Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެރައްޔިތުންގެ މަޖިލިސް

އޮޕޮސިޝަން ލީޑަރަކީ ކާކުކަން އެނގުމުން ރިޔާސީ ބަޔާނުގެ ޖަވާބު އަރުވާނަން: ނަޝީދު

ޖަވާބު ރިޔާސީ ބަޔާން އިއްވަވާތާ 14 ދުވަހުގެ ތެރޭގައި އޮޕޮސިޝަން ލީޑަރު ދޭން ޖެހޭ

އުމްނާ އިސްމާއިލް
އުމްނާ އިސްމާއިލް | 3 ފެބުރުއަރީ 2020 | ހޯމަ 07:02
ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު

އޮޕޮސިޝަން ލީޑަރަކީ ކޮން މެމްބަރެއްކަން އޮޅުން ފިލުވުމަށްފަހު ރައިސުލްޖުމްހޫރިއްޔާ ހޯމަ ދުވަހު ދެއްވި ރިޔާސީ ބަޔާނަށް ޖަވާބެއް ދެއްވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރައީސް ނަޝީދު މިހެން ވިދާޅުވީ ރިޔާސީ ބަޔާން ދެއްވި ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާގައި ވާހަކަދައްކަވަމުންނެވެ.

ރައީސް ސޯލިހު ރިޔާސީ ބަޔާން ދެއްވިއިރު އިދިކޮޅު ކޯލިޝަންއަށް ނިސްބަތްވާ މެމްބަރުން ގެންދެވީ އިހުތިޖާޖު ކުރަމުންމެވެ. އިހުތިޖާޖު ކުރައްވަމުން ގެންދެވި މެމްބަރުން، ރައީސް ދެއްވި ރިޔާސީ ބަޔާނަށް އެވަގުތު ރައްދުދެއްވަމުން ގެންދެވިކަން ފާހަގަކުރައްވަމުން ރައީސް ނަޝީދު ވިދާޅުވީ މަޖިލީހުގެ ގަވާއިދުގައި އެގޮތަށް ކަންކުރުމަކަށް ބަޔާނެއް ނުކުރާ ކަމަށެވެ.

ރައްޔިތުންގެ މަޖިލީހުގެ ގަވާއިދު ބަޔާން ކުރަނީ ކޮންމެ އަހަރަކުމެ، ރައީސުލްޖުމްހޫރިއްޔާ ރިޔާސީ ބަޔާނެއް އިއްވުމުން އެވަގުތު މަޖިލީހުގައި ހިމެނޭ ސިޔާސީ ޕާޓީތަކުގެ ތެރެއިން ރައިސުލްޖުމްހޫރިއްޔާ ނިސްބަތްވާ ޕާޓީ ފިޔަވައި ދެން އެންމެ ގިނައިން މެމްބަރުން ތިބި ޕާޓީތަކުގެ ފަރާތުން އެ ރިޔާސީ ބަޔާނަށް ދޭނެ ޖަވާބު ތައްޔާރުކޮށް، އެ ޖަވާބު ރިޔާސީ ބަޔާން އިއްވަވާތާ 14 ދުވަހުގެ ތެރޭގައި މަޖިލީހުގެ ޖަލްސާއެއްގައި ރިޔާސީ ބަޔާނަށް ދޭ ޖަވާބުގެ ގޮތުގައި ދެއްވުމެވެ.

ރައީސް ނަޝީދު ވިދާޅުވީ ރިޔާސީ ބަޔާނުގެ ޖަވާބު ދެއްވާނީ އޮޕޮސިޝަން ލީޑަރު ކަމަށެވެ. އަދި އެއީ ކޮން މެމްބަރެއްކަން އޮޅުންފިލުވަންޖެހޭ ކަމަށް ވިދާޅުވެ ނަޝީދު ވިދާޅުވީ މަޖިލީހުގެ ގަވާއިދުގައި ވާގޮތުގެ މަތިން ރިޔާސީ ބަޔާނަށް އަރުވާ ޖަވާބު އެކަން އޮޅުން ފިލުމުން ފޮނުއްވަދެއްވާނެ ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ. ރައީސް ނަޝީދު ވިދާޅުވީ 14 ދުވަހުގެ ތެރޭގައި ޖަވާބެއް އެރުވުމަށް ގަވާއިދުގައި ބަޔާން ކުރި ނަމަވެސް، ރިޔާސީ ބަޔާން ދެއްވިއިރު، އިދިކޮޅުން އެ ޖަވާބު ދެއްވައިފިކަމަށެވެ.

19 ރައްޔިތުންގެ މަޖިލީހުގައި ޕާޓީތަކަށް ނިސްބަތްވާ މެމްބަރުންގެ އަދަދަށް ބަލާލާއިރު އެމްޑިޕީއަށް ނިސްބަތްވާ 65 މެމްބަރުން ތިއްބަވައެވެ. އަދި ޕީޕީއެމް އަށް ނިސްބަތްވާ 5 މެމްބަރުން ތިއްބަވާއިރު ޖުމްހޫރީ ޕާޓިއަށް ނިސްބަތްވާ 5 މެމްބަރުން ތިއްބަވައެވެ. މީގެއިތުރުން ޕީއެންސީއަށް ނިސްބަތްވާ 3 މެމްބަރުންނާއި އެމްޑީއޭ އަށް ނިސްބަތްވާ 2 މެމްބަރުން ތިއްބަވައެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް ވިދާޅުވީ މަޖިލީހުން ސަރުކާރު ޖަވާބުދާރީ ކުރުވުމުގެ މަސައްކަތް ވަރަށް ފުރިހަމައަށް ކުރާ ކަމުގައި ރައީސް ސޯލިހު ވިދާޅުވާ ކަމީ އުފާކުރައްވާ ކަމެއް ކަމަށާއި އެހެން އެމަނިކުފާނު އެވިދާޅުވަނީ އިދިކޮޅު މެމްބަރުންވެސް ހިމެނޭގޮތަށް ކަމަށެވެ.

އިތުރަށް ކިޔާލަން

06 ފެބުރުއަރީ 2017

ކޮރަޕްޝަނާއި އަދުލު އިންސާފުގެ އެއްވެސް ވާހަކައެއް ރިޔާސީ ބަޔާނަކު ނެތް

06 ފެބުރުއަރީ 2017
ކޮރަޕްޝަނާއި އަދުލު އިންސާފުގެ އެއްވެސް ވާހަކައެއް ރިޔާސީ ބަޔާނަކު ނެތް
05 ފެބުރުއަރީ 2017

ރިޔާސީ ބަޔާން އިއްވާ ޖަލްސާގައި މިއަހަރު ވެސް އެމްޑީޕީން ބައިވެރިނުވާނެ!

05 ފެބުރުއަރީ 2017
ރިޔާސީ ބަޔާން އިއްވާ ޖަލްސާގައި މިއަހަރު ވެސް އެމްޑީޕީން ބައިވެރިނުވާނެ!
05 ފެބުރުއަރީ 2017

ރައްޔިތުންގެ މަޖިލިސް: ރިޔާސީ ބަޔާން އިއްވުން މާދަމާ ދަރުބާރު ގޭގައި

05 ފެބުރުއަރީ 2017
ރައްޔިތުންގެ މަޖިލިސް: ރިޔާސީ ބަޔާން އިއްވުން މާދަމާ ދަރުބާރު ގޭގައި
04 ފެބުރުއަރީ 2017

އަޅުގަނޑަށް ވާދަނުކުރެވިއްޖެއްޔާ އެމްޑީޕީން ރިޔާސީ އިންތިހާބުގައި ބައިވެރިއެއްނުވާނެ: ރައީސް ނަޝީދު

04 ފެބުރުއަރީ 2017
އަޅުގަނޑަށް ވާދަނުކުރެވިއްޖެއްޔާ އެމްޑީޕީން ރިޔާސީ އިންތިހާބުގައި ބައިވެރިއެއްނުވާނެ: ރައީސް ނަޝީދު
03 ފެބުރުއަރީ 2017

ރިޔާސީ އިންތިހާބާއި ގުޅޭގޮތުން މަޝްވަރާކުރުމަށް އުމަރު ނަސީރު އިނގެރޭސިވިލާތަށް

03 ފެބުރުއަރީ 2017
ރިޔާސީ އިންތިހާބާއި ގުޅޭގޮތުން މަޝްވަރާކުރުމަށް އުމަރު ނަސީރު އިނގެރޭސިވިލާތަށް
02 ފެބުރުއަރީ 2017

ރިޔާސީ ކެންޑިޑޭޓް ކަމަށް ރައީސް ނަޝީދު ކުރިމަތިލެއްވުމަށް ގައުމީ މަޖިލީހުން ލަފާދީފި

02 ފެބުރުއަރީ 2017
ރިޔާސީ ކެންޑިޑޭޓް ކަމަށް ރައީސް ނަޝީދު ކުރިމަތިލެއްވުމަށް ގައުމީ މަޖިލީހުން ލަފާދީފި
15 ޖެނުއަރީ 2017

ރިޔާސީ އިންތިހާބަށް ގޮފިތަކުގެ ހިންގުން ރަނގަޅު ކުރާނަން: ހަސަން ލަތީފު

15 ޖެނުއަރީ 2017
ރިޔާސީ އިންތިހާބަށް ގޮފިތަކުގެ ހިންގުން ރަނގަޅު ކުރާނަން: ހަސަން ލަތީފު
15 ޖެނުއަރީ 2017

ރިޔާސީ ބަޔާން ހުށަހެޅުއްވުމާއި މަޖިލިސް ހުޅުވުން ފެބްރުއަރީ 6 ގައި

15 ޖެނުއަރީ 2017
ރިޔާސީ ބަޔާން ހުށަހެޅުއްވުމާއި މަޖިލިސް ހުޅުވުން ފެބްރުއަރީ 6 ގައި
14 ޖެނުއަރީ 2017

ރިޔާސީ އިންތިހާބު ރައީސް ޔާމީނަށް ކާމިޔާބުކޮށްދިނުން ލާޒިމް: އަދުރޭ

14 ޖެނުއަރީ 2017
ރިޔާސީ އިންތިހާބު ރައީސް ޔާމީނަށް ކާމިޔާބުކޮށްދިނުން ލާޒިމް: އަދުރޭ
13 ޖެނުއަރީ 2017

ހިތުހުރި ގޮތެއް ހަދަން ދޫކޮށްލައިފި ނަމަ ރިޔާސީ އިންތިޚާބުގައި ހިތާމަކުރަން ޖެހޭނެ: ޝިދާތާ

13 ޖެނުއަރީ 2017
ހިތުހުރި ގޮތެއް ހަދަން ދޫކޮށްލައިފި ނަމަ ރިޔާސީ އިންތިޚާބުގައި ހިތާމަކުރަން ޖެހޭނެ: ޝިދާތާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު