Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެފަލަސުރުހީ

ޔާމީން ޖަލުގައި ބާއްވައި، ރިޔާސީ ޓިކެޓު ހޯދަން ޕީޕީއެމް ޕީއެންސީގައި 3 ފެކްޝަން އެބައޮތް: މިނިސްޓަރ މަހުލޫފް

3 ފެބުރުއަރީ 2020 | ހޯމަ 18:26

ޕާޓީގެ ލީޑަރޝިޕް ބޭނުންވެގެންނާއި ރިޔާސީ ޓިކެޓުގެ ބޭނުމުގައި މިހާރުވެސް އިދިކޮޅު ކޯލިޝަން އޮތީ 3 ބަޔަކަށް ބެހިފައި

ދާނިޝް ނިޡާމް
ދާނިޝް ނިޡާމް | 3 ފެބުރުއަރީ 2020 | ހޯމަ 18:26
ޔޫތް މިނިސްޓަރ އަހުމަދު މަހްލޫފް، ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަނީ

ޔޫތް މިނިސްޓަރ އަހުމަދު މަހްލޫފް، ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަނީ

ކުރީގެ ރައީސް އަބްދުﷲ ޔާމީން ޖަލުގައި ބާއްވައި ޕީޕީއެމް ޕީއެންސީގެ ޓިކެޓުގައި ރިޔާސީ އިންތިހާބަށް ވާދަކުރުމަށް 3 ފެކްޝަނެއް އެ ޕާޓީތަކުގެ ތެރޭގައި ހިމެނޭކަމަށް ޔޫތް މިނިސްޓަރ އަހުމަދު މަހުލޫފް ވިދާޅުވެއްޖެއެވެ.

ރާއްޖެޓީވީގެ ފަލަސުރުހީ ޕްރޮގުރާމްގައި ވާހަކަދައްކަވަމުން މިނިސްޓަރ ވިދާޅުވީ، ޕީޕީއެމް އަދި ޕީއެންސީގެވެސް ވިސްނުން މިހާރު ހުރީ ރައީސް ޔާމީން ޖަލުގައި ބޭއްވުމަށްކަމަށާއި، ހިޔާނާތާއި ގުޅިގެން ކުރީގެ ރައީސް ޔާމީން ޖަލުގައި އޮންނަވަން ޖެހޭކަމަށް އެ ޕާޓީތަކުންވެސް ގަބޫލުކުރާކަމަށެވެ. އިދިކޮޅު ކޯލިޝަންގައި ވަރަށް ގާތް ރައްޓެހިންވެސް އުޅުއްވާކަން ފާހަގަކޮށް މިނިސްޓަރ ވިދާޅުވީ ރައީސް ޔާމީން ޖަލުގައި ބާއްވައި އެބޭފުޅުންގެ ތެރެއިން ބަޔަކު ރިޔާސީ އިންތިހާބަށް ނިކުންނަން މަސައްކަތްކުރަމުންދާކަމަށެވެ.

Advertisement - newsAdvertisement

މިނިސްޓަރ ވިދާޅުވީ އެ ޕާޓީގެ ލީޑަރޝިޕް ބޭނުންވެގެންނާއި ރިޔާސީ ޓިކެޓުގެ ބޭނުމުގައި މިހާރުވެސް އިދިކޮޅު ކޯލިޝަން އޮތީ 3 ބަޔަކަށް ބެހިފައިކަމަށާއި ކުދި ކުދި 3 ފެކްޝަނަކުން ލީޑަރޝިޕަށް މަސައްކަތްކުރަމުންދާކަމަށް މައުލޫމާތު ލިބިފައިވާކަމަށެވެ. މިނިސްޓަރ ވިދާޅުވީ އެއީ ރަނގަޅު ނިންމުމެއް ކަމަށާއި ރައީސް ޔާމީނަކީ އެނުބުރި ރާއްޖޭގެ ވެރިކަމަށް ވަޑައިގަންނަވަން ހެޔޮވަރު ބޭފުޅެއް ނޫންކަމަށެވެ.

އިދިކޮޅުގެ ތެރެއިން ލީޑަރޝިޕް ހޯދުމަށް ކުރަމުންދާ މަސައްކަތައް ތާއީދުކުރާކަމަށްވެސް މިނިސްޓަރ މަހުލޫފު ވަނީ ވިދާޅުވެފައެވެ. ޕްރޮގުރާމްގައި އިތުރަށް ވާހަކަދައްކަވަމުން މިނިސްޓަރ ވިދާޅުވީ މިނިވަންކަމާއި އިންސާފުވެރިކަމާއެކު ރައީސް ޔާމީންގެ މައްޗަށް ޝަރީއަތް ހިންގިއްޖެނަމަ ކުރިޔަށް އޮތް ރިޔާސީ އިންތިހާބުގައި ކެންޑިޑެންސީ ކަށަވަރު ނުކުރެވޭނެކަމަށެވެ. މިނިސްޓަރ ވަނީ އެ ކޯލިޝަންގައި ޒުވާން ގާބިލް މީހުން ތިބިކަން ފާހަގަކޮށް އެ ފަރާތްތަކަށް ފުރުސަތު ހޯދައިދިނުމަށް ކުރާ މަސައްކަތެއްގެ ގޮތުގައި ޓިކެޓު ހޯދުމަށް ކުރާ މަސައްކަތް ސިފަކުރައްވާފައެވެ.

ޕީޕީއެމް ޓިކެޓްގައި ރައްޔިތުންގެ މަޖިލީހަށް އިންތިހާބުވެ ކުރީގެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރުކަންވެސް ކުރައްވާފައިވާ މިނިސްޓަރ މަހުލޫފް މިހެން ވިދާާޅުވެފައިވާއިރު، ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ބާއްވާ އިހްތިޖާޖުތަކުގައި ވާހަކަދައްކަވަމުން އެ ޕާޓީގެ އިސްފަރާތްތައް ވަނީ ރައީސް ޔާމީނަށް ވާދަނުކުރެވޭނަމަ ރިޔާސީ އިންތިހާބު ބޮއިކޮޓް ކުރާނެކަމަށްވެސް ވިދާޅުވެފައެވެ.

ކުރީގެ ރައީސް ޔާމީން 5 އަހަރަށް ޖަލަށް ލާން ހުކުމް ކުރެވުމާއެ،ކު މިނިވަންކުރުމަށް ގޮވާލާ ސިލްސިލާކޮށް މުޒާހަރާކުރަމުންދިޔައިރު މިހާރު އެ ހަރަކާތްތައް ވަނީ ވަރަށް ބޮޑަށް މަދުވެފަ އެވެ.

އެންމެ ހިނގާ

1

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

2

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

3

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

4

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

5

ލިންކަން މަނަވަރުގައި އެމެރިކާ ސިފައިން ކަނޑަށް ފުންމާލައިގެން އަމިއްލަ އަށް މަރުވާން އުޅުނު ރިޕޯޓުތަކާ އެކު އިތުރު ކަންބޮޑުވުން އުފެދިއްޖެ

އިތުރަށް ކިޔާލަން

15 ޖެނުއަރީ 2017

ރިޔާސީ އިންތިހާބަށް ގޮފިތަކުގެ ހިންގުން ރަނގަޅު ކުރާނަން: ހަސަން ލަތީފު

15 ޖެނުއަރީ 2017
ރިޔާސީ އިންތިހާބަށް ގޮފިތަކުގެ ހިންގުން ރަނގަޅު ކުރާނަން: ހަސަން ލަތީފު
15 ޖެނުއަރީ 2017

ރިޔާސީ ބަޔާން ހުށަހެޅުއްވުމާއި މަޖިލިސް ހުޅުވުން ފެބްރުއަރީ 6 ގައި

15 ޖެނުއަރީ 2017
ރިޔާސީ ބަޔާން ހުށަހެޅުއްވުމާއި މަޖިލިސް ހުޅުވުން ފެބްރުއަރީ 6 ގައި
14 ޖެނުއަރީ 2017

ރިޔާސީ އިންތިހާބު ރައީސް ޔާމީނަށް ކާމިޔާބުކޮށްދިނުން ލާޒިމް: އަދުރޭ

14 ޖެނުއަރީ 2017
ރިޔާސީ އިންތިހާބު ރައީސް ޔާމީނަށް ކާމިޔާބުކޮށްދިނުން ލާޒިމް: އަދުރޭ
13 ޖެނުއަރީ 2017

ރައީސް ޔާމީންގެ ސިޔާސީ ހަރަކާތަށް ސަރުކާރުގެ ކުންފުނިތައް ބޭނުން ކުރުން ކުށްވެރިކުރަން: ޑރ ޖަމީލް

13 ޖެނުއަރީ 2017
ރައީސް ޔާމީންގެ ސިޔާސީ ހަރަކާތަށް ސަރުކާރުގެ ކުންފުނިތައް ބޭނުން ކުރުން ކުށްވެރިކުރަން: ޑރ ޖަމީލް
13 ޖެނުއަރީ 2017

ހިތުހުރި ގޮތެއް ހަދަން ދޫކޮށްލައިފި ނަމަ ރިޔާސީ އިންތިޚާބުގައި ހިތާމަކުރަން ޖެހޭނެ: ޝިދާތާ

13 ޖެނުއަރީ 2017
ހިތުހުރި ގޮތެއް ހަދަން ދޫކޮށްލައިފި ނަމަ ރިޔާސީ އިންތިޚާބުގައި ހިތާމަކުރަން ޖެހޭނެ: ޝިދާތާ
10 ޖެނުއަރީ 2017

ޔާމީން ބަންދުކުރި މައްސަލައިގައި ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމުގެ ދައުވާކުރަން ފޮނުވައިފި

10 ޖެނުއަރީ 2017
ޔާމީން ބަންދުކުރި މައްސަލައިގައި ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމުގެ ދައުވާކުރަން ފޮނުވައިފި
08 ޖެނުއަރީ 2017

ޔާމީން ބަންދުކުރި މައްސަލައިގެ ޝަރީއަތް: ވަކީލަކު ހަމަޖެއްސުމަށް އަމީން ފައިސަލް އަށް ހަތް ދުވަސް!

08 ޖެނުއަރީ 2017
ޔާމީން ބަންދުކުރި މައްސަލައިގެ ޝަރީއަތް: ވަކީލަކު ހަމަޖެއްސުމަށް އަމީން ފައިސަލް އަށް ހަތް ދުވަސް!
07 ޖެނުއަރީ 2017

ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު

07 ޖެނުއަރީ 2017
ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު
07 ޖެނުއަރީ 2017

އަންހެނުން ބާރުވެރިކުރުމަށް ރައީސް ޔާމީން ވަނީ ނުކުޅެދިފަ: ޝިދާތާ

07 ޖެނުއަރީ 2017
އަންހެނުން ބާރުވެރިކުރުމަށް ރައީސް ޔާމީން ވަނީ ނުކުޅެދިފަ: ޝިދާތާ
06 ޖެނުއަރީ 2017

އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް

06 ޖެނުއަރީ 2017
އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް