Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއެފްއޭއެމް

އެފްއޭއެމްގެ އިންތިޚާބުގައި މާޒިޔާގެ ތާއީދު ބައްސާމަށް

އެފްއޭއެމްގެ އިންތިޚާބު ކުރިޔަށް އޮތް 45 ދުވަހުގެ ތެރޭގައި ބޭއްވުމަށް ވަނީ ނިންމާފައި

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް | 5 ފެބުރުއަރީ 2020 | ބުދަ 06:39
އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް

އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް

ކުރިއަށް އޮތް ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ އިންތިޚާބުގައި މިހާރުވެސް އެ އިދާރާގެ ރައީސް ބައްސާމް އަދީލް ޖަލީލަށް ތާއީދުކުރުމަށް މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނުން ނިންމައިފި އެވެ.

އަންގާރަ ދުުވަހު އެފްއޭއެމްގެ ރައީސް ބައްސާމް ވަނީ އެ އިދާރާގެ އިންތިޚާބު އަވަސް ކުރުމަށް އެފްއޭއެމްގެ ހިންގާ ކޮމެޓީއަށް ހުށަހަޅުއްވައި، އެކަމަށް ހިންގާ ކޮމެޓީން އެއްބަސްވެފައިވާކަން އިޢުލާނުކުރައްވާފައެވެ. އެހެންކަމުން ކުރިޔަށް އޮތް 45 ދުވަހުގެ ތެރޭގައި އެފްއޭއެމްގެ އިންތިޚާބު ބާއްވަން ހިންގާ ކޮމެޓީން ނިންމާފައިވާ ކަމަށް ބައްސާމް ވިދާޅުވި އެވެ.

މާޒިޔާއިން ކުރި ޓްވީޓެއްގައި ބުނެފައިވަނީ ކުރިއަށް އޮތް އިންތިޚާބުގައިވެސް ބައްސާމަށް ތާއީދުކުރުމަށް އެ ކްލަބުން ނިންމާފައިވާ ކަމަށެވެ. އަދި އެ އިދާރާގެ ރައީސްގެ މަގާމަށް އެންމެ ހައްގު ބޭފުޅަކީ ބައްސާމް ކަމަށާއި، އޭނާއަށް ދެވަނަ ދައުރެއް ދިނުން ހައްގު ކަމަށްވެސް ވަނީ ބުނެފައެވެ.

އެފްއޭއެމްގެ ރައީސް ބައްސާމްގެ ފުރަތަމަ ދައުރު ހަމަވާނީ މިއަހަރުގެ ނޮވެންބަރު މަހުގެ 20 ވަނަ ދުވަހު އެވެ. އެފްއޭއެމްގެ އިންތިޚާބު ނޮވެންބަރު 20 ގެ ކުރިން ބާއްވަން އެއެސޯސިއޭޝަންގެ ހިންގާ ގަވައިދުގައި ބުނެއެވެ.

އެފްއޭއެމްގެ ރައީސްގެ މަގާމުން ބައްސާމް ވަކިކުރުމަށް ނިމިދިޔަ އަހަރު ބައެއް ކްލަބުތަކުން މަސައްކަތް ކޮށްފައިވާއިރު، އޭގެ ތެރޭގައި ރާއްޖޭގެ އެންމެ ބޮޑު ދެ ކްލަބު ކަމަށްވާ ނިއުރޭޑިއަންޓް ސްޕޯޓްސް ކްލަބާއި، ވިކްޓަރީ ސްޕޯޓްސް ކްލަބު ހިމެނެއެވެ. އެކަމަކު އެ ދެ ކްލަބުން މިހާރު ވަނީ ފުޓްބޯޅައިގެ ހުރިހާ ހަރަކާތްތަކުން ސަސްޕެންޑް ކޮށްފައެވެ.

އިތުރަށް ކިޔާލަން

23 އެޕްރީލު 2017

އޮލިމްޕިކް ކޮމިޓީގެ އިންތިހާބުގައި އެފްއޭއެމްގެ އެންޑޯސްމަންޓް ޝަވީދަށް

23 އެޕްރީލު 2017
އޮލިމްޕިކް ކޮމިޓީގެ އިންތިހާބުގައި އެފްއޭއެމްގެ އެންޑޯސްމަންޓް ޝަވީދަށް
09 އެޕްރީލު 2017

އެފްއޭއެމްގެ ޓެކްނިކަލް ޑައިރެކްޓަރުކަން ދެ އަހަރު ދުވަހަށް ވަންލީއާ ހަވާލުކޮށްފި

09 އެޕްރީލު 2017
އެފްއޭއެމްގެ ޓެކްނިކަލް ޑައިރެކްޓަރުކަން ދެ އަހަރު ދުވަހަށް ވަންލީއާ ހަވާލުކޮށްފި
04 އެޕްރީލު 2017

ފަހު ސިކުންތުގައި މާޒިޔާގެ މައްޗަށް ބެންގަލޫރު އެފްސީ ކުރިހޯދައިފި

04 އެޕްރީލު 2017
ފަހު ސިކުންތުގައި މާޒިޔާގެ މައްޗަށް ބެންގަލޫރު އެފްސީ ކުރިހޯދައިފި
03 އެޕްރީލު 2017

އެފްއޭއެމްގެ ޓެކްނިކަލް ޑިރެކްޓަރަށް ތުރުކީގެ ޖޭން ވަންލީ ހަމަޖައްސައިފި

03 އެޕްރީލު 2017
އެފްއޭއެމްގެ ޓެކްނިކަލް ޑިރެކްޓަރަށް ތުރުކީގެ ޖޭން ވަންލީ ހަމަޖައްސައިފި
14 މާރިޗު 2017

އޭއެފްސީ ކަޕް: އަބަހާނީ ބަލިކޮށް މާޒިޔާގެ ފެށުން ރަނގަޅުކޮށްފި

14 މާރިޗު 2017
އޭއެފްސީ ކަޕް: އަބަހާނީ ބަލިކޮށް މާޒިޔާގެ ފެށުން ރަނގަޅުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު