުލަވާލައި މަޖިލީހުގެ ތަޅުމަށް ހުށައެޅުން ހިމެނެއެވެ.

އެންމެ ހިނގާ

1

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

2

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

3

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

10 އަހަރު ވަންދެން ލޯބީގެ ގޮތުން ގުޅިގެން އުޅުމަށް ފަހު، ރޮނާލްޑޯ އާއި ޖޯޖީނާ ކައިވެނިކޮށްފި

އިތުރަށް ކިޔާލަން

08 ފެބުރުއަރީ 2017

ހެއްކާބެހޭ ބިލް މަޖިލީހަށް ހުށަހަޅައިފި

08 ފެބުރުއަރީ 2017
ހެއްކާބެހޭ ބިލް މަޖިލީހަށް ހުށަހަޅައިފި
07 ފެބުރުއަރީ 2017

ކައުންސިލް މެމްބަރުކަމަށް ކުރިމަތިލާ މީހުންގެ ކިބައިގައި ހުންނަން ޖެހޭ ޝަރުތުތަކަށް ބަދަލު ގެނައުމަށް ހުށަހެޅި ބިލް މަޖިލީހަށް ބަލައިގެނެފި

07 ފެބުރުއަރީ 2017
ކައުންސިލް މެމްބަރުކަމަށް ކުރިމަތިލާ މީހުންގެ ކިބައިގައި ހުންނަން ޖެހޭ ޝަރުތުތަކަށް ބަދަލު ގެނައުމަށް ހުށަހެޅި ބިލް މަޖިލީހަށް ބަލައިގެނެފި
05 ފެބުރުއަރީ 2017

އެމްޑީޕީގެ ޗެއާޕާސަން އިންތިހާބު އަންނަ ހުކުރު ދުވަހު ބާއްވާނީ

05 ފެބުރުއަރީ 2017
އެމްޑީޕީގެ ޗެއާޕާސަން އިންތިހާބު އަންނަ ހުކުރު ދުވަހު ބާއްވާނީ
01 ފެބުރުއަރީ 2017

ހެލްތުން މުއްދަތުގައި ބިލްތައް ނުދައްކައިގެން 8 މިލިއަނަށްވުރެ ގިނަ ރުފިޔާ ޖޫރިމަނާއަށް ދައްކަން ޖެހިއްޖެ

01 ފެބުރުއަރީ 2017
ހެލްތުން މުއްދަތުގައި ބިލްތައް ނުދައްކައިގެން 8 މިލިއަނަށްވުރެ ގިނަ ރުފިޔާ ޖޫރިމަނާއަށް ދައްކަން ޖެހިއްޖެ
31 ޖެނުއަރީ 2017

"ހޭވައްލާ" ގެ ނަމުގައި ޕީޕީއެމްގެ ހާއްސަ ޖަލްސާއެއް އަންނަ މަހު ބާއްވަނީ

31 ޖެނުއަރީ 2017
"ހޭވައްލާ" ގެ ނަމުގައި ޕީޕީއެމްގެ ހާއްސަ ޖަލްސާއެއް އަންނަ މަހު ބާއްވަނީ
27 ޖެނުއަރީ 2017

އަނިޔާވެރި ވެރިއެއް ރައްޔިތުންގެ މައްޗަށް އަންނަނީ ރައްޔިތުން އަނިޔާވެރިވުމުން: ޝެއިހް ހުސެއިން

27 ޖެނުއަރީ 2017
އަނިޔާވެރި ވެރިއެއް ރައްޔިތުންގެ މައްޗަށް އަންނަނީ ރައްޔިތުން އަނިޔާވެރިވުމުން: ޝެއިހް ހުސެއިން
19 ޖެނުއަރީ 2017

މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭ ޕެނަލްއެއްގައި އެމެރިކާގެ ކުރީގެ ނައިބު ރައީސްއާއެކު ރައީސް ނަޝީދު!

19 ޖެނުއަރީ 2017
މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭ ޕެނަލްއެއްގައި އެމެރިކާގެ ކުރީގެ ނައިބު ރައީސްއާއެކު ރައީސް ނަޝީދު!
13 ޖެނުއަރީ 2017

ލޯކަލް ކައުންސިލް އިންތިހާބު ފަސްކުރުމާ ގުޅިގެން އަންނަ އާދިއްތަ ދުވަހު ކޯޓަށް މައްސަލަ ހުށަހަޅާނަން: ނިޔާޒް

13 ޖެނުއަރީ 2017
ލޯކަލް ކައުންސިލް އިންތިހާބު ފަސްކުރުމާ ގުޅިގެން އަންނަ އާދިއްތަ ދުވަހު ކޯޓަށް މައްސަލަ ހުށަހަޅާނަން: ނިޔާޒް
10 ޖެނުއަރީ 2017

ފާތިރު މަރާލި މައްސަލައިގައި ހޯދަމުން އަންނަ އިރުފާން އަދިވެސް ނުފެނޭ!

10 ޖެނުއަރީ 2017
ފާތިރު މަރާލި މައްސަލައިގައި ހޯދަމުން އަންނަ އިރުފާން އަދިވެސް ނުފެނޭ!
07 ޖެނުއަރީ 2017

މާލޭގައި ސައިކަލް ޓެކްސީގެ ޚިދުމަތް އަންނަ ހަފްތާގައި ފަށަނީ

07 ޖެނުއަރީ 2017
މާލޭގައި ސައިކަލް ޓެކްސީގެ ޚިދުމަތް އަންނަ ހަފްތާގައި ފަށަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް