Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެމީސިލްސް

އިންޑިޔާ އިން ރާއްޖެއަށް 30،000 މީސްލްސް ވެކްސިން ހަދިޔާކޮށްފި

23 ޖެނުއަރީ 2020 | ބުރާސްފަތި 15:56

މިނިސްޓަރ ވަނީ ވެކްސިންގެ ދެޑޯޒް ހަމަކުރެއްވުމަށް އެދިވަޑައިގަންފައި

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 23 ޖެނުއަރީ 2020 | ބުރާސްފަތި 15:56
މީސްލްސް ވެކްސިން ހަދިޔާކުރުން

މީސްލްސް ވެކްސިން ހަދިޔާކުރުން

ދިވެހިރާއްޖެއިން ހިމަބިހި ބަލި ފެނުމާއިގުޅިގެން އިތުރަށް މިބަލި ފެތުރުނަ ނުދިނުމަށް ސަރުކާރުން ކުރަމުން އަންނަ މަސައްކަތްތަކަށް އެހީތެރިވެދިނުމުގެ ގޮތުން އިންޑިއާ ސަރުކާރުން 30،000 މީސްލްސް ވެކްސިން ރާއްޖެއަށް ހަދިޔާކޮށްފި އެވެ.

މިކަމަށްޓަކައި ހެލްތު މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތުގައި އިންޑިއާ ސަރުކާރުގެ ފަރާތުން ވެކްސިން ހަވާލުކުރެއްވީ އިންޑިޔާއިން ރާއްޖެއަށް ކަނޑައަޅުއްވާފައިވާ ސަފީރު ސަންޖޭ ސުދީރެއެވެ. އަދި ރާއްޖޭގެ ފަރާތުން ވެކްސިންއާއި ހަވާލުވެވަޑައިގެންނެވީ ހެލްތު މިނިސްޓަރ އަބްދުﷲ އަމީން އެވެ.

Advertisement - newsAdvertisement

މިރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ހެލްތު މިނިސްޓަރ ވަނީ ކުރުމުއްދަތެއްގެ ތެރޭގައި ދިވެހި ސަރުކާރުން އެދުނު އެދުމަށް އިންޑިޔާގެ ފަރާތުން ލިބިގެންދިޔަ އެހީތެރިކަމަށްޓަކައި އިންޑިޔާ ސަރުކާރަށް ޝުކުރު އަދާކުރައްވާފައެވެ. އަދި މިފަދަ އެހީތެރިކަން ކުރުމުއްދަތެއްގައި ފޯރުކޮށްދެއްވުމަކީ، އިންޑިޔާއިން ރާއްޖެއާ އޮތް ގާތްގުޅުން ރަމްޒުކޮށްދޭ ކަމެއްކަން ފާހަގަކުރައްވާ، ޞިއްޙީ ދާއިރާއަށް އިންޑިޔާ ސަރުކާރުން ވެދޭ އެހީތެރިކަމަށް ޝުކުރު އަދާކުރެއްވިއެވެ.

މީގެއިތުރުން މިނިސްޓަރ ވަނީ މިހާރު ދުނިޔޭގައި ފެތުރެމުންދާ ހިމަބިއްސާއި ކޮރޯނާވައިރަސް އަށް ސަމާލުވުމަށް އިލްތިމާސްކުރައްވާފައެވެ. މީގެއިތުރުން ހިމަބިހީގެ ދެ ޑޯޒް ހަމަނުކުރާ ފަރާތްތައް އަދިވެސް ތިބިކަން ފާހަގަކުރައްވާ މިނިސްޓަރ ވަނީ ވެކްސިންގެ ދެޑޯޒް ހަމަކުރެއްވުމަށް އެދިވަޑައިގަންފަ އެވެ.

މާލޭގައި މިވަގުތު ވެކްސިން ޖެހުމަށް ދަމަނަވެށީގެ އިތުރުން ސޯޝަލް ސެންޓަރުގައިވެސް ވެކްސިން ދިނުމުގެ ކަންކަން ކުރިޔަށްދާނެ ކަމަށް މިނިސްޓަރ ވިދާޅުވި އެވެ. އިންޑިޔާއިން ވެކްސިން ލިބުމާއެކު ވެކްސިންގެ ކެމްޕެއިން މިފެށީކަމަށާއި އިތުރަށް ހޯދަންޖެހޭ ވެކްސިން ހޯދުމުގެ މަސައްކަތްވެސް ކުރަމުންދާ ކަމަށް މިނިސްޓަރ ވިދާޅުވި އެވެ.

މިނިސްޓަރ ވިދާޅުވީ އެއްވެސް ވަރަކަށް ދޫދުނިމުނެއް ނެތި ވެކްސިން ދިނުމުގެ ކަންކަން ކުރިޔަށް ގެންދަވާނެކަމަށެވެ.

މިރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އިންޑިޔާ ސަފީރު ސަންޖޭ ސުދީރު ވިދާޅުވީ ރާއްޖެއަށް ބޭނުންޖެހޭ ކޮންމެ ކަމެއްގައި އިންޑިޔާއިން އެހީތެރިކަން ފޯރުކޮށްދެމުން ގެންދާނެ ކަމަށެވެ. މީގެއިތުރުން މިދިޔަ އަހަރުގެ ޖޫން މަހު އިންޑިޔާގެ ބޮޑުވަޒީރު ރާއްޖެއަށް ކުރެއްވި ޒިޔާރަތުގައި ޞިއްޙީ ދާއިރާ އާއި ގުޅޭގޮތުން ރާއްޖެއާއި އިންޑިޔާ އާއި ދެމެދު އެމްއޯޔޫއެއްގައި ސޮއިކޮށްފައިވާކަމަށް ސަފީރު ވިދާޅުވި އެވެ. މީގެއިތުރުން މިމަހުގެ ކުރީކޮޅުވެސް އިންޑިޔާގެ ޞިއްޙީ ދާއިރާގެ އިސް ފަރާތްތަކާއެކު ރާއްޖޭގެ ޞިއްޙީ ދާއިރާ ކުރިއެރުވުމަށް ދާއިރާތަކެއް ކަނޑައެޅި ކަންތައްތަކެއް ކުރުމަށް ނިންމާފައިވާކަމަށް ސަފީރު ވިދާޅުވި އެވެ.

ރާއްޖެއަށް ވެކްސިން ގެނެސްފައިވަނީ އިންޑިއާގެ ޕޫނާގައި ހުންނަ ސީރަމް އިންސްޓްޓިއުޓުންނެވެ. މިއީ ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާ އަދި ޔުނިސެފަށް ވެސް ވެކްސިން ފޯރުކޮށްދޭ އިންސްޓިޓިއުޓެވެ.

އިންޑިއާއިން 30،000 ވެކްސިން ޑޯޒް ރާއްޖެއަށް ހަދިޔާކޮށްފައިވާ އިރު، ހެލްތު މިނިސްޓްރީން މިހާރު އަންނަނީ ޔުނިސެފާއި ޑަބްލިއުއެޗްއޯއާ ގުޅިގެން 200،000 ވެކްސިން ޑޯޒް ރާއްޖެއަށް ގެނައުމަށް މަސައްކަތް ކުރަމުންނެވެ.

އެންމެ ހިނގާ

1

ދުނިޔޭގެ ދެވަނަ އަށް އެންމެ އަޑުފަށްގަނޑު ގަދަ ގައުމަކަށް ދިވެހިރާއްޖެ ހޮވިއްޖެ

2

އީރާންގެ އިޤްތިސާދަށް ނުރައްކާ ކުރިމަތިވެއްޖެ، އެކަމާ ސަރުކާރުން ލަދުގަނޭ: އީރާންގެ ރައީސް ޕެޒެޝްކިއާން

3

ދުނިޔޭގެ ބޮކްސިން ޗެމްޕިއަންކަން ދެ ފަހަރު ހޯދާފައިވާ ޓެޓޭ ގަޔަށް ބަޑިޖަހާ މަރާލައިފި

4

ގަތަރުގައި ހައްޔަރުކޮށްފައި ތިބި އީރާނުގެ ޕައިލެޓުންގެ ސިއްހީ ހާލަތު ވަރަށް ބޮޑަށް ގޯސްވަމުންދާ ކަމަށާއި މިހާރުން މިހާރަށް އެމީހުން ހަވާލުކުރުމަށް އީރާނުން އިންޒާރުދީފި

5

އީރާން އިގްތިސާދީގޮތުން އެކަހެރިކުރުމަށް ޓްރަމްޕްގެ ރޭވުންތަކަށް ޗައިނާއާއި ރަޝިޔާއިން ހުރަސްއެޅުމުގެ ފުރުސަތު އޮތް ގޮތް

އިތުރަށް ކިޔާލަން

25 ފެބުރުއަރީ 2017

އިންޑިޔާ އިން ރާއްޖެއަށް ތައުރީފު ކުރުމުގައި ގެންގުޅެނީ ވަކި މިންގަނޑެއް!

25 ފެބުރުއަރީ 2017
އިންޑިޔާ އިން ރާއްޖެއަށް ތައުރީފު ކުރުމުގައި ގެންގުޅެނީ ވަކި މިންގަނޑެއް!
21 ފެބުރުއަރީ 2017

އަލުން އަނބުރާ ރާއްޖެއަށް ދާނަން، އުންމީދު ކަނޑައެއް ނުލަން: ރައީސް ނަޝީދު

21 ފެބުރުއަރީ 2017
އަލުން އަނބުރާ ރާއްޖެއަށް ދާނަން، އުންމީދު ކަނޑައެއް ނުލަން: ރައީސް ނަޝީދު
21 ފެބުރުއަރީ 2017

ސައުދީ ރަސްގެފާނު ރާއްޖެ ވަޑައިގަންނަވާތީ ކަންބޮޑުވަނީ އަނެއް ދިވެހިރާއްޖެއަށްދާން ބޭނުން މީހުން: ނިހާން

21 ފެބުރުއަރީ 2017
ސައުދީ ރަސްގެފާނު ރާއްޖެ ވަޑައިގަންނަވާތީ ކަންބޮޑުވަނީ އަނެއް ދިވެހިރާއްޖެއަށްދާން ބޭނުން މީހުން: ނިހާން
16 ފެބުރުއަރީ 2017

އިންޑިޔާ އިން ނެގި 100 މިލިއަން ޑޮލަރުގެ ބަދަލުގައި އޭޕްރީލް މަހު ދެ ބިލިއަން ރުފިޔާ ދައްކަންޖެހިއްޖެ

16 ފެބުރުއަރީ 2017
އިންޑިޔާ އިން ނެގި 100 މިލިއަން ޑޮލަރުގެ ބަދަލުގައި އޭޕްރީލް މަހު ދެ ބިލިއަން ރުފިޔާ ދައްކަންޖެހިއްޖެ
07 ފެބުރުއަރީ 2017

ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރި ބޮލީވިއާ މީހާގެ މައްޗަށް ދައުވާ ކޮށްފި

07 ފެބުރުއަރީ 2017
ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރި ބޮލީވިއާ މީހާގެ މައްޗަށް ދައުވާ ކޮށްފި
26 ޖެނުއަރީ 2017

އިންޑިޔާ އަށް ވުރެ ވެސް ރާއްޖޭގައި ކޮރަޕްޝަން ބޮޑު: ސީޕީއައި

26 ޖެނުއަރީ 2017
އިންޑިޔާ އަށް ވުރެ ވެސް ރާއްޖޭގައި ކޮރަޕްޝަން ބޮޑު: ސީޕީއައި
20 ޖެނުއަރީ 2017

ތަރައްގީގެ މަޝްރޫއުތައް ހިންގުމަށް އިންޑިޔާ ފަދަ ގައުމުތަކަށް ރާއްޖެއިން އަބަދުވެސް މަރުހަބާ ކިޔަން : ޝައިނީ

20 ޖެނުއަރީ 2017
ތަރައްގީގެ މަޝްރޫއުތައް ހިންގުމަށް އިންޑިޔާ ފަދަ ގައުމުތަކަށް ރާއްޖެއިން އަބަދުވެސް މަރުހަބާ ކިޔަން : ޝައިނީ
17 ޖެނުއަރީ 2017

އުރީދޫގެ 4ޖީ ޕްލަސް މުޅި ރާއްޖެއަށް ފުޅާކޮށްފި

17 ޖެނުއަރީ 2017
އުރީދޫގެ 4ޖީ ޕްލަސް މުޅި ރާއްޖެއަށް ފުޅާކޮށްފި
07 ޖެނުއަރީ 2017

ޔުނިވާސިޓީން އާ ދެ ކޯހެއް ރާއްޖެއަށް ތައާރަފްކޮށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

07 ޖެނުއަރީ 2017
ޔުނިވާސިޓީން އާ ދެ ކޯހެއް ރާއްޖެއަށް ތައާރަފްކޮށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި
06 ޖެނުއަރީ 2017

ޤާނޫނު އަސާސީއެއް ނެތް، އުފާވެރި ދިވެހިރާއްޖެއަށް އޮތް ހުރިހާ މަގެއް ބަންދުކޮށްފި: އިބްރާ

06 ޖެނުއަރީ 2017
ޤާނޫނު އަސާސީއެއް ނެތް، އުފާވެރި ދިވެހިރާއްޖެއަށް އޮތް ހުރިހާ މަގެއް ބަންދުކޮށްފި: އިބްރާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް