Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޖަޒީރާ ޗެމްޕިއަންޝިޕް

ޖަޒީރާ ޗެމްޕިއަންޝިޕްގެ ބުރެއް ކެންސަލް ނުކުރަން: ޖަވާ

22 ޖެނުއަރީ 2020 | ބުދަ 16:35

ރަށު ލެވެލްގައި ކުޅުމަށް ހަމަޖެހުނު މުބާރާތް ކުޅެން ބޭނުންވީ އަށް ޓީމަކުން

އަތޫފް އާތިފް
އަތޫފް އާތިފް | 22 ޖެނުއަރީ 2020 | ބުދަ 16:35
ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް

ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް

އަތޮޅުތަކަށް ހާއްސަކޮށްގެން ބާއްވަން ނިންމި ޖަޒީރާ ޗެމްޕިއަންޝިޕްގެ ފުރަތަމަ ބުރު ނުބާއްވަން ނިންމި ކަމަށް ބުނާ ވާހަކަ ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ޖެނެރަލް ސެކްރެޓަރީ ހުސެއިން ޖަވާޒް (ޖަވާ) ދޮގުކޮށްފިއެވެ.

މިނިވަން ޗެމްޕިއަންޝިޕްގެ ނަމުގައި ކުރިން ބާއްވަމުންއައި މި މުބާރާތް ޖަޒީރާ ޗެމްޕިއަންޝިޕަށް ބަދަލުކުރިކަން އިއުލާން ކުރީ މިދިޔަ ސެޕްޓެމްބަރު މަހު ޔޫތް މިނިސްޓްރީގައި ބޭއްވި ބައްދަލުވުމެއްގައި ކުޅިވަރާއި ބެހޭ ވަޒީރު އަހުމަދު މަހުލޫފާއި އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް އެވެ.

އެފްއޭއެމްގެ ޖެނެރެލް ސެކްރެޓަރީ ޖަވާ ވިދާޅުވީ މި މުބާރާތް ފެށުމުގެ ކުރިން ރަށު ކައުންސިލްތަކުން އިންތިޒާމް ކޮށްގެން ރަށު ލެވަލްއެއްގައި މުބާރާތެއް ބާއްވާ ގޮތައް ނިންމީ ކުޅިވަރާއި ބެހޭ ވަޒީރު އަހުމަދު މަހުލޫފް އެކަމަށް އެދުމުން ކަމަށާއި ނަމަވެސް މި މުބާރާތުގައި ބައިވެރިވާން ހުށަހެޅި 87 ޓީމުގެ ތެރެއިން ރަށު ފެންވަރުގައި ބުރު ކުޅެން ބޭނުންވާ ތިބީ އަށް ޓީމެއް ކަމަށާއި އެހެން ކަމުން އެއީ ވަރަށް މަދު އަދަދެއް ކަމަށެވެ.

އޭނާ ވިދާޅުވީ އެހެން ކަމުން މި މުބާރާތް މިނިވަން ޗެމްޕިއަންޝިޕް ކުޅުނު އުސޫލަށް ބަދަލުކޮށްފައިވާ ކަމަށެވެ.

މި މުބާރާތް ކުރިން ރޭވިފައި އޮތް ގޮތުންނަމަ މުބާރާތުގެ ފުރަތަމަ ބުރުގައި ކޮންމެ ރަށެއްގެ ކައުންސިލުން ރަށު ފެންވަރުގެ މުބާރާތެއް ބާއްވާނެއެވެ. އަދި މައި މުބާރާތުގައި އަތޮޅު ފެންވަރުގައި ތަމްސީލުކުރާނީ ރަށު މުބާރާތުގެ ޗެމްޕިއަން ޓީމެވެ. އަދި މި މުބާރާތުގެ ޗެމްޕިއަން ވާދަކުރާނީ ޒޯން މުބާރާތުގައެވެ.

އެފްއޭއެމްއިން މި މަހު ނުވަވަނަ ދުވަހު ރަށްތަކަށް ފޮނުވި ސިޓީއެއްގައި ބުނެފައިވަނީ ރަށު ކައުންސިލްތަކުން ކުރިޔަށްގެންދާ މުބާރާތުގައި ބައިވެރިވުމަށް ހުށަހަޅައިފައިވަނީ މަދު ރަށަކުން ކަމަށާއި އެހެންކަމުން އެބުރު ނުބާއްވާ ގޮތައް ނިންމައިފައިވާ ކަމަށެވެ. އަދި އެ ރަށަކުން ބައިވެރިކުރާނެ ޓީމެއް ކަނޑައަޅާ ކައުންސިލްތަކުން ގޮތެއް ނިންމުމަށް ވަނީ އަންގައިފައެވެ.

އެފްއޭއެމް އިން ބުނީ މި މުބާރާތުގައި މިހާރު ކުރަންހުރި ކަންކަން ނިންމައި މި މުބާރާތް އަންނަ ފެބްރުއަރީ މަހު 25 ވަނަ ދުވަހު ފެށޭނެ ވަރު ވާނެ ކަމަށެވެ.

އެންމެ ހިނގާ

1

މީގެ ފަހުން ޑޮލަރުގެ އަގަކީ 15.42 ނޫން ކަމަށް ނުލިޔެވޭނެ! ކަޅު ބާޒާރުގެ އަގު ލިޔުމުން ބައި މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރަނީ!

2

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

3

ޓްރަމްޕްގެ މާ އަރިހުގައި ހުންނަ ޚާއްސަ އަންހެނެއްގެ ވާހަކަ

4

މިނިސްޓަރު އަމީން ރަޝިޔާ އަށް ކުރެއްވި ދަތުރުފުޅާ މެދު ރާއްޖޭގެ ޓްރެވަލް އެޖެންޓުންގެ ޖަމްއިއްޔާ އިން ކަންބޮޑުވެއްޖެ

5

ލިންކަން މަނަވަރުގެ ހާލަތުން ދިގު ހަނގުރާމައެއް ކުރުމުގައި އެމެރިކާގެ ހަގީގީ ގާބިލުކަން ހާމަވެއްޖެ

އިތުރަށް ކިޔާލަން

08 ސެޕްޓެމްބަރު 2017

މެސީ ރެއާލް އަށް ގެންނަން މަސައްކަތެއް ނުކުރަން: ޕެރޭޒް

08 ސެޕްޓެމްބަރު 2017
މެސީ ރެއާލް އަށް ގެންނަން މަސައްކަތެއް ނުކުރަން: ޕެރޭޒް
07 ސެޕްޓެމްބަރު 2017

ބާސެލޯނާއާއެކު ހަދާފައިވާ އެއްބަސްވުން އަލެއް ނުކުރަން: އިނިއެސްޓާ

07 ސެޕްޓެމްބަރު 2017
ބާސެލޯނާއާއެކު ހަދާފައިވާ އެއްބަސްވުން އަލެއް ނުކުރަން: އިނިއެސްޓާ
16 އޯގަސްޓު 2017

އެކްސްކޯ މެމްބަރަކު އިސްތިއުފާ ދޭވަރުކަމެއް ނުކުރަން: ލަތީބެ

16 އޯގަސްޓު 2017
އެކްސްކޯ މެމްބަރަކު އިސްތިއުފާ ދޭވަރުކަމެއް ނުކުރަން: ލަތީބެ
15 އޯގަސްޓު 2017

ވީއޭއެމް އެކްސޯގެ ބައެއް މެމްބަރުން އަދި އޮފިޝަލުން ސޮނޭވާ އަށް އަރުވަން ދެކޮޅު ހެދުމުން ފައިނަލް މެޗު ކެންސަލްކޮށްފި

15 އޯގަސްޓު 2017
ވީއޭއެމް އެކްސޯގެ ބައެއް މެމްބަރުން އަދި އޮފިޝަލުން ސޮނޭވާ އަށް އަރުވަން ދެކޮޅު ހެދުމުން ފައިނަލް މެޗު ކެންސަލްކޮށްފި
07 ޖުލައި 2017

އޭޝިއަން އެޓްލެޓިކްސް ޗެމްޕިއަންޝިޕްގެ ފައިނަލަށް ސާއިދު ދަތުރުކޮށްފި

07 ޖުލައި 2017
އޭޝިއަން އެޓްލެޓިކްސް ޗެމްޕިއަންޝިޕްގެ ފައިނަލަށް ސާއިދު ދަތުރުކޮށްފި
25 މެއި 2017

ގްރީޒްމަން ޔުނައިޓެޑަށް ބަދަލު ވާނެ ކަމަށް ގަބޫލެއް ނުކުރަން: އެންރިކޭ ސެރެޒޯ

25 މެއި 2017
ގްރީޒްމަން ޔުނައިޓެޑަށް ބަދަލު ވާނެ ކަމަށް ގަބޫލެއް ނުކުރަން: އެންރިކޭ ސެރެޒޯ
16 މެއި 2017

ފްރެންޗް އޯޕަން ޓެނިސް މުބާރާތުގައި ވާދަނުކުރަން ފެޑެރާ ނިންމައިފި

16 މެއި 2017
ފްރެންޗް އޯޕަން ޓެނިސް މުބާރާތުގައި ވާދަނުކުރަން ފެޑެރާ ނިންމައިފި
06 އެޕްރީލު 2017

އޭވީސީ މުބާރާތަށް ނުފޫޒު ފޯރުވަން މަސައްކަތެއް ނުކުރަން: އިއްޒަތު

06 އެޕްރީލު 2017
އޭވީސީ މުބާރާތަށް ނުފޫޒު ފޯރުވަން މަސައްކަތެއް ނުކުރަން: އިއްޒަތު
07 ފެބުރުއަރީ 2017

ކެވިން ލަވް ޓްރޭޑްކޮށް، ކާމެލޯ އެންތަނީ ކެވެލިއަރސްއަށް ގެންނަން މަސައްކަތެއް ނުކުރަން: ލެބްރޯން ޖޭމްސް

07 ފެބުރުއަރީ 2017
ކެވިން ލަވް ޓްރޭޑްކޮށް، ކާމެލޯ އެންތަނީ ކެވެލިއަރސްއަށް ގެންނަން މަސައްކަތެއް ނުކުރަން: ލެބްރޯން ޖޭމްސް
27 ޖެނުއަރީ 2017

ހަލް ސިޓީ އަތުން ބަލިވި ކަމަށް ޤަބޫލެއް ނުކުރަން: މޮރީނިއޯ

27 ޖެނުއަރީ 2017
ހަލް ސިޓީ އަތުން ބަލިވި ކަމަށް ޤަބޫލެއް ނުކުރަން: މޮރީނިއޯ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް