Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުޕާކިސްތާން

ހުރިހާ ކަމެއްގެ ހައްލަކީ އަސްކަރީ ޖެނެރަލުންނެއް ނޫން!

މުޅި ގައުމުގެ އިގްތިސާދު ބިނާވެފައި އޮންނަނީ އަސްކަރީ ނިންމުންތަކަށް

އަލީ ސަމާޚް
އަލީ ސަމާޚް | 23 ޖެނުއަރީ 2020 | ބުރާސްފަތި 09:31
ޕާކިސްތާނުގެ އަސްކަރިއްޔާގެ އިސްވެރިން

ޕާކިސްތާނުގެ އަސްކަރިއްޔާގެ އިސްވެރިން

ހުދުމުޚުތާރު ވެރިކަންތައް އޮންނަ ގައުމުތަކާއި، ޑިމޮކްރަސީ ނެތަސް އޮންނަ ކަމަށް ދައްކަން މަސައްކަތްކުރާ ގައުމުތަކުގައި ގައުމުގެ ކަންކަން ނިންމުމުގެ އެންމެ އިސް ރޯލެއް އަދާކުރާ އެއް ބަޔަކީ ސިފައިންނެވެ. ސިފައިންގެ ޖެނެރަލުންނަކީ އެގައުމުތަކުގައި އެންމެ ބާރުގަދަ މީހުންނެވެ. މަދަނީ ވެރިކަމެއް އޮތްކަމަށް ފެނުނުނަމަވެސް، އެގައުމުތަކުގެ އަސްކަރިއްޔާއަކީ ހަގީގީ ވެރިންނެވެ.

އަޅުގަނޑުމެންގެ އަވަށްޓެރި ޕާކިސްތާނަކީ މިފަދަ ގައުމެކެވެ. ގައުމުގެ ކަންކަން ނިންމުމުގައި އެންމެ ބާރުގަދަކޮށް ފެންނަނީ އަސްކަރިއްޔާއެވެ. މުޅި ގައުމުގެ އިގްތިސާދު ބިނާވެފައި އޮންނަނީ އަސްކަރީ ނިންމުންތަކަށެވެ. ބަޔަކު އައިސް ޕާކިސްތާން ހިފާފާނެކަމުގެ ބިރު އަބަދުވެސް އުފައްދާ، އެބިރުވެރިކަމުގެ ނާޖާއިޒް ފައިދާ ނަގައި، އެ ބިރުވެރިކަމުގައި ގައުމުގެ އިގްތިސާދަށް ވަންނަ ފައިސާގެ ބޮޑު ބައެއް އަސްކަރިއްޔާ އާއި އަސްކަރިއްޔާގެ ޖެނެރަލުންނާއި ދިމާއަށް އަނބުރާލާފައި އޮންނަކަން އެއީ އެންމެން ދަންނަ ހަގީގަތެވެ. ބޮޑު ސިންގާ އަސްކަރިއްޔާއެއް އޮތުމުގެ ސަބަބުން ޕާކިސްތާނުގެ އަސްކަރިއްޔާއަށް ހޭދަކުރަން ޖެހޭ މިންވަރު އިތުރުވެ، އާއްމު ރައްޔިތުންގެ އިޖްތިމާޢި އަދި އިގްތިސާދީ ބޭނުންތަކަށް ޚަރަދުކުރަން ހުންނަ ފައިސާގެ މިންވަރު އެތައް ތަނަކުން ވަނީ މަދުވެފައެވެ. އަދި އަސްކަރިއްޔާގެ އިސްވެރިން ގިނަވެ، އެމީހުންނަކީ އެގައުމުގެ ސަރުކާރަށް ބަލަދު އަރާ ބަޔަކަށް ވަނީ ވެފައެވެ.

ޕާކިސްތާނަށް ދިމާވެފައިވާ އެތައް މައްސަލައެއްގެ އަސްލަކަށް މިއަދު ވެފައިވަނީ އެމައްސަލަތައް ހައްލުކުރުމަށް އެކަށީގެންވާ މަސައްކަތްތަކެއް ނުކުރެވި، މައްސަލަ ހައްލުކުރާ މީހުންނަކީ އަސްކަރިއްޔާގެ މިހާރުގެ ނުވަތަ ކުރީގެ ވެރިންނަށް ވުމެވެ. ކޮންމެ މުއައްސަސާއެއްގެ ވެރިޔަކަށް ލާން ޖެހެނީ ރިޓަޔަރޑް ޖެނެރަލެއް، އެޑްމިރަލެއް ނުވަތަ ކާނަލެކެވެ. އިނދަޖެހިފައިވާ ޕާކިސްތާނުގެ އިގްތިސާދު ކޮޅަށް ޖަހަން އަސްކަރީ ޖެނެރަލުންނަށް ކުރެވޭނީ ވަކި ކީއްތޯއެވެ؟ ހަލާކުވަމުންދާ ތައުލީމީ ނިޒާމް ހަރުދަނާކުރުމަށް ކަނޑުގެ ސިފައިންގެ އެޑްމިރަލުންނަށްވުރެ ރަނގަޅު މީހުން ހަމަގައިމުވެސް ތިބޭނެ ނޫންތޯއެވެ؟

ފަހުގެ ތާރީޚެއްގައި ޕާކިސްތާނުގެ ވާހަކަ ބައިނަލްއަގްވާމީ މީޑިއާއަށް އަރާ ކޮންމެ ފަހަރަކީ ކޮންމެވެސް ގޯހެއް އެގައުމުގައި ހިނގައިގެން އުޅޭ ފަހަރެކެވެ. މިދިޔަ ހަފްތާގައި ފެންމަތިވި ޚަބަރަކީ ޕާކިސްތާނުގެ ނިއުކްލިއަރ ޕްރޮގްރާމަށް ބޭނުންވާ ބައެއް ސާމާނު އެމެރިކާއިން ހޯދުމަށް ކުންފުނިތަކެއް ހިންގި މައްސަލައިގައި ޕާކިސްތާނުގެ 5 ވިޔަފާރިވެރިއެއްގެ މައްޗަށް އެމެރިކާއިން ދައުވާ އުފުލި ވާހަކައެވެ. މިދިޔަ ހަފްތާގައި އިވުނު އަނެއް ވާހަކަޔަކީ ދުނިޔޭގެ އެންމެ ބޭކާރު ޕާސްޕޯޓްތަކުގެ ތެރޭގައި ޕާކިސްތާނުގެ ޕާސްޕޯޓް ހިމެނުނު ވާހަކައެވެ. ހެންލީ ޕާސްޕޯޓް އިންޑެކްސްގައި ޕާކިސްތާން ރޭންކް ކުރެވުނީ 104 ވަނައިގައެވެ. ޕާކިސްތާނަށްވުރެ ފަހަތުގައި ހިމެނުނީ ހަނގުރާމައިގެ ސަބަބުން ވީރާނާވެފައިވާ އަފްޣާނިސްތާން، ސީރިޔާ އަދި އިރާޤްފަދަ މަދު ގައުމުތަކެކެވެ. ހެންލީ ޕާސްޕޯޓް އިންޑެކްސް އަކީ އެގައުމެއްގެ ޕާސްޕޯޓް ބޭނުންކޮށްން ފަސޭހަކަމާއިއެކު ދަތުރުކުރެވޭ މިންވަރަށް ބަލައި، ދުނިޔޭގެ އެންމެ ބާރުގަދަ ޕާސްޕޯޓްތައް ރޭންކްކުރާ އިންޑެކްސްއެކެވެ. ދެކުނު އޭޝިއާ ސަރަހައްދުގެ އެންމެ ބާރުގަދަ ޕާސްޕޯޓަކީ ދިވެހި ޕާސްޕޯޓެވެ.

ޓެރަރިޒަމަކީ ޕާކިސްތާނުގެ ނަމާ މިހާރު އެންމެ ގުޅިފައިވާ އެއް ބަހެވެ. އެގައުމުގައި ހަރަކާތްތެރިވާ ހަތިޔާރުއެޅި އެކި ޖަމާއަތްތައް މިނިވަންކަމާއިއެކު އުޅެމުންދާއިރު، އަސްކަރީ ވެރިން ހިންގާ އެއްވެސް އިދާރާއަކަށް މިކަންކަން ހުއްޓުވިފައެއް ނެތެވެ. އަނެއްކޮޅުން، ޕާކިސްތާނުގެ އަސްކަރިއްޔާއާއި ޖާސޫސީ އިދާރާއިން ހަނގުރާމަވެރިންނާއި ގުޅިގެން މަސައްކަތްކުރަމުންދާކަމަށް ތުހުމަތުތަކެއް ކުރެވެއެވެ. އަދި ހަނގުރާމަވެރިންނަށް ފައިސާ ލިބޭނެ މަގުތައް ބަންދުކުރުމަށް ޕާކިސްތާން ސަރުކާރަށް ފައިނޭންޝަލް އެކްޝަން ޓާސްކްފޯސްއިން އަންގާފައިވާ އެންގުންތަކަށް އެގައުމުން ފުރިހަމައަށް އަމަލުނުކުރާ މައްސަލަވެސް މިހާރު ވަނީ ފެންމަތިއެވެ.

އަސްކަރީ ވެރިންނަށް ޕާކިސްތާނުގެ އިގްތިސާދު ހަމަޔަކަށް ނޭޅުވޭނެކަން ފިޗްގެ އެންމެ ފަހުގެ ރޭޓިންސް އިން ދައްކައެވެ. ފިޗުން އެންމެ ފަހުން ރޭޓް ކުރި ޕާކިސްތާނަށް ދީފައިވަނީ ބީ މައިނަސް އެކެވެ. ބީ ރޭޓިން ދޭ ގައުމުތަކުގެ އެވްރެޖް ޖީޑީޕީ ޕަރ ކެޕިޓާ 3470 ޑޮލަރަށް އަރާއިރު، ޕާކިސްތާނުގެ ޖީޑީޕީ ޕަރ ކެޕިޓާ އަރަނީ އެންމެ 1382 ޑޮލަރަށެވެ. މިއީ ވޯލްޑް ބޭންކާއި އައި.އެމް.އެފް އިން ކަންބޮޑުވާ ދަރަޖައިގެ ޙާލަތަކެވެ.

މިހުރިހާ ކަމަކާއެކުވެސް ބޮޑުވަޒީރު އިމްރާން ޚާންގެ ވެރިކަމުގައި އަސްކަރިއްޔާގެ ބާރު ކުޑަ ވާނެކަމަށް ނުބެލެވެއެވެ. ސަބަބަކީ އެމަނިކުފާނު ވެރިކަމަށް އައުމުގައި ޕާކިސްތާނުގެ އަސްކަރިއްޔާ ކުޅެދީފައިވާކަމަށް ތުހުމަތުކުރެވޭ އިސް ރޯލެވެ.

އިތުރަށް ކިޔާލަން

03 މެއި 2017

އެންމެ ގިނަބަޔަކު ބަލާ ޗެނަލްއަކަށް ވުމަކީ ރާއްޖެ ޓީވީގެ ކުށެއް ނޫން

03 މެއި 2017
އެންމެ ގިނަބަޔަކު ބަލާ ޗެނަލްއަކަށް ވުމަކީ ރާއްޖެ ޓީވީގެ ކުށެއް ނޫން
05 އެޕްރީލު 2017

މިއީ ސިޔާސީ ކަމެއް ނޫން! އިއްތިފާގެއް!

05 އެޕްރީލު 2017
މިއީ ސިޔާސީ ކަމެއް ނޫން! އިއްތިފާގެއް!
17 މާރިޗު 2017

ހެލްތު މިނިސްޓަރު "ކޮސްގޮވުމަކީ" ރައްޔިތުންގެ ކުށެއް ނޫން!

17 މާރިޗު 2017
ހެލްތު މިނިސްޓަރު "ކޮސްގޮވުމަކީ" ރައްޔިތުންގެ ކުށެއް ނޫން!
16 މާރިޗު 2017

ޤާނޫން އަސާސީވެސް ސައޫދީއަށް؟، ބަލިޖެހުނަސް ޅަދަރިންވެސް ސައޫދީއަށް؟!

16 މާރިޗު 2017
ޤާނޫން އަސާސީވެސް ސައޫދީއަށް؟، ބަލިޖެހުނަސް ޅަދަރިންވެސް ސައޫދީއަށް؟!
12 މާރިޗު 2017

5 އެއާޕޯޓު ހަދަން ހަވާލު ކުރީ ދުވަހަކު އެއަޕޯޓެއް ހެދި ބަޔަކާ ނޫން!

12 މާރިޗު 2017
5 އެއާޕޯޓު ހަދަން ހަވާލު ކުރީ ދުވަހަކު އެއަޕޯޓެއް ހެދި ބަޔަކާ ނޫން!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު