Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
އެޖެންޑާ 19 ރަށަށް

އަންހެނުންނާއި ކުޑަކުދިންނަށް ކުރާ އަނިޔާގެ މައްސަލަތައް އިސްނަގައިގެން ބެލުމަށް ކައުންސިލްތަކަށް އިލްތިމާސްކޮށްފި

އެއްވެސް ފަރާތަކުން ނޭނގި ނަމަވެސް މައްސަލަ ބެލުމަށް ގޮވާލެއްވި

އުމްނާ އިސްމާއިލް
އުމްނާ އިސްމާއިލް, ރާއްޖެ އެމްވީ | 25 ޖެނުއަރީ 2020 | ހޮނިހިރު 09:10
އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒެއިނާ އާދަމް ވާހަކަދައްކަވަނީ

އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒެއިނާ އާދަމް ވާހަކަދައްކަވަނީ

އަންހެނުންނާއި ކުޑަކުދިންނަށް ކުރާ އަނިޔާގެ މައްސަލަތައް އިސްނަގައިގެން ބެލުމަށް އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒެއިނާ އާދަމް ކައުންސިލްތަކަށް އިލްތިމާސްކޮށްފިއެވެ.

ރޮޒެއިނާ މިހެން ވިދާޅުވީ ސިޓީ ކައުންސިލްތަށް ދޭންޖެހޭ ރަށްވެހިކަމުގެ ޚިދުމަތްތަކުގެ ތެރޭގައި "ގޭތެރޭގައި ހިންގާ އަނިޔާތައް ހުއްޓުވާ ފިޔަވަޅު އެޅުމާއި އެފަދަ އަނިޔާތަކާއި ގުޅިގެން އަނިޔާ ލިބޭ ފަރާތްތަކަށް ހިމާޔަތާއި ރައްކާތެރިކަން ފޯރުކޮށްދިނުމާއި މުސްކުޅިންނާއި ޚާއްސައެހީއަށް ބޭނުންވާ މީހުންނަށް އެހީތެރިވެދީ އެފަދަ މީހުން ބެލެހެއްޓޭނެ ނިޒާމެއް ގާއިމު ކުރުން" މި ޕޮއިންޓަށް އިޝާރާތް ކުރައްވަމުންނެވެ.

Advertisement - newsAdvertisement

ރައްޔިތުންގެ މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑަރ ކޮމިޓީގެ މެމްބަރުކަންވެސް ކުރައްވާ ރޮޒެއިނާ ވިދާޅުވީ އެކި ނޫސްތަކުންނާއި ސޯޝަލް މީޑިއާގައި ކުޑަކުދިންނާއި އަންހެނުންނާއި މުސްކުޅިންނަށް އަނިޔާ ކުރާ މައްސަކަތަކުގެ ޚަބަރުތައް ތަކުރާރުކޮށް ފެންނަ ކަމަށެވެ. އަދި މި ފަދަ ނޭދެވޭ އަމަލުތައް މުޖުތަމައުގައި ހިނގަމުންދާއިރު އެއްވެސް ފަރާތަކުން ރަސްމީ ގޮތެއްގައި ޝަކުވާ ހުށަނޭޅި ނަމަވެސް ކައުންސިލްތަކުން އިސްނަގައިގެން އެ ފަދަ މައްސަލަތައް ބަލާ، ކަމާބެހޭ ފަރާތްތަކާއި އެކު މަސައްކަތް ކުރުމަށް ރޮޒެއިނާ އިލްތިމާސްކުރެއްވިއެވެ.

އެމްޑީޕީ އައްޑޫ ސިޓީ ވަރކްޝޮޕްގައި ވާހަކަދައްކަވަމުން ރޮޒެއިނާ ވިދާޅުވީ ކައުންސިލްތަކުން އެފަދަ މައްސަލަތައް ބަލަންޖެހެނީ އެއީ އެންމެ ގާތުން ރަށުގެ ކަންކަން ބެލެހެއްޓުމުގެ ޒިންމާ އެޅިފައިވާ ފަރާތަށް ކަމަށްވާތީއެވެ. އަދި މެމްބަރު ވަނީ އެއްވެސް މުއައްސަސާއަކުން އެ ކައުންސިލަކަށް އެ ފަދަ މައްސަލައެއް ނޭންގި ނަމަވެސް ކައުންސިލްގެ އަމިއްލަ އިސްނެގުމުގެ މަތިން ރިސްކް އާއިލާތަކަކީ ކޮބާތޯ ބަލާ، ކުޑަކުދިންނަށް ވެސް ޚާއްސަ ރައްކާތެރިކަމެއް ދިނުމަށްޓަކައި ކައުންސިލުން އިސްނަގައިގެން ވަރަށް ރަނގަޅަށް މަސައްކަތް ކުރުމަށް އެދިލައްވާ ކަމަށް ރޮޒެއިނާ ވިދާޅުވިއެވެ.

ރޮޒެއިނާ ވިދާޅުވީ ރައްޔިތުންގެ މަޖިލީހުންވެސް އެފަދަ މައްސަލަތައް ހައްލު ކުރުމަށް ވަރަށް ގިނަ މަސައްކަތްތަކެއް ކުރަމުންދާކަމަށެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

އައިޖީއެމްއެޗުގައި ކުޑަކުދިންނަށް ފްލޫ ވެކްސިން ދޭން ފަށައިފި

އައިޖީއެމްއެޗުގައި ކުޑަކުދިންނަށް ފްލޫ ވެކްސިން ދޭން ފަށައިފި

29 މާރިޗު 2017
ނޫސްވެރިންނަށް މައްސަލަތައް ދިމާވަނީ ގާނޫނުތަކަށް ކަމޭ ނުހިތާތީ: ބްރޯޑްކޮމް

ނޫސްވެރިންނަށް މައްސަލަތައް ދިމާވަނީ ގާނޫނުތަކަށް ކަމޭ ނުހިތާތީ: ބްރޯޑްކޮމް

28 މާރިޗު 2017
ފޮރިން މިނިސްޓްރީގައި ހުރި ބޮޑެތި މާލީ މައްސަލަތައް އޮޑިޓަރ ޖެނެރަލް އޮފީހުން ހާމަކޮށްފި

ފޮރިން މިނިސްޓްރީގައި ހުރި ބޮޑެތި މާލީ މައްސަލަތައް އޮޑިޓަރ ޖެނެރަލް އޮފީހުން ހާމަކޮށްފި

21 ފެބުރުއަރީ 2017
އެޕާޓްމަންޓް ކުއްޔަށް ދޭނެ ކަމަށްބުނެ ބޮޑެތި އަދުދުތަކުން ފައިސާ ނަގަމުންދާ މައްސަލަތައް އިތުރުވެއްޖެ: ޕޮލިސް

އެޕާޓްމަންޓް ކުއްޔަށް ދޭނެ ކަމަށްބުނެ ބޮޑެތި އަދުދުތަކުން ފައިސާ ނަގަމުންދާ މައްސަލަތައް އިތުރުވެއްޖެ: ޕޮލިސް

21 ފެބުރުއަރީ 2017
އަނެއްކާވެސް އެކިއެކި ޕްރޮމޯޝަންތަކުގެ ނަމުގައި މަކަރު ހަދައިގެން ފައިސާ ހޯދާ މައްސަލަތައް އިތުރުވެއްޖެ

އަނެއްކާވެސް އެކިއެކި ޕްރޮމޯޝަންތަކުގެ ނަމުގައި މަކަރު ހަދައިގެން ފައިސާ ހޯދާ މައްސަލަތައް އިތުރުވެއްޖެ

05 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

24 އެޕްރީލު
ރައީސަށް ލަފާދޭ ޒުވާނުންގެ ބޯޑުން މަޝްހޫރު ޓީވީ ޕްރެޒެންޓަރު ހުވައިނާ އިސްތިއުފާ ދީފި
20251 އަހަރު ކުރިން
ރާއްޖެ

ރައީސަށް ލަފާދޭ ޒުވާނުންގެ ބޯޑުން މަޝްހޫރު ޓީވީ ޕްރެޒެންޓަރު ހުވައިނާ އިސްތިއުފާ ދީފި

މެޑިސިން ކިޔަވަމުންދާ 200ށް ވުރެ ގިނަ ދަރިވަރުން ގޮތެއް ނުދައްކާ މަގުމަތިކޮށްލަނީ
20242 އަހަރު ކުރިން
ރިޕޯޓު

މެޑިސިން ކިޔަވަމުންދާ 200ށް ވުރެ ގިނަ ދަރިވަރުން ގޮތެއް ނުދައްކާ މަގުމަތިކޮށްލަނީ

''އިރުއަރަންދެން ދަގަނޑު ހޮޅިއަކުން ތަޅާ އަނިޔާކުރި'' އެކަމަކު ވެސް އެ ކައިވެނީގައި ތިން އަހަރު
20233 އަހަރު ކުރިން
ރިޕޯޓު

''އިރުއަރަންދެން ދަގަނޑު ހޮޅިއަކުން ތަޅާ އަނިޔާކުރި'' އެކަމަކު ވެސް އެ ކައިވެނީގައި ތިން އަހަރު

ރައީސް ޞާލިހުގެ އެދަތުރު: އާއިލާ ބޭފުޅުންގެ ދުލުން
20224 އަހަރު ކުރިން
ރިޕޯޓު

ރައީސް ޞާލިހުގެ އެދަތުރު: އާއިލާ ބޭފުޅުންގެ ދުލުން

އިންތިހާއަށް އާދޭސްކުރިން، އެކަމަކު އަޅާނުލި: ''ދިރިއުޅުން ހަލާކުވެގެންދިޔައީ އެންމެ ހަތަރު ދުވަހުން''
20215 އަހަރު ކުރިން
ރިޕޯޓު

އިންތިހާއަށް އާދޭސްކުރިން، އެކަމަކު އަޅާނުލި: ''ދިރިއުޅުން ހަލާކުވެގެންދިޔައީ އެންމެ ހަތަރު ދުވަހުން''

ލަންކާގެ ބޮމުގެ ހަމަލާތައް: ހަށިގޮއްވާލި ދެބެއިންގެ ބައްޕަ ހައްޔަރަށް
20197 އަހަރު ކުރިން
ދުނިޔެ

ލަންކާގެ ބޮމުގެ ހަމަލާތައް: ހަށިގޮއްވާލި ދެބެއިންގެ ބައްޕަ ހައްޔަރަށް

ސަރުކާރުން އަނބިމީހާ ވަރިކުރުން- ހާލަތުއް ޟަރޫރާ
20188 އަހަރު ކުރިން
ރިޕޯޓު

ސަރުކާރުން އަނބިމީހާ ވަރިކުރުން- ހާލަތުއް ޟަރޫރާ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު