Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ބްރޯޑްކޮމްގެ އިންޒާރު

ނޫސްވެރިންނަށް މައްސަލަތައް ދިމާވަނީ ގާނޫނުތަކަށް ކަމޭ ނުހިތާތީ: ބްރޯޑްކޮމް

މައްސަލަތައް ދިމާވަނީ ގައިޑްލައިންތަކަށް ނޫސްވެރިން ކަމޭ ނުހިތާތީ

އާމިނަތު ނުޒުހާ
އާމިނަތު ނުޒުހާ, ރާއްޖެ އެމްވީ | 28 މާރިޗު 2017 | އަންގާރަ 17:06
ބްރޯޑްކޮމްގެ ރައީސް މުހައްމަދު ޝަހީބު

ބްރޯޑްކޮމްގެ ރައީސް މުހައްމަދު ޝަހީބު

މައްސަލަތަކާއި ކުރިމަތިލާން ޖެހެނީ، ގާނޫނުތަކާއި ގަވާއިދުތަކާއި، ނޫސްވެރިކަމާ ގުޅޭ ގޮތުން ހެދިފައިވާ ގައިޑްލައިންތަކަށް ނޫސްވެރިން ކަމޭ ނުހިތުމުގެ ސަބަބުން ކަމަށް ބުނެ ބްރޯޑްކާސްޓިން ކޮމިޝަނުން އަނެއްކާ އިންޒާރުގެ ބަޔާނެއް ނެރެފިއެވެ.

ރާއްޖެ ޓީވީގެ ނޫސްވެރިޔާ މުހައްމަދު ވިސާމްގެ މައްޗަށް އުފުލާފައިވާ ދައުވާގެ ޝަރީއަތާ ދިމާކޮށް ބްރޯޑްކޮމް އިން އަންގާރަ ދުވަހު ނެރެފައިވާ ބަޔާނެއްގައި ބުނެފައި ވަނީ، ފަހަކަށް އައިސް، ބްރޯޑްކާސްޓް މީޑިއާގައި ހަރަކާތްތެރިވާ ބައެއް ނޫސްވެރިންގެ އަމަލުތަކުގެ ސަބަބުން ދިމާވާ މައްސަލަތަކުގައި ތަފާތު ޖިނާއީ ކުށްތަކަށް އަރައިގަނެވި، އެ ފަރާތްތަކާ މެދު ޝަރީއަތުގެ މަރުހަލާއިން އަދަބު ލިބެމުންދާ ކަމީ މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނުން ނުހަނު ކަންބޮޑުވާ ކަމެއް ކަމަށެވެ.

Advertisement - newsAdvertisement

ނޫސްވެރިންގެ މައްޗަށް ޝަރީއަތް ހިންގާތީ ކަންބޮޑުވާކަމަށް ބްރޯޑްކާސްޓިން ކޮމިޝަނުން ބުނި ނަމަވެސް ނޫސްވެރިންގެ މައްޗަށް އަސްލެއް ނެތް ދައުވާތައް އުފުލާ ހުކުމްކޮށްފައިވާއިރު، އެ ކޮމިޝަނުން ނޫސްވެރިއެއްގެ ދިފާއުގައި ބަހެއް ބުނެފައި ނުވާއިރު، ނޫސްވެރިކަމުގެ މިނިވަންކަން ހަނިވާ ގޮތަށް ތަފާތު އިންޒާރުތައް ދެމުންދާކަން ވަނީ ފާހަގަ ކުރެވިފައެވެ.

ބްރޯޑްކާސްޓަރުންގެ ފަރާތުން ހަރަކާތްތެރިވާ ނޫސްވެރިން މައްސަލަތައް މެދުވެރި ނުވާނޭ ގޮތަކަށް އަމަލުތައް ބެހެއްޓުމަށް މަގުފަހިކުރުމުގެ ގޮތުން، އެކަށީގެންވާ އިންތިޒާމުތަކެއް ހަމަޖެއްސުމަށް ބްރޯޑްކާސްޓިންގ ސްޓޭޝަންތައް ހިންގާ އިސް ވެރިންނަށް މި ބަޔާނުގައިވަނީ ގޮވާލާފައެވެ. އަދި އެކި ދާއިރާތަކުގައި ހަރަކާތްތެރިވާ ނޫސްވެރިން ވެސް ޤާނޫނުތަކާއި ޤަވާއިދުތަކުގެ އިމުގެ ތެރެއިން ހަރަކާތްތެރިވުމަށާއި "ހެޔޮ ނޫސްވެރިކަން" ދެމެހެއްޓުމަށް ހެދިފައިވާ އެކި ގައިޑްލައިންތަކާ އެއްގޮތްވާ ގޮތުގެ މަތީން އަމަލުތައް ބެހެއްޓުމަކީ އެ ފަރާތްތަކުގެ ފަރުދީ ޒިންމާއެއްގެ ގޮތުގައި ދެކި، ޒިންމާދާރު ކަމާއެކު މަސައްކަތްކުރުމަށް ވެސް ނަސޭހަތްތެރިވާ ކަމަށް މި ނޫސްބަޔާނުގައިވެއެވެ.

ބްރޯޑްކާސްޓްކުރުމުގެ ޤާނޫނާއި އެ ޤާނޫނުގެ ދަށުން ބްރޯޑްކާސްޓަރުން އަމަލުކުރުމަށް ލާޒިމްކުރާ ބްރޯޑްކާސްޓްކުރުމުގެ ކޯޑް އޮފް ޕްރެކްޓިސްގެ ހަމަތަކާއި އުސޫލުތަކަށާއި ގައިޑްލައިންތަކަށާއި، އަބުރު ރައްކާތެރިކޮށްދިނުމާއި ޚިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ޤާނޫނާ އެއްގޮތްވާ ގޮތުގެ މަތީން އަމަލުކުރުމަށް ވެސް ހުރިހާ ބްރޯޑްކާސްޓަރުންނަށް ހަނދާންކޮށްދޭ ކަމަށް ވެސް ބްރޯޑްކޮމްގެ ބަޔާނުގައި ވެއެވެ.

ބްރޯޑްކޮމްގެ ބަޔާން ނިންމާލަމުން ބުނެފައިވަނީ، ދައުލަތުގެ އިދާރާތަކުން ހެޔޮ ނޫސްވެރިކަމަށް ތަރުހީބު ދީ، ނޫސްވެރީންނަށް ދެއްވެން އޮތް ފުރިހަމަ އެއްބާރުލުން ދިނުމަށް އެދޭ ކަމަށެވެ.

ވަގުތުން ދުރަށް ދައްކަމުން ދިޔަ ނޫސް ކޮންފަރެއްސެއްގައި ދީފައި ވާއިރު ރާއްޖެ ޓީވީގެ ނޫސްވެރިޔާ ކުރި ސުވާލަކާ ގުޅިގެން އަބުރުގެ ދައުވާކުރާނެ ކަމަށް ވިލިމާލެ ދާއިރާގެ މެންބަރު އަހްމަދު ނިހާން އިންޒާރުކުރެއްވި އިރު ނޫސްވެރިންގެ ހައްގުގައި ހެދިފައިވާ އެއްވެސް މިނިވަން މުއައްސަސާއަކުން މިހާތަނަށް އެއްވެސް ކަންބޮޑުވުމެއް ފާޅުކޮށް ބަޔާނެއް ވެސް ނެރެފައެއް ނުވެއެވެ.

ބްރޯޑްކޮމް އިން މިދިޔަ ހަފްތާގައި ވެސް މި ފަދަ ބަޔާނެއް ނެރެފައިވާއިރު، ރާއްޖެޓީވީގެ ނޫސްވެރިޔާ މުހައްމަދު ވިސާމްގެ މައްޗަށް ފުލުހުންގެ ދައުރު އަދާކުރުމަށް ހުރަސްއެޅިކަމުގެ ކުށުގެ ދައުވާ ސާބިތު ވާވަރަށް ދައުލަތަށް ހެކިދެއްކިފައި ނުވާތީ ވިސާމްގެ މައްޗަށް އެމައްސަލަ ސާބިތު ނުވާ ކަމަށް ވަނީ ކޯޓުން ނިންމާފައެވެ. ވިސާމްގެ މައްޗަށް ދައުވާކޮށްފައި ވަނީ ޖުމްހޫރީ މައިދާން ޖުމްހޫރީ މައިދާނު ސަރަހައްދުން ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އަހްމަދު މަހްލޫފް ހައްޔަރުކުރަން އުޅުނު މަންޒަރު ކަވަރުކުރުމުގެ ތެރޭގައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ފޮރިން މިނިސްޓްރީގައި ހުރި ބޮޑެތި މާލީ މައްސަލަތައް އޮޑިޓަރ ޖެނެރަލް އޮފީހުން ހާމަކޮށްފި

ފޮރިން މިނިސްޓްރީގައި ހުރި ބޮޑެތި މާލީ މައްސަލަތައް އޮޑިޓަރ ޖެނެރަލް އޮފީހުން ހާމަކޮށްފި

21 ފެބުރުއަރީ 2017
އެޕާޓްމަންޓް ކުއްޔަށް ދޭނެ ކަމަށްބުނެ ބޮޑެތި އަދުދުތަކުން ފައިސާ ނަގަމުންދާ މައްސަލަތައް އިތުރުވެއްޖެ: ޕޮލިސް

އެޕާޓްމަންޓް ކުއްޔަށް ދޭނެ ކަމަށްބުނެ ބޮޑެތި އަދުދުތަކުން ފައިސާ ނަގަމުންދާ މައްސަލަތައް އިތުރުވެއްޖެ: ޕޮލިސް

21 ފެބުރުއަރީ 2017
ސައުދީ އެމްބަސީއިން ނޫސްވެރިންނަށް ފައިސާ ބަހައިފި

ސައުދީ އެމްބަސީއިން ނޫސްވެރިންނަށް ފައިސާ ބަހައިފި

19 ފެބުރުއަރީ 2017
އަނެއްކާވެސް އެކިއެކި ޕްރޮމޯޝަންތަކުގެ ނަމުގައި މަކަރު ހަދައިގެން ފައިސާ ހޯދާ މައްސަލަތައް އިތުރުވެއްޖެ

އަނެއްކާވެސް އެކިއެކި ޕްރޮމޯޝަންތަކުގެ ނަމުގައި މަކަރު ހަދައިގެން ފައިސާ ހޯދާ މައްސަލަތައް އިތުރުވެއްޖެ

05 ފެބުރުއަރީ 2017
ރާއްޖެ ޓީވީގެ ނޫސްވެރިންނަށް ހުކުމް ކުރުމަކީ ސަރުކާރުގެ ފިނޑި ޢަމަލެއް:އެމްޔޫއޯ

ރާއްޖެ ޓީވީގެ ނޫސްވެރިންނަށް ހުކުމް ކުރުމަކީ ސަރުކާރުގެ ފިނޑި ޢަމަލެއް:އެމްޔޫއޯ

24 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

11 ފެބުރުއަރީ
އައިއެމްއެފް އާ އެކު އޮތް ކޮމިޓީ ބައްދަލުވުމުގައި ގާސިމު ކޯފާވެ "ކަލޭ މާ ހަޔާތް ކުޑަވެގެން ނޫޅޭށޭ" މެމްބަރު ގަފޫރު އާ ދިމާލަށް ވިދާޅުވެއްޖެ
20251 އަހަރު ކުރިން
ރާއްޖެ

އައިއެމްއެފް އާ އެކު އޮތް ކޮމިޓީ ބައްދަލުވުމުގައި ގާސިމު ކޯފާވެ "ކަލޭ މާ ހަޔާތް ކުޑަވެގެން ނޫޅޭށޭ" މެމްބަރު ގަފޫރު އާ ދިމާލަށް ވިދާޅުވެއްޖެ

ސްކައިފޯލް އިން މީރު ލަންޗް އަދި ބްރެކްފާސްޓްގެ ޚިދުމަތް، މިހާރު ދޮރާ ހަމައަށް ގެން ގޮސްދޭނެ!
20242 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ސްކައިފޯލް އިން މީރު ލަންޗް އަދި ބްރެކްފާސްޓްގެ ޚިދުމަތް، މިހާރު ދޮރާ ހަމައަށް ގެން ގޮސްދޭނެ!

ސެޓެލައިޓް މަންޒަރުތަކުން ފެންނަ ފޯލްޓް ލައިން: ތުރުކީއަށް އައި ބިން ހެލުމުގެ ބާރުގަދަކަން ވަޒަންކޮށްލެވޭ
20233 އަހަރު ކުރިން
ރިޕޯޓު

ސެޓެލައިޓް މަންޒަރުތަކުން ފެންނަ ފޯލްޓް ލައިން: ތުރުކީއަށް އައި ބިން ހެލުމުގެ ބާރުގަދަކަން ވަޒަންކޮށްލެވޭ

ބޮޑާނުހާކާ އެއްކަމެއް ވެސް ނެތެވެ.
20224 އަހަރު ކުރިން
ރިޕޯޓު

ބޮޑާނުހާކާ އެއްކަމެއް ވެސް ނެތެވެ.

އެމްޑީޕީ ބައެއް އެކްޓިވިސްޓުންވެސް އިދިކޮޅު އެއްވުންތަކާ ގުޅުމަށް ސިއްރު މަޝްވަރާތަކެއް ކުރަނީ؟
20215 އަހަރު ކުރިން
ރާއްޖެ

އެމްޑީޕީ ބައެއް އެކްޓިވިސްޓުންވެސް އިދިކޮޅު އެއްވުންތަކާ ގުޅުމަށް ސިއްރު މަޝްވަރާތަކެއް ކުރަނީ؟

ހިތްވަރާއެކު މަސައްކަތް ކޮށްފިނަމަ ކޮންމެ ކަމެއް ވެސް ކާމިޔާބުވާނެ: އަޒްކާ
20197 އަހަރު ކުރިން
ކުޅިވަރު

ހިތްވަރާއެކު މަސައްކަތް ކޮށްފިނަމަ ކޮންމެ ކަމެއް ވެސް ކާމިޔާބުވާނެ: އަޒްކާ

އެމްއާރުޑީސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު ޝަފާއު ހައްޔަރުކޮށްފި
20188 އަހަރު ކުރިން
ރާއްޖެ

އެމްއާރުޑީސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު ޝަފާއު ހައްޔަރުކޮށްފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު